Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިއްހީ އިހުމާލު

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

އަތުގެ އޮޕަރޭޝަނަކަށް ފަހު ދިނީ އެންޓި ބަޔޮޓިކްސް، މާގިނައިން ދިނުމުން އޯވަޑޯޒް ވެފައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2018 | ހޯމަ 06:18
އަހުމަދު އިހުސާން އޭނާގެ ދަރިފުޅު އައިޝަތު އިޔާން އާއެކު

އަހުމަދު އިހުސާން އޭނާގެ ދަރިފުޅު އައިޝަތު އިޔާން އާއެކު

ސިއްހީ އިހުމާލުގެ ސަބަބުން ލިބޭ ގެއްލުންތަކާއި މެދު ހޭލުންތެރިވެ ތިބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސިއްހީ އިހުމާލުގެ ސަބަބުން ގެއްލުން ލިބޭ ފާރަތަށް ބަދަލު ލިބޭނެ ފަދަ ނިޒާމެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން ހަމަޖައްސަން ޖެހެ އެވެ. ފައިސާއިން އަގު ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު ކަމުގައި ވިޔަސް، ލިބޭ ގެއްލުމުގެ ބަދަލު ލިބުމަކީ އަނިޔާ ލިބޭ ފާރަތަށް އަދާކޮށްދޭންޖެހޭ ކަމެކެވެ. މިވެސް އެފަދަ ހިތްދަތި ހާދިސާއެކެވެ.

އެއީ މީގެ 10 ވަރަކަށް އަހަރު ކުރި އެވެ. 2007 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގދ. ފަރެސްމާތޮޑާ އަހުމަދު އިހުސާންގެ ތިން އަހަރުގެ ދަރިފުޅު އައިޝަތު އިޔާން ވަރަށް ބޮޑަށް ބަލިވި އެވެ. ވަރަށް ގަދައަށް ހުން އަންނަން ފެށި އެވެ. ރަށު ސިއްހީ މަރުޒަށް ދެއްކުމުން އެތަނުގައި ތިން ދުވަސް ވަންދެން އެޑްމިޓް ކޮށްފައި ބޭއްވި އެވެ. ޑޮކްޓަރުން ފާހަގަކުރަމުންދިޔައީ އިޔާންގެ ވައަތް ވަރަށް ބޮޑަށް ދުޅަވަމުންދާ ކަމެވެ. ލަފާދިނީ ވީހާވެސް އަވަހަކަށް ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމަށެވެ.

ރަށު ސިއްހީ މަރުކަޒުން އިރުޝާދު ދިން ގޮތަށް، ދަތުރު ހަދައިގެން ޖުލައި 14 ވަނަ ދުވަހު ދަރިފުޅު ގޮވައިގެން އިހުސާން ތިނަދޫއަށް ދިޔަ އެވެ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުމާއެކު ވަގުތުން އެ ހޮސްޕިޓަލުގައި އިޔާން އެޑްމިޓް ކުރި އެވެ. ދުޅަ ތިރި ކުރުމަށް އިންޖެކްޝަނެއް ޖެހި އެވެ. އެކަމަކު އިންޖެކްޝަން ޖަހައިގެން ދުޅަ ތިރިއެއް ނުކުރެވުނެވެ. ދެން ޑޮކްޓަރުން ބުނީ އަތް އޮޕަރޭޝަން ކުރަންޖެހޭ ކަމަށެވެ.

"ތިން ފަހަރެއްގެ މަތިން ދަރިފުޅުގެ އަތް އޮޕަރޭޝަން ކުރި، އެކަމަކު އެތެރޭގައި އެއްވެސް އިންފެކްޝަނެއް ހުރި ކަމަކަށް ނުފެނުނު،" އިހުސާން ކިޔައިދިނެވެ.

އުމުރުން ތިން އަހަރުގެ އިޔާން އަޑުއިވުމުން މަހުރޫމް ކޮށްލި ޖެންޓަމައިޒިން އޯވަޑޯޒް

ދަރިފުޅުގެ އަތުގެ އޮޕަރޭޝަން ކުރުމަށްފަހު، އެ ދުވަހުގެ ދުވާލު ގަޑީގައި، ޖެންޓަމައިޒިންގެ 80 މިލިގްރާމްގެ ދެ ޑޯޒް ޑޮކްޓަރު ދިނެވެ. އަދި އެ ދުވަހުގެ ހަވީރު އިތުރު ދެ ޑޯޒެއް ދިނެވެ. ޖެހިގެން އައި ދުވަހު ފަސް ވަނަ ޑޯޒެއް ދިނެވެ.

ޖެންޓަމިޒިން އަކީ ބެކްޓީރިއަލް އިންފެކްޝަންތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންޓިބަޔޮޓިކް އެކެވެ. ޖެންޓަމިޒިން އަކީ ވެސްޓިބުލޯޓޮކްސިން އެކެވެ. ބޮޑު ޑޯޒްތަކުން މި ބޭސް ދިނުމުން ނުވަތަ ދިގު މުއްދަތެއް ވަންދެން މި ބޭސް ބޭނުން ކުރުމުން އިވުމަށް އަސަރު ކުރާ ކަމަށް އެމެރިކަން ހިއަރިންގ ރިސަރޗް ފައުންޑޭޝަނުން ބުނެ އެވެ. އެ ފައުންޑޭޝަނުގެ ދިރާސާތައް ދައްކާ ގޮތުން، ބޮޑު ޑޯޒްތަކުން މި ބޭސް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން 15-50 ޕަސެންޓާއި ދެމެދުގެ މީހުންނަށް އިވުމުގެ މައްސަލަތަކާ ކުރިމަތިވެއެވެ. ބައެއް ފަހަރު އަޑުއިވުމުން އެއްކޮށް މަހުރޫމްވެއެވެ.

ކޯކްލިއަރ އިމްޕްލާންޓޭޝަން އޮޕަރޭޝަނަށް ފަހު އިޔާން

ދަރިފުޅަށް އެ ބޭސް ދިން އިރު، އެ ބޭހާ ގުޅޭ މި މައުލޫމާތެއް އިހުސާނުއަކަށް ނޭނގެ އެވެ. އެއީ، "ލޯބިވާ ދަރިފުޅާ" އޭ ކިޔައި އޭނާ ގޮވާލާ އަޑު ދަރިފުޅަށް އިވޭނެ އެންމެ ފަހު ވަގުތު ކަމަށް އޭނާ ހީއެއް ވެސް ނުކުރެ އެވެ. ދަރިފުޅުގެ ދިރިއުޅުމަށް މިވަރުގެ ބޮޑު ބަދަލެއް އައިސްފާނެ ކަމަށް އިހުސާނުގެ ސިކުނޑިއަށް ވިސްނައިގަނެވިފައި ވެސް ނެތެވެ.

"އެއީ ޖުލައި 19 ވަނަ ދުވަސް، ދަރިފުޅު އަހަރެން ކައިރީ ސުވާލު ކުރީ ކަންފަތަށް ޖަހާފައި ހުރީ ކޯއްޗެއްތޯ، އެއްވެސް އަޑެއް ނީވޭ ކަމަށް ބުނަން ފެށި،" ހިތްދަތި ކަމާއެކު އެ ދުވަހުގެ ހަނދާންތައް އިހުސާން ކިޔައިދިނެވެ. އިޔާންގެ ކަންފަތް ޑޮކްޓަރު ސާފުކުރި އެވެ. ނަމަވެސް، އެއްވެސް ބަދަލެއް ނައެވެ. އެއިރު އުމުރުން އެންމެ ތިން އަހަރުގެ އިޔާން އަޑު އިވުމުން މަހުރޫމްވި އެވެ.

ދަރިފުޅަށް އަޑު ނީވެނީ ކީއްވެތޯ ސާފުކުރުމަށް ދަރިފުޅު ގޮވައިގެން އިހުސާން މާލެ އައެވެ. ކަންފަތާއި، ނޭފަތާއި ކަރުގެ ސްޕެޝަލިސްޓް ޑޮކްޓަރެއް ދެއްކި އެވެ. މާލޭގެ ޑޮކްޓަރުން ލަފާ ދިނީ ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. އިންޑިއާގެ ޑޮކްޓަރުން އިހުސާނަށް ދިނީ އޭނާގެ ހަޔާތުގެ އެންމެ ހިތްދަތި ހަބަރެވެ. ދަރިފުޅުގެ އިވުމުގެ ހިއްސު ތާއަބަދަށް ގެއްލިފައިވާ ކަމުގެ ހިތާމަވެރި ހަބަރެވެ. ދަރިފުޅަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއަކީ 'ކޯކްލިއަރ އިމްޕްލާންޓޭޝަން' ހެދުން ކަމަށް ލަފާދިނެވެ.

ކޯކްލިއަރ އިމްޕްލާންޓޭޝަން އޮޕަރޭޝަނަށް ފަހު އިޔާން

އެނބުރި މާލެ އައިސް ސްޕެޝަލިސްޓް ޑޮކްޓަރު ކައިރިއަށް އިހުސާން ދިޔަ އެވެ. އަދި މި ކޭސް އިތުރަށް ބަލައި، ދަރިފުޅުގެ އަޑު އިވުމުން މަހުރޫމްވި ސަބަބު ހޯދައި ދިނުމަށް އެދުނެވެ. މައްސަލައިގެ އެންމެ ފުނަށް ގޮސް ކަންވީ ގޮތް ބެލުމަށްފަހު ދަރިފުޅަށް މި ދަމާވި ހިތްދަތިކަމުގެ ސަބަބު ޑޮކްޓަރު ހޯދި އެވެ. ޖެންޓަމިޒިން އޯވަޑޯޒް ވީ އެވެ. ނުވަތަ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިހުމާލުން އޯވަޑޯޒް ވާވަރަށް އެ ބޭސް ދިނީ އެވެ.

ޖެންޓަމިޒިން ދޭންޖެހެނީ މީހާގެ ބަރުދަން ބެލުމަށް ފަހުގަ އެވެ. ނަމަވެސް، ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން އިހުސާންގެ ދަރިފުޅަށް އެ ބޭސް ދިން އިރު ބަދުދަނެއް އަދި އިސްކޮޅެއް ވެސް ބަލާފައިނުވާ ކަމަށް އޭނާ ބުނެ އެވެ.

އިހުސާން ބުނާ ގޮތުގައި، ދަރިފުޅަށް ފަރުވާއެއް ހޯދުމަށް މިހާތަނަށް 554،000 ޑޮލަރު (ގާތްގަނޑަކަށް 7.1 މިލިއަން ރުފިޔާ) ހަރަދުކުރެވިއްޖެ އެވެ. ރައްކާކުރި ހުރިހާ ފައިސާއެއް އެކަމަށް ހުސްވި އެވެ. ކުރަމުން އައި ވިޔަފާރި ވެސް ހުއްޓާލަން ޖެހުނެވެ. އިހުސާންގެ ދަރިފުޅުގެ 'ކޯކްލިއަރ އިމްޕްލާންޓޭޝަން' ހަދާފައިވާއިރު، އޭގެ ބެޓްރީއެއްގެ އަގަކީ އެއްހާސް ޑޮލަރެވެ. އޭގެ ކޮންމެ ބައެއްވެސް އެހާމެ އަގު ބޮޑެވެ. ދާދި ފަހުން އެ ޑިވައިސްގެ ބޭރު ބައި 12،220 ޑޮލަރަށް އިހުސާން ގެނައެވެ.

ދައުލަތާއި ދެކޮޅަށް އިހުސާން ކޯޓަށް: ލިޔުންތައް އޮޅުވާލައި، ޑީއެންއޭ ޓެސްޓެއް ނުހަދައި ޖެނެޓިކްސް މައްޗަށް ހުކުމް!

އިހުސާން ގަބޫލުކުރާ ގޮތުގައި، ދަރިފުޅަށް މި ހިތްދަތި ހާލަތު މެދުވެރިވީ ސިއްހީ އިހުމާލުގެ ސަބަބުންނެވެ. އެ ބޭސްދިން ޑޮކްޓަރުގެ އިހުމާލުން ކަމަށެވެ. އިހުސާން ވަނީ ޝަރުއީ މަރުހަލާގެ ތެރެއިން އޭނާއަށް މި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކޮށްފަ އެވެ. ނަމަވެސް، ސިވިލް ކޯޓާއި ހައިކޯޓުން ވެސް ނިންމީ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ. ދައުލަތުން ކޯޓުގައި އެންމެ ފުރަތަމަ ވެސް މި ބުނީ މި މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އިހުސާން އުޅެނީ ދައުލަތް ބަދުނާމު ކުރަން ކަމަށް ދައުލަތުން ބުނަމުންދިޔަ އެވެ.

ސިވިލް ކޯޓުން މައްސަލަ ބެލިއިރު މެޑިކަލް ފައިލްއެއް އިހުސާނަށް ނުދިނެވެ. ސިވިލް ކޯޓަށް ދައުލަތުން، ހުށަހެޅި ހޮސްޕިޓަލުގެ ލިޔުންތަކުގައި ލެޓަރހެޑެއް ނެތެވެ. އެކަމާ އިހުސާންގެ ފަރާތުން ޝަކުވާ ކުރި އެވެ. އޭގެ ފަހުން ދައުލަތުން ކޯޓުގައި ބުނީ، ލިޔުންތައް ފޮޓޯކޮޕީ ނެގިއިރު ނެގުނީ ފުރަގަސް ކަމަށެވެ. އެހެން ބުނެ، ލެޓަރހެޑް ހުރި ލިޔުންތަކެއް ދިނެވެ. ހައި ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު، މެޑިކަލް ފައިލް ދޭން އިހުސާންގެ ފަރާތުން އެދުމުން އެތައް ވަރަކުން ލިޔުންތައް ދެއްކިއެވެ. އިހުސާންގެ އަތުގައި ހުރި ލިޔުންތަކާއި އެ ލިޔުންތައް "ހާސްބައި" ތަފާތެވެ. އިހުސާން ގަބޫލުކުރާ ގޮތުގައި، މެޑިކަލް ފައިލް އަށް ބަދަލުތަކެއް ގެނެސް، އެ ފައިލް ވަނީ އޮޅުވާލާފަ އެވެ.

ފުލުހުން ހެދި ފޮރެންސިކް ރިޕޯޓް، މިއީ ގިނަ ކަންތައްތަކެއް ހާމަވި ރިޕޯޓެއް

ތަފާތުތަކެއް ލިޔުންތަކުގައި ހުރުމުން ލިޔުންތަކުގެ ފޮރެންސިކް އެނަލިސިސްއެއް ހެދުމަށް އިހުސާންގެ ފަރާތުން އެދުނެވެ. ހައިކޯޓުން ފުލުހުން މެދުވެރިކޮށް، އެ ލިޔުންތަކުގެ އެނަލިސިސް އެއް ހެދި އެވެ. އެނަލިސިސްގެ ރިޕޯޓާއި ހިސާބުން، "އައިމިނަތު ފަރިޔާޟު" ލިޔެފައި އޮތް ތަނެއް ޓިޕެކްސް ޖަހައި ފޮރުވައި، އޭގެ މަތީގައި އައިޝަތު އިޔާން ޖަހާފަ އޮތްކަން ހާމަވި އެވެ. އަދި "ޕްރައިވެޓް ވޯރޑް" ޖަހާފައި އޮތް ތަނުގައިވެސް ޓިޕެކްސް ޖަހައި ފޮރުވައި، ސަރޖިކަލް ވޯޑް ދޭއް ޖަހާފައިވާކަން ވެސް ހާމަވި އެވެ. "ޖެންޓަމައިޒިން ގިވެން" ޖަހާފައި ހުރި ތަންތަން ވެސް ޓިޕެކްސް ޖަހާފައި ހުރިކަން ހާމަވި އެވެ.

އެހެން ނަމަވެސް، ހައިކޯޓުން ހުކުމް ކުރީ "ޖެެނެޓިކް މައްސަލައެއްގެ ސަބަބުން ވެސް" އެހެން ވެދާނެ ކަމަށް ބުނެ، ޑޮކްޓަރުންގެ އިހުމާލެއް ކަމަށް ކަނޑައަޅައި ދެވެން ނެތް ކަމަށެވެ. "މި ހުކުމް ކުރީ ޖެނެޓިކް މައްސަލައެއް ކަމަށް ބުނެ ޑީއެންއޭ ޓެސްޓެއް ނުހަދައި، އެކަމަކު ޑީއެންއޭ ޓެސްޓެއް ހެދީމަތާ އެނގޭނީ ޖެނެޓިކް މައްސަލައެއްކަން،" އިހުސާން ބުންޏެވެ.

އިޔާންގެ ޑީއެންއޭ ރިސާޗު ރިޕޯޓް، މި ރިޕޯޓުން އެނގުނީ ޖެނެޓިކްސް މައްސަލައެއް ނެތްކަން

މި ހުކުމާއި ގުޅިގެން، ލަންކާއަށް ދަރިފުޅު ގޮވައިގެން ގޮސް، ތިން މަސް ދުވަހުގެ ޑީއެންއޭ ރިސާޗެއް އިހުސާން ހެއްދި އެވެ. ދައުލަތުން ދައްކާ ވާހަކައިގެ ހަގީގަތް ހޯދުމަށް ރިސާޗް ހެދިއިރު، އެ ރިސާޗުން ޖެންޓަމައިޒިންގެ ޑޯޒް ދޭންޖެހޭ މިންގަނޑަށް އެ ބޭސް ދީގެން އެއްވެސް ގެއްލުމެއް ލިބޭނެ ކުއްޖެއް ނޫން ކަމެވެ.

މިހާރު މައްސަލަ އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މޭޒުކޮޅު މަތީގަ އެވެ. މި މައްސަލަ ޝަރުއީ އެންމެ މަތީ މަރުހަލާއަށް ހުށަހަޅާފައިވަނީ ޑީއެންއޭ ރިޕޯޓާއި ވެސް އެއްކޮށެވެ. 2015 ވަނަ އަހަރު ހުށަހެޅި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ. މައްސަލަ ކޯޓުގައި ދިގުލައިގެން ގޮސްފައިވާއިރު، މައްސަލަ އަވަސް ކޮށްދިނުމަށް އެދި އެތައް ސިޓީއެއް ކޯޓަށް ހުށަހަޅައިފި އެވެ.

އިހުސާންގެ މަގުސަދަކީ ފައިސާ ހޯދުމެއް ނޫން، ހޭލުންތެރިކުރުވައި ޒިންމާދާރުކުރުވުން!

އިހުސާންގެ މަގުސަދަކީ ކޮންމެހެން ފައިސާތަކެއް ހޯދުމެއް ނޫނެވެ. އޭނާގެ މަގުސަދަކީ މިފަދަ ހިތްދަތި ކަމެއް އެހެން ބަފަޔަކަށް، ދަރިއަކަށް ކުރިމަތިނުވާނެ ގޮތެއް ވުމެވެ. އަދި ސިއްހީ އިހުމާލުގެ ސަބަބުން މިފަދަ ކަމެއް ވެއްޖެނަމަ، އެ ލިބެންޖެހޭ ބަދަލު ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް ބާރު އެޅުމެވެ.

"އަހަރެން މަގުސަދަކީ އަހަންނަށް މި ދިމާވި ކަހަލަ ހިތްދަތި ކަމެއް ދެވަނަ މީހަކަށް ދިމާނުވުން، އަހަރެންގެ ރައްޓެހިން ދުނިޔޭގެ އެކި ތަންތަނުގައި ތިއްބަސް ކޮންމެ މީހަކަށް އެހެން ނުވެދާނެ. އަހަރެން މި އުޅުނު ހާލުގައި ދެވަނަ މީހަކު އުޅެން އަހަރެން ބޭނުމެއް ނުވޭ، ކަމެއް ދިމާވީމަ މިކަހަލަ ކަމެއް އެނގޭނީ، އަހަރެގެންގެ މަގުސަދަކީ އާއްމުން ހޭލުންތެރިކުރުވުން،" އިހުސާން ބުންޏެވެ.

އިހުސާނު އޭނާގެ ދަރިފުޅު އިޔާންއާއެކު، އިޔާންގެ އުމުރުން މިހާރު 14 އަހަރު

ޑޮކްޓަރުންގެ އަތުން ވެސް ކަމެއް ގޯސްކޮށް މެދުވެރިވެދާނެ އެވެ. އެހެން ނަމަވެސް، އެކަމުގެ ބަދަލު ދެވޭނެ ނިޒާމެއް އޮންނަން ޖެހެ އެވެ. އޭގެ ބަދަލުގައި، ލިޔުންތައް އޮޅުވާލައި މީހަކަށް ވެފައިވާ ބޮޑު ގެއްލުމެއް އެއީ ނުވާ ކަމެއް ކަމަށް ހަދަން ދައުލަތުން މަސައްކަތް ކޮށްގެން ނުވާނެ އެވެ. ރާއްޖޭގައި ސިއްހީ އިހުމާލާއި ގުޅޭ ގާނޫނެއް ނެތްއިރު، އިހުސާން ފަދަ އެތައް ބައެއްގެ އެދުމަކީ މިފަދަ ގާނޫނެއް ވީހާވެސް އަވަހަކަށް ފާސްކޮށްދިނުމެވެ.

"އަހަރެން ކަހަލަ ކިތައް މީހުން އުޅޭނެ. ސިޔާސީ ބަޔަކު ލައްވާ އެއްޗެހި ކިޔުއްވާލާފަ ނިންމާލީމަ އެ ފުދުނީއެއް ނޫން، އަހަރެންގެ ދަރިފުޅު އެ ހުރީ އުމުރު ދުވަހަށް އެފަދަ ހާލަތެއް މެދުވެރިވެފައި. ކީއްވެގެންތޯ ޝަހްސް އޮޅުވާލުމުގެ ދައުވާ ފާރިސްއަށް ކުރާއިރު، ދައުލަތުގެ ލިޔުންތައް އޮޅުވާލި މީހުންނަށް ދައުވާ ނުކުރަނީ؟ އަޅުގަނޑު ނިކަމެއްޗަކަށް ވީމައިތޯ؟"

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

19 މެއި 2018
އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !

އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !

05 މާރިޗު 2018
ޓްރީ ޓޮޕް ހޮސްޕިޓަލް: ސިއްހީ ހިދުމަތަށް އިންގިލާބެއް

ޓްރީ ޓޮޕް ހޮސްޕިޓަލް: ސިއްހީ ހިދުމަތަށް އިންގިލާބެއް

27 ފެބުރުއަރީ 2018
އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

19 ފެބުރުއަރީ 2018
ބޮޑުތިލަދުން މައްޗަށްވީ އިހުމާލުގެ ހިތި 2018 ގައި ފެންނާނެ!

ބޮޑުތިލަދުން މައްޗަށްވީ އިހުމާލުގެ ހިތި 2018 ގައި ފެންނާނެ!

28 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު