Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓޫރިޒަމް އިންޑަސްޓްރީ

ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!

ބިދޭސީންނާއި ދިވެހިންގެ މެދުގައި ރިސޯޓުތަކުގައި ތަފާތުކުރުން ގެންގުޅޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 30 ޖުލައި 2018 | ހޯމަ 10:00
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގައި ވަޒީފާ އަދާކުރާ ޒުވާނުންގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ޓޫރިޒަމް އިންޑަސްޓްރީގައެވެ. އެކި ރިސޯޓުތަކުގެ އެންމެ އާދައިގެ މަޤާމުން ފެށިގެން ގޮސް އެންމެ މަތީ މަގާމުތަކުގައި ޒުވާނުން ވަޒީފާ އަދާކުރެއެވެ. އެހެންނަމެވެސް އެ ޒުވާނުންގެ ޝަކުވާތައް ގިނައެވެ. ހާއްސަކޮށް ބިދޭސީންނާއި ދިވެހިންނާ ދެމެދު ގެންގުޅޭ ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމުގެ ޝަކުވާއެވެ.

ޒުވާނުންނާ އެއްކޮށް އެހެން ޤައުމުތަކުގެ ބިދޭސީ މުވައްޒަފުން ވެސް ހަމަ ރިސޯޓުތަކުގައި ވަޒީފާ އަދާކުރެއެވެ. އެ ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންނާ ދެމެދު ގެންގުޅޭ ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ޒުވާނުން ބުނެއެވެ. މުސާރައިގެ ގޮތުން ގެންގުޅޭ ތަފާތު ކުރުންތަކާއި ދިވެހިންނަށް ވަޒީފާ ދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލަން ޖެހޭ ކަމަށް ވެސް އެ ޒުވާނުން ބުނެއެވެ. މީގެ އިތުރުން ވަކި ކަހަލަ ވަޒީފާތަކަށް ބިދޭސީން އިސްކުރުމާއި ހާއްސަކޮށް ސީނިއަރ ޕޯސްޓްތަކަށް ބިދޭސީން އައްޔަންކުރުމަކީ އާންމު ކަމެކެވެ. އަދި މުސާރައިގެ ތަފާތުކުރުން ގެންގުޅުމަކީ މަސައްކަތުގެ މާހަލުގައި ކުރެވޭ ފުރައްސާރައެއް ކަމުގައި އެ ޒުވާނުން ދެކެއެވެ. އެފަދަ ވާހަކައެއް ވަޒީފާ ދޭ ފަރާތުގެ ސަމާލު ކަމަށް ގެނެސްފި ނަމަ އެ ފަރާތެއް ލޭބަލް ކުރުމަކީ ވެސް ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެއް ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި ގިނަ ޒުވާނުން ފާހަގަކުރެއެވެ.

އެ ޒުވާނުން ޤަބޫލު ކުރާ ގޮތުގައި ސަރުކާރުން "މިނިމަމް ވޭޖް" އެއް ކަނޑައަޅަން ޖެހެއެވެ. އޭރުން މުސާރައިގައި ގެންގުޅޭ ތަފާތު ކުރުންތައް ހައްލުވެގެންދާނެއެވެ. އަދި ރިސޯޓުތަކުން ޒުވާނުންނަށް ދޭ އިންޓަރންޝިޕްގެ ފުރުސަތުތައް ވެސް އިތުރު ކުރަން ޖެހޭ ކަމަށް އެ ޒުވާނުން ދެކެއެވެ. މަދު ރިސޯޓުތަކުން އިންޓަރންޝިޕްގެ ފުރުސަތުތައް ހުޅުވާލާފައިވާއިރު އެ ފުރުސަތުތައް އެންމެ އެދެވޭ ގޮތެއްގައި ޒުވާނުންނަށް ފޯރުކޮށްދެމުން ނުދާ ކަމަށާއި ބައެއް ރިސޯޓުތަކުން އެކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގާ ކަމަށް ވެސް ޒުވާނުން ފާހަގަކުރެއެވެ. އެގޮތުން އެންމެ ޕީކް ސީޒަންތަކާ ދިމާކޮށް ޒުވާނުންނަށް އިންޓަރންޝިޕްގެ ފުރުސަތުތައް ދިނުމަށް ފަހު އެ ޕީކް ސީޒަން ނިމުމުން އިންޓަރޝިޕްގެ ފުރުސަތު ދިން ޒުވާނުން ފޮނުވާލާ ކަމަށް ވެސް ޒުވާނުން ބުންޏެވެ.

އަދިވެސް މުޖުތަމައު ތެރޭގައި މަދުން ނަމަވެސް ބައެއް މީހުންނަށް ވިސްނިފައި އޮންނަ ގޮތުން ބައެއް ޒުވާނުން ގޯސް މަގުން ދަނީ ރިސޯޓުތަކަށް ވަޒީފާއަށް ދިޔުމުންނެވެ. އެހެންނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ޒުވާނަކު ގޯސް މަގުން ދަނީ ކޮންމެހެން ރިސޯޓެއްގައި ވަޒީފާ އަދާކޮށްގެން ނޫންކަމެވެ. އެ ވިސްނުން ދިވެހިންގެ ތެރޭގައި ބަދަލު ކުރަން ޖެހެއެވެ. ކޮންމެ ޒުވާނަކީ ވެސް ހެވާއި ނުބައި ވިސްނޭ ޒުވާނުންނެވެ. އަދި އެ ޒުވާނުން ނުބައި މަގުންދާ ކަމުގައިވާ ނަމަ އެ ޒުވާނަކު ހަމަމަގަށް އެޅުވުމަކީ އާއިލާ އާއި ރައްޓެހިންގެ ޒިންމާއެކެވެ. މުޖުތަމަޢުގެ ޒިންމާއެކެވެ.

ޒުވާނުންނަށް މިއަދު ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރުމުގައި ދިމާވެފައިވާ މައްސަލަތަކާއި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަމަކީ ކޮންމެ ފަރާތަކުން ވެސް ކުރަންޖެހޭ ކަމެކެވެ. ޒުވާނުންނަކީ މިއަދު މި ޤައުމު ބިނާކުރުމުގައި ކުރިއަށް އޮތް ތަނުގައި މުހިންމު ރޯލެއް އަދާކުރާނެ ބައެކެވެ. އެހެންކަމުން އެ ޒުވާނުންގެ މައްސަލަތަކަށް ހައްލެއް ހޯދައިދީ އެ ޒުވާނުންގެ ވާހަކަތައް އަޑުއެހުމަކީ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ސަރުކާރުގެ ވެސް ޒިންމާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގެ ޓޫރިޒަމް ހުއްޓިފައި!

ލަންކާގެ ޓޫރިޒަމް ހުއްޓިފައި!

16 ޖޫން 2019
މިނިސްޓަރ އިމްރާން ފުރަތަަމަ ވަޒީފާއަކީ ހޮޓެލެއްގައި ތަށި ދޮވެދިނުން

މިނިސްޓަރ އިމްރާން ފުރަތަަމަ ވަޒީފާއަކީ ހޮޓެލެއްގައި ތަށި ދޮވެދިނުން

20 މެއި 2019
ގާނޫނީ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭ!

ގާނޫނީ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭ!

17 ފެބުރުއަރީ 2019
ސަރުކާރުން އުފެއްދި ވަޒީފާތަކުގައި ބިދޭސީން!

ސަރުކާރުން އުފެއްދި ވަޒީފާތަކުގައި ބިދޭސީން!

06 އޯގަސްޓު 2018
އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

24 ޖުލައި 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު