Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮންފެޑެރޭޝަންސް ކަޕް

ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކުރީ 1-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 22 ޖޫން 2017 | ބުރާސްފަތި 03:59
ޕޯޗުގަލް ކުޅުންތެރިން ރޮނާލްޑޯގެ ލަނޑަށް ފަހު އުފާފާޅުކުރަނީ

ޕޯޗުގަލް ކުޅުންތެރިން ރޮނާލްޑޯގެ ލަނޑަށް ފަހު އުފާފާޅުކުރަނީ

ކޮންފެޑެރޭޝަންސް ކަޕްގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ރަޝިއާއާ ވާދަކޮށް ޕޯޗުގަލް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

ރަޝިއާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޕޯޗުގަލް އެވެ. އެގޮތުން އެޓީމުން ވަނީ މާގިނަ އިރުތަކެއް ނުވަނީސް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އަށް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ރޮނާލްޑޯ އެވެ.

މި ލަނޑަށް ފަހު ވެސް ޕޯޗުގަލް އަށް ލީޑު ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ. އެގޮތުން ރޮނާލްޑޯ އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ރަޝިއާގެ މައްޗަށް ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ދެ ޓީ މަށް ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާ އެކު ޕޯޗުގަލް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށްފައެވެ. މެޗުން ބަލިވި ރަޝިއާ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގަ އެވެ.

މި ގްރޫޕްގައި ހިމެނޭ ނިއުޒިލޭންޑް އަދި މެކްސިކޯ ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން މެކްސިކޯ ކާމިޔާބުކޮށްފައިވާއިރު، މެކްސިކޯ ވެސް ވަނީ ހަތަރު ޕޮއިންޓް ހަމަކޮށްފައެވެ. މެޗުން ބަލިވި ނިއުޒިލޭންޑް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.

ރަޝިއާގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނިއުޒިލޭންޑުންނެވެ. މި ލަނޑު 42 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވުޑް އެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން މެކްސިކޯގެ މައްޗަށް ނިއުޒިލޭންޑް ކުރީގައި އޮވެގެންނެވެ.

އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން މެކްސިކޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން 54 ވަނަ މިނެޓުގައި ޖިމެނޭޒްގެ ލަނޑާއެކު އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ލަނޑަށްފަހު ވެސް މެކްސިކޯ އިން ދިޔައީ ލީޑު ހޯދުމަށް ބުރަ މަސައްކަތްކުރަމުންނެވެ. އެގޮތުން އެޓީމުން ދިޔައީ ނިއުޒިލޭންޑްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ.

މެކްސިކޯ އިން މެޗުގެ ލީޑު ނެގީ 72 ވަނަ މިނެޓުގައި ޕެރަލްޓާ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑާއެކު މެކްސިކޯ ވަނީ ފަހަތަށް ޖެހި ބައިކޮޅަށް ލަނޑެއް ވަނެ ނުދީ މެޗު ނިންމާލާފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު