Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްއެމްއީ ލޯން

އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

މި އަހަރު ދޫކުރަން ހަމަޖައްސާފައި ވަނީ 38 މިލިއަން ރުފިޔާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 10:31
އެސްއެމްއީ ލޯނަށް އެދި ހުށަހަޅަން ކިއުގައި ތިބި ފަރާތްތައް

އެސްއެމްއީ ލޯނަށް އެދި ހުށަހަޅަން ކިއުގައި ތިބި ފަރާތްތައް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސްކީމަށް އެދި 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުމްތާޒް ވިދާޅުވީ އެސްއެމްއީ ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރ 4 ވަނަ ދުވަހަށް ހަމަވިއިރު 700 އަށްވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

މުމްތާޒް ވިދާޅުވީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ކޮމެޓީ އަށް ފޮނުވުމަށް ފަހު ދެ މަސް ދުވަސް ތެރޭގައި ޕްރޮޕާސަލްތައް ދިރާސާކޮށް ނިމޭނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ލޯން ލިބުނު ފަރާތްތަކަށް އެކަން އަންގާ ލޯނު ހަވާލު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެސްއެމްއީ ލޯން ސްކީމްގެ ދަށުން މި އަހަރު ދޫކުރަން ހަމަޖައްސާފައި ވަނީ 38 މިލިއަން ރުފިޔާއެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އެސްއެމްއީ ލޯން ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ ފަސްލައްކަ ރުފިޔާ އެވެ. ފާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ އެވެ.

މުމްތާޒް ވިދާޅުވީ ފޯމް ބަލައިގަތުމުގެ މުއްދަތު އޮކްޓޯބަރ 4 ވަނަ ދުވަހާ ހަމައަށް އިތުރުކުރީ ވެސް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށާއި މި ފަހަރު ލޯނަށް އެދި ހުށަހަޅާފައިވާ ނިސްބަތަކީ ގިނަ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިއީ އެސްއެމްއީ ލޯނަށް ލިބިގެންދިޔަ ބޮޑު ތަރުހީބެއް ކަމަށް މުމްތާޒް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017
ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

15 އޯގަސްޓު 2017
މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

02 އޯގަސްޓު 2017
ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

18 ޖުލައި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު