Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސީޕްލޭން ވެއްޓުން

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

އިންޑަސްޓްރިއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2017 | ހުކުރު 22:09
މޯލްޑިވިއަންގެ ކަނޑަށް ޖައްސާ މަތިންދާބޯޓެއްގެ ކުރީކޮޅު މޫދު އަޑީގައި

މޯލްޑިވިއަންގެ ކަނޑަށް ޖައްސާ މަތިންދާބޯޓެއްގެ ކުރީކޮޅު މޫދު އަޑީގައި

ފަހަކަށް އައިސް ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ތެރޭގައި ހިނގާ ބޮޑެތި އެކްސިޑެންޓްތަކުގެ ވާހަކަ އިވޭލެއް މަދެއް ނޫނެވެ. އެއް މަސްތެރޭ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭންތަކަށް 2 އެކްސިޑެންޓް ދިމާވިއެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ ޓީއެމްއޭއަށްވެސް މިފަދަ މައްސަލަތަކެއް ދިމާވެގެން އެވާހަކަ ލިޔަން ޖެހުނުލެއް މަދެއް ނޫނެވެ. ކޮންމެއަކަސް ފަހަކަށް އައިސް ޤައުމީ އެއަރލައިން މޯލްޑިވިންގެ ސީޕްލޭންތަކަށް ދިމާވާ މައްސަލަތަކާއި ގުޅިގެން މިއީ ވިސްނަން ޖެހިއްޖެކަމަކަށް ވަނީ ވެފައެވެ.

ރާއްޖެއަށް އަހަރަކު އަންނަ މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއް އެމީހުން ތިބޭ ރިޒޯތްތަކަށް ދަނީވެސް އަދި އަނބުރާ އަންނަނީ ކަނޑަށް ޖައްސާ މަތިންދާބޯޓުތަކުންނެވެ. ރާއްޖޭގެ ސީޕްލޭން ފްލީޓަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ސީޕްލޭން ފްލީޓެވެ. އަދި ޓީއެމްއޭއަކީ ރާއްޖޭގައި މިވަގުތު އޮތް ކުންފުނިތަކުގެ ތެރެއިން ބޭރުގެ ކުންފުނިތަކުން އެންމެ ލޯ އަޅާ، އެންމެ ބޮޑު ކުންފުންޏަށްވަނީ ވެފައެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންއިންވެސް މިހާރު ވަނީ ކަނޑަށް ޖައްސާ މަތިންދާބޯޓިތަކެއް ގެނެސް، ޓީއެމްއޭއަށް އޮތް މޮނޮޕޮލީ ނައްތާލާފައެވެ. އަދި އަމިއްލަ އެއަރލައިނެއްކަމަށްވާ ވިލާ އެއަރ އިންވެސް ސީޕްލޭނެއް ގެނެސްފައިވެއެވެ.

ވިލާ އެއަރއިން ގެނައި އެމެރިކާގެ ސެސްނާ ކުންފުނީގެ ސީޕްލޭން ފިޔަވައި ރާއްޖޭގައި މުޅިންވެސް އޮޕަރޭޓްކުރަނީ ޓްވިން އޮޓަރ ސީޕްލޭންތަކެވެ. މިއީ ކެނެޑާގެ ޑިހާވިލަންޑް ކުންފުނިން ކުރިން އުފެއްދި މަތިންދާބޯޓެކެވެ. 1988 ވަނަ އަހަރު މި މަތިންދާބޯޓު އުފެއްދުން ހުއްޓާލުމަށްފަހު، އެމަރުކާގެ މަތިންދާބޯޓަށް އޮންނަ ޑިމާންޑް ބޮޑުވުމުގެ ސަބަބުން އަނެއްކާވެސް 2008 ވަނަ އަހަރު އެމަރުކާގެ މަތިންދާބޯޓު އުފެއްދުމަށް ވަނީ ފަށާފައެވެ. އެހެން ނަމަވެސް މިފަހަރު ޓްވިން އޮޓަރ އުފައްދަނީ ކެނެޑާގެ ވައިކިންގ އެއަރ ކުންފުނިންނެވެ. ރާއްޖޭގައި މިހާރު ބޭނުންކުރާ ސީޕްލޭންތަކަކީ 1988ވަނަ އަހަރުގެ ކުރިން އުފައްދާފައިވާ މަތިންދާބޯޓުތަކެކެވެ. ސިވިލް އޭވިއޭޝަނުން އަމަލުކުރަމުންދާ އުޞޫލުތަކުގައި ބުނެފައިވަނީ އުފެއްދިތާ 20 އަހަރުވެފައިވާ މަތިންދާބޯޓު ރާއްޖެއަށް ނުގެނެވޭނެކަމަށެވެ. 70ގެ އަހަރުތަކާއި 80ގެ އަހަރުތަކުގައި އުފައްދާފައިވާ ޓްވިން އޮޓަރތައް ރާއްޖެއަށް ގެނައުމުގެ ހުއްދަ ސިވިލް އޭވިއޭޝަނުން ދެނީ މިބާވަތުގެ ސީޕްލޭންގެ އައު މަތިންދާބޯޓު ހޯދަން އުނދަގޫވުމުންކަމަށްވެއެވެ. އުނދަގޫ ވިޔަސް ފަސޭހަވިޔަސް، މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތެރޭގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޤާނޫނުގައި ނުވަތަ އަމަލުކުރަމުންދާ އުޞޫލުތަކެއް އޮއްވައިވެސް، "ނަމަވެސް"، "އެކަމަކު"، "ކަން މިހެން އޮތަސް" ކިޔައި އަމަލުކުރަމުންދާ އުޞޫލުތައް އެބަ ބަދަލުކުރެއެވެ.

އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ އޮޑިޓެއް ކުރަން ރާއްޖެއަށް ދެއަހަރުން އެއް އަހަރު އަންނައިރު، އެތަނުގެ އޮފިޝަލުން އަންނަންވާއިރަށް ކަންތައްތަކެއް ރަނގަޅުކޮށްލަނީއެވެ. ސިވިލް އޭވިއޭޝަންގެ އޮފިޝަލުން އުޅުއްވަނީ ބަސް ނާހާ ކުއްޖަކު ޕޭރެންޓް މީޓިން ކައިރިވީމައި ފޮތުގެ ހުރިހާ ފިލާވަޅުތަކެއް ހަމަކުރަން އުޅޭ އުޞޫލުންނެވެ. އިކާއޯގެ އޮފިޝަލުން ދިޔައީމައި ކަންތައް ބޮއްސުންލައިގެން ދިޔަޔަސް މައްސަލައެއް ނެތްހެން އެބޭފުޅުންނަށް ހީވާކަހަލައެވެ.

މޯލްޑިވިއަންގެ ސީޕްލޭނެއް ކްރޭޝްލޭންޑިންގ އަކަށްފަހު މޫދު އަޑިއަށް ގޮސްފައި

ސިވިލް އޭވިއޭޝަންގައި ތިއްބެވީ ތަޢުލީމީ ބޭފުޅުންނެވެ. އިންޖިނިއަރިންއާއި އޭވިއޭޝަން ދާއިރާއިން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންނެވެ. އެކަމަކު އިންޑަސްޓްރީގެ ތަޖުރިބާކާރުން ފާހަގަކުރައްވާ އެންމެ ބޮޑު އެއް މައްސަލައަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ތިއްބެވި ބޭފުޅުންގެ ތަޖުރިބާ މަދުކަމެވެ. ޔުނިވަރސިޓީގައި ކިޔަވައިދޭ އެއްޗަކާއި އަމަލީ މައިދާނުގައި އެނގޭ އެއްޗެއް ތަފާތުވާނެއެވެ. މިސާލަކަށް މަތިންދާބޯޓުގެ ބައެއްގައި ދަބަރު ޖެހި ސަބަބު ހޯދުމަށް ކިޔެވި އެއްޗެއްގެ ބޭނުން ހިފިދާނެއެވެ. އެއީ ބައިމެޓަލިކް ކޮރޯޝަނެއްތޯ ނުވަތަ ދެދަގަނޑު އެކަތި އަނެކައްޗާއި ޖެހިގެން ޖެހި ދަބަރެއްތޯ ނުވަތަ ލޮނުގެ އަސަރުކޮށްގެން ޖެހި ދަބަރެއްތޯ ހޯދިދާނެއެވެ. އެކަމަކު އެދަބަރު އެޖެހީ ކިހާ ދުވަހަކުން ކަން ހޯދަން ފަސޭހަވާނީ އެކަމުގެ ތަޖުރިބާ ހުރި ބޭފުޅަކަށެވެ. ސިވިލް އޭވިއޭޝަންގައި ތިއްބަވާ ބޭފުޅުން އެއަރލައިންތަކުގެ މަތިންދާބޯޓުތައް އިންސްޕެކްޓް ކުރައްވާއިރުވެސް އެވަޑައިގަންނަވާ ބޭފުޅުންނަކީ ތައުލީމީ ބޭފުޅުންނަށްވިޔަސް، ތަޖުރިބާ މަދު ބޭފުޅުންނެވެ. އެހެންކަމުން އެބޭފުޅުންނަށް މައްސަލައެއް ފެނުނަސް ނެންގެވޭނީ 'ޕްރެކްޓިކަލް ޑިސިޝަން'އަކަށްވުރެ ބޮޑަށް 'ތިއަރެޓިކަލް ޑިސިޝަން'އެކެވެ.

ދެން އޮތީ އިންޑަސްޓްރީގައި މިއަދު އޮތް އަނެއް ބޮޑު މައްސަލައިގެ ވާހަކައެވެ. މަތިންދާބޯޓުތަކަށް ދިމާވާ ކުދިކުދި މައްސަލަތައް އަންގަންވާ ފަރާތްތަކަށް ނޭންގުމެވެ. ކުޑަ އިންސިޑެންޓެއް ހިނގިނަމަވެސް އެކަން ކަމާއި ބެހޭ ފަރާތްތަކަށް އަންގަން ޖެހޭއިރު، ބައެއް ފަހަރު އެއަރލައިންތަކުގެ މުވައްޒަފުންނަށް މިކަމުގައި ފަރުވާކުޑަކުރެވޭ ފަހަރުތައް އާދެއެވެ. އަދި އެއަރލައިންތެރޭގައި މަޝްވަރާކުރުމަށްފަހު މީގެ ތެރެއިން ބައެއް މައްސަލަތައް ބޭރުގެ ކަމާއި ބެހޭ އިދާރާތަކަށް ނާންގާކަމަށް އަޑުތައް އިވެއެވެ. ވައިގެ ދަތުރުފަތުރުގެ އިންޑަސްޓްރީގައި ދިމާވާ އެންމެ ކުޑަ މައްސަލައަކީވެސް ބޮޑު މައްސަލައެކެވެ. އެތައް ސަތޭކަ ބައެއްގެ ފުރާނަޔާއި ގުޅިފައިވާ މައްސަލައެކެވެ. އެހެންކަމުން އެއަރލައިންތަކުން އަޅާލަން ޖެހޭ މިންވަރަށް މިފަދަ ކަންކަމަށް އަޅާލުން ނުދެވޭކަމީ މިއަދު ކަންބޮޑުވާން ޖެހޭކަމެކެވެ. ބައިނަލްއަޤްވާމީ މާކެޓަށް ދިވެހި އެއަރލައިންތައް ނިކުންނައިރު، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އެއް ފެންވަރެއްގެ ރިޕޯޓިން ސިސްޓަމްތައް ޤާއިމްވެފައި ހުންނަން ޖެހެއެވެ. މައްސަލަތައް ރަނގަޅަށް ރެކޯޑް ކުރެވި، އިންޑަސްޓްރީގެ އެހެން ބައިވެރިންނާއި އެރިޕޯޓްތައް ހިއްސާކުރެވެން ޖެހޭނެއެވެ. ޤައުމީ އެއަރލައިނަށްވީތީ އެއަރޕޯޓްގެ މުވައްޒަފުންނާއި ސިވިލް އޭވިއޭޝަންގެ މުވައްޒަފުން އެކުންފުނީގެ މައްސަލަތަކުގެ ވާހަކަ ނުދައްކައި ހިމޭނުން ތިބެގެން ނުވާނެއެވެ.

އެއަރލައިންތަކުގެ ކޮލިޓީ ޑިޕާޓްމަންޓްތަކާއި، ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް މިހާރަށްވުރެ ހަރުދަނާ ވާން ޖެހެއެވެ. އެހެން ނޫންނަމަ އިންޑޮނީޝިއާފަދަ އެއަރލައިން ސޭފްޓީ އެންމެ ދަށް ޤައުމުތަކުގެ ލިސްޓްގައި ހިމެނި، ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގެ މަތިންދާބޯޓުތަކަށް އަރަން ފަސްޖެހޭ ހިސާބަށް ދިޔުމުން އެކަމުގެ ނޭދެވޭ އަސަރުކުރާނީ ރާއްޖޭގެ ފަތުރުވެރިކަމަށެވެ.

ދުނިޔޭގެ ޤައުމުތަކުގެ ސިވިލް އޭވިއޭޝަން ދާއިރާ، އަދި ވަކިން ޚާއްސަކޮށް އެކްސިޑެންޓެއް ހިނގައިފިނަމަ އެކަން ތަހުޤީޤްކުރަން އޮންނަ އިދާރާއަކީ ވަރަށް މިނިވަން އިދާރާއަކަށްވެއެވެ. އެހެންނަމަވެސް ކޮންމެ ކަމެއް ސިޔާސީވާ މިރާއްޖޭގައި އެތަނަކީވެސް މިހާރު ސިޔާސީ ތަނަކަށްވެ، ވަނީ ނިމިފައެވެ. މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ކަމެއް ވުމުން ޤައުމީ އެއަރލައިނަށްވީތީ އެކުންފުންޏަށް އެހެން ނަޒަރަކުން ބެލެނީއެވެ. އަދި ޓޫރިޒަމަށް އަސަރުކޮށްފާނެކަމަށް ބަލާ ރިޕޯޓްތައް ތައްޔާރުކުރުމުގައި ފަސްޖެހޭކަމަށްވެސް އަޑުތައް އިވިފައި އެބަހުއްޓެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާގައި އިސްލާހުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެއަރލައިންތަކާއި އިންޑަސްޓްރީގެ ބައިވެރިންގެ އިތުރުން ސިވިލް އޭވިއޭޝަނުން ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުއްޓެވެ. އެހެން ނަމަވެސް ކަންކަން ރަނގަޅުކުރެވޭނީ ކަންކަން ރަނގަޅުކުރަން ޖެހޭނެކަމަށް ޤަބޫލުކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާން ސަރުކާރު އެކުލަވާލަނީ! ޕާކިސްތާނުގެ ކުރިމަގު އޮތީ ކިހިނެއްބާ؟

އިމްރާން ޚާން ސަރުކާރު އެކުލަވާލަނީ! ޕާކިސްތާނުގެ ކުރިމަގު އޮތީ ކިހިނެއްބާ؟

30 ޖުލައި 2018
ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!

ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!

30 ޖުލައި 2018
މި ފަސްގަނޑުގައި އޮތީ ކޮން ކުށެއް ހެއްޔެވެ؟

މި ފަސްގަނޑުގައި އޮތީ ކޮން ކުށެއް ހެއްޔެވެ؟

16 ޖުލައި 2018
އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

23 މެއި 2018
ދެން ނަގާ ރާޅު ބޮޑުވާނެ! އަދި ވެސް ބޯޅަ އޮތީ އިދިކޮޅުގައި!

ދެން ނަގާ ރާޅު ބޮޑުވާނެ! އަދި ވެސް ބޯޅަ އޮތީ އިދިކޮޅުގައި!

19 އެޕްރީލު 2018

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު