Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިހާބު 2018

ބެގް، ބޮރޯ އޯރ ސްޓީލް

19 ސެޕްޓެމްބަރު 2018 | ބުދަ 14:01

ބިޓު ކަޓާފާނެތީ ހޯދުނު ގޮތަކަށް މޮބައިލް ފޯނު ހޯދައިދޭން މަޖުބޫރުވާނެ ކަމަށް ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ސެޕްޓެމްބަރު 2018 | ބުދަ 14:01
ރައީސް ޔާމީން

ރައީސް ޔާމީން

ކުޑައިރުއްސުރެ މައިންބަފައިން ދަރިންނަށް ދަސްކޮށްދެނީ ރަނގަޅު ތަރުބިއްޔަތެވެ. ދުވަހަކުވެސް މީހަކަށް ނުދަރާ، ސަލާން ނުޖަހާ އުޅުމަށް ދަސްކޮށްދެއެވެ. ދަރީން ތަރުބިއްޔަތުވަނީ މައިންބަފައިން ތަރުބިއްޔަތު ކުރިގޮތަކަށޭވެސް ބުނެ އުޅެތެވެ. އެއީ އިސްލާމްދީން އަހަރެމެންނަށް ދަސްކޮށްދޭ ރީތި އުސޫލެވެ.

ސައިޒު ދައްކާލަން ޕީޕީއެމުން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ޔާމީން ދެއްކެވި ވާހަކައަކުން އެއީ ރައީސަކު ދައްކަން ހެޔޮވާހަކައެއްތޯ ސުވާލު އުފެދެއެވެ. ގައުމުގައި ހިންގާ ޖަރީމާތައް ގިނަވަނީ ރައީސްމީހާގެ ވާހަކަފުޅުތައް މިމޭރުމުން ހުރީމައޭވެސް ބުނެވިދާނެއެވެ. ނުބުނެވެންވީ ސަބަބެއްވެސް ނެތެވެ.

ޒުވާނުންނަކީ ގައުމުގެ ހުންގާނާއި މާދަމާ ހަވާލުވާން ތިބި މީހުންނަށް ވާއިރު ގައުމުގެ ވަލިއްޔުލްއަމްރު ޒުވާނުންނަށް ނަގައިދިން ފިލާވަޅަކީ ކަމެއް ހާސިލް ކުރަން ބޭނުވެއްޖެ ކަމުގައިވާނަމަ ކޮންމެ ގޮތަކަށް އެކަންކުރަން "އޯކޭ" ކަމަށެވެ. އެމަނިކުފާނު އެވިދާޅުވި ގޮތަށް ޒުވާނުން އުޅެން ވެއްޖެ ކަމުގައިވާނަމަ ގައުމު ހިންގަން ތިބި ޒުވާނުންނަށް ވާނީ ކިހިނެތްބާއޭ ހިތަށް އަރައެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށް އާ ވަޒީފާތައް އުފައްދަވާނެކަމަށް ވިދާޅުވެ އެކަމަށް މިސާލު ނެންގެވީ ޒުވާން ފިރިހެނުން އެމީހުންގެ ލޯބިވެރިޔާއަށް އާ މޮބައިލް ފޯނެއް ދޭން ބޭނުންވާނެ ކަމަށް ވިދާޅުވެއެވެ. ރައީސް ވިދާޅުވީ ކޮންމެ ޒުވާނަކުވެސް "ގަރލްފްރެންޑަށް" އެންމެ ފަހުގެ ފޯނެއް ދޭން ބޭނުން ވާނެ ކަމަށެވެ.

"ގަރލްފްރެންޑް ރުޅި ވެދާނެތީ" ނުވަތަ އެހެން މީހަކާ ގުޅިދާނެތީ އޭނާގެ ލޯބިވެރިޔާއަށް ހޯދުނު ގޮތަކަށް ފޯނު ހޯދުމަށް މަޖުބޫރުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި "ބެގް ބޮރޯ އޯރ ސްޓީލް" ނުވަތަ ހޯދުނު ގޮތަކަށް މޮބައިލް ފޯނު ހޯދައިދޭން "ބޯއި ފްރެންޑަށް" މަޖުބޫރު ވާކަމަށް ރައީސް ޔާމީން ވިދާޅުވުމާއެކު މުޅި ސޯޝަލް މީޑިއާ ކެކި އަރައިގަތެވެ.

ވާނީ ވެސް އެހެންތާއެވެ. ޒުވާނުން ވައްކަން ކުރުމަށް ހިތްވަރު ދޭ ފަދަ ގޮތަކަށް ރައީސް މީހާގެ ވާހަކަތައް ހުރުމުން އެކަން ނުކުރާބަޔަކަށް ވާނީ އާކަމަކަށެވެ. ކަމެއް ކުރަން ބޭނުންވެއްޖެ ކަމުގައި ވާނަމަ ނުވަތަ ކަމެއް ހާސިލް ކުރަން ބޭނުންވާނަމަ ހޯދުނު ގޮތަކަށް ހޯދަންޖެހޭ ދޭހަވާފަދަ މޭރުމަކުން ގައުމުގެ ވަލިއްޔުލްއަމްރުގެ ވާހަކަފުޅު ހުންނާނެއެކޭ އެއްވެސް މީހަކު ހިއެއްނުކުރާނެއެވެ. ދީން ހިމާޔަތް ކުރާ ސަރުކާރުކަމަށް ބުނާ ސަރުކާރުން އިސްލާމްދީނާ ޚިލާފު މިފަދަ ވާހަކަ ދައްކާނެކަމަކަށް އަދި ހީކުރާނީ ވަކި ކާކުހެއްޔެވެ؟

މި ވާހަކަތައް އިވުނު އަންހެންވެރިންނަށް އަދި ވީ އެމީހުންނަށް ވަލިއްޔުލްއަމްރު ކުރިމަތިކުރުވި ކުޑައިމީސް ބަހަކަށެވެ. އަންހެނުން ދަށްކޮށްލަން ބުނި ވާހަކަ އަކަށެވެ.

ލޯބިވެރިން އެ ކަނބަލުންނަށް މޮބައިލް ފޯނު ދޭން ނުޖެހޭ ކަމަށާއި އެމީހުން އަމިއްލައަށް ލާރި ހޯދައިގެން އެވަރު ކުރެވޭ ކަމަށް ބުނެ އެވެރިން ރައީސް ޔާމީނަށް ފާޑުކިޔަން ފެށިއެވެ. އަދި އެއީ އެމީހުން ހާސިލްކުރަން ފިރިހެނުން އުޅެންޖެހޭ ގޮތެއް ނޫންކަމާއި އަންހެނުންނަކީ "މެޓީރިއަލިސްޓިކް" ބައެއް ނޫން ކަމަށްބުނެ ސޯޝަލް މީޑިއާގައި ރައީސަށް ފާޑުކިޔުން އަމާޒުވާން ފެށިއެވެ.

މީއެއްވެސް ކަނބަލަކު އުޅެން ބޭނުންވާނެ ގޮތެއް ނޫނެވެ. އަދި މި މިސާލު ނަގައިގެން ގައުމުގެ ކުރިމަގު ބައްޓަންކުރަން ޒުވާނުން ބޭނުން ނުވާނެކަންވެސް ޔަގީނެވެ. ހިތައްއެރިހާ ގޮތަކަށް އުޅެން، ނުވަތަ ބޭނުންވާހާ އެއްޗެއް، ހަލާލެއް ހަރާމެއް ނުބަލާ، ހޯދުނު ގޮތަކަށް ހޯދައިގެން އުޅުމަކީ ރާއްޖޭގެ އެންމެން ތަބާވާ އިސްލާމްދީން ހުއްދަ ކުރާކަމެއް ވެސް ނޫނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

ކުރިން ބޭސްފަރުވާ އަށް ސަލާން ޖަހަން ދަނީ ރައީސުލްޖުމްހޫރިއްޔާގެ ގެ ކޮޅު، "ތީމުގެ" އަށް، މިހާރު ދަނީ ރައީސް މުއިއްޒު ގެ ބައްދަލުވުމަށް!

22 ޑިސެމްބަރު 2025
ކުރިން ބޭސްފަރުވާ އަށް ސަލާން ޖަހަން ދަނީ ރައީސުލްޖުމްހޫރިއްޔާގެ ގެ ކޮޅު، "ތީމުގެ" އަށް، މިހާރު ދަނީ ރައީސް މުއިއްޒު ގެ ބައްދަލުވުމަށް!
20 ޑިސެމްބަރު 2025

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025
މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް
20 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް

20 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް
20 ޑިސެމްބަރު 2025

ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟

20 ޑިސެމްބަރު 2025
ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟
19 ޑިސެމްބަރު 2025

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

19 ޑިސެމްބަރު 2025
މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް
18 ޑިސެމްބަރު 2025

ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

18 ޑިސެމްބަރު 2025
ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!
17 ޑިސެމްބަރު 2025

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!
16 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

16 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!
16 ޑިސެމްބަރު 2025

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

16 ޑިސެމްބަރު 2025
މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!
15 ޑިސެމްބަރު 2025

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ކުންފުނިތައް: އޮޑިޓެއް ނުކުރޭ، ހާލަތު ބެލޭނެ ގޮތެއް ވެސް ނެތް!

15 ޑިސެމްބަރު 2025
ނާގާބިލު ސަރުކާރެއްގެ ނާގާބިލު ކުންފުނިތައް: އޮޑިޓެއް ނުކުރޭ، ހާލަތު ބެލޭނެ ގޮތެއް ވެސް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް