Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހުޅުމާލެ ފޭސް 2

ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް

ރައީސް މުއިއްޒު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ހިޔާ ފްލެޓަށް ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓް، މަހުން މަހަށް ދައްކާ އަދަދު ކުޑަކުރުމާއި، އެޑްވާންސް ޕޭމަންޓް ކުޑަކުރުން ފަދަ ލުއިތައް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޯޕަރޭޓިވް ހެދުން، ލިފްޓް ހަރުކުރުން، ޕާކިންގ ބިލްޑިންގ އެޅުން، މަގު ހެދުމާއި ސެކިއުރިޓީ ރަނގަޅުކުރުން ފަދަ މައްސަލަތައް އަވަސްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވި.

ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 14:34
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން

ޑިސެމްބަރު 18 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ސަލާހުއްދީން ސްކޫލް ހޯލުގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން އެ ބައްދަލުވުމުގައި ބައިވެރިން ފާހަގަ ކުރި ކަންކަމުގެ ތެރެއިން އެކަންކަމަށް އަމަލު ކުރައްވާނެ ގޮތް ކަމަށް ރައީސް މުއިއްޒު ފާހަގަ ކުރެއްވި ކަންކަމަކީ:

ކޯޕަރޭޓިވް ސޮސައިޓީ ހެދުން

 "ހިޔާ، އަދި އެހެން ޓަވަރުތަކުގައިވެސް ކޯޕަރޭޓިވް ސޮސައިޓީ، ނޫނީވިއްޔާ ކޯޕަރޭޝަން ހެދުމުގެ ކަންތައް، އެކަންވެސް މިހާރު އެޗް.ޑީ.ސީ.އިން ހައުސިންގ މިނިސްޓްރީއާއި، ކަމާބެހޭ ފަރާތްތަކާ އެކީގައި ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑު ބަލާނަން، އެކަން އަވަސްކުރުމަށް ބާރުއަޅައި، އެކަން އަވަސްކުރުމަށް."

ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށް ދެއްވަން ވިދާޅުވި ދެ ލައްކަ ރުފިޔާ

"އަޅުގަނޑު ދަންނަވާފައި އޮންނާނެ، ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދިނުމުގެ ކަންތައް. އެކަންވެސް އަޅުގަނޑު ދެންނެވި ގޮތަށް އެކަން ކުރުމަށްޓަކައި، އެޗް.ޑީ.ސީ.ގައި މިހާރު އަޅުގަނޑު އޮންނާނީ ދަންނަވާފައި. އެހެންވީމާ، ތިޔަބޭފުޅުންގެ އެގްރީމަންޓް ބަދަލުވެގެންދާއިރު، މިހާރު ތިޔަ ވިދާޅުވި ކަންބޮޑުވުންތައް އެއީ، އަޅުގަނޑު ބަލާނެ ކަންތައްތައް. އެ ދެ ލައްކަ ރުފިޔާ އަޅުގަނޑު ދެންނެވި ގޮތަށް، އެކަން އުނިކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ކޮށްދޭނަން."

ނުދެއްކި ހުރި ފައިސާ ގެ މައްސަލަ

"ފައިސާ ނުދެއްކި، ބެކްލޮގް އަރާފައި އޮތީމަ، ބޮޑު އަދަދެއް އަރާފައި އޮތީމަ، އެކަން ބެލުންވެސް އަޅުގަނޑު މިހާރު ހަވާލުކޮށްފިން. ދެން، އެ މަޢުލޫމާތު ލިބުނީމާ އަޅުގަނޑު ބަލާނީ، އޭގައި ކޮބައިތޯ އޮތްގޮތަކީ ކުރިއަށްދިޔުމަށް. ގައިމުވެސް ދެލައްކަ ރުފިޔާގެ ކަންތައް އެއީ، އަޅުގަނޑު ދެންނެވި ގޮތަށް ޙައްލުވާނެ ކަމެއް. އެއީ، މަހުން މަހަށް ދައްކަންޖެހޭވަރު، ކޮންމެ މަހަކުވެސް އަޅުގަނޑު ވަޢުދުވެފައިވާ ވަރަށް ދެއްކޭނެ ގޮތަށް އެގްރީމަންޓް ބަދަލުކޮށްދޭނަން. މިހާރު ތިޔަ ވިދާޅުވާހެން އޮތީ، ވަކި އަދަދަކަށް ދިޔައީމަ، ހަތް އަހަރު ފަހުން ބޮޑުވާކަހަލަ ގޮތަކަށް، ނޫނީވިއްޔާ ވަކި އަދަދެއްވީމާ ބޮޑުވާކަހަލަ ގޮތަކަށް. އެ ނިޒާމު، ނޫނީވިއްޔާ އެ ސިސްޓަމެއް ކަމަކުނުދޭ. އެހެންވީމާ، އަޅުގަނޑު ބަލައިދޭނަން، ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް، އެ ހުރިހާ ކަމެއްވެސް، މަހުން މަހަށް ދައްކަންޖެހޭވަރުވެސް، އަދި ޓޯޓަލް އަގުގެ މައްސަލަވެސް ޙައްލުކޮށްދިނުމަށް."

ސެކިއުރިޓީ މައްސަލަ

"ސެކިއުރިޓީއާ ގުޅޭ ކަންތައްތައް ކަމުގައިވިޔަސް، އަދި އެހެން ކަންތައްތައްވެސް. އަދި އަގުގެ ކަންތައް. ކުލީގެ ކަންތަކުގައިވެސް ފާހަގަކުރެއްވި ކަންތައްތައް، އަޅުގަނޑު ވަރަށް ސީރިއަސްކަމާއެކީގައި ބަލައިދޭނަން. ސެކިއުރިޓީ ވައިސް ރަނގަޅު ކުރުމަށްޓަކައި، މިހާރު އެވަނީ އެޗް.ޑީ.ސީ.އިން ވަކި މަސައްކަތްތަކެއް ފަށާފައި. އިތުރަށް ސެކިއުރިޓީ ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އެގެންދަނީ. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، މިހާރު ހުރި ހުރިހާ މައްސަލައެއް އެއީ، ރައްކާތެރިކަމުގެ ގޮތުން ކަމުގައިވިޔަސް، އަދި މެއިންޓެނަންސްގެ ގޮތުން ކަމުގައިވިޔަސް، މި ހުރިހާ ކަމެއް ރަނގަޅުކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ."

ލޯނުގެ މައްސަލަ

"މީގައި އެބަހުރި ބޭންކުތަކުން ލޯނު ނަގާފައި ތިބި ފަރާތްތައް. ބީ.އެމް.އެލް.ގައި ވެއްޖިއްޔާ، ބީ.އެމް.އެލް.ގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެހީތެރިކަމެއް އެބަ ދެއްވާ. ތިޔަބޭފުޅުން ނަންގަވާފައި އޮތް ލޯނުގެ އެކިކަހަލަ ލުއިތައް ދެއްވައިފި. އެމް.އައި.ބީ.އާ ވާހަކަ ދައްކައިގެން އަޅުގަނޑު ބަލާނަން، އެ ބޭފުޅުންގެ އެ އޮންނަ އުސޫލުތަކުގެ ތެރެއިން، ކޮބައިތޯ ގެނެވޭނެ ޙައްލުތަކަކީ. އެހެންވީމާ، އެކަމަށްވެސް މަސައްކަތް ކޮށްދޭނަން."

އެޑްވާންސް ޕޭމަންޓް ގެ މައްސަލަ

"އެތަނަށް އެޑްވާންސް ޕޭމަންޓެއް ދައްކަންޖެހޭ ވާހަކަ. ތިން ކޮޓަރީގެ ފްލެޓް ލިބުނު ފަރާތްތައް، 25,000 ރުފިޔާ ދައްކަންޖެހޭ ވާހަކަ. ނޫނީވިއްޔާ އެގޮތަށް އޮތީ. އަދި ދެ ކޮޓަރި ލިބިފައި ހުރި ފަރާތްތައް، އަޅުގަނޑު ހިތުން 15,000 ރުފިޔާ މިވަގުތު މިއޮތީ ދައްކަން. ދެން، މި ހުރިހާ ކަމަކަށް، އިރާދަކުރެއްވިއްޔާ ލުއިތަކެއް ގެނެސްދޭން އަޅުގަނޑުމެން މިހާރު މިވަނީ ނިންމާފައި. އޭގެތެރެއިން އެއްކަމަކީ، ތިން ކޮޓަރި ލިބިފައި ހުރި ފަރާތްތަކުގެ މިހާރު މަހުން މަހަށް އޮންނަ އަގާއި، އަދި މެއިންޓެނަންސާއި، ހުރިހާ އެއްޗެއް އެކީގައި މިއޮތީ ޓޯޓަލް އަގަކަށް. އަދަދަކަށް މިހާރު މި އޮންނަނީ، 10,500. އެ އަދަދު 10,000 ރުފިޔާއަށް ކުޑަކޮށް، އަދި އެޑްވާންސް ޕޭމަންޓް 25,000 ރުފިޔާ، 8,000 ރުފިޔާއަށް ކުޑަކުރެވިގެންދާނެ. ދެން، ހަމައެއާއެކީގައި، 7,000 ރުފިޔާ ދައްކަން މި އޮންނަނީ، އެފް.ޑީ.ސީ. ފްލެޓްތަކުގެ ދެ ކޮޓަރީގެ ފަރާތްތަކުގެ އެ އަދަދު ކުޑަކުރެވިގެން މިދަނީ، 6,000 ރުފިޔާއަށް ކުޑަކުރެވި، ޓޯޓަލް މިހާރު ދައްކަންޖެހޭ އަދަދުން، 1,000 ރުފިޔާ ކުޑަވެގެންދާނެ. ހަމަ އެއާއެއްގޮތަށް، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާ އަދަދުވެސް، އެއް މަހުގެ ކުއްޔަށް ވާވަރަށް، ނޫނީވިއްޔާ އެއްމަހު ދައްކަންޖެހޭ އަދަދަށް ކުޑަވެފައި އޮންނާނީ. އެހެންވީމާ، އެގޮތަށް އެފް.ޑީ.ސީ.ގެ ފަރާތުން އެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކާ އެކީގައި އެގްރީމަންޓް އާކޮށް، ރިވައިސް ކުރާނެ."

ވިނަރެސް ފްލެޓް ލޯނު މައްސަލަ

"ދެން އޮތް ތަނަކީ، ވިނަރެސް ފްލެޓުތައް. އެ ތަނުގައި އެހެރީ، އެކި ފަރާތްތަކުން އެކި ލޯނުތައް ނަގާފައި. އަޅުގަނޑު ދެންނެވި ފަދައިން، ބީ.އެމް.އެލް.އިން ލުއިތަކެއް އެބަ ދެއްވާ. އަޅުގަނޑު ކުޑަކޮށްދިން އަގާ އެއްވަރަށް، އެކަމަށް ޙައްލެއް ގެނެސްދޭން އެ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ."

މަގު ހެދުމުގެ މައްސަލަ

"ނެހެދިފައި ހުރި މަގުތައް ހެދުމަށްވެސް މިހާރު މަސައްކަތްތަކެއް އެވަނީ ފެށިފައި." 

ޕާކިންގ ބިލްޑިންގ

"ފޭސް 2 ގައި ޕާކިންގ ބިލްޑިންގގެ ތިން ބިލްޑިންގ އެޅުމަށް މިހާރު އެގްރީމަންޓް ހެދިފައި އެބައޮތް. ކުރިއަށް އޮތް ތިންމަސް ތެރޭގައި އެ ބޭފުޅުން އެ މަސައްކަތް ފަށްޓަވާނެ."

ހިޔާ ފްލެޓުގެ ލިފްޓް ހަރުކުރުން

"މިހާރު ހަރުކުރަމުންދާ ލިފްޓްތައްވެސް އެދަނީ ނިމެމުން. 6 ޓަވަރެއްގައި ނިމިއްޖެ. ދެން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތިން، ހަތަރު މަހެއްގެ ތެރޭގައި އެކީގައި ނިމޭނެ ކަމަށް މި އުންމީދުކުރަނީ. މިހާރު އޮތް ޝެޑިއުލްގައި އޮތްގޮތުންވިއްޔާ، އެޕްރީލް މަހުގެ ނިޔަލަށް. އެއީވެސް އަޅުގަނޑު ވެފައި އޮތް ވަޢުދެއް."

އެހެނިހެން މައްސަލަތައް

"ފޭސް 2 ގައި މިހިރަ ހުރިހާ މައްސަލަތަކަކީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، ވީ އެންމެ ރަނގަޅަކަށް ޙައްލުވެގެންދާނެ ކަންތައްތައް. އެއީ، ޕާކުތައް ހެދުން ކަމުގައިވިޔަސް، އަދި ދެންހުރި ހުރިހާ ކަމެއް ކަމުގައިވިޔަސް. އެހެންވީމާ، އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ހުޅުމާލޭގެ ފޭސް 2 ގައި މިހިރަ ހުރިހާ މައްސަލަތަކެއް، އެއީ އަމިއްލަ އިންޑިވިޖުއަލް ކަންކަން ކަމުގައިވިޔަސް، ފްލެޓުތަކާ ގުޅޭ ކަންތައްތައް ކަމުގައިވިޔަސް، އަދި ޖުމްލަކޮށް، މުޖުތަމަޢާ ގުޅޭ މައްސަލަތައް ކަމުގައިވިޔަސް، ޙައްލުކުރުމަށްޓަކައި ތިޔަބޭފުޅުން ތިޔަ ވިދާޅުވި ކަންކަމާއި، އަދި ދެންހުރި މައްސަލަތައް ޙައްލުކުރުމަށް ވަރަށް ރަނގަޅަށް، ވީ އެންމެ ފުރިހަމައަކަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަޤީންކަން. އެ ޔަޤީންކަން ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަރުވަން."

ރައީސް ޑރ. މުހައްމަދު މުއިއްޒުހުޅުމާލޭ ފޭސް 2އެޗްޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟

ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟

20 ޑިސެމްބަރު 2025
އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

20 ޑިސެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ހިޔާ ފްލެޓުގެ ވެރިންނަށް މުއިއްޒު ދެއްވަން ވިދާޅުވި ދެ ލައްކަ ރުފިޔާގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެއްޖެ، މިފަހަރު ވެސް އެ ދެއްވީ ޔަގީން ކަން

ރިޔާސީ އިންތިޚާބުގައި ހިޔާ ފްލެޓުގެ ވެރިންނަށް މުއިއްޒު ދެއްވަން ވިދާޅުވި ދެ ލައްކަ ރުފިޔާގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެއްޖެ، މިފަހަރު ވެސް އެ ދެއްވީ ޔަގީން ކަން

19 ޑިސެމްބަރު 2025
މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

19 ޑިސެމްބަރު 2025
12 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނި ފޯކައިދޫ ގައި  2 އަހަރު ވީއިރު މި ސަރުކާރަށް ބައިންދާލެވުނީ އޭޓީއެމް އެއް އެކަނި!

12 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނި ފޯކައިދޫ ގައި 2 އަހަރު ވީއިރު މި ސަރުކާރަށް ބައިންދާލެވުނީ އޭޓީއެމް އެއް އެކަނި!

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު