Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޯދައާއި ސިއްހަތު

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

ރޯދަ މަހުގައި އެކްޓިވްކޮށް ދިރިއުޅުން ބައްޓަން ކުރަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 19 މެއި 2018 | ހޮނިހިރު 09:44
ރަމަޟާން މަސް

ރަމަޟާން މަސް

ރަމަޟާން މަހަކީ މުސްލިމުންނަށް އަޅުކަމުގެ މަހަކަށްވާއިރު ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑަށް ތަފާތު ބާވަތްތަކެއްގެ ފައިދާ ލިބިގެންދެ އެވެ. ދިރާސާތަކުން ދައްކާ ގޮތުން ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ހެޔޮ ބަދަލުތަކެއް އާދެއެވެ. އެގޮތުން ބަރުދަން ލުއިވުމާއި ކޮލެސްޓްރޯލް ދަށްވުމާއި ހަށިގަނޑަށް ފައިދާވާ ކޮލެސްޓްރޯލް އިތުރުވުމާއި ބްލަޑް ޕްރެޝަރ ދައްވުން ހިމެނެ އެވެ.

އެހެން ނަމަވެސް ރަމަޟާން މަހާ ދިމާކޮށް އިތުރަށް ފޮނިބާވަތްތައް ކާކަމުގައި ވާނަމަ މިބަދަލުތައް ހަށިގަނޑުން ނުފެނިދާނެ އެވެ. އަދި މީހާ އިތުރަށް ބަރުވުން ވެސް އެކަށީގެންވެ އެވެ. އެހެން ނަމަވެސް އާންމުކޮށް ކާގޮތަށް ކެއުން ބައްޓަން އާދަ ކޮށްފި ނަމަ ރޯދަ މަހުގައި މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ލުއިކޮށްދެ އެވެ.

މީގެ އިތުރުން ރޯދަ މަހުގައި އެކްޓިވްކޮށް ދިރިއުޅުން ބައްޓަން ކޮށްފި ކަމުގައިވާ ނަމަ ހަށިގަނޑު ލުއިވެގެން ދިއުމަށް މަގުފަހިވެ އެވެ.

ދިރާސާއަކުން ދައްކާގޮތުން ހަށިގަނޑުގައި ހިމެނޭ ބޭކާރު ކޮލެސްޓްރޯލްގެ މިންވަރު 8 ޕަސެންޓް ރޯދަ ހިފުމުން މަދުކޮށްދެ އެވެ. އަދި ހަށިގަނޑަށް ބޭނުންވާ ކޮލެސްޓްރޯލްގެ މިންވަރު 14 ޕަސެންޓް ރޯދަ ހިފުމުގެ ސަބަބުން އިތުރުކޮށްދެ އެވެ.

މިކަމުގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުވުމަށް މަގުފަހިކޮށްދެ އެވެ.

މިބަދަލުތައް ހަށިގަނޑަށް އަންނާނީ ރަމަޟާން މަހުގައި ކެޔުމަށް ގެންނަ ބަދަލުތަކާއި ކަސްރަތު ކުރުމުގެ ސަބަބުންނެވެ. އާންމުގޮތެއްގައި ރޯދަ މަހު ކަދުރާ ތަފާތު ބާވަތްތަކުގެ ފަންޏާއި ތަފާތު ބާވަތްތަކުގެ ތަރުކާރީ ގިނައިން ބޭނުން ކުރެވެ އެވެ.

އެހެން ނަމަވެސް ރަމަޟާން މަހުގައި ބަޓަރާއި ޗީސް އަދި ސަރުބީ ގިނަ މަހުގެ ބާވަތްތައް ބޭނުން ކުރާ ކަމުގައިވާ ނަމަ ހަށިގަނޑަށް މާބޮޑު ބަދަލެއް ނައުން ގާތެވެ.

ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑުން ސްޓެސް ހޯމޯންސް މަދުކޮށްދެ އެވެ. މިކަމުގެ ސަބަބުން ބްލަޑް ޕްރެޝަރ ދަށްކޮށްދެ އެވެ. މީގެ އިތުރުން މިކަންކަމުގެ ސަބަބުން މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ.

ކޮންމެ ދުވަހަކު ވެސް ރޯދަ ވީއްލުމަށް މޭވާ އާއި ފްރެޝް ޖޫހާއި ގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުން މުހިންމެވެ.

މީގެ އިތުރުން ބްލެންސް ޑައިޓެއް ކޮންމެ މީހަކުވެސް އިހްތިޔާރުކުރަންޖެހެ އެވެ. އެގޮތުން 50 ޕަސެންޓަކީ ކާބޯހައިޑްރެޓްސްއަށް ހަދަން ޖެހެ އެވެ. އަދި އަނެއް 40 ޕަސެންޓް ޕްރޮޓީނަށް ހަދަން ޖެހޭ އިރު 10 ޕަސެންޓަށް ބޭނުންކުރާ ފެޓްސްގެ ބާވަތްތަކަށް ހަދަން ޖެހެ އެވެ. މީގެ އިތުރުން ތެޔޮ ގިނަ ކާއެއްޗެހި ބޭނުން ކުރުން މަދު ކުރަންޖެހެ އެވެ. މީގެ އިތުރުން އުނދަގޫވާ މިންވަރަށް ކެޔުން ވެސް ހުއްޓަންޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު