Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ސެރިއާ

ޔުވެންޓަސްގެ ރެކޯޑް ދެމެހެއްޓިއިރު، ރޮނާލްޑޯގެ ފަރާތުން ގޯލެއް

ޔުވެންޓަސް އޮތީ ޓޭބަލްގެ އެއް ވަނައިގައި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 7 އޮކްޓޯބަރު 2018 | އާދީއްތަ 15:56
އުދިނޭޒީއާ ދެކޮޅަށް ހަމަލާއެއް އުފެއްދޭތޯ ރޮނާލްޑޯ މަސައްކަތް ކުރަނީ

އުދިނޭޒީއާ ދެކޮޅަށް ހަމަލާއެއް އުފެއްދޭތޯ ރޮނާލްޑޯ މަސައްކަތް ކުރަނީ

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރަށުން ބޭރުގައި 2-0 އިން އުދިނޭޒީ ބަލިކޮށް ޔުވެންޓަސް އިން އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ޔުވެންޓަސް އިން އެޓީމު މޮޅުވުމުގެ ރެކޯޑް ދަމަހައްޓާފައިވާއިރު، މިވަގުތު މައްސަލަ ގަނޑެއްގެ ތެރޭގައި އުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާފައެވެ.

ޔުވެންޓަސް ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 8 މެޗުންވެސް މޮޅުވެ 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 7 މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތީ ރޭ އެމްޕޮލީ އަތުން 2-0 އިން މޮޅުވީ ރޯމާ އެވެ. ރޯމާ އަށް ވަނީ 8 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.

މެޗުގައި ޔުވެންޓަސްއަށް ލީޑުނަގައިދިނީ މެޗުގެ 33 ވަނަ މިނިޓްގައި އުރުގުއާއީގެ ޒުވާން މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރު އެވެ. އޭގެ ހަތަރު މިނިޓް ފަހުން ރޮނާލްޑޯ ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖެހީ މާރިއޯ މަންޒުކިޗް ދިން ބޯޅަ އަކުންނެވެ.

ދެ ވަނަ ހާފުގައި ޔުވެންޓަސް އިން އިތުރު ލަނޑެއް ޖަހަން ރޮނާލްޑޯ އާއި މަންޒުކިޗް ފޮނުވާލި ބޯޅަތައް އުދިނޭޒީ ކީޕަރު ސިމޯނޭ ސްކުފޭ ވަނީ މަތަކޮށްފަ އެވެ.

ދަނޑު ބޭރުން ރޮނާލްޑޯއާ ގުޅުވައިގެން ގިނަ ކަންތައްތަކެއް ހިނގި ނަމަވެސް ރޭގެ މެޗުގައި އޭނާގެ ފަރާތުން ފެނުނު ޕްރޮފެޝަނަލް ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ވަނީ ތައުރީފް ކޮށްފަ އެވެ.

ރޭގެ މެޗަށް ފަހު ރޮނާލްޑޯ އަށް ހިތްވަރު ދިނުމުގެ ގޮތުން ޔުވެންޓަސް ސަޕޯޓަރުން ވަނީ މެޗަށް ފަހު އޭނާ އަށް ހާއްސަ ތަރުހީބެއް ދީފަ އެވެ.

މި މެޗަށް ރޮނާލްޑޯ ނުކުތްއިރު، ދާދި ފަހުން އެމެރިކާގެ ފުލުހުން ވަނީ، ރޮނާލްޑޯގެ މައްޗަށް އެމެރިކާގެ ކުރީގެ މޮޑެލް ކެތަރިން މަޔޯގާ ކުރި ރޭޕުގެ ތުހުމަތުގެ ތަހުގީގު އަލުން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި

03 އޯގަސްޓު 2017
ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި
02 ޖުލައި 2017

ހާފް މެރަތަން ރެކޯޑް 41 އަހަރުގައި މަރީ މުގުރާލައިފި

02 ޖުލައި 2017
ހާފް މެރަތަން ރެކޯޑް 41 އަހަރުގައި މަރީ މުގުރާލައިފި
23 ޖޫން 2017

އެމްބަޕޭ ހޯދުމަށް ޕީއެސްޖީން ރެކޯޑް ފީއެއް ހުށަހަޅައިފި

23 ޖޫން 2017
އެމްބަޕޭ ހޯދުމަށް ޕީއެސްޖީން ރެކޯޑް ފީއެއް ހުށަހަޅައިފި
22 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

22 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި
17 ޖޫން 2017

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

17 ޖޫން 2017
ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު