Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފެއިލް ވެފައިވާ ސަރުކާރު ކުންފުނިތައް

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ކުންފުނިތައް: އޮޑިޓެއް ނުކުރޭ، ހާލަތު ބެލޭނެ ގޮތެއް ވެސް ނެތް!

މި ކުންފުނިތައް އޮޑިޓް ނުކޮށް އަހަރުތައް ފާއިތުވެފައިވާއިރު މިއީ ކުންފުނިތަކުގެ ކޮރަޕްޝަނާއި ނާގާބިލުކަން ފޮރުވަން އެންމެ ބޮޑު އެހީ އެއް ވާ އެއް ކަންތަކެވެ. މި ކުންފުނިތަކުން ފައިސާ ބޭނުންކުރި ގޮތް އެނގޭކަށް ނެތެވެ. ޚަރަދުތައް ކުރި ގޮތް ވެސް އެނގޭކަށް ނެތެވެ. ކުރީ ކޮންކަމެއް ކަމެއް ނުވަތަ ނުކުރަނީ ކޮން ކަމެއް ކަން ވެސް އެނގޭނެ މީހަކު ނެތެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2025 | ހޯމަ 11:54
ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ގެއްލުން ލިބިފައިވާ ކަން ޕީސީބީ ގެ ތަފާސްހިސާބުން ދެއްކި އިރު 12 ކުންފުންޏަށް ލިބުނީ ޖުމްލަ 281 މިލިއަން ރުފިޔާގެ ގެއްލުމެއް

ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ގެއްލުން ލިބިފައިވާ ކަން ޕީސީބީ ގެ ތަފާސްހިސާބުން ދެއްކި އިރު 12 ކުންފުންޏަށް ލިބުނީ ޖުމްލަ 281 މިލިއަން ރުފިޔާގެ ގެއްލުމެއް

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި މައްސަލަތަކަކީ މިއަދު އައު ވާހަކައެއް ނޫނެވެ. ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އިންތިހާ އަށް ބޮޑުވެ އެކަމުގެ އަޑު ގަދަވަމުން ދާއިރު، ފައިދާގައި ހިންގަމުން އައި ކުންފުނިތައް ވެސް މިއަދު ގެއްލުމުގައި ހިންގަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ. ހިންގުން ތެރި ކަމެއް، ހަމައެއްލަމައެއް ނެތް ސަރުކާރުގެ ކުންފުނިތަކުގެ މައްސަލަ ބޮޑުވެފައިވާ އިރު މިކަމުގެ ޒިންމާ ވެސް ނަގާނެ މީހަކު ނެތީ ތޯ މިއީ ގިނަ ބަޔަކު މިއަދު ކުރަމުންދާ ސުވާލެކެވެ.

ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތުން މިއަދު ހަމަ ޔަގީނުން ވެސް ހާމަވާ އެއް ކަމެއް އެބައޮތެވެ. ގައުމުގެ މާލީ ހާލަތު ރައްކާތެރިކުރުމުގައި އަދުގެ ސަރުކާރުން ފެއިލް ވެފައިވާ މިންވަރެވެ. ނުވަތަ ކުންފުނިތައް ބެލެހެއްޓުމުގައި ސަރުކާރަށް ލިބިފައިވާ ބޮޑު ނާކާމިޔާބީ އެވެ. މި ސަރުކާރު ވެރިކަމަށް އައީ ސަރުކާރު ކުންފުނިތަކުގެ ހާލަތު ރަނގަޅު ކުރަން ކަމަށް ބުނެ ވައުދުވުމަށް ފަހުގަ އެވެ. ނަމަވެސް ކަން މިވަނީ ދިމާ އިދިކޮޅަށެވެ. ކުންފުނިތަކުގެ ހާލަތު އެގޮތް މިގޮތަށް ދަމުން ގޮސް، މިހާރު ބައެއް ކުންފުނިތައް އޮތީ އަތު ޖެހޭ ހިސާބަށް ވުރެ މާ ދުރުގަ އެވެ. 

ތަރައްގީގެ މުހިންމު ތަނބުތަކެއްގެ ގޮތުގައި ހުންނާނެ ކަމަށް ބުނި މި ކުންފުނިތައް މިއަދު ވެފައި ވަނީ މާލީ ގޮތުން މުޅި ގައުމަށް ބޮޑެތި ގެއްލުން ދޭ ތަންތަން ކަމުގަ އެވެ. ޖަވާބުދާރީވުމެއް ނެތި، މި ކުންފުނިތައް ހިންގަމުންދާ ގޮތާއި، ހިންގުން ތެރިކަމުގައި ހުރި ދޯހަޅި ކަން މި ފަހުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އެންމެ ފަހުގެ ރިޕޯޓުން ވެސް މިވަނީ ހާމަވެފަ އެވެ. 

ޕީސީބީ އިން އާންމު ކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެސްއޯއީ ތަކަށް ލިބިފައި ވަނީ 13.29 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ގެއްލުން ލިބިފައިވާ ކަން ޕީސީބީ ގެ ތަފާސްހިސާބުން ދެއްކި އިރު 12 ކުންފުންޏަށް ލިބުނީ ޖުމްލަ 281 މިލިއަން ރުފިޔާގެ ގެއްލުމެއް ކަން ޕީސީބީ ގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. 

މި ހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެންމެ ބޮޑު ގެއްލުމެއް ވީ، ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފަ އެވެ. ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އައިލެންޑް އޭވިއޭޝަން އަށް 46.36 މިލިއަން ރުފިޔާގެ ގެއްލުން ވި ކަމަށް ވެސް ޕީސީބީ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ.

ތިން ވަނަ އަށް ވެސް އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުންފުންޏަކަށެވެ. އެގޮތުން ތިން ވަނަ އަށް އެންމެ ބޮޑަށް ގެއްލުން ވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަށް ފުރަތަމަ ކުއަރޓަރުގައި ލިިބިފައި ވަނީ 33.72 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. މީގެ ކުރިން ފައިދާގެ ރިކޯޑުތަކާއެކު ހިންގަމުން އައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ވެސް މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ބޮޑު ގެއްލުމެއް ލިބިފައި ވެ އެވެ. އެމްޓީސީސީ އަށް 19.66 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު އިރު އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ކުންފުންޏަށް 17.55 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ. 

މި ގެއްލުންތައް ހުއްޓުވުމަށް ސަރުކާރު ނުކުޅެދިފައި ވީއިރު މި ގެއްލުންތައް ފޫބެއްދުމަށް ދައުލަތުން މިއަދު މި ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ދަނީ ފައިސާ ޚަރަދު ކުރަމުންނެވެ. 

މި ގެއްލުންތައް ލިބެމުންދާ ސަބަބުތައް ހޯދައި، ކުންފުނިތައް ޖަވާބުދާރީ ކުރުވެން ވެސް ޖެހެއެވެ. ނަމަވެސް އެކަން ކުރުމުގައި ވެސް މިއަދު ސަރުކާރުން މި ވަނީ ފެއިލް ވެފައެވެ. ޕީސީބީގެ ރިޕޯޓުން ހާމަވާ ގޮތުގައި، ގައުމުގެ އެންމެ ބޮޑެތި ކުންފުނިތައް ކަމުގައިވާ އެޗްޑީސީ، އެމްޕީއެލް، ސްޓެލްކޯ، ފެނަކަ، އަދި އާރްޑީސީ ފަދަ ކުންފުނިތަކުން ވެސް 2024 ވަނަ އަހަރުގެ އޮޑިޓް ނިންމާފައެއް ނުވެ އެވެ.

މީގެން ބައެއް ކުންފުނިތަކަކީ 2022 ވަނަ އަހަރުން ފެށިގެން އެއްވެސް ވަރަކަށް އޮޑިޓެއް ކޮށްފައިވާ ނުވާ ކުންފުނިތަކެވެ. މި ކުންފުނިތައް އޮޑިޓް ނުކޮށް އަހަރުތައް ފާއިތުވެފައިވާއިރު މިއީ ކުންފުނިތަކުގެ ކޮރަޕްޝަނާއި ނާގާބިލުކަން ފޮރުވަން އެންމެ ބޮޑު އެހީ އެއް ވާ އެއް ކަންތަކެވެ. މި ކުންފުނިތަކުން ފައިސާ ބޭނުންކުރި ގޮތް އެނގޭކަށް ނެތެވެ. ޚަރަދުތައް ކުރި ގޮތް ވެސް އެނގޭކަށް ނެތެވެ. ކުރީ ކޮންކަމެއް ކަމެއް ނުވަތަ ނުކުރަނީ ކޮން ކަމެއް ކަން ވެސް އެނގޭނެ މީހަކު ނެތެވެ.  

އެނގޭ އެއް ކަމެއް އެބައޮތެވެ. އެއީ މި ކުންފުނިތަކަކަކީ ނާގާބިލު ސަރުކާރެއްގެ ނާގާބިލު މި ކުންފުނިތަކުން ރައްޔިތުންނަށް އެހީ ވުމުގަައި ބަދަލުގައި ވެފައި ވަނީ ބޮޑު މާލީ ބުރައަކަށް ކަމެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައްޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިޤްތިޞާދީ ބުރަ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ބޮޑު 12 ކުންފުނި ގެއްލުމުގައި! އެންމެ ބޮޑު ގެއްލުމެއް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ އާރްޑީސީ އަށް

ސަރުކާރުގެ ބޮޑު 12 ކުންފުނި ގެއްލުމުގައި! އެންމެ ބޮޑު ގެއްލުމެއް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ އާރްޑީސީ އަށް

14 ޑިސެމްބަރު 2025
ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ޑޮލަރު މުއާމަލާތަށް ގެނައި ބަދަލަކީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް: ޝާހިދު

ޑޮލަރު މުއާމަލާތަށް ގެނައި ބަދަލަކީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް: ޝާހިދު

30 ޖޫން 2025
ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި

ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި

30 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު