Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޑރ. މުހައްމަދު މުއިއްޒު

ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟

ރައީސް މުއިއްޒުގެ ސަރުކާރުން ކުރިން ވައުދުވި ގޮތަށް ފްލެޓާއި ގޯތި ދީފައި ނުވާތީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި. ކުރީގެ ސަރުކާރުން ފްލެޓަށް އެގްރީމެންޓް އެކުލަވާލައި ދީފައިވާ މީހުންގެ ފްލެޓް ސިޓީ ފޮނުވައި އަތުލަން މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުން ފާހަގަކުރި. ސަރުކާރުން ދައުލަތުގެ އެއްބަސްވުންތަކަށް އަދި އެގްރީމެންޓްތަކަށް އަމަލުނުކުރާ ކަމަށް ފަންނީ ފަރާތްތަކުން ބުނަމުންދާ އިރު އެއްވެސް ބަދަލެއް ނާންނަ ކަމަށް ފާހަގަކުރެވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 14:25
ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އިތުރު ބައްދަލުވުމެއް ދެކެފީމެވެ. މިފަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވީ އެވެ. ރައީސް ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހުޅުމާލެ ފޭސް 2 ޞަލާޙުއްދީން ސްކޫލްގަ އެވެ. ސަރުކާރުން މި ބައްދަލުވުން ސިފަ ކުރަނީ މާ މޮޅު ބައްދަލުވުމެއްގެ ގޮތުގަ އެވެ. ގިނަ އިރު ވީމަ ޔޯލަ އެވެ.

އަޖައިބު އަންތަރީހެއް މީހަކު ނުވާނެތޯ އެވެ؟ އެހެންޏާ ފަހެ ރައްޔިތުންގެ ކަންބޮޑުވުންތައް ގިނަވެގެން އޮބިނޯވެގެން އުޅޭ އިރު ވެސް ގިނަ ޝަކުވާ ހުރުމަކީ ރައްޔިތުން ހެޕީވުން ކަަމަށް ބަލާ ސަރުކާރެއް މި ނޫނީ މުޅި ދުނިޔޭގައި ވެސް އޮންނާނެ ހެނެއް ހިއެއް ނުވެ އެވެ. ރައްޔިތުން ރައީސް އަށް ކަންކަމުގައި ނުދަންނަވާ ނަމަ ހިރުވާތަން ކަހާ ވެސް ނުލާ އުސޫލުން ސަރުކާރުން މި ތިބެނީ ރައްޔިތެއްގެ ކަންބޮޑުވުމެއް ނެތް ކަމަށް ހަދައިގެންނެވެ.

ނުވިތާކަށް މި ސަރުކާރަށް ދައުލަތުން ވެފައިވާ އެއްބަސްވުމަކީ އެއްވެސް އަގެއް އޮތް އެއްޗެއް ހެނެއް ހިއެއް ނުވެ އެވެ. އާއްމުންނަށް ލިބުނު ފްލެޓުތައް އެގްރީމެންޓް ކޮށްފައި ވަނިކޮށް އަތުލުމަކީ މި ސަރުކާރުން ނިކަން ލަދު ގަންނަން ޖެހޭ ކަމެކެވެ. އެއީ ވެރިކަމަށް އަންނަން އެންމެ ހަރު އަޑުން ތަކުރާރު ކުރި ވާހަކަ އަކީ ފްލެޓަކަސް ގޯއްޗަކަށް ދިން އެއްޗެއް ދިން ތަނަކުން ދޭނެ ކަމަށް ވީ ވައުދެވެ. ނޫސްވެރިން ސުވާލުކުރާ ވަރުން މަނިކުފާނު ރުންކުރުވެ އަޑު އިވޭނީ ކިތައް ފަހަރު ބުނީމަތޯ ސުވާލު ކުރާ މޭރުމުން ދެއްވި ޖަވާބު ވެސް ދިވެހި ރައްޔިތުން ހަނދާނުގައި ހަރުލާފައި ހުންނާނެކަން ޔަޤީނެވެ. 

އެކަން އެހެން އޮތް އިރު، ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ވެސް އިވުނު ކަންބޮޑުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިން ވައުދު ވީ ގޮތަށް ފްލެޓާއި ގޯތި ދީފައި ނުވާތީ އެ ކަންބޮޑު ވުމެވެ.  އެގޮތުން މީގެ ކުރިން ފްލެޓް ލިބި، ފްލެޓް އެގްރީމެންޓް އެކުލަވާލާ، ފްލެޓް ހުރި ތަން ވެސް އެނގިފައިވާ މީހަކަށް ދާދި ފަހުން، އޭނާ ފްލެޓަށް ޝަރުތު ހަމަ ނުވާ ކަމަށް ބުނެ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސިޓީ އެއް ފޮނުވާފައިވާ ކަމަށް އާއްމު މީހަކު ވަނީ ބުނެފަ އެވެ.

"މި ސިޓީ ފޮނުވާފައި ވަނީ 16 ޑިސެމްބަރުގައި. އަޅުގަނޑުމެން ކުދިން ސްކޫލަށް ވައްދާ ހުޅުމާލެ އަދި މާލޭގައި ދިރިއުޅޭތާ 22 އަހަރު ވެއްޖެ. ސްކޫލް ރިޕޯޓް ފޯމާއި އެކު ފޯމް ފުރީ." އާއްމު މީހަކު ބުނެފައިވެ އެވެ.

މިއީ އާއްމު ރައްޔިތު މީހާ އާދޭހާއި އެކު ރައީސް ކައިރީގައި ދައްކަން ޖެހޭ ވާހަކަ ތޯ އެވެ؟ އެއް ވެރިކަމަކުން ދީފައިވާ ސައްހަ ލިޔެކިޔުމެއް މި މޭރުމުން ނަފީ ކުރެވިދާނެ ބާވަ އެވެ. މި ކަމުން ވެސް އެނގެނީ އުސޫލާއި ޙުދޫދުތައް ބަދަލުކޮށްލުމަކީ މި ސަރުކާރަށް ކިހާ ފަސޭހަ ކަމެއް ކަމެވެ.

މިފަދަ ކިތަންމެ ކަމެއް މި ބައްދަލުވުމުން ވެސް ފެނުނެވެ. ފްލެޓް ލިބުމުގައި އެކުލަވާލި ޝަރުތުތައް ހަމަ ވިޔަސް އެ ކަން ވެސް ބޭނުންވީމަ ނޫނީ ނުރުހުނީމަ ބަދަލުކުރަންވީ އެވެ. އެމްޑަބްލިއުއެސްސީ އިން ފްލެޓް ވިއްކަން ހުޅުވާލުމުން އެމްއައިބީ މެދުވެރިކޮށް ފްލެޓަށް ލާ، އެ ފްލެޓަށް އެއްކޮށް ފައިސާ ދެއްކުމަށް ފަހު ފްލެޓް ގަނެފައިވާ މީހަކަށް ނިމިދިޔަ ސަރުކާރުގައި ގެދޮރުވެރިޔާގެ ދަށުން ލިބުނު ފްލެޓް ވެސް އަތުލީ ހަމަ މި ކަހަލަ މޭރުމަކުންނެވެ. އެ ތަނަކީ ކުންފުނީގެ ހައުސިން ސްކީމެއްގެ ދަށުން ދީފައިވާ ތަނެއް ނޫންކަމަށް އެ އާއްމު މީހާ ވަނީ ފާހަގަކޮށްފަ އެވެ. އެކަން ހާމަކޮށްދޭ ލިޔެކިޔުންތަކާއި އެކު ފްލެޓަށް އެދި ހުށަހެޅުމުން، އޭނާ ކުރިން ގަނެފައިވާ ފްލެޓަކީ 600 އަކަފޫޓު ހަމަ ނުވާ ނަމަ ފްލެޓް ލިބޭނެ ކަމަށް އޭރު އަންގާފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ. އެހެންނަމަވެސް މި ސަރުކާރުން އޭނާ ގެ ނަން ފްލެޓް ލިސްޓުން އުނިކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ރައީސް އާއި ހިއްސާކޮށްފަ އެވެ.

"ފްލެޓަކީ ކުންފުނީގެ ހައުސިން ސްކީމަކުން ދިން ތަނެއް ނޫން. ފްލެޓް ލިސްޓުން 87 ޕޮއިންޓް ލިބުނު. 389 އަކަފޫޓު އުޅޭ ތަނުގައި ހުންނަނީ. ނަމަވެސް މި ސަރުކާރުން ވަނީ އެއީ ކުންފުނީގެ އެޕާޓްމެންޓެއް ކަމަށް ބުނެ ލިސްޓުން އުނިކޮށްފަ. އެ ފްލެޓަކީ 1 ރޫމް އެޕާޓްމެންޓެއް.އަޅުގަނޑު ދިރިއުޅެނީ 14 އަހަރުގެ ފިރިހެން ކުއްޖަކާއި 6 އަހަރުގެ އަންހެން ދަރިފުޅައި އެކު." އޭނާ ވަނީ ބުނެފަ އެވެ.

މިކަހަލަ ކޮންމެ ކަމަކުން އާއްމުންނަށް ލިބެނީ އިންތިހާ މާޔޫސްކަމެވެ. މި ވަރު ވީމަ ދައުލަތަކުން ވާ އެއްބަސްވުންތަކަށް އާއްމުން އިހުތިރާމް ނުކުރާނެ ކިތަންމެ ސަބަބެއް މި ސަރުކާރަށް މި މަގުފަހިކޮށްދެވެނީ އެވެ. މި ފްލެޓްތައް އަތުލަނީ އުސޫލާއި ޚިލާފަށް ކަމަށް ޤާނޫނީ ފަންނުގެ އެތައް ބަަޔަކު ބުނަމުންދާ އިރު އެ އަޑު ސަރުކާރުގެ ބީރު ކަންފަތަކަށް ނީވެ އެވެ. އެގްރީމެންޓަކަށް ވެސް އަމަލުކުރައްވަނީ ހިތަށް އެރި މިންވަރަކަށް ހިތަށް އެރި ފަހަރެއްގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުފަހި ދިރިއުޅުން ކޯޕަރޭޝަންގެދޮރުވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

 އެފްޑީސީ ފްލެޓް ތަކަށް ރައީސް މުއިއްޒު ފުރަތަމަ އެންގެވި ގޮތަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނި ކުރަނީ

އެފްޑީސީ ފްލެޓް ތަކަށް ރައީސް މުއިއްޒު ފުރަތަމަ އެންގެވި ގޮތަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނި ކުރަނީ

20 ޑިސެމްބަރު 2025
އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

20 ޑިސެމްބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި

19 ޑިސެމްބަރު 2025
މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

19 ޑިސެމްބަރު 2025
12 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނި ފޯކައިދޫ ގައި  2 އަހަރު ވީއިރު މި ސަރުކާރަށް ބައިންދާލެވުނީ އޭޓީއެމް އެއް އެކަނި!

12 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނި ފޯކައިދޫ ގައި 2 އަހަރު ވީއިރު މި ސަރުކާރަށް ބައިންދާލެވުނީ އޭޓީއެމް އެއް އެކަނި!

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު