Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބޭސްފަރުވާ

ކުރިން ބޭސްފަރުވާ އަށް ސަލާން ޖަހަން ދަނީ ރައީސުލްޖުމްހޫރިއްޔާގެ ގެ ކޮޅު، "ތީމުގެ" އަށް، މިހާރު ދަނީ ރައީސް މުއިއްޒު ގެ ބައްދަލުވުމަށް!

22 ޑިސެމްބަރު 2025 | ހޯމަ 13:59

ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލްވެފައިވެ، ބޭސް ނުލިބި، ބޭރު ގައުމުތަކަށް ފަރުވާއަށް ދާއިރު އާސަންދަ ލިބުމުގައި ހަމަހަމަކަމެއް ނެތެވެ. ބަލި މީހުން މިހާރު ބޭސް ފަރުވާ އަށް އެދި ރައީސްގެ ބައްދަލުވުމަށް ދަނީ ސަލާން ޖަހަމުންނެވެ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 22 ޑިސެމްބަރު 2025 | ހޯމަ 13:59
ރައީސް މުއިއްޒު ގެ ސިއްހީ ސިޔާސަތު ފެއިލް ވެއްޖެ ކަން ގިނަ މީހުންގެ ވާހަކަތަކުން އެނގޭ

ރައީސް މުއިއްޒު ގެ ސިއްހީ ސިޔާސަތު ފެއިލް ވެއްޖެ ކަން ގިނަ މީހުންގެ ވާހަކަތަކުން އެނގޭ | ރާއްޖެއެމްވީ

ބޭސް ފަރުވާ އަށް ސަލާންޖެހުން ނައްތާލުމު ގެ ވާހަކަ އަކީ ދިވެހިރާއްޖެ ޑިމޮކްރަސީ އަށް ދަތުރު ކުރި އިރު އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަ އެވެ. ރާއްޖެ އަށް ޑިމޮކްރަސީ އައިސް ޑިމޮކްރަސީ ފައްކާވެފައިވާ ކަމަށް މިއަދު މި ދަނީ ބުނަމުންނެވެ. އެކަމަކު ބޭސްފަރުވާ އަށް ރައްޔިތުން ސަލާން ޖެހުން މިއަދު އާއްމުވެފައިވާކަން އާއްމު ރައްޔިތުންގެ ވާހަކަތަކުން ހާމަވެ އެވެ.  

ކުރިން ބޭސްފަރުވާ އަށް ސަލާން ޖަހަން ދަނީ ރައީސުލްޖުމްހޫރިއްޔާ ގެ ގެ ކޮޅު، "ތީމުގެ" އަށް، މިހާރު ދަނީ ރައީސް މުއިއްޒު ބާއްވާ ބައްދަލުވުމަށެވެ. ދެން ވެސް ބުނަންވީ ރައީސް އާއި ބައްދަލުކޮށް މިހެން ބުނެވުނީތީ ހާދަހާ ހެޔޮފުޅޭ ހާދަ ހިތްހެވޭ ތޯ އެވެ؟ ދިވެހީން ދާ އޮހޮރުވައިގެން ހޯދި ޑިމޮކްރަސީގެ ފަންވަރަކީ އެއީތޯ އެވެ؟  

ރައީސް އާއި އެކު ބާއްވާ ބައްދަލުވުންތަކުގައި އެންމެ އާއްމުކޮށް ދައްކާ އެއް ވާހަކަ އަކީ ބޭސްފަރުވާގެ ނިޒާމް މިހާރު އަމުދުން ދޯހަޅިވެފައިވާ ވާހަކަ އެވެ. ބޭސް ނުލިބޭ ވާހަކަ އެވެ. ބޭސް ނުލިބިގެން ވަގަށް ބޭސް ގެންނަ މީހުންގެ ވިޔަފާރި ފުޅާ ކުރާ ވާހަކަ އެވެ.  ކައިރި ގައުމުތަކަށް ބޭސް ފަރުވާކުރަން ދާއިރު އާސަންދަ ލިބެން އޮތް ނިޒާމުގައި ހަމަހަމަ ކަމެއް ނެތް ވާހަކަ އެވެ.

"މީގެ 8 ދުވަސް ކުރިން ދިޔައިން އިންޑިއާ އަށް. ދެ ފަހަރު އާސަންދަ އަށް އެދިގެން ވެސް ނުލިބުނު. ރޮބޮޓިކް ސަރޖަރީ އެއް ކުރަން ޖެހުނީ. ފައިސާ އެއް ނުދެމޭ އާސަންދައިން ބުނީ. ދެން އެންސްޕާ އިން ހެދީ މަކަރާއި ހީލަތް. އަނގައިން ނުބުނެ މަޑުކޮށްލައިގެން ތިބީ. ތިބެފައި ބުނީ ކުރި ޚަރަދަށް ފައިސާ ދެވެން ނެތޭ. ކިހާ ރީތިތޯ." އާއްމު މީހަކު ބުނެފައިވެ އެވެ.

ރާއްޖެ އިން ބޭރުން ކޮންމެހެން ބޭސް ގެންނަން ޖެހޭ މީހުންގެ ބޭސް ގެނެސްދިނުމުގައި ވެސް ފަރުވާކުޑަކަން އިންތިހާ އެވެ. ބަލި މީހާގެ ރައްކާތެރިކަން ނެތި ދާ އިރު މުއައްސަސާތަކަށް ރޭކާ ވެސް ނުލަ އެވެ. ތިމާ އަށް ހައްގު އަސާސީ ބެސްފަރުވާ ހޯދަން ދާން މިޖެހެނީ ރައީސްގެ ބައްދަލުވުމަށެވެ. އެތައް އިރަކު މަޑުކޮށްގެން ރައީސް އަށް އާދޭސް ދަންނަވައިގެން ނޫން ގޮތަކަށް މިކަން ވާން ނެތުން މިއީ އާއްމު މީހާ އަށް ލިބޭ ކިހާ ބޮޑު ނިކަމެތިކަމެއްތޯ އެވެ؟

" އަޅުގަނޑުގެ ބަލީގެ ގޮތުން އަޅުގަނޑުގެ ދިފާއީ ނިޒާމު ދައްކޮށް ހުންނަނީ. ދައްކޮށް ހުންނާތީވެ އިންޖެކްޝަންތަކެއް ޖަހައިގެން އަޅުގަނޑު އުޅެން ޖެހެނީ. ދެމަހުން ދެމަހުން ބޭސްތައް ވެސް ގެންނަން ޖެހެނީ ބޭރުން. އެސްޓީއޯ ފާމަސީން ކޮންމެ ފަހަރަކު އަޅުގަނޑު. މީ ބޭސް ގެންނަން ވެސް އެހާ އުނދަގޫ. ދެމަހުން ދެމަހުން ގެންނަންޖެހޭ ބޭހެއް. ދެމަހުން ދެމަހުން ޖަހާ ބޭހެއް. ތިންމަހުން މި ބޭފުޅުންނަށް ގެނެވެނީ. މިއަށްވުރެ ފަސޭހަ ގޮތެއް ހައްދަވާ ދެއްވާށޭ." އާއްމު މީހަކު ބުނެފައިވެ އެވެ. 

މިއީ އާއްމު މީހުންގެ އުދާސްތަކެވެ. އާދޭހުގެ އަޑެވެ. ރައްޔިތުން ކެކުޅުމާއި އާދޭހާ އެކު އެދެނީ ރާއްޖޭގެ ސިއްހީ ނިޒާމު ނަގަހައްޓާ ދިނުމަށެވެ. ފެއިލް ވެފައިވާ ސިއްހީ ނިޒާމުގެ ސަބަބުން ބަލި މީހާ އިތުރު ތަކުލީފުތަކާއި ކުރިމަތިލުން ނިމުމަކަށް ގެނައުން އެދި އެދަނީ ކެނޑި ނޭޅި އާދޭސްކުރަމުންނެވެ. އެހެންވީމަ ބޭސްފަރުވާ އަށް ސަލާންޖެހުން މިހާރު ނައްތާލެވިފަ އެއް ނެތެއް ނޫންތޯ އެވެ.

ބޭސްފަރުވާސިއްހީ ނިޒާމު

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

5

މި ސަރުކާރުން އަތުލި ފްލެޓުތައް އެމްޑީޕީގެ ވެރިކަމެއްގައި އަލުން ހަވާލުކޮށް އެ އެއްބަސްވުންތަކަށް އިހުތިރާމު ކުރާނަން: ސޯލިހު

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!

17 ސެޕްޓެމްބަރު 2026
ގޮތެއް ނެތިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ އާއިލާތަކަށް ރާއްޖެއަށް އައުމަށް ވެސް ސަލާން ޖަހަންޖެހިފައި!
10 އޯގަސްޓު 2026

ސިއްހީ ދާއިރާއިން މިދިޔަ ސަރުކާރުން ފެށި 16 މަޝްރޫއެއް ހުއްޓާލައިފިން: ގީލާ

10 އޯގަސްޓު 2026
ސިއްހީ ދާއިރާއިން މިދިޔަ ސަރުކާރުން ފެށި 16 މަޝްރޫއެއް ހުއްޓާލައިފިން: ގީލާ
01 އޯގަސްޓު 2026

ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއްކަމަށް ބުނެ އާސަންދަ ނުދިން، ޕްރެޝަރުމަތިކަމަށް ބުނެ ރާއްޖޭގައި އޮޕަރޭޝަން ކުރެވޭކަށް ނެތް!

01 އޯގަސްޓު 2026
ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއްކަމަށް ބުނެ އާސަންދަ ނުދިން، ޕްރެޝަރުމަތިކަމަށް ބުނެ ރާއްޖޭގައި އޮޕަރޭޝަން ކުރެވޭކަށް ނެތް!
28 ފެބުރުއަރީ 2026

ސައީދު އަށް ނާއިންސާފް ހަރާމް ހުކުމް އިއްވިތާ 5 މަސް: އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާތީ

28 ފެބުރުއަރީ 2026
ސައީދު އަށް ނާއިންސާފް ހަރާމް ހުކުމް އިއްވިތާ 5 މަސް: އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާތީ
22 ޑިސެމްބަރު 2025

ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

22 ޑިސެމްބަރު 2025
ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް
14 ނޮވެމްބަރު 2025

ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް މިނިސްޓަރު ނާޒިމް

14 ނޮވެމްބަރު 2025
ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް މިނިސްޓަރު ނާޒިމް
11 ނޮވެމްބަރު 2025

އަސާސީ ޚިދުމަތްތައް ހުއްޓުވާ، ސަރުކާރު ތެޅި ފޮޅެނީ ކަނޑު އަޑީގައި ޓަނަލް ނޭޅިގެން!

11 ނޮވެމްބަރު 2025
އަސާސީ ޚިދުމަތްތައް ހުއްޓުވާ، ސަރުކާރު ތެޅި ފޮޅެނީ ކަނޑު އަޑީގައި ޓަނަލް ނޭޅިގެން!
26 ޖޫން 2025

މި ފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭނެ، މިކަމާ ދެކޮޅަށް ޒުވާނުން ނުކުންނަންޖެހޭ: ބިގޭ

26 ޖޫން 2025
މި ފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭނެ، މިކަމާ ދެކޮޅަށް ޒުވާނުން ނުކުންނަންޖެހޭ: ބިގޭ
20 އެޕްރީލު 2025

ނެއްލައިދޫގައި ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައި ހުރި އައިވީއެއް ދިން މައްސަލަ ބަލަނީ

20 އެޕްރީލު 2025
ނެއްލައިދޫގައި ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައި ހުރި އައިވީއެއް ދިން މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް