Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025 | ހޮނިހިރު 17:16

ރައްޔިތުންނާ ބައްދަލު ކުރުމަށް މުއިއްޒު ބާއްވާ ބައްދަލުވުންތަކުން އިތުރަށް ރައްޔިތުންނަށް ދަނީ ސަރުކާރުގެ ދޯހަޅިކަން ހާމަވަމުން.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 20 ޑިސެމްބަރު 2025 | ހޮނިހިރު 17:16
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ މިބުރު ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައީއެވެ. ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިޚާބުގެ ކުރިން ރައްޔިތުން ވާވެއްދޭތޯ ކުރަމުން އަންނަ މަސައްކަތުގެ އެއްބައި ނިމެނީއެވެ. ދެއަހަރު ވެގެންދިޔައިރު ވައުދުތަކުގެ ހިލަމެއް ނެތުމުން ރައްޔިތުން ދަމާ ކުސަ އިންތިހާ އަށް ގަދަވެފައިވާތީ އެއަށް ހައްލެއް ހޯދޭތޯ މުޅި ސަރުކާރު ވަތައް ފައިބައިގެން މަރުފަލި ޖަހަނީއެވެ.

އެގޮތުން ބާއްވާން ފެށި ބައްދަލުވުންތަކުގައި ލައްކަ ކަންތައްތައް ވެސް ދަނީ ފެންނަމުންނެވެ. ހެއްވާ މަޖާ ކަންތައްތަކާއި ދެކޮޅު ނުޖެހޭ ކަންކަމެވެ. އޭގެ ބައެއް ކަންކަމަށް ބަލާލާނަމެވެ.

ބައްދަލުވުންތައް ކޮންޓްރޯލް ކުރެވޭތޯ ލައްކަ މަސައްކަތް ކުރާތަން ފެނެއެވެ. މައިކް ދިނުމުގައި ގެންގުޅޭ ތަރުތީބުންނެވެ. މާފަންނުގައި ބޭއްވި ބައްދަލުވުމުން އަތަށް ގޮވީމައެވެ. ރައީސް އޮފީހުގެ ކުދިންކޮޅާއި ޕާޓީ އެކްޓިވިސްޓުން އެކަމުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ވަރަށް ރާވައިގެން ވަރަށް ބޮޑަށް ޑައިރެކްޓް ކޮށްގެން ކުރިއަށް ގެންދަން އުޅުނަސް ދޭތެރެއަކުން ހާވާލައިގެން މައިކް ހޯދާފައި ހަގީގީ ޝުއޫރުތައް ތަންމިނަށް މީހުން ދަނީ ބަންޑުން ކޮށްލަމުންނެވެ. އެތައް އުދާސްތަކެއް ދަނީ ހާމަ ކުރަމުންނެވެ. ރީތިކޮށް ނަލަކޮށް އެހާމެ ފަށުއިކޮށް ވަޒީރުންނަށާއި މުއިއްޒަށް ދަނީ އޮއްސާލަމުންނެވެ. އެހެންކަމުން އަސްލު ރޭވިގެން ކުރިއަށް ގެންދާން ބޭނުންވި ގޮތަށް ބައްދަލުވުންތައް ކުރިއަށް ނުގޮސް މަންޒަރުތައް ވަނީ ބަދަލުވެފައެވެ. މިއީ ހަމަ ހެއްވާ ކަމެކެވެ.

ވައުދުތައް ނުފުއްދި އެވައުދުތައް އާކުރައްވަން އުޅުއްވައިގެން ކޮސް ގޮވެނީކީ ވެސް މަދެއް ކޮށެއް ނޫނެވެ. ކުރިން ވިދާޅުވެފައިވާ އެއްޗެއް ވިދާޅުވި ގޮތް ނޫން އެހެން ގޮތަކަށް ކަންކުރެއްވެވިފައިވާތީ އަނބުރާ ހޭރިޔާ ނުކުރެވިގެން އުޅުއްވާތަން ބައްދަލުވުމުން ފެނެ އެވެ. ގާތަށް ލައްވާފައިވާ ވަޒީރުންނާ، ކުންފުނިތައް ހިންގާން ބައިތިއްބާފައި ތިބި މީހުން ލައްވާ ކަންކުރުވިގޮތް ގޯސްވެގެން މުއިއްޒު އެމީހުންނަށް ކަމެއް ނުކުރެވުނު ކަމަށް އެއްބަސް ވާތީ އެއީވެސް ހެއްވާ ކަމެކެވެ. ކުރިންހުރި ވަޒީރު ކަމުގައި ކުރެއްވި ކަންކަން މިއަދު އަމިއްލަފުޅަށް ގޯސްވެފައިވާ މޭރުމަކުން ވާހަކަ ދެއްކެވޭތީ ފެނެ އެވެ. ހަމަ އެހެންމެ މޭޔަރުކަމުގައި ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ނުކުރެވުނު ކަންކަން މިއަދު ސަރުކާރާ ހަވާލުވުމަށްފަހު ނުކުރެވޭ ސަބަބު ހާމަކުރަންވެސް ދައްކަވަން ޖެހިފައިވަނީ މަޖާ ވާހަކަ ތަކެކެވެ. ރައްޔިތުންނަށް އެކަން ވިސްނައިދޭން އެކުރައްވާ ހިތްވަރުވެސް ރައްޔިތުންނަށް ސާފުވާތީ އެވެސް މަޖާކަމެކެވެ.

ޕީއެންސީ ކުދިންކޮޅުވެސް ވަކި ސަހަލެއް ނޫނެވެ. ހުޝާމަދުކޮށް މަތިމައްޗަށް ސަނާ ކިޔަން ހަވާލުކުރީމާ އެވެރިންވެސް ގޮއްވާލަނީ އަތަށެވެ. ބޭރުބޭރުން ގޮސް އެވެރިން ވެސް ހިފަނީ ވަގުތުގެ ބޭނުމެވެ. ބަސްތައް އަތުރާ ނިންމާލަމުން، އާސަންދަ ނުލިބޭ ވާހަކަ އާއި އުޅެންޖެހިފައިވާ ދަތިތަކުގެ ވާހަކައިގެ އިތުރުން ވެރިކަމަށް ގެންނަން މަސައްކަތް ކޮށްދިނީތީ ދޭންބުނި ވަޒީފާ ނުދީ މަހްލޫފްމެން ފަދަ އިދިކޮޅު މީހުންނަށް ވަޒީފާތައް ބަހާލާ ވާހަކަވެސް އޮންނަނީ ތަންމިނަށް ގޮވާލާފައެވެ. އެވެސް ފެންނަ މަޖާ ކަމެކެވެ. ޕީއެންސީ ޖަގަހައިގައި ނުދެއްކުނު ވާހަކަ އެވެރިން ގޮވާލާތީއެވެ.

ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ކުރިން އެޑްވާންސް ޓީމުގެ ގޮތުގައި ގެންދިޔަ މާކަނާ ދަތްގަނޑާ، އުވަދޯންޏާއި ދެތިންގަނޑު ފަތިހެން މާލޭގައިވެސް އެކަން ކުރަން ޖެހިފައިވާކަން އެންމެ ބޮޑަށް ފެނުނީ އެންމެފަހުން ބޭއްވި ބައްދަލުވުމުގައެވެ. ދަންވަރު އޭޓީމް ބަހައްޓައި ހެނދުނު އެރި އިރާއެކު އެ ހުޅުވައި ރިބަންފަށް ކަނޑަން ބޭއްވި ހަފްލާ އެއީ އޭގެ ދިރިހުރި މިސާލެކެވެ. ހިޔާ ޓަވަރު ތަކުގެ ކެމެރާތައް ހަރުކުރަން ފެށުމާއި ޖޫރިމަނާ މާފު ކޮށްދިން ކަމަށް ބުނެ ހުރިހާ އެޕާޓްމަންޓަކަށް ސިޓީ ފޮނުވަން އުޅުނު ގޮތަކީވެސް އޭގެ މަޖާ މިސާލުތަކެވެ. ހަމަ ހެއްވާ ކަންކަމެވެ. އެކަމަކު އެންމެ ހެއްވާ ކަމަކީ ގިޑިގެ އަޅައި އިސްކޮޅު ފޮޓޯތައް ބަހައްޓައިގެން ބޭއްވި ބައްދަލުވުމުގައި ހިޔާ ސަރަހައްދުން ހަތަރަކަށް ހަޔަކަށް ޖެހިކަމެވެ. އަދި އެހެން ބައްދަލުވުންތަކާ ޚިލާފަށް މުއިއްޒު ވާހަކަ ދައްކަވަމުންދިޔައިރު ހޯލުތެރެ ހުސްވާން ފެށުމެވެ. ގިނަ ބަޔަކު ބައްދަލުވުން ދޫކޮށް ދިޔައީތީއެވެ.

ކޮންމެއަކަސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާތީ އެނޫން ގޮތެއް ނެތިގެން ބާއްވާ ބައްދަލުވުމާއެކު މީހުންނަށް ހަގީގަތް އެނގުން މިވަނީ އިތުރުވެފައެވެ. ސަރުކާރުގެ ދޯހަޅިކަން އިތުރަށް ދަނީ ހާމަވަމުންނެވެ. ހައްދަވާ ދޮގުތަކާއި ދެއްވި ތާރީޚްތަކުން އިތުރަށް އާއްމުންދަނީ ނުރުހުންވެ ރުޅި ގަދަވަމުންނެވެ. ހެއްވާ ކަމަކީ އެކަން ފޫބައްދަން ފައިސާ ދީގެން ގެންގުޅޭ ކުދިންކޮޅު ލައްވާ އަނބުރާ ސޯޝަލް މީޑިޔާގެ ޕޯސްޓްތަކަށް އާއްމުން ދޭ ރައްދާ ކުރާ ކޮމެންޓްތަކުން އިތުރަށް ކަންކަން ހާމަވެ ސަރުކާރަށް އޮތް ތާއީދު އިތުރަށް ކުޑަވަމުންދިއުމެވެ. މިއީވާ މަޖާ ކަމެކެވެ.

ރައީސް މުއިއްޒުޕީއެންސީލޯކަލް ކައުންސިލް އިންތިހާބުމަގޭ ރިޕޯޓްހޫނު ހަބަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

އެފްޑީސީ ފްލެޓް ތަކަށް ރައީސް މުއިއްޒު ފުރަތަމަ އެންގެވި ގޮތަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނި ކުރަނީ

20 ޑިސެމްބަރު 2025
 އެފްޑީސީ ފްލެޓް ތަކަށް ރައީސް މުއިއްޒު ފުރަތަމަ އެންގެވި ގޮތަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނި ކުރަނީ
20 ޑިސެމްބަރު 2025

ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

20 ޑިސެމްބަރު 2025
ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި
20 ޑިސެމްބަރު 2025

މިސަރުކާރުން ކަނޑިތީމުގައި ފެށި އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އަހުސަން

20 ޑިސެމްބަރު 2025
މިސަރުކާރުން ކަނޑިތީމުގައި ފެށި އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އަހުސަން
18 ޑިސެމްބަރު 2025

ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

18 ޑިސެމްބަރު 2025
ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!
18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
17 ޑިސެމްބަރު 2025

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!
17 ޑިސެމްބަރު 2025

"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

17 ޑިސެމްބަރު 2025
"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"
16 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

16 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!
16 ޑިސެމްބަރު 2025

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

16 ޑިސެމްބަރު 2025
ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ  ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ
13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް