Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުލީއާގެ ކާޑު ފެކްޓްރީއަކަށް!

ބުދަދުވަހުގެރޭ މުލީއާގެއަށް ގިނަ އަދަދެއްގެ ކާޑު ވައްދާފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 10 މެއި 2018 | ބުރާސްފަތި 14:14
ބުދަ ދުވަހުގެރޭ މުލީއާގެއަށް ކާޑުވައްދަނީ

ބުދަ ދުވަހުގެރޭ މުލީއާގެއަށް ކާޑުވައްދަނީ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމަކީ ރާއްޖޭގައި މިހާތަނަށް ވެރިކަން ކޮށްފައިވާ ހުރިހާ ވެރިންގެ ވެރިކަމާއި ތަފާތު ވެރިކަމެކެވެ. މި ވެރިކަމަކީ މީން ޒަމާނަކު ރާއްޖެއިން ނުފެންނަވަރަށް ކޮންކްރިޓު ތަރައްޤީ ފެންނަމުންދާ ވެރިކަމެކެވެ. އެތާވެސް، މިތާވެސް، ކޮންކްރިޓު ތަރައްޤީއެވެ. ތަރައްޤީގެ މި އައު އުސްމިންތަކާއިއެކު މި ވެރިކަމުގައި އިތުރު ކަމެއްވެސް ވަނީ މެކުހަށް ޖަހާފައެވެ. އެއީ ގޮތް ނޭނގޭ ޑީލްތަކާއި ކޮރަޕްޝަނެވެ.

ސަރުކާރުން ބޭނުންވާ ޚިދުމަތެއް، އެކަމާއި ގުޅޭ އޮފީހަށް ފީއެއް ދައްކައިގެން ހޯދުމަށްވުރެ، އެ ޚިދުމަތް ދޭން އިންނަ މުވައްޒަފުގެ ވެރިއަށް 'ސައެއް' ދީގެން ހޯދުން ފަސޭހަ އަދި އަވަސްވެފައިވާ މި ވެރިކަމުގައި، ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ކޮރަޕްޝަނަށް ޝައްކު ކުރެވޭ، ސައްޚަކަމާއިމެދު ސުވާލު އުފެދޭ ކަންކަމެވެ.

މީގެ ތެރެއިން އެއް ކަމަކީ މި ސަރުކާރުގައި މުލީއާގެ ބޭނުންކުރާ ގޮތެވެ. މިހާތަނަށް އެކި ސަރުކާރުތަކުގައި އެކިއެކި ބޭނުމަށް މުލީއާގެ ބޭނުންކޮށްފައިވެއެވެ. އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރެއްގެ އިތުރުން، ރާއްޖެއަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިން ތިއްބަވާ ގެކޮޅެއްގެ ގޮތުގައި މުލީއާގެ ބޭނުންކުރައްވާފައިވެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައިވެސް މުލީއާގެ ބޭނުންކުރެއްވީ ރިޔާސީ ގަނޑުވަރެއްގެ ގޮތުގައެވެ. އޭގެފަހުން ވެރިކަމުގައި ޑރ. ވަޙީދު ހުންނެވިއިރު، ސަރުކާރުގެ ބައެއް މުހިއްމު ބައްދަލުވުންތަކަށް މުލީއާގެ ބޭނުންކުރެއްވިއެވެ.

މިއާއި ޚިލާފަށް ރައީސް ޔާމީންގެ ވެރިކަން އުފެދުނީއްސުރެ މުލީއާގެ ބޭނުންކުރަމުންދަނީ އެހެން ވެރިންނާއި މުޅިން ތަފާތު ގޮތަކަށެވެ. އެމްއެންޑީއެފުން މުލީއާގެއަށް ދެމުންދާ ސެކިއުރިޓީވެސް ހިމެނޭ ގޮތަށް، މުލީއާގެއަށް ކުރާ ހުރިހާ ޚަރަދަކީ އެކިއެކި ޓެކުހުގެ ނަމުގައި ރައްޔިތުންގެ އަތުން ސަރުކާރަށް ނަގާ ޖިޒީއިން ކުރާ ޚަރަދަށް ވާއިރު، އެތަނުގައި ކުރާތަން ފެންނަނީ ވެރިކަންކުރާ ޕާޓީގެ އަމިއްލަ މަސައްކަތެވެ. ފޯމު ފުރުމާއި، ސަރުކާރުގައި ހައިސިއްޔަތެއްނެތް ފަސްޓު ލޭޑީގެ އަމިއްލަ ކަންކަމެވެ.

މުލިއާގެއަކީ ރައީސް ޔާމީނުގެ ރުހުން ހޯދައިގެން ކައިގެން ބޮއެގެން އުޅޭ މިނިސްޓަރުންނާއި، މަޖިލިސް މެންބަރުންނާއި، ސިޔާސީ އެކި މަޤާމުތަކުގައި ތިބި ފަރާތްތައް މެޑަމަށް ގުލާނުކޮށްދީ، އަޗާތަޅައި، ނާޗަރަންގީ ކުޅޭ ތަނަކަށް އެވަނީ ހަދާފައެވެ. އަދި ފަހަކަށް އައިސް އެތަނަކީ އަމިއްލަ ފަރުދަކު ހިންގާ އަމިއްލަ ޖަމުޢިއްޔާއެއްގެ އައްޑާއަކަށް އެވަނީ ހަދާފައެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އިސްނެގުމާއި އެކު ހިންގާ ފައުންޑޭޝަނަކީ ސަރުކާރާއި ގުޅުމެއް އޮތް އެއްޗަކަށް ނުވާއިރު، އެ ފައުންޑޭޝަންގެ ވަށައިގެން، ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ނަހަމަ ގޮތުގައި ނުފޫޒު ބޭނުންކުރުމާއި، ކޮރަޕްޝަނެވެ. އެ ފައުންޑޭޝަން އެންމެ މަޝްޙޫރުވެފައިވަނީ ސައުދީ ކަދުރު ބެހުމަށެވެ.

އަނެއް ކޮޅުން ސަރުކާރުގެ މީޑިއާއެއްގެ ގޮތުގައި ހިންގާ ދައުލަތުގެ މީޑީއާއިން އުޅޭހެން މި ޖަމުޢިއްޔާއަކީވެސް 'މުޅި އޮޑީގައި ހަސަނުގެ ދެފައި' ވެގެން އުޅޭ ޖަމުޢިއްޔާއެކެވެ. ނުކުރާ ހަމަ އެއްކަމެއްވެސް ނެތިއްޔެވެ. ދަބަސް ބެހުމާއި، ކުޑަކުދިން ޚިތާނު ކުރުމާއި، ޝޯ ބޭއްވުމާއި، މިފަދަ އެތައް އެތައް ކަމެކެވެ.

ހިތާމަ އަކީ ފައުންޑޭޝަނުން ކުއްޖަކު ޚިތާނު ކުރިއްޔާ ބިލް ދައްކަންޖެހެނީ އާސަންދައިންނެވެ. ޖަމުއިއްޔާގެ ޚިތާނީ ފެސްޓިވަލަށް އެނދު ހަދަނީ ސަރުކާރުގެ ކޮންމެވެސް އިދާރާއަކުން، ނުވަތަ ކުންފުންޏަކުން، އެބައެއްގެ ޚަރަދުގައެވެ. ޝޯއެއް ބާއްވަންޏާ އެކަމަށް ޚަރަދު ކުރަނީވެސް ކޮންމެވެސް ކުންފުންޏަކުންނެވެ.

މެޑަމް ފާތުންގެ ފައުންޑޭޝަންގެ މައި ހަރުގެއަކަށް މުލީއާގެ ހަދާފައިވާއިރު، އެތަނުގައި ކުރަނީވެސް ރައްޔިތުން ލަދު ގަންނަ ފަދަ މަސައްކަތްތަކެވެ. ޕެނަޑޯލް ބަންދުކުރުމާއި، ހަން ފުއްޕުމާއި، ޗޮކުލެޓު ޕެކުކުރުން މިއީ އެތަނުގައި ކޮށްފައިހުރި ބައެއް މަސައްކަތްތަކެވެ. އެ މަސައްކަތްތައް ކުރީ ރައްޔިތުންނަށް ޚިދުމަތްކުރާނެކަމުގެ އުއްމީދުގައި ރައްޔިތުން އިންތިޚާބުކުރި މަޖިލިސް މެންބަރުންނެވެ.

ފްލެޓާއި ކޯޑިނޭޓަރުކަމާއި، އެކިއެކި ވަޒީފާ އާއި، ސީޓީ އުރަ ބެހުންވެސް މިއީ މުލީއާގޭގައި ހިންގާ ވަރުގަދަ ފައުންޑޭޝަނުން ކުރާކަމަށް ވާހަކަފެތުރިފައިވާ ކަންކަމެވެ.

މި ކަންކަން މިހެން ހުރިއިރު، އެންމެ ފަހުން ބުދަ ދުވަހުގެރޭ ފެނިގެންދިޔައީވެސް ތަފާތު މަންޒަރެކެވެ. މިފަހަރު ރޯދައަށް މެޑަމް ފައުންޑޭޝަނުން ކާޑު ބަހަނިއްޔެވެ. ބުދަދުވަހުގެރޭ ބޮޑެތި ސިންގާހާ ލޮރީ ފުރައި ގެންގޮސް މުލީއާގެއަށް އެހެރަ ވެއްދީ ކާޑު ސްޓޮކެވެ. ދައުލަތުގެ ބޮޑު ފިހާރައިގެ ލޮރީގައެވެ. އެ މަސައްކަތް އެ ކުރުވީ އެ ކުންފުނީގެ މުވައްޒަފުން ލައްވައެވެ. ކޮންމެ ލޮރީއެއްގައި ސަތޭކައަށް ވުރެ ގިނަ ފުށް ބަސްތާއެވެ. ނަމަވެސް މިއީ އެ ކުންފުނީގެ އާންމު އުސޫލެއް ނޫނެވެ. ކިތަންމެ ބައިވަރު ކާޑެއް ގަތަސް، އެ ކުންފުނީގެ ލޮރީ އާއި މުވައްޒަފުން ބޭނުންކޮށްގެން ޑެލިވަރީނުކޮށްދެ އެވެ. ނަމަވެސް ފައުންޑޭޝަނަށް ވުމުން، މިކަންވީ "ކްރައިސިސްގައި" އަމަލުކުރާ އުސޫލަށެވެ.

މުލީއާގެއިން މެޑަމްގެ ފައުންޑޭޝަން ހިންގަމުންދާއިރު، އެއް އިރެއްގައި ދިވެހި ދައުލަތުގެ ޝާނާއި ޝައުކަތުގެ މިސާލެއްގެ ގޮތުގައި ބެލެވުނު އެ ރީތި މުލީއާގެ މިފަހަރު މި ޖެހުނީ ކާޑު ގުދަނުގެ މަޤާމު ފުރާށެވެ. މެޑަމް ފައުންޑޭޝަންގެ ނަންޖަހައި ބަންދުކުރާ ކާޑު ބަސްތާ ބަނދުކުރާ ފެކްޓްރީއަކަށްވާށެވެ.

ބުދަ ދުވަހުގެރޭ ދެތިން ހަތަރު ލޮރީ ފުރައި ކާޑުގެ ބާވަތްތައް މުލީއާގެއަށް ވައްދައި މެޑަމްއަށްޓަކައި ގުދަން ކުރިއިރު، ޔުނީފޯމު އަޅައިގެން ތިބި ސިފައިންގެ ބޭކަލުންވެސް މަސައްކަތް ކުރީ އެ މަންޒަރު ރައްޔިތުމީހާގެ ލޮލަށް ފޮރުވުމަށެވެ.

ރައްޔިތުމީހާ ހިތަށް އަރާފާނެތެވެ. މި ހުރިހާ ކަމެއް މިފަދައިން ހިންގާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނޭ ކިޔާ މުއައްސަސާ ކޮބާބާވައެވެ. އެތަނުން އަޅެފަހެ ކުރަނީ ކީއްބާވައެވެ.

މި ސުވާލުތަކުގެ ޖަވާބު އެ ކޮމިޝަންގެ ރައީސް ވަނީ ވަރަށް ސާފުކޮށް ދެއްވާފައެވެ. މި އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ސިއްރު ތަޙުޤީޤަކަށް ދެއްވާފައިވަނިކޮށް ލީކުވެފައިވާ ހެކި ބަޔާނެއްގައި ހަސަން ލުޠުފީ ވިދާޅުވެފައިވެއެވެ.

"ސަރުކާރާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް ފަނޑިޔާރު އަލީ ހަމީދު މުޙައްމަދު އައި ހަސަން ސައީދު ޙުސައިން އާއި ދެމީހުންނަށް އަޅުގަނޑު އިންޒާރު ދީފައިވާނެއެވެ. އަދި ރައީސް ޔާމީނަކީ ކާކުކަން ދަންނަން ޖެހޭނެ ކަމަށްވެސް ބުނީމެވެ."

ބަޔާން ނިންމާލަމުން ވެފައިވާ މި އިއުތިރާފުން، ލުޠުފީ ހުންނެވީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން ކުރާ ހުރިހާ ކަމަކަށް ފުރަގަސްދީގެންކަން ހާމަވެއެވެ.

ކަން މިހެން އޮތްއިރު، މުލީއާގޭގައި ކާޑު ފެކްޓްރީއެއް ހެދިޔަސް، އެތާނގައި ކާޑު ގުދަންކުރިޔަސް، ނުވަތަ އެތަނުގައި ރައްޔިތުންގެ ފައިސާއިން ކެސީނޯއެއް ހުޅުވިޔަސް މުއައްސަސާތަކަށް ކުރެވޭނެއެއްވެސް ކަމެއް ނެތްކަން ވަރަށް ސާފެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮތް ހުސްވެ އެ ޖައްސަވަނީ މުއިއްޒުގެ ފަހު ކާޑު!!

ގޮތް ހުސްވެ އެ ޖައްސަވަނީ މުއިއްޒުގެ ފަހު ކާޑު!!

17 އޯގަސްޓު 2025
ޤައުމީ ޓީމަށް އެންމެ މުހިންމުވީ ވަގުތު، ސާންތީ ދިއްކޮށްލީ ގޯލްޑް ކާޑު!

ޤައުމީ ޓީމަށް އެންމެ މުހިންމުވީ ވަގުތު، ސާންތީ ދިއްކޮށްލީ ގޯލްޑް ކާޑު!

24 މާރިޗު 2025
ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!

ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!

18 މެއި 2024
ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

06 އެޕްރީލު 2024
ސްކޭމް ކޯލް: އެވްރެޖުކޮށް ބިދޭސީއެއްގެ ނަމުގައި 5000 ސިމްކާޑު

ސްކޭމް ކޯލް: އެވްރެޖުކޮށް ބިދޭސީއެއްގެ ނަމުގައި 5000 ސިމްކާޑު

17 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު