Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

ވަޒީރކަށް ޓްވީޓެއްވެސް ކުރެވެނީ މުއިއްޒު ހުއްދަ ދެއްވައިގެންނެވެ. އެވަޒީރުން ވިދާޅުވާ ގޮތުންނަމަ ކުރައްވާ ހުރިހާ ކަމެއް ކުރައްވަނީވެސް މުއިއްޒުގެ އިރުޝާދުގެ ދަށުން މުއިއްޒު އަންގަވައިގެންނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 13:33
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ގެ ފިޔަ ކޮށާލީ ދާއިރާގެ ރައްޔިތުންނަށް ފޮނުވި މެސެޖަކުންނެވެ. އެވެސް މުއިއްޒަށާއި ސަރުކާރަށް ރަނގަޅަކަށެވެ. ރައްޔިތުންގެ ޝަކުވާ ބޮނޑި ބަންޑުން ކޮށްލި ކޮށްލީނުން މުއިއްޒު ބޭޒާރުވިޔަ ނުދިނުމަށެވެ. ހިތުން މުއިއްޒަށް ރަނގަޅަކަށް ކުރި އެވަރުގެ ކުޑަކުޑަ ކަމަކާ ހުރެ އަސްމާއްތަ ހަމަ ރަނގަޅަށް ސައިޒްކޮށް ލަދުގަންނުވާލި އެވެ. ފުރަން އޮތް ރަސްމީ ދަތުރު ހުއްޓުވައި މަޖިލީހުގެ ކޮމެޓީތަކުން ބަދަލު ކުރި އެވެ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އަށް ކުރިމަތި ކުރުވި ކަންކަމާއެކު އޭނާ ވެސް ހަތިޔާރު ބެހެއްޓި ގޮތުގެ ވާހަކައެއް އިތުރަކަށް ނުދައްކާނަމެވެ.

މި ދިރިހުރި މިސާލުތަކުން ދޭހަވި އެއް ކަމަކީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރަކަސް އަދި ވަޒީރު ބޭފުޅަކަށް ވިއަސް އެވެރިންނަކަށް މިނިވަން ކަމެއް ނެތްކަމެވެ. ކަންކުރަންވާނީ ސީދާ މުއިއްޒު އެންގެވީމާ އެންގެވި ގޮތަކަށް ކަމެވެ. އަމިއްލަ އިޚްތިޔާރު ގައި ކުޑަވައި އިނގިލިވެސް ހިއްލާލައިގެން ނުވާނެކަމެވެ. ފިޔަވަޅެއް އަޅަންވާނީ މުއިއްޒުގެ ހިރިޔާފާތުރާ ދަށުން އަމުރު މައުރޫފް ލިބިގެންނެވެ.

މީބީދައަށް ތަބާވެގެން ތިބެނީކީ އަދި ތިބެން ޖެހެނީކީ މަޖިލީސް މެންބަރުން އެކަންޏެއް ނޫނެވެ. އެއަށްވުރެ އެތައް ދަރަޖައެއް ކުރީގައި އުޅުއްވަނީ ދައުލަތުގެ ވަޒީރު ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިންނެވެ. އެވެރިންގެ ދާއިރާއާ ނުވަތަ ވުޒާރާއާ ގުޅޭ އެތެރޭގެ ބައްދަލުވުމެއް ބޭއްވިއަސް ބުނެ އުޅެ އެވެ. ސީދާ ރައީސްގެ އެންގެވުމަށް ރައީސްގެ އިރުޝާދުގެ ދަށުން ކުރެއްވި ކަމެކެވެ.  އަމުދުން ތަނެއްގައި ބަގީޗާ ގަހެއް އިންދާލާ އެއަށް ފެންފޮދެއް އަޅާލިއަސް އަދި ވެއްޓިފައިވާ ފަންގިފިލައެއްގެ ފިލާގަނޑަކަށް މޮހޮރެއް ޖަހާލިއަސް ހަމަ ސީދާ އެވާހަކައެވެ. ރައީސްގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ އެންގެވުމަށެވެ. އެގޮތުން އެންމެ އާދައިގެ ކަމަކުން ފެށިގެން އެވުޒާރާއަކުން ނުވަތަ ކުންފުންޏަކުން ކުރާ ކޮންމެ ކަމެއް ކުރިއަސް އެއީކީ އެބޭފުޅުންގެ އަމިއްލަ ވިސްނެވުމެއް ނޫނެވެ. އެބޭފުޅުންގެ ގާބިލްކަމުން ކުރެއްވި ކަމެއް ނޫނެވެ. ނޫންނަމަ އެއީ އެބޭފުޅުން ކުރާން ބޭނުން ވެގެން ކުރައްވާ ކަމެއް ނޫނެވެ. ސީދާ ރައީސް މުއިއްޒުގެ ޚާއްޞަ އެންގެވުމަށް އެމަނިކުފާނުގެ ދުރުވިސްނުންފުޅާއި ހިކުމަތު އަމަލީއާއި ގާބިލިއްޔަތު ކަމާއި ރައްޔިތުންނަށްހުރި ލޯތްބެއްގެ ސަބަބުން ސީދާ އެމަނިކުފާނު ކުރެއްވި ކަމެކެވެ. ކުޑަމިނުން ޓްވީޓެއް ކޮށްލަން ޖެހުނަސް ނޫންނަމަ ފޭސްބުކް ޕޯސްޓެއް ކޮށްލުމާއި މައިކެއްގެ ދޮށުގައި އެއްޗެއް ބުނަން ޖެހުނަސް އެފަތިވަރު ނުލައި އެއްޗެކޭ ވިދާޅުވުމަކީ އެއްވެސް ވަޒީރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ޚުދު ރައީސް މުއިއްޒުވެސް ވިދާޅުވެފައި ވެ އެވެ. އެމަނިކުފާނު ވުޒާރާތަކަށާއި ކުންފުނިތަކަށް ލައްވަވާފައިވާނީ ސީދާ އެމަނިކުފާނު ވިދާޅުވާ ގޮތަށް ކަންކުރައްވާނެ އެކަން އެއެންގެވިގޮތައް ކުރައްވަން ގާބިލް ބޭފުޅުންނެވެ.

ދައްކާން މިއުޅެނީ ހަމައެކަނި އެވެރިންގެ އަޅުވެތިކަމާއި ވެއްޓިފައިވާ ސައިޒްގެ ވާހަކައެއް ނޫނެވެ. އަދި ރައީސް މުއިއްޒުގެ ހަންމުށި އެޅުއްވުމާއި ފޯރުވާ ބާރުގެ ވާހަކައެއްވެސް ނުމެ ނޫންމެ އެވެ. އެއަށްވުރެ ބޮޑަށް މިހާރު ފެންމަތިވާ އެހެން ކަމެއްގެ ވާހަކަ އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިހާރު ބާއްވަމުންދާ މާލޭ ރައްޔިތުންނާ ބައްދަލު ކުރައްވާ ބައްދަލު ކުރެއްވުމެވެ. ވަޒީރުންގެ މަޖިލީސް އެއްކޮށް ކަހަލަ ގޮތަކަށް ގާތުގައި ބައިތިއްބަވައިގެން މުއިއްޒު މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރައްވާއިރު ރައްޔިތުން އެއަމުނާލާ ފަތިވަރުތަކުގެ ވާހަކަ އެވެ. ރައްޔިތުން ބަންޑުންކޮށްލާ އުދާސްތަކެވެ. އަސަރުން ފުރިގެންވާ ވާހަކަތަކާއި ހުރި ކަންބޮޑުވުންތަކެވެ. ހުޝާމިދުކުރަން ފެށިއަސް ނިންމާލަމުން ރީތިގޮތުގައި ކުރުދޮށިން ދޭ ދިނުމެވެ. އެކަމުން ހާމަވެގެންދާ ސަރުކާރު ފެއިލްވެފައިވާ މިންވަރެވެ. ވެރިކަމުގެ ދޯހަޅިކަމާއި ވެރިކަމުގެ ދައުރު ދެބަޔަށް އެޅެންދާއިރު މުއިއްޒަށް ކަމެއް ނުކުރެވުނު ވާހަކައެވެ. ދެރަނުވާން، ނޫންނަމަ ކުރިމަތިވާ ލަދުވެތިކަމާއެކު ހާސަރު ތަކެއް ދަންމަވާފައި މުިއްޒު ދެއްވާ ދެކޮޅު ނުޖެހޭ ޖަވާބުތަކެވެ.

ރައްޔިތުން އެމީހުންގެ ޝުއޫރުތައް ފަށަނީ ވަޒީރު ބޭފުޅުންނަށް ނިސްބަތްކޮށެވެ. މިވެނި ވަޒީރަކު ކަންކުރައްވާ އެވެނި ގޮތެކެވެ. އެވުޒާރާއަކުން ކަންކުރަން ޖެހޭ މިވެނިކަމެއް ނުވެ އޮތް ވާހަކައާއި އެވަޒީރު ފެއިލްވި ވާހަކަ އެވެ. ބައެއް މީހުން އެފަދަ ވަޒީރުންގެ ނަންވެސް ބުނެ ސީދާ ދިމާލަށް އެގޮވާލަނީ ހިތުހުރި އެއްޗެކެވެ. ނުސީދާކޮށް ވަށް ބަހުންނާއި ސީދާ ސީދަލަށެވެ.

މިއީކީ ވަޒީރު ބޭފުޅުންނަށް ތަހައްމަލް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެއްޗެއް ބުނެވެން ނެތަތީތިވެ ތުންގަޑު ބިމަށް ހަރާލައިގެން އިންނަ މާކަނައެއް ހެން އިސްއުފުލާލަން ނުކެރި ބައްދަލުވުން ނިމެންދެން ތިއްބަވަން ޖެހެނީ އެނޫން ގޮތެއް ނެތިގެންނެވެ. އެކަމަކު ލަދުގަނެ ދެރަވެގެންނެވެ. ރުޅިއައިސް ރަތްވެ ހުޅުފަޅައިގެންދާ ވަރުގަ އެވެ.

ވަޒީރު ބޭފުޅުންނަށް އެގޮވާލާ އެއްޗެހީގެ ހަގީގީ އަމަޒުފަތްގަނޑަކީ ސީދާ މުއިއްޒެވެ. ވަލިއްޔުލް އަމުރަކީ މުއިއްޒެވެ. ވެރިކަމުގައި ހުންނެވީ މުއިއްޒެވެ. ފޮނިކަނޑާފައި ސަޅި ބައިސާތަކާއެކު ވައުދުވީވެސް މުއިއްޒެވެ. "މަށަށް ވާނެއޭ. ވާނެ ހުރިހާ ގޮތަކާއި އެކަމުގެ ޕްލޭންތަކާއި ފައިސާވެސް ހަމަޖެހިފައި ހުރިކަމަށްރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ވިދާޅުވީވެސް މުއިއްޒެވެ. މުއިއްޒު ބޭނުންވާހާ ކަމެއް ކުރަން ލިބުނު މަޖިލީހުގެ މެޖޯރިޓީގައި ހުރިހާ ކަމެއް ކުރުމުގެ އާރާއި ބާރު އޮތީ މުއިއްޒުގެ އަތްޕުޅުގަ އެވެ. އެބާރާއެކު މުއިއްޒު ބޭނުންވާ ކަމެއް ކުރާން ބޭނުން ވުޒާރާއެއް އުފައްދަވާ އެތަނަށް ލައްވާނެ މީހަކު ލެއްވުން އޮތީ މުއިއްޒަށެވެ. ވިދާޅުވާ ގޮތަށް ކަން ނުކުރީމާ އެތަނަކުން ވަކިކުރުމާއި ބަދަލުކުރުމުގެ ބާރުވެސް އޮތީ މުއިއްޒު އަތުގަ އެވެ. އެހެންކަމުން އާއްމު ރައްޔިތުންގެ އެވާހަކަތައް ގޮސް ނިމެނީ މުއިއްޒާ ހަމައިގައެވެ. ގާތުގައި ތިޔަތިބި މީހުން މަނިކުފާނަށް ލަނޑުދެއްވަނީއޭ ބުންޏަސް އެވާހަކަތައް އެގޮވާލަނީ ސީދާ މުއިއްޒާ ދިމާލަށެވެ.

އާއްމުންގެ އުދާސްތައް މައިތިރިކޮށް އެކަމުގައި މަތިޖަހާން މުއިއްޒު ބޭނުން ކުރައްވާ އަތްމަތީ ބަހެއް އޮވެއެވެ. "ތިޔަކަން އޮތްގޮތެއް އަޅުގަނޑު ބައްލަވާނަމޭ" އެވެ. "ތިޔަކަން  އޮތީ ތިޔަހެން ކަމަށްވާނަމަ އަޅުގަނޑު ރަނގަޅު ކޮށްދެއްވާނަމޭ" އެވެ.

ކޮންމެއަކަސް އެވާހަކަތަކުން ވަޒީރުން އެތިއްބަވަނީ ރަތަށް އަރާފަ އެވެ. އާއްމު ރައްޔިތުން އެގޮވާލާ ފަތިވަރުތަކުން އެކަންޏެއް ނޫނެވެ. ކަންކުރަންވީ ގޮތާއި ކުރަން ޖެހޭނެ ކަންކަން ވިދާޅުވާ ރައީސް މީހާ އެދެއްވާ ޖަވާބުންނެވެ. ވަޒީރުންނަށް ކަމެއް ކޮށްނުދެވޭކަމަށް މުއިއްޒު އެއްބަސްވެލައްވާތީ އެވެ. ހަމަ އެހެންމެ އާއްމު ރައްޔިތުން އެގޮވާލާ ވާހަކަތަކާއި ބަންޑުންކޮށްލާ އުދާސްތަކާއެކު ހޫނުފެނަށްވެސް އެވެއްޓެނީ ހަމަ މުއިއްޒު އެވެ. ހަމައެކަނި ރައްޔިތުންގެ ގާތަކު ނޫނެވެ. މަގާމް ގެއްލިދާނެތީ ބިރުން ތުންފިއްތައިގެން އެއްޗެއް ވިދާޅު ނުވެތިބި ވަޒީރުންގެ ގާތުގައިވެސް މެއެވެ. ފެންނަ ފެނުމަށް އެވެރިންވެސް އެތިބީ ނުރުހިފައެވެ. އެތިބީ ވަގުތަކަށް ބަލަ ބަލަ އެވެ.

އަސްމާ ރަޝީދުރައީސް މުއިއްޒުމާފަންނު މެދު ދާއިރާއަޙުމަދު އަޒާންލޯކަލް ކައުންސިލް އިންތިހާބުވަޒީރުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

17 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

16 ޑިސެމްބަރު 2025
ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ  ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

16 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު