Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުއިއްޒު ގެ ބައްދަލުވުން ތައް

ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމާއި މޭޔަރުކަމުގައި ހުރި ދުވަސްވަރު ބޭއްވި ބައްދަލުވުންތަކުން ރައްޔިތުންގެ މައްސަލަތައް ހައްލުނުވެ ޝަކުވާތައް އިތުރުވި. ރައީސްކަމަށްފަހު މާލޭގައި ބޭއްވި ބައްދަލުވުންތަކުން ފާޅުވަނީ ދައުލަތުގެ މުއައްސަސާތައް ނުކުޅެދިފައިވާ މިންވަރާއި ރައްޔިތުންނަށް އިންސާފު ހޯދަން ޓަކި ޖަހާނެ ދޮރެއް ނެތް ކަން.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2025 | އަންގާރަ 13:36
ރައީސް ޑރ.މުހައްމަދު މުއިއްޒު: ވިލިމާލެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލު ވުމުގެ ތެރެއިން

ރައީސް ޑރ.މުހައްމަދު މުއިއްޒު: ވިލިމާލެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލު ވުމުގެ ތެރެއިން

ރައީސް މުއިއްޒު ބާއްވަމުންދާ ރައްޔިތުންގެ ބައްދަލުވުން ތަކަކީ އާކަމެއް ނޫނެވެ. ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރުވެސް ރައްޔިތުންގެ ބައްދަލުވުން، މޭޔަރަކަށް ހުންނެވި އިރުވެސް ރައްޔިތުންގެ ބައްދަލުވުމެވެ. އެންމެ ފަހުން ރާއްޖޭގެ ވަލިއްޔުލް އަމުރު ކަމާ ހަވާލުވެވަޑައިގެން 2 އަހަރު ވެގެން ދިޔައިރު ވެސް އެމަނިކުފާނަށް ރައްޔިތުންގެ ބައްދަލުވުންތަކުން އަރައިގަނެވޭނެ ގޮތެެއް ނުވި އެވެ. 

ހައުސިން މިނިސްޓަރު ކަމުގައި އަދި މާލެ ސިޓީ ކައުންސިލް ގެ މޭޔަރު ކަމުގައި އެމަނިކުފާނު ހުންނަވައިގެން ބޭއްވި ބައްދަލުވުންތަކުގައި ވެސް ރައްޔިތުންގެ އެތައް ޝަކުވާ އެއް ބަންޑުންކޮށްލާފައިވެ އެވެ. ބައްދަލުވުން ބޭއްވުމުގެ އެތައް ރެކޯޑެއް ހެދުމަށްފަހު މަގާމުތަކުން އެމަނިކުފާނު ވަކިވެގެން ދިޔަ އިރުވެސް ހައްލުނުވަނީ ރައްޔިތުންގެ މައްސަލަތަކެވެ. އިތުރު ވެފައިވަނީ ޝަކުވާ ތަކެވެ. ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި އަދި މޭޔަރު ކަމުގައ ހުންނެވި އިރު ކަންކޮށްފައިވާ ގޮތުން، ރައްޔިތުންނަށް ލިބުނު ބޮޑެތި ގެއްލުންތައް އަދިވެސް ފެންނަން އެބަ އޮތެވެ. އެއްވެސް ކަމެއް ހަގީގީ މާނައިގައި ހައްލުނުވެ ބޭއްވުނީ ބޭކާރު ބައްދަލުވުން ތަކެކެވެ.

 ވެރިކަމާ ހަވާލުވެ ވަޑައިގެން ރައީސް މުއިއްޒުގެ ބައްދަލުވުންތައް ވަނީ އެހެން ހަރުފަތަކަށް ގެންގޮސްފަ އެވެ. އުވަ ދޯންޔަކާ ހައިމާކެއް ހިފައިގެން ރަށްތަކަށް ކުރެއްވި ދަތުރުތައް ނިންމާ ލެއްވުމަށްފަހު، މިހާރު ރައީސް މުއިއްޒު އަވަދިނެތި މަސައްކަތް ކުރައްވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހަގީގަތް އޮޅުވާލާ، އެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށެވެ. 

ސިލްސިލާ ގޮތެއްގައި މާލޭގެ އެކި ސަރަހައްދުތަކުގައި ރައީސް މުއިއްޒު ބައްވަމުންދާ ބައްދަލުވުންތަކުން ސާފުވަނީ އެއްމެ ކަމެކެވެ. ނާގާބިލު ވެރިޔެއްގެ ސަބަބުން ދިވެ ހިރައްޔިތުން އުޅެންޖެހިފައިވާ ދަތި ހާލެވެ. ޒިންމާ އަދާކުރަން ދައުލަތުގެ މުއައްސަސާތައް ނުކުޅެދިފައިވާ މިންވަރެވެ. ރައީސް މުއިއްޒު ޖައްސަވާހާ ބެރަކަށް، އެމަނިކުފާނު ހިއްޕުޅާވާ ބަނޑި ބަނޑި ލައްވަމުން ނަށާނެ ބަޔަކު ކުރީބައިގައި ތައްޔާރުކޮށްފައި ބައްދަލުވުންތަކަށް ދޫކޮށްލިޔަސް، ކޮންމެ ބައްދަލުވުމަކުން ވެސް ފާޅުވަނީ ދިވެހި ގައުމު މިއަދު ފާލުން ނެއްޓިފައިވާ މިންވަރެވެ. 

ރައްޔިތުން ދައްކަނީ ވެރިންގެ ޖީބުތައް ފުރިގެން ބަންޑުން ވާއިރު ވެސް، ނިކަމެތި އާއްމު ރައްޔިތުންގެ އަނގަޔާ އަތާ ދިމާ ނުވާ ވާހަކަ އެވެ. ކުއްތަކަށް އަރައިގަތުމަށްފަހު ބޮޑުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ދެމި ގަނެވޭ އިރު، އާއްމު ރައްޔިތު މީހާ އިންސާފު ހޯދުމަށް، ޓަކި ޖަހާލަނެ ދޮރެއް ނެތް ވާހަކަ އެވެ. ރައްޔިތުންގެ ބޭސް ފަރުވާ އިން ވައްކަންކޮށް ރައީސް މުއިއްޒު އަސް ސަނާ ކިޔަން 70 އެތައް މިލިއަން ރުފިޔާ އެއް ހަރަދުކޮށްގެން ޓީވީ ޗެނަލް އެއް އުފެއްދި އިރު، ބޭސްފަރުވާ އަށް ރައްޔިތުން ސަލާން ޖަހަން ޖެހިފައިވާ މިންވަރެވެ. 

ރައްޔިތުންގެ ޝަކުވާތައް މިފަދައިން ބަންޑުން ކޮށްލުމުން، ކިރިޔާވެސް ރައްޔިތުންނަށް ރަހުމެއް ކުލުނެއް ހުންނަ ވެރިއެއް ވިއްޔާ ކަންކަން ހައްލުކުރަން ކޮންމެވެސް ވަރެއްގެ ފިޔަވަޅެއް އަޅުއްވާނެ ކަން ޔަގީނެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ފެންނަނީ މިކަމުގެ އިދިކޮޅެވެ. ޒިންމާތައް އަދާނުކުރެވި މުޅި ދައުލަތް ފެއިލް ވާ ހިސާބަށް ދިޔުމުންވެސް ސަރުކާރުން އިސްކުރާތަން ފެންނަނީ އަނިޔާވެރިކަމެވެ.  ފެންނަނީ ރައީސް މުއިއްޒުގެ އަރިހަށް ޝަކުވާ އާއި ވެގެން އަންނަ ވަކި ވަކި ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް، އެފަރާތްތަކުގެ ޒާތީ މައުލޫމާތު ތައް އުސޫލުން ބޭރުން ހާމަކޮށް، އެއްވެސް ލަދެއް ހަޔާތެއް ނެތި ރައީސް މުއިއްޒުގެ ވަޒީރުން އެ ނިކަމެތި ރައްޔިތުން ފަޟީހަތް ކުރާ މަންޒަރެވެ. 

ހަމަ އެކަނި މިކަމުންވެސް ވެރިކަން ކުރުމުގައި ރައީސް މުއިއްޒު ގެ ސަރުކާރު ބޮޑުތަނުން ފެއިލް ވެއްޖެކަން ހާމަވެ އެވެ. ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމުގެ ބޭނުމަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ އެކަން ކަމަށް އަވަސް ހައްލެއް ސަރުކާރުގެ ތެރެއިން ހޯދައިދިނުމެވެ. ނަމަވެސް ބައްދަކުވުން ބޭއްވުމުގެ ރެކޯޑް ފޮތުން ޖާގަހޯދަން ރައީސް މުއިއްޒު އަތުކުރި އޮޅައިގެން ހުންނެވި އިރު، ކޮންމެ ބައްދަލުވުމެއްގައި ވެސް ރައްޔިތުންގެ އެއްމެ ބޮޑެތި ކަންބޮޑުވުންތައް ހުންނަ ކަންކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ނުދެއްވާ ރައީސް މުއިއްޒު ވިދާޅުވަނީ ހުރިހާ ކަމެއް ވެސް ނޯޓުކުރައްވާ ކަމަށެވެ.   

ރައީސް މުއިއްޒުގެ ނޯޓު ފޮތް ފުރިގެން ބަންޑުންވާ އިރު،  ދުވަހެއް ދުވަހަކަށް މަތި ވަމުންދާ ޑޮލަރުގެ އަގާ އެކު ބާޒާރުގައި ތަކެތީގެ އަގުތައް ހުރީ ލޮލު ކޮޅަށް ވެސް ފެންނަ ހިސާބެއްގަ އެއް ނޫނެވެ. ގައުމުގެ އިޖުތިމާއި ފޭރާން ވީދި ހަލާކު ވެއްޖެ އެވެ. ސަރުކާރަށް ދެ އަހަރު ވީއިރު ތަރައްގީގެ މުހިންމު މަޝްރޫއެއް ހިންގިފައެއް ނުވެ އެވެ. ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް އިރުބާރުކުރާ ދޭސީއެއް އަދި އަދި ބިދޭސީއެއްވެސް މިހާރު މިގައުމަކު ނެތެވެ. ކޮންމެ ދުވަހެއްގެ އިރު އަރާ އިރު އޮއްސޭއިރު އިތުރަށް ހާމަވެގެން ދަނީ އެއްމެ ކަމެކެވެ. ދަައުލަތް ހިންގުމުގައި ރައީސް މުއިއްޒު ފެއިލް ވެފަވާ މިންވަރެވެ. 

ރައީސް މުއިއްޒުރައްޔިތުންނާ ބައްދަލުކުރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ  ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

16 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު