Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދައުލަތުގެ ފައިސާ

މުޅި އައްޑޫ ސިޓީގެ ފެނުގެ ހިދުމަތަށް ކުރި ހޭދަ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް!

48.4 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ސްޓްރާޑާއަށް ދީފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2018 | އަންގާރަ 08:10
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫނެވެ. އަނެއްކާ ވެސް މި ވަނީ އެފަދަ ކޮރަޕްޝަނުގެ އަމަލުތަކެއް ކަމަށް ބެލޭ އމަލުތަކަކާއި ގުޅޭ މައުލޫމާތުތަކެއް ހާމަވެފައެވެ. އެންމެ ތިން މަސް ދުވަހުގެ ތެރޭގައި އެކި އިވެންޓްތައް އޯގަނައިޒް ކުރުމަށް ސަރުކާރުން ސްޓްރާޑާ ކުންފުންޏަށް 48.4 މިލިއަން ރުފިޔާ ދީފައިވާކަން މިވަނީ ފާޅާ އަރައިފައެވެ.

ސޯޝަލް މީޑިއާގައި ވެސް މި މައުލޫމާތުތައް ދަނީ ދައުރުވަމުންނެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބަޑި ބޭހުގެ ހަރަކާތްތައް ހިންގުމަށް 3.1 މިލިއަން ރުފިޔާ އެ ކުންފުންޏަށް ހައުސިންގ މިނިސްޓްރީން ވަނީ ދީފައެވެ. އެކަމަށް ބޭނުންވާ ތަކެތި ގަތުމާއި ޑެލިވަރ ކުރުމަށް 2.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. މީގެ އިތުރުން އެކަމަށް ބޭނުންވާ ބައެއް ތަކެތި އެއަރފްރައިޓްގައި ގެނައުމަށް 2.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެގޮތުން އޮސްޓްރިއާ އާއި ދުބާއީ އާއި އެމެރިކާ އާއި ސައުދީ އަރަބިއްޔާއިން ތަކެތި ގެނެސްފައިވާ ކަމަށް ލިޔުންތަކުން ދައްކައެވެ. އެއަރ ފްރައިޓްގައި ބަޑިބޭސް ގެނައުމަށް އިތުރު 6.1 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އެހެން ކަމުން އެ ހަރަކާތްތަކަށް އެކަނި ތަކެތި ގެނެސް، އެ ހަރަކާތް ހިންގުމަށް 19.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް މުޅި ޖުމްލަ 40.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އެފައިސާ ސްޓްރާޑާ ފްރައިވެޑް ލިމިޑެޓާއި ހައުސިންގ މިނިސްޓްރީން ވަނީ ހަވާލުކޮށްފައެވެ. އެއީ ރަށެއްގެ ބަނދަރު ހެދުމަށް ނުވަތަ އެވްރެޖުކޮށް ރާއްޖޭގެ ރަށެއްގެ ނަރުދަމާއަށް ހޭދަކުރާ މިންވަރެވެ.

މީގެ އިތުރުން ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ބޭނުންވާ ލައިޓިންގ އާއި ސެޓަޕްގެ ކަންކަމާ ލެޑް ލައިޓްގެ ހަރަކާތްތަކަށް 4.8 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އަދި ހަމަ އެ އިވެންޓްގައި ކުރިއަށް ގެންދިޔަ ސަގާފީ ހަރާކާތަށް 11.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ރަށް ކަމުގައިވާ ލ. ގަމުގެ ތުނޑި އަވަށުގެ ބަނދަރު ބޮޑު ކުރުމަށް ހޭދަކޮށްފައި ވަނީ 50 މިލިއަން ރުފިޔާއެވެ. މުޅި އައްޑޫ ސިޓީގެ ފެނުގެ ޚިދުމަތް ގާއިމް ކުރުމަށް ހޭދަކޮށްފައިވަނީ 35 މިލިއަން ރުފިޔާއެވެ. އެހެން ކަމުން ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ސަރުކާރުން ވަނީ ރާއްޖޭގެ އެންމެ ބޮޑު ރަށްތަކުގެ ތެރެއިން ރަށެއްގެ ނަރުދަމާއަށް ނުވަތަ ބަނދަރަށް ހޭދަވާނެ އަދަދަށް ފައިސާ ހޭދަކޮށްފައެވެ.

މީގެ އިތުރުން 3 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ސްޓްރާޑާ ކުންފުންޏާއި ހަވާލުކުރި އެކި މަސައްކަތްތަކުން ވެސް އެ ކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާ ދީފައިވެއެވެ. އެގޮތުން ހއ. ބާރަށުގެ ޖެޓީ ހުޅުވުމުގެ ރަސްމިއްޔާތު އިންތިޒާމު ކުރުމަށް އެއް ލައްކަ ރުފިޔާ އެ ކުންފުންޏަށް ދީފައި ވެއެވެ. ކޮރަލް ބުލަވާޑް މަޝްރޫއު ފެއްޓުވުމުގެ ރަސްމިއްޔާތަށް ސްޓްރާޑަ ކުންފުންޏަށް ހަތް ލައްކަ ރުފިޔާ ދީފައިވާއިރު، އެސްޓީއޯ ފުޑް ކޯޓުތައް ހުޅުވުމުގެ ރަސްމިއްޔާތަށް އެ ކުންފުންޏަށް ދެ ލައްކަ ރުފިޔާ ދީފައިވެއެވެ. އަދި ކަޅުވަކަރު މިސްކިތް ނަގައި، އެތަނުގައި ހެދި ވިންޓަރ ޕާކު ހުޅުމުގެ ރަސްމިއްޔާތު އިންޒާމް ކުރުމަށް ސްޓްރާޑާ ކުންފުންޏަށް ސަރުކާރުން ވަނީ 2.3 މިލިއަން ރުފިޔާ ދީފައެވެ.

މީގެ އިތުރުން މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ސްޓޭޑިއަމް ތައްޔާރު ކުރުމަށް 2.3 މިލިއަން ރުފިޔާ އަދި މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާ އިންތިޒާމް ކުރުމަށް ސްޓްރާޑާ ކުންފުންޏަށް ހޯމް މިނިސްޓްރީ އިން 1.5 މިލިއަން ރުފިޔާ ދީފައިވެއެވެ.

ސްޓްރާޑަ ކުންފުނީގެ ދަށުން ހިންގާ ނިއުޕޯޓްގެ މެނޭޖިންގ ޑިރެކްޓަރ ކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި ޒާހިދު ރަމީޒު (xahidcreator@) ވިދާޅުވީ، ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފައިސާގެ އަދަދުތަކަކީ ސައްޚަ އަދަދުތަކެއް ކަމަށާއި އެފައިސާ ހޯމް މިނިސްޓްރީ އާއި ހައުސިންގ މިނިސްޓްރީން ވެސް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ މަދު އަދަދުތަކެއް ކަމަށާއި އެއަށް ވުރެ ގިނަ ކަންކަމަށް ސަރުކާރުގެ ވުޒާރާތަކުން ސްޓްރާޑާއަށް ފައިސާ ދީފައިވާ ކަމަށެވެ. ޒާހިދު ވިދާޅުވީ، އެ ކުންފުންޏަކީ އެފަދަ ހަރަކާތްތައް އިންތިޒާމުކުރާ ކުންފުންޏެއް ކަމަށާއި އެހެން ކަމުން ކުންފުންޏަށް އަމްދަނީ ލިބެނީ އެގޮތަށް ލިބޭ ފައިސާއިން ކަމަށެވެ.

ޒާހިދު ވިދާޅުވީ، އެއްވެސް ހަރަކާތެއް ހިންގުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް އޮތް ކަމުގައިވާ ނަމަ ބެލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ނިއުޕޯޓް ރެސްޓޯރެންޓް ހިންގާ ސްޓްރާޑާ ކުންފުންޏަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ކުންފުންޏެކެވެ. އެގޮތުން މިނިވަން 50 ގެ ޖާފަތް އެކުންފުންޏާ ހަވާލު ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ގިނަ ތުހުމަތުތަކެއް ކުރެވުނެވެ. އެކަން ބަލައި ދައުވާ ކުރަން ފޮނުވި ނަމަވެސް ފަހުން އެމައްސަލައިގައި ދައުވާ ނުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެކަން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބަލާފައެވެ. މީގެ އިތުރުން ބްރިޖް ވިއު ސރަހައްދުގައި ހެދި ޗާޓައިމް ނަމަކަށް ކިޔާ ހަޓެއް ކަހަލަ ކުޑަކުޑަ ތަނެއް ސަރުކާރުގެ ބޭނުމަށް ތަޅައިލުމުން އެކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން އުޅުނު 14.4 މިލިއަން ރުފިޔާ މަޑުޖައްސާލާފައި އޭސީސީން ވަނީ އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު