Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލާދީނީ ވާހަކަ

ޕީޕީއެމް އޮފީހާއި އިސްލާމިކް މިނިސްޓްރީގެ ޕްރިންޓަރުތަކުން ދެލި ހުސްވީތޯ؟ އެއޮތް ދައްކަނީ ލާދީނީ ވާހަކަ!

ޕީޕީއެމްއާއި ސަރުކާރުން ދަނީ އެބޭފުޅުންގެ ތެރޭގައި ހިނގާ ލާދީނީ ކަންކަމަށް ބީރުކަންފަތެއް ދެމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2018 | ބުރާސްފަތި 14:18
މީދޫ ދާއިރާގެ މެމްބަރު ސިޔާމް ދެއްކެވި ވާހަކަފުޅަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

މީދޫ ދާއިރާގެ މެމްބަރު ސިޔާމް ދެއްކެވި ވާހަކަފުޅަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

އައު އަހަރު ފާހަގަކުރަން ސަރުކާރުން ބޭއްވި ޝޯވގައި ނިވައިކަން ކުޑަ ހެދުން އަޅުވައިގެން އެކުދިން ލައްވައި ޑާންސްކުރުވަމުން ސައްތައިން ސައްތަ އިސްލާމީ މިދައުލަތުގެ ވަލިއްޔުލްއަމުރާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އަތްޖައްސަވަމުން ހިނިފުޅު ވަޑުވަމުން ދިޔަތަން ފެނުމުން، އަޅުގަނޑު ހިތަށްއެރިއެވެ. "ޔަޤީނުން ވެސް މާދަމާ، ބަންދު ދުވަހެއްކަމަކު، ޕީޕީއެމްއިން މިކަން ކުށްވެރިކޮށް ބަޔާނެއް ނެރޭނެއެވެ". އެހެން ހިތަށް ނާރަންވީ ސަބަބެއް ނެތެވެ. ހައްޤުތަކުގެ ވާހަކަތައް ދައްކަވައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅަކު ރާއްޖޭގެ އެތެރެވަރީ ބޭރުގައި ހުންނަވައިގެން ކުރެއްވި ޓްވީޓަކާއި ގުޅިގެން، އެއީ އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލައި، އެކަމަށް ހިތްވަރު ދިނުމަށް ދެއްކި ވާހަކައެއް ކަމަށް ފެނިގެން، ބޮޑު ސިންގާ ބަޔާނެއް އެޕާޓީއިން އޭގެ ހަފްތާއެއްހާ ދުވަސްކުރިން ނެރުނެވެ. އަދި ލާދީނީ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު ދެއްކި ވާހަކައެއް އެހެން ބޭފުޅުން ކުށްވެރި ނުކޮށްގެން، އެކަމާއި އުނދަގޫވެގެން ވެސް ބަޔާނުގައި އެކަންވެސް ކުށްވެރިކުރިއެވެ. މިހާ ދީނީ، ދީން ޙިމާޔަތްކުރަން އުޅޭ، ދީން ދެކެ ލޯބިވާ ބަޔަކަށް، އެޕާޓީގެ އޮފީހާއި މާދުރު ނޫންތަނެއްގައި އޮތް ޝޯވއެއްގައި އެފަދަ ލާދީނީ މަންޒަރެއް ފެނުމުން، އެވާހަކަ ދައްކާނެ ނޫންތޯއެވެ؟ އެކަން ކުށްވެރިކުރާނެ ނޫންތޯއެވެ.

"އައު އަހަރުގެ ޝޯވގައި ނިވައިކަން ކުޑަ ހެދުން އަޅައިގެން ނެށުމުން ޕީޕީއެމްއިން އެކަން ކުށްވެރިކޮށްފި،" މިސުރުޚީ އަޅާލައިގެން ޕީޕީއެމްއިން ނޫސްބަޔާނެއް ނެރެން ދެން އަނެއް ދުވަހު މަޑުކޮށްލައިފީމެވެ. އިރު އޮއްސިއްޖެއެވެ. އައު އަހަރުގެ ފުރަތަމަ ދުވަސް ބަންދު ވީމަ އޮފީސް ބަންދުކުރީއޭ ހިތަށްއެރިއެވެ. 2ވަނަ ދުވަސް އައިސްފިއެވެ. 3 ވަނަ ދުވަސްވެސް އައިސްފިއެވެ. ހަތަރުވަނަ ދުވަހު އިރު އޮއްސުނުއިރުވެސް އެފަދަ ބަޔާނެއް ނުނެރުމުން ކުރިން ލިޔުނު ސުރުޚީ ކަނޑާލައި، އަޅުގަނޑު ހިތަށް އައި އެއްޗެއް ސުރުޚީއަކަށް ލިޔެލީއެވެ. " ޕީޕީއެމް އޮފީހުގެ ޕްރިންޓަރުތަކުން ދެލި ހުސްވީތޯ"އެވެ.

ދެން އޮތީ އިސްލާމިކް މިނިސްޓްރީއެވެ. މީހަކު ޓްވީޓެއްކޮށްލާއިރަށް، ދިވެހި ދައުލަތުގެ ވުޒާރާއިން ނުސީދާކޮށް އެކަމަށް އިޝާރާތްކުރައްވައި ބަޔާންތައް ނެރެ، މީހުންނަށް 'ހަނދުމަކޮށްދެނީ'އެވެ. އެންމެ ރަނގަޅެވެ. މީސްތަކުންނަށް ހަނދުމަ ކޮށްދޭން ޖެހެއެވެ. ހަމަ އެގޮތަށް ނިވައިކަން ކުޑަ ހެދުން އެޅުމުގެ ވާހަކަޔާއި، ކުފުރުވާ ޒާތުގެ ވާހަކަ ނުދެއްކުމަށް މީހުންނަށް ހަނދުމަކޮށް ނުދެވެނީ ކީއްވެތޯއެވެ؟ ޕްރިންޓަރުން ދެލި ހުސްވީތޯއެވެ؟

ޕީޕީއެމްއަކީ ސަރުކާރު ހިންގާ ޕާޓީ ކަމަށްވާތީ، އެޕާޓީއިން ހިންގާ ސަރުކާރަކުން ހިންގާ ޖަރީމާތައް ކުށްވެރިނުކުރާނެކަން ޤަބޫލުކުރެވެއެވެ. އެހެން ކަމަށްވާނަމަ އެހެން މީހުންގެ ބޮލުގައި ލާދީނީ ޓެގް އަޅުވަން ނޫޅޭށެވެ. ޤައުމުގައި ބައިބައިވުން އުފައްދަން ނޫޅޭށެވެ. ދައްކާ ވާހަކަ ދެކޮޅު ޖައްސާށެވެ. މީހަކު ޓްވީޓެއް ކޮށްލާއިރަށް ދެފައި އެއްތާކު ނުޖެހިގެން ޤައުމެއްގެ ވެރިކަންކުރާ ޕާޓީއިން ބޮޑެތި ސިންގާ ބަޔާންތައް ނެރެން ދުވާއިރު، ތަސައްރަފު ފުދެންވެއްޖެ ނޫންތޯއެވެ؟ ތިމާމެންވަރުގެ ވެރިކަން ކުރަން ދަންނަ ބަޔަކު ނެތް ކަމަށް ހެދިގެން އުޅޭއިރު، ވެރިކަން ކުރަން ދަސްކުރާށެވެ.

އެއްކަމުން ސަލާމަތް ނުވެގެން އުޅެނިކޮށް މިހާރު އެއޮތީ އަނެއް ކަންތައް ލައިގެންފައެވެ. ވެރިކަންކުރަނީ ކޯލިޝަނަކުން ކަމަށް ވާނީ، ކޯލިޝަންގެ މައި ޕާޓީގެ ވެރިޔަކަށް ހުރި ބޭފުޅާ ދީނަށް ހުތުރުވާ ކަމެއް ކުރެއްވުމުން، ދެން އޮތް ޕާޓީގެ ވެރިޔާ އަދި އެއަށްވުރެ ހުތުރު ކަމެއް ކުރެއްވުމުންނެވެ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އެކުރެއްވީ އެކަންތަކެވެ. މީހަކު ލާދީނީ ވާހަކައެއް ދެއްކިއްޔާ ދެއްކޭނީ އެހާ ވަރަށެވެ. މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ތަޢުރީފް ކުރައްވަމުން ގޮސް، ގަދަކީރިތިވަން، އެއްކައުވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެއްފަދަ ކުރެވޭ ހިސާބަށް ދިޔައިރުވެސް އެމަނިކުފާނަށް މިވިދާޅުވެވޭ، ނުވެވޭ އެއްޗެއް އެނގިވަޑައިގަނޭތޯ ސުވާލު އުފެދުނެވެ. ބަސްތައް އުފައްދަވަމުން، ދޫއޮޅިވަޑައިގަންނަވަމުން ގޮސް، "އެކަނބުލޯގެފާނު"އޭ ވިދާޅުވިއިރުވެސް، ބަހުގެ އެކަޑަމީއިން ވެސް މިއީ ކިހިނެއް އުފެދުނު ބަހެއްތޯ ބަލަން ޖެހެއެވެ.

ވާނީވެސް އެހެންނެވެ. ތިޔައިން ބޭފުޅަކަށްވެސް 3 ބިލިއަން ރުފިޔާގެ ލޯނު ނަގަން ދައުލަތުގެ ސޮވަރިން ގެރެންޓީއެއް ދިނުމުން ދޫއޮޅޭގޮތް ވެދާނެއެވެ. އެހެންވީމާ ސަން ސިޔާމް އެކުރެއްވީ އަދި ކުޑަ މިންވަރެކެވެ. ސުވަރުގޭގައި ފާތުމަތު އިބްރާހީމްއަށް ގަނޑުވަރުތަކެއް ބިނާކޮށްދެއްވާފައިވާކަމަށް ވިދާޅުވެ ސިޔާމް ވާހަކަ ދެއްކެވިރު، ބެންކޮކަށް ވަޑައިގެން އަންހެނުން ހޯއްދަވަނީ ހިލޭ ނޫން ކަމަށް ސިޔާމް އަރިހު ވިދާޅުވީ އެފާތުމަތު އިބްރާހިމްގެ ފިރިކަލުންނެވެ. ދެން އެހެންވީމާ ދެއްކެވޭނީ އެފަދަ ވާހަކައެވެ.

މިހުރިހާ ވާހަކަ ދައްކާއިރު ވެސް، އަދިވެސް ޕީޕީއެމްއިން ނޫސް ބަޔާނެއް ނުނެރެއެވެ. އިސްލާމިކް މިނިސްޓްރީއިން ވަށްބަހުން ނަމަވެސް އެކަން ކުށްވެރިކޮށް ބަޔާނެއް ނުނެރެއެވެ.

ޕްރިންޓަރުން ދެލި ހުސްވެއްޖެނަމަ ދީނަށްޓަކައި، ޤައުމަށްޓަކައި އެފަދަ ބަޔާނެއް ނެރެން އިސްލާމިކް މިނިސްޓްރީއަށާއި، ޕީޕީއެމްގެ އޮފީހަށް ދެލިކޮޅެއް ފޯރުކޮށްދޭނެ ދިވެހިން މިޤައުމުގައި އެބަތިއްބެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް ބޭނުންވަނީ ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓެއް ވާދަ ނުކުރުން؟!

ޕީޕީއެމް ބޭނުންވަނީ ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓެއް ވާދަ ނުކުރުން؟!

08 ޖެނުއަރީ 2018
ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟

ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟

06 ޖެނުއަރީ 2018
އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

29 ޑިސެމްބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު