Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެރަތަމް ރެކޯޑް އާކުރުން

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

ކުރިން ރެކޯޑް އޮތީ ކުޑަ ހުސެން އަތުގައި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 6 މާރިޗު 2017 | ހޯމަ 08:40
ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އާ ނުކުރެވި އެންމެ ގިނަ ދުވަސްވީ އެއް ރިކޯޑް އާ ކުރުމަށްފަހު، ޝަރަފް ފޮތޮއަކަށް ހުއްޓިލައިގެން

ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އާ ނުކުރެވި އެންމެ ގިނަ ދުވަސްވީ އެއް ރިކޯޑް އާ ކުރުމަށްފަހު، ޝަރަފް ފޮތޮއަކަށް ހުއްޓިލައިގެން

މީގެ ފަސް އަހަރު ކުރިން ދުވުމުގެ ތެރެއަށް ނުކުތް އަހުމަދު ޝަރަފް، 27 އަހަރުވަންދެން މުގުރާނުލެވި އޮތް މެރެތަން ރެކޯޑް އާކޮށްފިއެވެ.

މެރަތަންގެ ގައުމީ ރެކޯޑަކީ މިހާތަނަށް މުގުރާނުލެވި އޮތް އެންމެ ގިނަ ދުވަސްވީ އެއް ރެކޯޑެވެ. މީގެ 27 އަހަރު ކުރިން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް އެ ރެކޯޑް އޮތީ ކުރީގެ ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އަތުގައެވެ.

ކުޑަ ހުސެން އެ ރެކޯޑް ހަދާފައިވަނީ 1989 ވަނަ އަހަރު ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބޭއްވި ސާފް ގޭމްސްގައި 02:45.03 އިން ދުވުން ނިންމައިގެންނެވެ.

ގައުމީ ކުޅިވަރުގެ ތާރީހުގައި އެންމެ ގިނަ ދުވަސްވަންދެން އާ ނުކުރެވި އޮތް އެއް ރިކޯޑް ޝަރަފް މުގުރާލީ މޮރޮކޯގައި ބޭއްވި ރަބަތު އިންޓަނޭޝަނަލް މެރެތަންގައި 02:42:28 އިން ރޭސް ނިންމައިގެންނެވެ.

ރެކޯޑް އާކުރުމަށް ފަހު ޝަރަފް ބުނެފައިވަނީ "މިއީ އަދި ފެށުމެއް، ރެކޯޑާ އެކު ލިބުނީ އާ ހިތްވަރެއް" ކަމަށެވެ.

ޝަރަފް ރެކޯޑަކީ ކުޑަ ހުސެން އަތުގައި 27 އަހަރުވަން ދެން އޮތް މެރެތަން ރެކޯޑަށް ވުރެ 2.75 މިނެޓުގެ ކުރިއެރުމެކެވެ. 42 ކިލޯ މީޓަރު ދުވެގެން ޝަރަފް ރެކޯޑް އާކުރިއިރު، މިއީ އޭނާއަށް މުގުރައިލި ދެ ވަނަ ރެކޯޑެވެ.

މީގެ ކުރިން ޕުކެޓް މެރެތަންގައި 2014 ވަނަ އަހަރު 1 ގަޑި 19:05 މިނެޓުން އަހުމަދު ރިޒާ ހަދާފައިވާ ހާފް މެރެތަން ރެކޯޑް ޝަރަފް މުގުރާލީ މިދިޔަ އަހަރުގެ މޭ މަހު މޮރޮކޯގެ ނަޑޯ މެރެތަންގައި 1 ގަޑި 16 މިނެޓާއި 17 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު