Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަހުގެ އަގު

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

ރައީސް މުއިއްޒުގެ ވެރިކަމުން މަސްވެރިންނަށް ވީ ކިލޯއަކަށް 20 ރުފިޔާގެ ވައުދު ފުއްދާފައި ނުވާއިރު، ހަގީގަތަކީ ރައީސް ސޯލިހުގެ ވެރިކަމުގައި މަހުގެ އަގު 25 ރުފިޔާ އަށް ބޮޑު ކުރީ ޔޫރަޕާއި އިނގިރޭސިވިލާތާ އެކު ކުރިއަށް ގެންދިޔަ ޑިއުޓީ އިނާޔަތްތަކާ ގުޅޭ މަޝްވަރާތަކުގެ މައްޗަށް ބަލައިގެންނެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދެވުނު ނަމަ މިއަދު މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދި ހާސްވެ ތާކުންތާކުން ނުޖެހޭ ވާހަކަ ދައްކާކަށް ނުޖެހުނީހެވެ.

ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2025 | އަންގާރަ 13:30
އޮޑިން ފޭބި މަސްވެރިއަކު ކަނޑުމަސްތަކެއް ހިފައިގެން މާލޭ މަސް މާރުކޭޓާ ދިމާލަށް ހިނގަނީ - 15 އޮގަސްޓް 2007

އޮޑިން ފޭބި މަސްވެރިއަކު ކަނޑުމަސްތަކެއް ހިފައިގެން މާލޭ މަސް މާރުކޭޓާ ދިމާލަށް ހިނގަނީ - 15 އޮގަސްޓް 2007

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ނުދެވި ފައިސާ ހުރިޗވާހަކަ އާއި މަހުގެ އަގު 17ރ. އިން 25ރ. އަށް ބަދަލު ކުރުމަކީ ސިޔާސީ ނިންމުމެއް ކަމަށާއި، ކިލޯއަކުން 13ރ. ގެއްލުމުގައި މިފްކޯ އަށް މަސްގަންނަށް ޖެހުނު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވި އެވެ. އަދި މިބަދަލު ކުރެވުނު އަގާ އެކު ކުރިއަށް ދިޔަ ނަމަ ސަރުކާރުން މިފްކޯ އަށް 1 ބިލިއަން ރުފިޔާގެ ސަބްސިޑީ އެއް ދޭން ޖެހުނީސް ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.

ކުރީ ސަރުކާރު، ކުރީ ސަރުކާރު، ނުކިޔާނެ ކަމަށާއި ހުރިހާ ކަމެއް ވެސް ހުރީ ހަމަ ޖެހި ފުރިހަމަ ވެފައި ކަމަށް ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވިދާޅުވި އަޑު ދިވެހިން ވަނީ އަހާފައެވެ. އެކަމަކު ވެރިކަމަށް ވަޑައިގަނެ، ވައުދުވީ ގޮތަށް ކަންކަން ކުރަން ޖެހިވަޑައިގަތުމުން ރައީސް މުއިއްޒު ވެސް އެ މަނިކުފާނުގެ މިނިސްޓަރުން ވެސް މުޅިން ވެސް ވިދާޅުވާތީ އިވެނީ، ކުރީ ސަރުކާރު، ކުރީ ސަރުކާރު އެވެ. 

ކޮންމެއަކަސް މި ސަރުކާރު ވެރިކަމަށް އައި އިރު މަސްވެރިންގެ ގާތުގައި ވެފައިވާ އެއް ވައުދަކީ މަހުގެ އަގު އެންމެ ދަށްވެގެން 20ރ އަށް ބަހައްޓާނެ ކަމަށެވެ. ކަން ވީ އެހެނެއް ނޫނެވެ. 2 އަހަރު ފާއިތުވެގެން ދިޔަ އިރު މަހުގެ އަގު ހުރީ ބުނި އަގަށް ވުރެ މާ ބޮޑަށް ވެސް ދަށުގައެވެ. އޭގެ ބަހާނާ އަކަށް ވެސް ބުނާތީ އަޑު އިވެނީ ކުރީ ސަރުކާރު، ކުރީ ސަރުކާރެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދުވާފަރު ގައި ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ ގައި ފިޝަރީޒް މިނިސްޓަރ ޝިޔާމް ވަނީ ވަރަށް މޮޅު ޕްރެސެންޓޭޝަނެއް ދެއްވާފައެވެ. މަސްވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑެތި ތަޖުރިބާކާރުންނަށް ވެސް ނުދެވޭނެ ވަރުގެ ވަރުގަދަ ޕްރެސެންޓޭޝަނެކެވެ. އޭގައި ވިދާޅުވި އެއް ވާހަކަ އަކީ މުއިއްޒު ގެ ސަރުކާރު ފެށުނު އިރު ކުރީ ސަރުކާރުން މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދައްކަން ޖެހުނު ވާހަކަ އެކެވެ. މިނިސްޓަރަށް އެނގިވަޑައި ނުގަންނަވާ އޮތް ވާހަކަ ވާހަކަ އަކީ ރައީސް ސޯލިހުގެ ސަރުކާރު ފެށުނު އިރު އޭގެ ކުރީ ސަރުކާރުން މަސްވެރިންނަށް ދޭންޖެހި ނުދެވިހުރި 39.5 މިލިއަން ރުފިޔާވެސް އޮތް ކަމެވެ. އަޑު ގަދަ ކޮށް އެވާހަކަ ސޯލިހް ގެ ސަރުކާރުން ނުދެއްކި އެއް ކަމަކު އެފައިސާ ވަނީ މަސްވެރިންނަށް ދީ ޚަލާސްކޮށްފައެވެ.

މަސްވެރިންނަށް ރަނގަޅު އަގު ދިނުމަށް އެމްޑީޕީގެ ދެ ސަރުކާރުން ވެސް ނުހަނުގިނަ މަސައްކަތްތަކެއް ކުރި ކަން އެއީ ފެންނާން އޮތް ހަގީގަތެކެވެ. ފަހަރުގައި މިނިސްޓަރަށް އެނގިވަޑައިގެންފައި ނުއޮވެދާނެ އެވެ. އެކަން އެހެން އޮތަސް އިންޓަރނޭޝަނަލް މާކެޓަށް ބަލައި އޭރަކު ދެވެން އޮތް ރަނގަޅު އަގު މަސްވެރިންނަށް ލިބުނީ އެމްޑީޕީގެ ދެސަރުކާރުން ކަމާމެދު އެއްވެސް މަސްވެރިއަކު ދެބަސް ނުވާނެކަން ޔަޤީނެވެ. މިގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުނުއިރު މަސްކިލޯ އެއް ހުރީ 20ރ. ގަ އެވެ. އެހެން ނަމަވެސް ޑރ. މުހައްމަދު ވަހީދު ވެރިކަމަށް ވަޑައިގެން މަހުގެ އަގު 16ރ. އަށް ދަށްކުރި އެވެ. އޭގެ ފަހުން ރައީސް ޔާމީން ގެ ވެރިކަމުގައި އެ އަގު 17ރ. އަދި ބައެއް ފަހަރު 18ރ. އަށް ވެސް ހުއްޓެވެ. އެ ވެރިކަން ނިމެން ވަރަށް ކައިރިވެފައި ވަނިކޮށް މަހުގެ އަގު 20ރ. ކަމުގައި ހަމަޖެއްސި އެވެ. އެއީ 2017 އަހަރު ޖުލައި މަހުގެ 10 ދުވަހު އެވެ. އެއީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ފެށި ހިސާބެވެ.

ރައީސް ޔާމީން ގެ ވެރިކަން ނިމި އަދި ރައީސް ސޯލިހުގެ ވެރިކަމުގައި ކޮވިޑުގެ 2 އަހަރު ނިމުނުއިރު ވެސް މަސްވެރިންނަށް މަސްކިލޯއަކަށް 20ރ. އައީ ދެމުންނެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވިގޮތާއި އެއުފެދުނު ހަލަބޮލި ކަމުގެ ތެރެއިންނާއި އަދި ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވި ހިސާބުން އުފެދުނު ނުތަނަވަސް ކަމުގެ ތެރެއިން 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ޔޫރަޕުން ދެމުންދިޔަ ޑިއުޓީ އިނާޔަތްތައް އުނިކުރުމުން ދިވެހި ކަނޑުމަހަށް ލިބެމުންދިޔަ ރަނގަޅު އަގު އަލުން ހޯދުމަށް ގިނަ ގޮންޖެހުން ތަކެއް ދިމާވި އެވެ. އޭރު ރާއްޖެ އިން ބޭރުކުރާ ފިނިކުރި ކަނޑުމަސް ޓަނަކަށް 2000 ޑޮލަރު އަދި ދަޅު މަސް ކޭހަކަށް 70 ޑޮލަރާ ހަމައަށް އޭރު ލިބެމުންދިޔަ އެވެ.

ރައީސް ސޯލިހުގެ ޒަޢާމަތުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދިވެހި ކަނޑުމަހަށް ކުރިން ލިބެމުންދިޔަ ރަނގަޅު އަގު އަލުން ހޯދެއްވުމަށް ޔޫރަޕިއަން ޔޫނިއަން އާ އެކު މަޝްވަރާ ފައްޓަވާ އަދި އެ މަޝްވަރާތަކުގައި ކުރިއެރުންތައް ހޯއްދެވި އެވެ. އަދި އިނގިރޭސިވިލާތް، ޔޫރަޕްގެ އިއްތިހާދުން ވަކިވެ އަދި ވަކި އިގްތިސާދެއް ގެ ގޮތަށް އޮޕަރޭޓްކުރަން ފެށުމުން އިނގިރޭސިވިލާތާ އެކު ޑިއުޓީ އިނާޔާތް ތަކާއި ގުޅޭގޮތުން މަޝްވަރާކޮށް އޭރުއޮތް ޑިއުޓީގެ 24 އިންސައްތަ 20 އިންސައްތާ އާ ހަމަށް ކުޑަވެގެންދިޔަ އެވެ.

އޭގެ އިތުރުން ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ދޮށީ މަސްވެރިކަމުގެ އުފެއްދުންތަކަށް އެންމެ ރަނގަޅު އަގު ލިބެމުން ދިޔައީ އިގިރޭސިވިލާތުން ކަމުގައިވާތީ އިތުރު މަޝްވަރާގެ ތެރެއިން އިނގިރޭސިވިލާތުގެ އޭރުގެ ސަރުކާރުކާރުގެ ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ތާރިޤް އަހުމަދު އެ ގައުމުގެ މަންދޫބެއްގެ ގޮތުން ދިވެހިރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ގައި ފެލިވަރު ފެކްޓްރީ އަށް ޒިޔާރަތް ކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދެވި އެވެ. އަދި ޑިއުޓީ އިނާޔަތްކަށް ރަނގަޅު ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި މަސްކިލޯއެއްގެ އަގު 25ރ. އަށް ބޮޑުކުރެއްވީ މިދެންނެވި މަޝްވަރާ އަށް ބައްލަވާ އިނގިރޭސިވިލާތުން ދިން ޔަޤީންކަމާ އެކުގައެވެ.

އެހެން ކަމުގައި 25ރ. ގެ އަގަކީ، ކަންކަން ވަމުންދާ ގޮތާއި، މަޝްވަރާ އިން ލިބެމުން ދިޔަ ކުރިއެރުންތަކުގެ މައްޗަށް ބައްލަވާ ހިސާބު ޖައްސަވައިގެން މަސްވެރިންނަށް ރައީސް ސޯލިހް ދެއްވި އަގެކެވެ.

ހުރިހާ ކަމެއްވެސް އޮތީ ފުރިހަމަ އަށް ކަމަށާއި، ބޭރުގެ އެހީތެރިކަން އޮތީ ހަމަ ޖެހި ނިމިފައި ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު އާއި އެމަނިކުފާނު ފިޝަރީޒް މިނިސްޓަރު، އެމްޑީޕީ ވެރިކަމުގައި އިނގިރޭސިވިލާތާ އެކު ކުރިއަށް ގެންދިޔަ ކާމިޔާބު މަޝްވަރާ ތައް އެގޮތުގައި ކުރިއަށް ގެންގޮސް ނިންމަވާލެއްވުނު ނަމަ މަސްކިލޯ އެއް 16 އަށް ކުޑަކުރަން ނުޖެހި، ވައުދު ނުފުއްދި ހާސް ކަމުގައި އުޅުއްވާކަން ނުޖެހުނީހެވެ.

އަޙްމަދު ޝިޔާމްމަސްވެރިކަންމިފްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
މިނިސްޓަރ ޝިޔާމް ވަނީ ބޮޑުކަންނެލި ގަންނަ ކުންފުނި ތަކުގެ ދަށުވެފަ؛ ބޭނުމަކީ ބޮޑު ކަންނެލި މަސްވެރިން މަގުމަތިކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުން: އިމްރާން

މިނިސްޓަރ ޝިޔާމް ވަނީ ބޮޑުކަންނެލި ގަންނަ ކުންފުނި ތަކުގެ ދަށުވެފަ؛ ބޭނުމަކީ ބޮޑު ކަންނެލި މަސްވެރިން މަގުމަތިކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުން: އިމްރާން

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު