Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްރިސްޓިއާނޯ ރޮނާލްޑޯ

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

ރޮނާލްޑޯގެ އެޖެންޓް އާއި ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގު ފައިނަލް އޮތް ދުވަހުވެސް މަޝްވަރާކޮށްފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 17 ޖޫން 2017 | ހޮނިހިރު 12:03
ރެއާލް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ

ރެއާލް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭޒް މަޝްވަރާކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑެއިލީ މެއިލް އިން ބުނީ މެންޑޭޒްއާއެކު ޕީއެސްޖީން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ކޮން އިރަކުކަން ކަށަވަރެއްނުވެއެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުން މެންޑޭޒް އާއި ޕީއެސްޖީގެ ބައެއް އިސްވެރިން ވަނީ ޗެމްޕިއަންސް ލީގު ފައިނަލް އޮތް ދުވަހު ކާޑިފްގައި ބައްދަލުކޮށްފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ރޮނާލްޑޯގެ ޓްރާންސްފާއާ ބެހޭގޮތުން މަޝްވަރާކުރިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މަޝްހޫރު ގިނަ ކުޅިވަރު ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ކުރިޔަށް އޮތް ސީޒަނުގައި ރޮނާލްޑޯ ފެންނާނީ އެހެން ކްލަބަކުންނެވެ. އެގޮތުން އޭނާ ރެއާލް ދޫކޮށްލަން ނިންމާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވަނީ އޭނާއަށް ސްޕެއިންގެ ޓެކްސް އޮފީހުން ތުހުމަތުކޮށްފައިވާ ޓެކްސް މައްސަލައާ ގުޅިގެންނެވެ.

ސްޕެއިންގެ ޓެކްސް އޮފީހުން ވަނީ ރޮނާލްޑޯ 14.7 މިލިއަން ޔޫރޯއަށް މަކަރުހަދާފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ މިކަންތައް ދޮގުކޮށްފައެވެ. އެގޮތުން އޭނާ ބޭނުންވަނީ ސްޕެއިން ދޫކޮށްލަންށެވެ.

ރޮނާލްޑޯގެ ނިންމުން ބަދަލުކުރުމަށް ރެއާލް އިން އަންނަނީ އޭނާއާ މަޝްވަރާކުރަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ ދޮގު ތުހުމަތުތަކުގައި އިތުރަށް ބަދުނާމުވާން ބޭނުންނުވާކަމަށް ބުނެފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރޮނާލްޑޯ ރެއާލްގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާފައިވާއިރު، އޭނާ ވަނީ އެ ކްލަބުގައި ރިޓަޔާކުރަން ބޭނުންވާކަމަށްވެސް މީގެކުރިން ބުނެފައެވެ. އެގޮތުން ރެއާލްގެ ޖޯޒީއަކީ ލާން އެންމެ ފަސޭހަ ޖޯޒީކަމަށްވެސް އޭނާ ވަނީ މީގެކުރިން ބުނެފައެވެ.

ސްޕޯޓިން އިން ކެރިޔަރު ފެށި އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 292 މެޗުގައި 118 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ތިން ޕްރިމިއާ ލީގް، އެފްއޭކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ފީފާ ކްލަބް ވޯލްޑްކަޕް، ފުޓްބޯލް ލީގު ކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް އަށް 2009 ވަނަ އަހަރު ރެކޯޑު އަގަކަށް ބަދަލުވި ރޮނާލްޑޯ ވަނީ އެ ކްލަބަށް މިވީތަނަށް ކުޅުނު 394 މެޗުގައި 406 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ރެއާލްއާއެކު ތިން ޗެމްޕިއަންސް ލީގު، ދެ ލީގު ތަށި، ދެ ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި

ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި

05 ޖުލައި 2017
އަގުއެރޯ ސިޓީ ދޫކޮށްލަން ނޫޅޭ، އޭނާ ކްލަބުގައި މަޑުކުރާނެ: އެޖެންޓް

އަގުއެރޯ ސިޓީ ދޫކޮށްލަން ނޫޅޭ، އޭނާ ކްލަބުގައި މަޑުކުރާނެ: އެޖެންޓް

27 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

22 ޖޫން 2017
އިބްރާހިމޮވިޗް ހޯދުމަށް އޭސީ މިލާނުން މަސައްކަތްނުކުރޭ: އެޖެންޓް

އިބްރާހިމޮވިޗް ހޯދުމަށް އޭސީ މިލާނުން މަސައްކަތްނުކުރޭ: އެޖެންޓް

19 ޖޫން 2017
ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި

ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި

13 ޖޫން 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު