Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައި ޖޫރިމަނާ މާފުކޮށްދިން ކަމަށް ބުނެ ފޮނުވި ސިޓީއަކީ އޮޅުވާލުމެއްގެ ގޮތުގައި ރައްޔިތުން ސިފަކޮށް 2500 މީހުން ސޮއިކުރި ޕެޓިޝަނެއް ރައީސަށް ހުށަހެޅިއެވެ. ހިޔާ ފްލެޓްތަކުގެ އާ އެގްރީމެންޓު ތައްޔާރުކޮށްފައިވަނީ އެޗްޑީސީއަށް ބޭނުންވާއިރެއް ގައި ކުލި ބޮޑުކުރެވޭ ގޮތަށް ކަމަށް ރައްޔިތުން ފާހަގަކުރިއެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 13:33
ރައީސް ޑރ މުހައްމަދު މުޢިއްޒު

ރައީސް ޑރ މުހައްމަދު މުޢިއްޒު

ސްކޭމަކީ، އޮޅުވާލައިގެން، ދޮގު ހަދައިގެން، އިތުބާރު ހޯދައިގެން، މީހުންނަށް ދޭ މި ޒާތުގެ ލަނޑުލަނޑަށް ކިޔާ ނަމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދެ އަހަރު ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް އެކިއެކި ޕޯޑިއަމްތަކުގައި ވިދާޅުވެފައި ވެ އެވެ. ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރަށް ކާމިޔާބު އެއްވެސް މަސައްކަތެއް ކުރިވެފައިނުވުމަކީ ވަރަށް ބޮޑު ފެއިލް ވުމެކެވެ.

ރައީސް މުއިއްޒު ބާއްވަމުންދާ ރައްޔިތުންގެ ބައްދަލުވުން ތަކަކީ އާކަމެއް ނޫނެވެ. ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރުވެސް ރައްޔިތުންގެ ބައްދަލުވުން، މޭޔަރަކަށް ހުންނެވި އިރުވެސް ރައްޔިތުންގެ ބައްދަލުވުމެވެ. އަނެއްކާ ވެރިކަމާ ހަވާލުވެ ވެސް ބައްދަލުވުމަކަށް ފަހު ބައްދަލުވުމެކެވެ. ކޮންމެ ބައްދަލުވުމެއް ވެސް ނިމެނީ މުޢިއްޒު އަށް މީހަކު ކުރުދޮށިން ދީފަ އެވެ. މާތްކޮށް ގޮވެން ހުރި ހުރިހާ އެއްޗެއް ގޮވަ އެވެ. 

ހައުސިން މިނިސްޓަރު ކަމުގައި އަދި މާލެ ސިޓީ ކައުންސިލް ގެ މޭޔަރު ކަމުގައި އެމަނިކުފާނު ހުންނަވައިގެން ބޭއްވި ބައްދަލުވުންތަކުގައި ވެސް ރައްޔިތުންގެ އެތައް ޝަކުވާއެކެވެ. ބައްދަލުވުން ބޭއްވުމުގެ އެތައް ރެކޯޑެއް ހެދުމަށްފަހު މަގާމުތަކުން އެމަނިކުފާނު ވަކިވެގެން ދިޔަ އިރުވެސް ހައްލުނުވަނީ ރައްޔިތުންގެ މައްސަލަތަކެވެ.

ހުކުރު ވިލޭރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުން މުޢިއްޒު އަށް ރައްޔިތުން މިހާރު ރޯ ފިލައިފިކަން އެނގޭނެ އެވެ. ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ މާފުކޮށްދިން ކަމަށް ބުނެ ސަރުކާރުން ފޮނުވި ސިޓީއަކީ ރައްޔިތުންނަށް އޮޅުވާލުމެއްގެ ގޮތުގައި، ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާއެކު ރައީސް މުހައްމަދު މުއިއްޒު ރޭ ބޭއްވި ބައްދުވުމުގައި ބައިވެރިވި މީހަކު ސިފަކޮށް، ކަންބޮޑުވުން ފާޅުކުރި އެވެ. 

މުޢިއްޒު ގެ ސްކޭމް ތަފްސީލު ކޮށްދިނީ އިސްމާއީލް މީރާން ކިޔާ މީހެކެވެ. އޭނާ ބުނީ މުއިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ޖޫރިމަނާ މާފުކޮށްދީފައިވާ ކަމަށް ބުނެ ސިޓީ ފޮނުވީ ބުދަ ދުވަހު ކަމަށާއި ނަމަވެސް މިއީ ހަގީގަތުގައި ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށެވެ.

އޭނާ ބުނި ގޮތުގައި ފެށުނީއްސުރެ މިއަދާ ހަމައަށް ހިޔާ ފްލެޓަށް ކުލި ނުދައްކާ ހުރި މީހެއްގެ ޖޫރިމަނާ އަކީ އެންމެ 1,086.45 ރުފިޔާ އެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް ބަލާއިރު މިއީ ވަރަށް ކުޑަ އަދަދެއް ކަމަށާއި، މިފަދަ ކުޑަ އަދަދެއް އުނިކޮށްދީފައި ޖޫރިމަނާ މާފުކޮށްފީމެ ބުނުމަކީ ރައްޔިތުންނަށް ކަންތައްތައް އޮޅުވާލުން ކަމަށް އޭނާ ބުންޏެވެ.

މުޢިއްޒު ގެ ސްކޭމް ގައި ޖެހުނު މީހުންގެ ތެރެއިން 2500 މީހުން ސޮއި ކޮށްފައި އޮތް ޕެޓިޝަނެއް މުޢިއްޒު އަށް ރޭ ވަނީ ހުށަ ހަޅާފަ އެވެ. އެކަމުގައި އިސްކޮށް ހަރަކާތްތެރި ވީ މުޢިއްޒު ގެ ސްކޭމް ފަޅާ އަރުވާލި މިރާން އެވެ. ރައީސް މުޢިއްޒު އަށް ރައްޔިތުންނަށް އޮޅުވާލެވިދާނެ ކަމަށް ހީފުޅުވިޔަސް ދިވެހީން ރޯ ފިލައިފި ކަން މިހާރު ގަބޫލުކުރައްވަން ވެއްޖެ ނޫން ހެއްޔެވެ. 

ރޭގެ ޖަލްސާ ގައި ހިޔާ ފްލެޓްތަކާ ގުޅޭ މައްސަލަތައް ބަންޑުން ކޮށްލި ފަރާތުން ބުނީ ހިޔާ ފްލެޓުތަކުގެ އާ އެގްރީމެންޓު ތައްޔާރުކޮށްފައި ވަނީ އެޗްޑީސީ އަށް ބޭނުން އިރެއްގައި ކުލި ބޮޑުކުރެވޭ ގޮތަށް ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށެވެ. 

އަނެއްކޮޅުން މުޢިއްޒު ގެ ދަފަޅީގައި ތިބޭ ވަޒީރުން ވެސް ރައްޔިތުން ބައްދަލުވުމެއްގައި ވިއްޔާ ތިބެނީ އިސް ޖަހައިގެންނެވެ. ކޮންމެ ބައްދަލުވުމެއްގައި ވެސް ފަލީހަތް ވަނީ ހަމަ އެމީހުންނެވެ. އާއްމު ރައްޔިތުން އެގޮވާލާ ފަތިވަރުތަކުން އެކަންޏެއް ނޫނެވެ. ކަންކުރަންވީ ގޮތާއި ކުރަން ޖެހޭނެ ކަންކަން ވިދާޅުވާ ރައީސް އެދެއްވާ ޖަވާބުންނެވެ. ވަޒީރުންނަށް ކަމެއް ކޮށްނުދެވޭކަމަށް މުއިއްޒުގެ ޖަވާބުތަކުން ހާމަވާތީ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުބޯހިޔާވަހިކަންއިސްމާއީލް މީރާންހިޔާ ފްލެޓްއެޗްޑީސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ފަހި ފްލެޓްތަކުގެ އެގްރީމަންޓަކީ އަޅުގަނޑުމެންނަށް ޖަހާފަ އޮތް ދަންތުރައެއް!"

"ފަހި ފްލެޓްތަކުގެ އެގްރީމަންޓަކީ އަޅުގަނޑުމެންނަށް ޖަހާފަ އޮތް ދަންތުރައެއް!"

19 ޑިސެމްބަރު 2025
12 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނި ފޯކައިދޫ ގައި  2 އަހަރު ވީއިރު މި ސަރުކާރަށް ބައިންދާލެވުނީ އޭޓީއެމް އެއް އެކަނި!

12 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނި ފޯކައިދޫ ގައި 2 އަހަރު ވީއިރު މި ސަރުކާރަށް ބައިންދާލެވުނީ އޭޓީއެމް އެއް އެކަނި!

19 ޑިސެމްބަރު 2025
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު

19 ޑިސެމްބަރު 2025
ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

19 ޑިސެމްބަރު 2025
މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"

މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު