Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީއައިއޭ

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

ވަރަށް ވިޔާނުދާ އިސްލާހެއްމީ. މިއީ މީހުން ކުރާ ޒާތުގެ ކަމެއް ނޫން: އަސްލަމް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2017 | ހޯމަ 17:41
ބިން ހިއްކަނީ: ޤަވާއިދަށް ވަނީ 4 ވަނަ އިސްލާހް ގެނެސްފައި

ބިން ހިއްކަނީ: ޤަވާއިދަށް ވަނީ 4 ވަނަ އިސްލާހް ގެނެސްފައި

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ޤަވާއިދު 2012 އަށް ސަރުކާރުން އެވަނީ ހަތަރު ވަނަ އިސްލާހު ގެނެސްފައެވެ.

އެ އިސްލާހަށް ބަލާއިރު އެ ޤަވާއިދުގެ ޖަދުވަލު (ޔ) އަށް ގެނައި އިސްލާހުގައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަކާ ނުލައި އެ މަޝްރޫޢަކުން ތިމާވެއްޓަށް ކޮށްފާނެ ފާހަގަ ކުރެވޭ ބަދަލުތައް ކުޑަކުރުމަށް "އެދިޔާރުގެ" (އެދޭ މީހާ) ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން މިނިސްޓްރީއަށް ލިޔުމަކުން ހުށަހެޅުމުން ހުއްދަ ދެވިދާނެ މަޝްރޫއުތަކެއް ބަޔާން ކޮށްފައިވެއެވެ.

ޤަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވާ އެމަޝްރޫޢުތަކަކީ ބަނދަރު އަދި ނެރު ތިލަވުމުން ފުންކުރުމާއި ގެދޮރު އެޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ހުންނަ ރުއްގަސް އެގެވަޅުގެ ވެރިފަރާތުން ނެގުމާއި، ގެދޮރު އެޅުމަށް ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި ހިމެނޭ މަގުތަކަށް އަރާފައިވާ ރުއްގަސް ނެގުމާއި، ފެން ނެގުމަށްޓަކައި އެއްގަމުގައި ބޯހޯލް ތޮރުފުން އަދި ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށާ ގުޅިގެން އިތުރު ކުރެވިފައިވާ ބިންތަކުގައި އެބިމެއް ހިއްކައި ނިމުނު ދުވަހުން ފެށިގެން 3 އަހަރު ދުވަސްވުމުގެ ކުރިން ހިންގާ މަޝަރޫޢުތަކުގެ ތެރެއިން ތެލާއި ކެމިކަލް ފަދަ ތަކެތި ބޭނުންކޮށްގެން ހިންގާ މަޝްރޫއުތައް ނޫން މަޝްރޫޢުތައް އަދި ފަޅެއްގެ ތެރޭގައި ވަކިން ރަށެއްގެ ސިފައިގާ ހިއްކާފައިވާ ބިންތަކުގައި އެބިން ހިއްކާ ނިމުނު ދުވަހުން ފެށިގެން 5 އަހަރު ދުވަސް ވުމުގެ ކުރިން ހިންގާ މަޝްރޫޢުތަކުގެ ތެރެއިންވެސް ތެލާއި ކެމިކަލް ފަދަ ތަކެތި ބޭނުންކޮށްގެން ހިންގާ މަޝްރޫއުތައް ނޫން މަޝްރޫޢުތަކެވެ.

މިއިސްލާހަށް ބަލާއިރު ހިއްކާ ބިންތަކާއި ފަޅުތަކުގައި 5 އަހަރު ދުވަހުގެ ތެރޭގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ކެމިކަލާއި ތެލާއި ގުޅުން ނެތް މަޝްރޫޢެއް ހިންގާކަށް އީއައިއޭ ހަދާކަށް ނުޖެހެއެވެ.

ތިމާވެށީގެ މާހިރުން ސިފަކުރައްވާ ގޮތުގައި މިއީ ވަރަށް ނުރައްކާތެރި އިސްލާހެކެވެ. އެއިްސލާހުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ހަލާކުވެގެން ހިނގައިދާނެއެވެ. އަދި އެމީހަކު ހިތުހުރި ގޮތަކަށް ކަންކޮށް ނިންމާލުމަށް ޖާގަ ލިބިގެން ދެއެވެ.

ތިމާވެށީގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ރާއްޖޭގެ ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މިއީ ވަރަށް ވިޔާނުދާ އިސްލާހެއް ކަމަށާއި މިއީ މީހުން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމުގެ އިސްދައުރެއް އަދާ ކުރާ ބައެއްގެ ގޮތުން ރާއްޖެ މަޝްހޫރުވެފައި އޮވެގެން މިއީ ކުރާވަރުގެ ކަމެއް ނޫންކަމަށެވެ.

"މިއީ ވަރަށް ވިޔާ ނުދާ ކަމެއް. މިއީކީ މީހުން ކުރާ ޒާތުގެ ކަމެއް ނޫން. މިކަމުގެ ސަބަބުން ތިމާވެއްޓާ ބެހޭ ވުޒާރާއެއްގެ ބޭނުން ނެތިގެން ދާނެ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮންމެ މީހަކުވެސް ތިމަންނާ ކަންކުރާނީ ރަނގަޅަށޭ ބުނެ ހިތަށް އެރި ގޮތަކަށް އެމީހަކަށް ފަސޭހަ ގޮތަކަށް ކަންކުރަން ފަށާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ރެގިއުލޭޝަން ކުރުމުގެ ބޭނުން ނެތި މުޅިން ބޮއްސުން ލައިގެން ދާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާހާ ކަމެއް ކުރަން ފަށާނެ. ރެގިއުލޭޓް ކުރުމުގެ ބޭނުމެއް ނޯންނާނެ. މުޅިން ބޮއްސުން ލައިގެންގޮސް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ" އަސްލަމް ވިދާޅުވިއެވެ

އަސްލަމް ވިދާޅުވީ މިއީ ވަރަށް ބިރުހުރި ކަމެއް ކަމަށާއި މިކަމުން ދޭހަވަނީ އެތައް އަހަރަކުން ސުރެ އަދި ހަމަ ހުރިހާ ސަރުކާރު ތަކުން ރާއްޖޭގައި ހިފަހައްޓާފައިވާ ހަމަތަކާއި އުސޫލުތައް މުޅިން ނައްތާލަން މަސައްކަތް ކުރާތަން ކަމަށެވެ.

ކޮންމެއަކަސް މިގެނެވުނު އިސްލާހާއެކު ބޮޑެތި ކަންބޮޑުވުންތަކެއް މިވަނީ ކުރިމަތި ވެފައެވެ. ތިމާވެށީގެ މާހިރުން ބުނަމުން ދަނީ މިކަމުގެ ސަބަބުން އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެދާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓްރީ: ރޭވުންތެރިކަމާއެކު ފެށި މަސައްކަތުން، ބޮޑު އިތުބާރެއް ހޯދި!

ހައުސިން މިނިސްޓްރީ: ރޭވުންތެރިކަމާއެކު ފެށި މަސައްކަތުން، ބޮޑު އިތުބާރެއް ހޯދި!

16 ނޮވެމްބަރު 2019
ސަރުކާރަށް އެއް އަހަރު: އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް މެކުހުގައި!

ސަރުކާރަށް އެއް އަހަރު: އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް މެކުހުގައި!

16 ނޮވެމްބަރު 2019
ލަންކާގެ ބޮމުގެ ހަމަލާ: ހީކުރީ ހުރިހާ ހަމަނުޖެހުންތަކަށް ނިމުން އައީ ކަމަށް!

ލަންކާގެ ބޮމުގެ ހަމަލާ: ހީކުރީ ހުރިހާ ހަމަނުޖެހުންތަކަށް ނިމުން އައީ ކަމަށް!

21 އެޕްރީލު 2019
އީއައިއޭ: ފޮރުވިފައިވާ ހަގީގަތް

އީއައިއޭ: ފޮރުވިފައިވާ ހަގީގަތް

06 ނޮވެމްބަރު 2018
ޕަދްމާވަތު އެޅުވުމުން ހަމަނުޖެހުން ހައްލުވާނެތަ؟

ޕަދްމާވަތު އެޅުވުމުން ހަމަނުޖެހުން ހައްލުވާނެތަ؟

25 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު