Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިއްހީ ސިޔާސަތު

ގޯހީ ޓްރީ ޓޮޕެއް ނޫން، ސަރުކާރުގެ ސިިއްހީ ސިޔާސަތު!

ޓްރީޓޮޕަކީ މަތީފަންތީގެ ޚިދުމަތްދޭ ތަނެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 17 ޖޫން 2018 | އާދީއްތަ 17:09
ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލުގައި އޮތް ޒުވާނެއްގެ ބިލަށް 3 ލައްކައަށްވުރެ ގިނަ ރުފިޔާ އަރައި، އެބިލް ނުދެއްކިގެން އެތަނުން ނުނެރެވި އޮތް ވާހަކަ އަކީ ރާއްޖޭގެ މީޑިއާގައި މިހާރު ބޮޑު އަކުރުން ލިޔަމުންދާ ޚަބަރެކެވެ. އެއާއިއެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ހީވީ ޓްރީ ޓޮޕް ހޮސްޕިޓަލް 'ކާލަފާނެ' ހެންނެވެ. ޓްރީޓޮޕް ހޮސްޕިޓަލުގެ އަގު ބޮޑޭ، ރައްޔިތުންނަށް އެހެން ހަދާކަށްނުވާނެއޭ ބުނެ ވަރަށް ގިނަ މީހުން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ.

އެހެންނަމަވެސް އަޅުގަނޑުގެ ޚިޔާލު އެކަމުގައި ތަންކޮޅެއް ތަފާތެވެ. އެންމެންގެ ވިސްނުން އެއްގޮތް ވާކަށް ނުޖެހެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ޓަރޝަރީ ހޮސްޕިޓަލެކެވެ. އެތަނުގައި ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރުން ތިބިއިރު، ރާއްޖެއިން މީގެ ކުރިން ނުލިބޭ އެތައް ޚިދުމަތެއް އެތަނުން ލިބެއެވެ. ޓްރީޓޮޕްގެ ވިޔަފާރީގެ މޮޑެލަަށް ބަލާއިރު، އެއީ މަތީފަންތީގެ ކަސްޓަމަރުންނަށް ޚިދުމަތްދޭން ތައްޔާރުކޮށްފައިވާ ތަނެއްކަން އެތަނުން ޚިދުމަތް ހޯދަން ދާ ކޮންމެ މީހަކަށް އެނގޭނެއެވެ. އެހެންކަމުން އެތަނުން ދޭ ޚިދުމަތްތަކުގެ އަގު ބޮޑުވާނެއެވެ. މެދު ފަންތީގެ އާއްމު ދިވެހި ރައްޔިތުންނަށް އެތަނުގެ ޚިދުމަތްތަކުގެ އަގު ތަންކޮޅެއް ބޮޑުވެދާނެއެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރުން ބެންކޮކުން، ނުވަތަ ސިންގަޕޫރުން ސިއްހީ ޚިދުމަތް ހޯދަން ދާނަމަ، އަތުން ޚަރަދުވާ މިންވަރު އެއަށްވުރެ ބޮޑުވާނެކަން ޔަޤީނެވެ. މީގެ މިސާލަކީ މާލޭގައި ހުންނަ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުން ލިބޭ ޚިދުމަތްތައް، މާލޭގައި ހުންނަ އަމިއްލަ ހޮސްޕިޓަލުން އެއަށްވުރެ ތަންކޮޅެއް ބޮޑު އަގެއްގައި ދިނުމެވެ. މިއީކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ.

ޓްރީޓޮޕްގެ ޚިދުމަތްތަކުގެ އަގުތައް، އެތަނުން ދެމުން އަންނަ ޚިދުމަތްތަކާއި، ޚިދުމަތްތަކުގެ ފެންވަރާ އަޅާބަލާއިރު، އަދި ސިންގަޕޫރާއި ތައިލެންޑްގެ މަތީފަންތީގެ ހޮސްޕިޓަލްތަކާއި އަޅާކިޔާއިރު، މާކަބޮޑުތަނުން ބޮޑެކޭ ނުދެންނެވޭނެއެވެ. އާސަންދަ ޚިދުމަތާއި ނުލައި އެއަގު ބިލެއްގައި ޖަހާފައި ޚިދުމަތް ހޯދާ މީހާއަށް ދިނުމުން، އެއަގު ބޮޑުވެދާނެއެވެ.

އެންމެ ފަހުން ދިމާވެގެން މިއުޅޭ މައްސަލައަށްވެސް ބަލާލާމާ ހިނގާށެވެ. ހުޅުމާލޭ ހޮސްޕިޓަލުން ދެވެން ނެތް ޚިދުމަތްތަކެއް ހޯދުމަށް ޓްރީޓޮޕަށް ބަދަލުކުރުމުން، ބިލަށް 3 ލައްކައެއްހާ ރުފިޔާ އެރީއެވެ. އެއީ އާސަންދައާއި ނުލައެވެ. މިވަރުގެ ބޮޑު ބިލެއް އެރީ އެންމެ ސްކޭނެއް ހަދަންކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚަބަރު ފެތުރިއެވެ. އެހެންނަމަވެސް ހަޤީގަތަކީ ރާއްޖެއިން މީގެ ކުރިން ނުކުރެވޭ އެތައް ސަރޖަރީތަކެއް ހެދިކަމެވެ. އަދި އެތަނުގައި އެޑްމިޓްކޮށްފައި އޮންނައިރު ބިލަށް ކޮންމެ ދުވަހަކު އިތުރުވަމުން ދާނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ނުލިބުނު އެޚިދުމަތްތައް ހޯދުމަށް ރާއްޖެއިން ބޭރަށް ގޮސް، ރާއްޖެއިން ބޭރުން އެސަރޖަރީތަކާއި ޚިިދުމަތްތައް ހޯދިނަމަ، 3 ލައްކައަށްވުރެ މާ ބޮޑު އަދަދެއް ބިލަށް އަރާނެކަން ކަށަވަރެވެ.

ޓްރީޓޮޕުން އެހޮސްޕިޓަލުގެ ބިލަށް 30 އިންސައްތަ ޑިސްކައުންޓް ދިން ވާހަކަ އާއިލާއިން ބުންޏެވެ. އެއީ ވަރަށް ބޮޑު އަދަދެކެވެ. އެވަރުގެ ހޮސްޕިޓަލަކުން އެވަރުގެ ކަމެއް ކުރުމުން ބަލައިގަންނަން ޖެހެއެވެ.

މީގައި މައްސަލައަކީ ސަރުކާރުގެ ސިއްހީ ސިޔާސަތެވެ. މަތީފަންތީގެ ހޮސްޕިޓަލްތަކުން ދޭ ޚިދުމަތް ސަރުކާރުގެ ހޮސްޕިޓަލުން ނުދެވެނީ ކީއްވެތޯއެވެ؟ އަމިއްލަ ހޮސްޕިޓަލަކަށް އެޚިދުމަތް ދެވޭއިރު، ސަރުކާރަށް އެކަން ނުކުރެވެންވީ ކީއްވެތޯއެވެ؟ ހުސްނުވާ އާސަންދައޭ ކިޔާއިރު، ރާއްޖެއިން ލިބެން ހުރި ބޮޑެތި ފަރުވާ ފޯރުކޮށްދޭ ތަންތަނުން އެޚިދުމަތް ރައްޔިތުންނަށް ހެޔޮ އަގުގައި ލިބޭނެފަދަ އިންތިޒާމެއް ނެތީ ކީއްވެތޯއެވެ؟

ކުޅުދުއްފުށީގައި އާއްމު ރައްޔިތުންނަށް އަތްފޯރާ ހިސާބެއްގައި ޚިދުމަތްދެވޭނެ ޓަރޝަރީ ހޮސްޕިޓަލެއް ޤާއިމް ނުކުރެވުނީ ކީއްވެތޯއެވެ؟ އައްޑޫގައި އެކަން ނުކުރެވެނީ ކީއްވެތޯއެވެ؟ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް އެޚަރަދުކުރި އަދަދަކީ ހަމަގައިމުވެސް އައިޖީއެމްއެޗްގައި ޓްރީޓޮޕުން އެދޭ ޚިދުމަތްތައް ދެވޭނެ ފަދަ އިންތިޒާމްތަކެއް ހަމަޖެއްސިދާނެ އަދަދެކެވެ.

ތެދުވާހަކައެކެވެ. ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވަމުން އެތަނުގެ ވެރިން ދެއްކެވި ވާހަކައިން ދިވެހިންނަށް ހީވީ، އެހުޅުވަނީ ދިވެހިންނަށް ޚާއްސަ ތަނެއްކަމަށެވެ. އެހެންނަމަވެސް ހަޤީގަތަކީ އެއީ މެޑިކަލް ޓޫރިޒަމަށް ޚާއްސަ ތަނެއްކަމެވެ. އެއީ މަތީފަންތީގެ ޚިދުމަތް ފޯރުކޮށްދޭ ތަނެއްކަމެވެ. އެހެންކަމުން، މިކަމުގައި އަޅުގަނޑަށް ގޯހީ ޓްރީޓޮޕެއް ނޫނެވެ. ސަރުކާރުގެ ސިޔާސަތެވެ. ސަރުކާރުގެ ސިއްހީ ސިޔާސަތު ފެއިލްވެފައިވާކަމެވެ. އެކަމުގެ ނާޖާއިޒް ފައިދާ ބޮޑެތި ވިޔަފާރިވެރިން ނަގަމުންދަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު