Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރަނީ ސުޕަރ ސްޕެޝަލިސްޓް ހޮސްޕިޓަލެއްގެ ގޮތުގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2017 | ބުރާސްފަތި 14:25
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ރާއްޖޭގައި ސިއްހީ ފަރުވާ ހޯދުމުގައި ހުރި ދަތިތަކުގެ ވާހަކައަކީ އަބަދުވެސް އަޑުއިވޭ ވާހަކަތަކެކެވެ. ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމް ކުރެވިފައި ނެތުމާއި ރައްޔިތުން އިތުބާރު ލިބޭ ފަދަ ޚިދުމަތްތަކެއް ފޯރުކޮށް ނުދޭ މައްސަލައަކީ އާ ވާހަކައެއް ނޫނެވެ.

ސިއްހީ ފަރުވާދޭ ނިޒާމުގެ ހާލަތަށް ބަލާ އިރު އަތޮޅު ތެރޭގެ ހާލަތު ވަކިން ދަށެވެ. ބޭނުންވާ ބޭސް ނުލިބުމާއި ޓެސްޓްތައް ނުހެދުމާއި ޑޮކްޓަރުން ނެތުމުގެ މައްސަލަތައް އަބަދުވެސް ދަނީ އިތުރުވަމުންނެވެ. އެހެން ނަމަވެސް މިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ދަރުމަވަންތަ" ހޮސްޕިޓަލުގެ ނަމުގައި 25 ބުރީގެ އިމާރާތެއްގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ މަންޒަރު ފެންނަމުންއެބަދެއެވެ. މީގެ އިތުރުން އައްޑޫ ކޮންވެންޝެން ސެންޓަރު ހުރި ތަން ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުން ފާހަގަކޮށްލެވެއެވެ. އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ކަމަށް ބުނެ މިނިސްޓްރީ އޮފް ހެލްތް އާއި ނޫރު އިސްލާމް އެޑިއުކޭޝަން ޓްރަސްޓް ނުވަތަ ނިމްސްއާ އެކު ޖޮއިންޓް ވެންޗާއެއްގައި ސޮއި ކުރެވުނެވެ. ނޫރު އިސްލާމް އިންޓަރނޭޝަލް (އެންއައިއައި) ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 19 ޖުލައި 2017 ގައެވެ.

ސަރުކާރާއި ނިމްސްއާ ދެމެދު 50 އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނު އިރު މި އެގްރީމެންޓް ހަދާފައި ވަނީ، ސުފަރ ސްޕެޝަލިޓީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. މި ހޮސްޕިޓަލް ތަރައްގީކޮށް ނިމޭ އިރު 150 އެނދު ހުންނަން ޖެހޭ އިރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ، މަސައްކަތްތައް އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

އެގޮތުން އެއްބަސްވުން އެކުލަވައިލާތާ، އެއް މަސް ދުވަހުގެ ތެރޭގައި 24 ގަޑި އިރު ޚިދުމަތް ދިނުމަށް ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުންނާއި އެމަރޖެންސީ ޑިޕާޓްމެންޓެއްގެ އިތުރުން އައިސީޔޫއެއް ވެސް ގާއިމް ކުރަންޖެހެއެވެ. މީގެ އިތުރުން އޮޕަރޭޝަން ތިއޭޓަރު ޓާޝަރީ ލެވެލްއަކަށް އަޕްގްރޭޑްކުރުމާއި އޮޕަރޭޝަން ކުރުމަށް ފަހު ދޭ ޕޯސްޓް އޮޕަރޭޝަން ކެޔަރ ރޫމަކާއި ނިއުރޮލޮޖީ، ކާޑިއޮލޮޖީ އަދި ޔޫރޮލޮޖީ ފަދަ ދާއިރާތަކުން ހާއްސަ ޑޮކްޓަރުންގެ ޚިދުމަތް ތިން މަސް ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުން ހިމެނެއެވެ.

އެންއައިއައި ވުޖޫދަށް ގެނައުމަށް ފަހުގައި، ހަ މަސް ދުވަސް ވަންދެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުސާރަ އާއި އިނާޔަތްތައް ދޭން ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރުންނެވެ. އެ މުއްދަތު ހަމަވެ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ދޭން ފަށާނީ އެންއައިއައިގެ ފަރާތުންނެވެ.

އެއްބަސްވުމުގައިވާ ގޮތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ އަދަދުތަކަށް ބަލާއިރު މި މަޝްރޫއުގެ ތެރެއިން މެޑިކަލް ކޮލެޖަކާއި ނާސިންގ ކޮލެޖެއް ވެސް ގާއިމް ކުރަންޖެހެއެވެ. އެގޮތުން ފުރަތަމަ އަހަރު 20.4 މިލިއަން ޑޮލަރު ޚަރަދު ކުރާ އިރު ދެވަނަ އަހަރު 85.2 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ތިން ވަނަ އަހަރު 99.5 މިލިއަން ޑޮލަރު ހޮސްޕިޓަލަށް އިންވެސްޓް ކުރާ އިރު، 104.5 މިލިއަން ޑޮލަރު ހަތަރު ވަނަ އަހަރުގައި ހޮސްޕިޓަލު ތަރައްގީ ކުރުމަށް ހޭދަ ކުރެއެވެ. އަދި ފަސް ވަނަ އަހަރު ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް 105.4 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ މާނައަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 615 މިލިއަން ޑޮލަރު ހޭދަކުރާނެ ކަމެވެ. މިއީ ދިވެހި ރުފިޔާ އިން ނަމަ ގާތްގަނޑަކަށް 9.4 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރުމާއި އެއަރ އެމްބިއުލެންސް އާއި ކެންސަރ ފައުންޑޭޝަނެއް އެކުލަވާލުމުގެ މަސައްކަތާއި އެކޮމަޑޭޝަން ފެސިލީޓީއެއްގެ މަސައްކަތް ވެސް އެންއައިއައި އިން ތަރައްގީ ކުރުމަށް އެއްބަސްވުމުގައިވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކުރުމުން އުމްރާނީ ގޮތުން ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ފެންނަން ފެށި ނަމަވެސް އެރަށުގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކަށް މާބޮޑު ބަދަލެއް މިހާތަނަސް އައިސްފައެއް ނުވެއެވެ. އެގޮތުން ސްކޭން ޑޮކްޓަރެއް ނުހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ހޮސްޕިޓަލަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދޭނެ ނިޒާމެއް ނެތުމުގެ ސަބަބުން ބޭނުންވާ ވަރަށް ތަރައްގީ ވެސް ނުކުރެވޭ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މިކަމުން ވެސް އެނގެނީ އެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ގިނަ މަސައްކަތްތައް އަދިވެސް ނުކުރެވިވާ ކަމެވެ. އެގޮތުން ނިއުރޮލޮޖީ ކާޑިއޮލޮޖީ އާއި ޔޫރޮލޮޖީ ފަދަ ދާއިރާތަކުން ހާއްސަ ޑޮކްޓަރުން އަދިވެސް އެ ހޮސްޕިޓަލުގައި ނުތިބެ އެވެ.

އެހެން ފަރާތަކުން ބުނި ގޮތުގައި އެރަށުގެ ފިހާރަތަކުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގިނަ އަދަދުތަކުން ކްރެޑިޓަށް ތަކެތި ނަގާފައިވާ އިރު، ޕެންޑިންގ ބިލްތައް އިންތިހާއަށް ވަނީ އިތުރުވެފައެވެ.

ހޮސްޕިޓަލްގެ ހާލަތު ރައްޔިތުން އެފަދަ ގޮތަކަށް ސިފަ ކުރާ އިރު މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ހޮސްޕިޓަލުގެ އިސްވެރިންނަށް ގުޅުމުން ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އެންއައިއައި އިން ތަރައްގީކުރާ ކޮލެޖްގެ މަސައްކަތްތަކަށް އެއް ހެކްޓަރުގެ ބިން ދޭން ޖެހޭ އިރު ބިން ދިނުމަށް ހަމަޖެހިފައި ވަނީ، 50 އަހަރަށެވެ. އަދި މި މަސައްކަތްތައް ކުރުމަށް ތަކެތި ގެނަމުގައި ހުރިހާ އިމްޕޯޓް ޑިއުޓީތައް ވަނީ ކަނޑާލާފައެވެ. ބިން ދޭނެ އުސޫލު ކަނޑައެޅުމަށް ހާއްސަ އެގްރީމެންޓެއް ކުރެވޭ އިރު އެ އެގްރީމެންޓްގެ ދަށުން އެކަންކަމުގެ ބަދަލުގައި ނިމްސް އަށް ދެ ފަޅު ރަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރަށް ސްޕޭސް ރިސަރޗް ސެންޓަރެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ނިމްސް އިން ހާމަކޮށްފައިވީ ނަމަވެސް ދިވެހި ސަރުކާރާއި ނިމްސް މެޑިސިޓީއާ އެކު ވެނުނު އެއްބަސްވުމުގައި އެފަދަ ތަނެއް ގާއިމް ކުރާނެ ކަމަށް ވަކިން ފާހަގަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ޖެނެޓިކްސްއާ ގުޅޭ ރިސަރޗް ހެދުމަށް އިންވެސްޓް ކުރުމަށް ކަނޑައަޅާފައިވާކަން އެގްރީމެންޓުން ސާފުކޮށް އެނގެން އެބަ އޮތެވެ.

ސުޕަރ ސްޕެޝަލިސްޓް ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލު ކުރިތާ ފަސް މަސް ވެފައިވާ އިރު އަދިވެސް އެ ހޮސްޕިޓަލުން ރައްޔިތުން އެންމެ ބޭނުންވާ ފަދަ ޚިދުމަތްތަކެއް ނުލިބެއެވެ. އަދިވެސް ބޮޑެތި ފަރުވާތައް ހޯދުމަށް ގެންގުޅެނީ އެންމެ ކުރީއްސުރެ ރައްޔިތުން ގެންގުޅުނު ސަގާފަތެވެ. އެއީ ބޮޑެތި ފަރުވާތައް ހޯދުމަށް މާލެ އައުމެވެ.

އެއްބަސްވުމާ އެއްގޮތަށް ނިމްސް އިން ކަންކަން ނުކުރާ ކަމަށް ބުނަމުންދާ އިރު ކުޅުދުއްފުށި ހޮސްޕިޓަލަށް އާސަންދައިން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ޕެންޑިންގައި ހުރުމަކީ ވެސް ހޮސްޕިޓަލްގެ ކަންކަން ހަމަމަގަށް އެޅުވުމުގައި އެ ކުންފުންޏަށް ކުރިމަތިވެފައިވާ ދައްޗެކެވެ. ނަމަވެސް އެއީ ހޮސްޕިޓަލް ތަރައްގީކުރަން ހަވާލުކުރި ބަޔަކާ ބަލާއިރު މާބޮޑު ކަމަކަށް ވެގެން ނުވާނެއެވެ. ބަދަލުގައި ފަޅުރަށްތަކާއި އެ ނޫން ވެސް އެތައް އިނާޔަތްތަކެއް އެ ކުންފުންޏަށް ލިބޭ އިރު އަވަސް ބަދަލެއް ރައްޔިތުންނަށް ފެންނަ ވަރުގެ އިންވެސްޓެއް އެ ކުންފުނިން ނުކުރާ ނަމަ ބޭރުގެ ބަޔަކަށް ހޮސްޕިޓަލް ހަވާލުކުރުމުގެ މާބޮޑު މާނައެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށޭނީ، ކުޅުދުއްފުށީ ބޮޑު މުޙައްމަދުގެ އުތުރު އަރުމާޒަކުން ނޫން ހެއްޔެވެ؟

ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށޭނީ، ކުޅުދުއްފުށީ ބޮޑު މުޙައްމަދުގެ އުތުރު އަރުމާޒަކުން ނޫން ހެއްޔެވެ؟

27 ޖޫން 2020
ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންނަމަ، ރާއްޖޭގައި އުޅޭ ބިދޭސީން ހޮސްޕިޓަލްތަކާ ކައިރި ކުރަންޖެހޭ!

ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންނަމަ، ރާއްޖޭގައި އުޅޭ ބިދޭސީން ހޮސްޕިޓަލްތަކާ ކައިރި ކުރަންޖެހޭ!

20 ޖެނުއަރީ 2020
ސިޓީއެއްގެ ދަރަޖައާއެކު، ފުރިހަމަ ހިދުމަތް ވެސް ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވޭ!

ސިޓީއެއްގެ ދަރަޖައާއެކު، ފުރިހަމަ ހިދުމަތް ވެސް ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވޭ!

16 ޖެނުއަރީ 2020
ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!

ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!

10 ޑިސެމްބަރު 2018
ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ

ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ

22 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު