Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލް: ސިއްހީ ހިދުމަތަށް އިންގިލާބެއް

މިއީ 210 އެނދުގެ ހޮސްޕިޓަލެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2018 | އަންގާރަ 12:48
ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް 2015 ވަނަ އަހަރުގައި ފެށިގެން ދިއަ އިރު އެ މަސައްކަތް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ފަރާތްތަކުން ފާހަގަކުރި އެއް ކަމަކީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން މިހާރު ދެމުން ނުދާ ހިދުމަތްތަކެއް ފޯރުކޮށްދީ ރާއްޖެއިން ބޭރަށް ގޮސް ދިވެހިން ސިއްހީ ހިދުމަތް ހޯދުމަށް ކުރާ މަސައްކަތަށް ނިމުމެއް ގެނައުމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިންވެސްޓްގައި ހިއްސާވަނީ ޗަމްޕާ ހުސެއިން އަފީފާއި، ޗަމްޕާ މުހައްމަދު މޫސާ އާއި އަހުމަދު ނަޒީރާއި އަހުމަދު ސަލީމް (ގަދަގޭ ސަލީމް)، އިބްރާހިމް ނޫރައްދީނާއި އަބްދުލްޣަނީ އަދި ސަލީމްގެ ދަރިކަލުން އާދަމް ސަލީމް (އެޑަމް) ގެ އިތުރުން ޑރ. އިބްރާހިމް ވިޝާން އަދި ލާސް ޕީޓާއެވެ.

ލޮބީ އޭރިއާ

މި ހޮސްޕިޓަލުގެ މަސައްކަތަށް 110 މިލިއަން ޑޮލަރު ހަރަދުވެފައިވެއެވެ.

މި ހޮސްޕިޓަލުގެ ހިދުމަތްތައް މާރޗް 1 އިން ފެށިގެން ލިބިގެންދާ އިރު ގިނަ ހިދުމަތްތަކެއް އަންނަނީ ދެމުންނެވެ. އެގޮތުން ޑައިލިސިސް ސެންޓަރަކާއި އޮން ކޮލޮޖީ ނުވަތަ ކެންސަރުގެ ބައްޔަށް ފަރުވާ ދިނުމަށްޓަކައި ކީމޯތެރަޕީގެ ހިދުމަތާއި ހިތުގެ ބަލިތަކުގެ އޮޕަރޭޝަންތަކާއި ނާރުގެ ބަލިތަކަށް ހާއްސަ ހިދުމަތްތައް ވެސް ހިމެނެ އެވެ. މީގެ އިތުރަށް އާންމުކޮށް ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތަކުގެ އިތުރަށް ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ އާއި ބްލަޑް ބޭންކެއް ވެސް ވަނީ ގާއިމްކޮށްފައެވެ.

ޑައިލިސިސް ސެންޓަރ:ޓީޓީއެޗް

މާރޗު މަހުގައި އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ފަށާ އިރު އަންނަ ޖޫން މަހުގެ ނިއަލަށް ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދެވެން ފެށޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ފަސް ބުރީގެ އެ ހޮސްޕިޓަލުގައި އެކްސިޑެންޓްތަކާއި އެމަރޖެންސީ ހިދުމަތްތަކަށް ހާއްސަ ޓްރައޭޖެއް ވަނީ ގާއިމްކޮށްފައިވެއެވެ. ރާއްޖޭގައި ފުރަތަމަ ގާއިމްކުރާ ޕްރައިވެޓް ޓަރޝަރީ ހޮސްޕިޓަލުގައި 210 އެނދު ގާއިމް ކުރެވިފައިވާ އިރު އެ ހޮސްޕިޓަލުގެ ހިދުމަތްތަކަކީ މެލޭޝިއާގެ ސިމް ޑާބީ ހެލްތްކެއަރ އާއި އޮސްޓްރެއިލިއަރގެ ރަމްސީ ހެލްތްކެއަރއާ ގުޅިގެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއާރްއައި މެޝިން:ޓީޓީއެޗް

ހިދުމަތްތަކުގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލް އިމާރާތްކުރެވިފައިވާ ގޮތަކީ ވެސް ފާހަގަ ކޮށްލެވޭ ކަމެކެވެ. އެގޮތުން ފުރަތަމަ ބުރިއަށް އެރުމަށް ދެ އެސްކަލޭޓަރު ހުރި އިރު ރެސްޓައުރެންޓެއް ވެސް ވަނީ ގާއިމް ކުރެވިފައެވެ.

ސިޓީ ސްކޭނާއި އެމްއާރްއައި ސްކޭންގެ ހިދުމަތާއި އެކްސްރޭ ފަދަ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ޓްރީ ޓޮޕްގެ ފިލްމްލެސް ޕޮލިސީގެ ތެރެއިން ހާޑް ކޮޕީގެ ބަދަލުގައި ލިބިގެންދާނީ ސީޑީތަކުގައި ސޮފްޓް ކޮޕީ އެވެ. މީގެ އިތުރުން އަމިއްލައަށް ހޮސްޕިޓަލަށް ގޮސް އެމީހެއްގެ މައުލޫމާތެއް ރަޖިސްޓަރ ކޮށްލުމުގެ ހިދުމަތް ވެސް ވަނީ ގާއިމް ކުރެވިފައެވެ.

ހޮސްޕިޓަލުގައި ރޫމްތައް ތަފާތު ކެޓަގަރީތަކަށް ވަނީ ބެހިފަ އެވެ. އެގޮތުން 30 ސުޕީރިއަރ ރޫމް އާއި 36 ޑިލަކްސް ރޫމް އާއި 8 ޖޫނިއަރ ސޫޓްސް އާއި 2 ވީއައިޕީ ސޫޓްސް އިތުރުން 2 ޕްރެސިޑެންޝިއަލް ސޫޓްސް ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ.

ސީޓީ ސްކޭން މެޝިން: ޓީޓީއެޗް

ހޮސްޕިޓަލުގައި ހިދުމަތް ހޯދައްވާ ހުރިހާ ޕޭޝަންޓުންނަށް ކެއުމަށް ބޭނުންވާ ތަކެއްޗާއި ބޭސް ލިބިގެންދާނީ ހޮސްޕިޓަލުގެ ބެލުމުގެ ދަށުންނެވެ.

އެޕޮއިންޓްމެން ހެއްދުމުގެ ފުރުސަތު މިހާރު ވެސް ހުޅުވިފައިވާ އިރު އެ ހޮސްޕިޓަލުން އާސަންދަ އާއި އެލައިޑް އަދި އަމާނާ ތަކާފުލްގެ އިންޝިއުރެންސް ސްކީމުގެ ތެރެއިން ވެސް ހިދުމަތް ލިބިގެންދާނެއެވެ.

ޑޮކްޓަރުންނަށް ބަލާ އިރު ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ އިރު ދިވެހި ރާއްޖޭގެ އިތުރުން އޮސްޓްރިއާ، އިޓަލީ، ފިލިޕީންސް، ޕާކިސްތާން، ފްރާންސް، އިނގިރޭސިވިލާތް، ސްވިޑެން، ސްޕެއިން، ޑެންމާކް، ގްރީސް، ހޮލެންޑް، ތުރުކީ އާއި ޖަރުމަރުވިލާތާއި ކޮލަމްބިއާ އާއި ސައުތް އެފްރިކާގެ ޑޮކްޓަރުން ހަރަކާތްތެރިވުމަކީވެސް މި ހޮސްޕިޓަލުގެ ތަފާތު ކަމެކެވެ.

ކޮންސަލްޓޭޝަން ރޫމް

ހޮސްޕިޓަލުގައި 80 އަށް ވުރެ ގިނަ ޑޮކްޓަރުން ހަރަކާތްތެރިވުމަށް ނިންމާފައިވާ އިރު 150 އަށް ވުރެ ނަރުހުން ހަރަކާތްތެރިވެ އެވެ. ހޮސްޕިޓަލުން 45 ތަފާތު ހިދުމަތެއް ފޯރުކޮށްދޭ އިރު އެންމެ ބޮޑަށް ހާއްސަ ވެގެންދާނީ ހިތުގެ ބަލިތަކުގެ ފަރުވާތަކަށް ކަމަށް އެ ހޮސްޕިޓަލުގެ ޑައިރެކްޓަރ މެޑިކަލް ސަރވިސަސް ޑރ ރޮލެންޑް ފަސޯލް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ހުސައިން އަފީފު ވިދާޅުވީ، މި ހޮސްޕިޓަލުގެ ސަބަބުން ދިވެހި ސިއްހީ ހިދުމަތްތައް އިތުރު ލެވެލްއަކަށް ދާނެ ކަމަށް ގަބޫލު ކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ބޭނުންވަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ ހިންގުމުގައި އެންމެ އިސްކޮށް ދިވެހި ޑިކްޓަރުން ހަރަކާތްތެރިވުމަށް ކަމަށެވެ. އަދި އެކަން ހަގީގަތަކަށް ހެދުމަށް އެ ހޮސްޕިޓަލުން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަގައިމު ވެސް އެ ހޮސްޕިޓަލު ވެގެންދާނީ ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ރާއްޖެއިން ލިބިގެންދާނެ ފުރަތަމަ ހޮސްޕިޓަލަށެވެ. ޓްރީ ޓޮޕް ހޮސްޕިޓަލް ވެގެންދާނީ ސިއްހީ އާ ހިދުމަތްތަކުގެ ސަބަބުން ރާއްޖޭގެ މުޅި ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް ގެންނާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި އައްޑޫ ސިޓީގެ ފެނުގެ ހިދުމަތަށް ކުރި ހޭދަ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް!

މުޅި އައްޑޫ ސިޓީގެ ފެނުގެ ހިދުމަތަށް ކުރި ހޭދަ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް!

30 އޮކްޓޯބަރު 2018
ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!

ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!

30 ޖުލައި 2018
ގޯހީ ޓްރީ ޓޮޕެއް ނޫން، ސަރުކާރުގެ ސިިއްހީ ސިޔާސަތު!

ގޯހީ ޓްރީ ޓޮޕެއް ނޫން، ސަރުކާރުގެ ސިިއްހީ ސިޔާސަތު!

17 ޖޫން 2018
ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

19 މެއި 2018
މުލީއާގެ ކާޑު ފެކްޓްރީއަކަށް!

މުލީއާގެ ކާޑު ފެކްޓްރީއަކަށް!

10 މެއި 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު