Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް

ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި

ކުރިން މި ރެކޯޑް އޮތީ ޒައިދު ޝަރިފް އަތުގައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 12 މާރިޗު 2017 | އާދީއްތަ 17:06
ޒުވާން ދުވުންތެރިޔާ ހުސެން ފަޒީލް ހާރޫން

ޒުވާން ދުވުންތެރިޔާ ހުސެން ފަޒީލް ހާރޫން

ޒުވާން ދުވުންތެރިޔާ ޒައިދު ޝަރީފް ހަދާފައިވާ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ހުސެން ފަޒީލް ހާރޫން މުގުރާލައިފި އެވެ.

ފަޒީލް މި ރެކޯޑް މުގުރާލީ މޮރޮކޯގައި ކުރިއަށްދާ އުޖުދާ އިންޓަނޭޝަނަލް މެރަތަންގެ 10 ކިލޯމީޓަރު ދުވުމުގައި ވާދަކޮށް 33 މިނެޓް 47 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ޒައިދު ޝަރީފް މި ރެކޯޑް ހަދާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ދުބާއީ މެރެތަންގައި ވާދަކޮށް 34:40 ރޭސް ނިންމައިގެންނެވެ. ޝަރީފްގެ ކުރިން މި ރެކޯޑް އޮތީ ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލް އަތުގަ އެވެ.

ނަސީރު އެ ރެކޯޑް ހަދާފައި ވަނީ 1999 ވަނަ އަހަރުގެ މާލޭ މެރެތަންގައި ވާދަކޮށް 35:05 ރޭސް ނިންމައިގެންނެވެ.

10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް މުގުރާލި ފަޒީލްގެ ޓާގެޓަކީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 5000 މީޓަރާއި 1500 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑަލް ހޯދައި ދިނުމެވެ.

އުމުރުން 27 އަހަރުގެ ފަޒީލް ވަނީ މިދިޔަ އަރު ބޭއްވި ދިރާގު ރޯޑް ރޭހުގެ 5 ކިލޯ މީޓަރު ދުވުމުން ވެސް ގައުމީ ރެކޯޑް ހަދާފަ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު