Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުުރީދޫ މޯލްޑިވްސް

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

އުރީދޫ ރާއްޖޭގައި އުފެދުނީ 2004 ވަނަ އަހަރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2017 | ބުދަ 04:37
އުރީދޫގެ ސީއީއޯ ނަޖީބް ޚާން

އުރީދޫގެ ސީއީއޯ ނަޖީބް ޚާން

އުރީދޫ ފެށިގެން ދިޔައީ ވަރަށް މުހިންމު ތަސައްވުރުތަކާއި އެކުގައި ކަމަށާއި އެކުންފުނީގެ މަސައްކަތް އަދިވެސް ކުރިއަށް ދަނީ ހަމަ މި ތަސައްވުރާ އެކު ކަމަށް އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.

އޮގަސްޓް 1، 2017 ގައި އެކުންފުނިން ފާހަގަކުރަމުންދާ 12 ވަނަ އަހަރީ ދުވަހާ ގުޅިގެން ނަޖީބް ވިދާޅުވީ އޮގަސްޓް 1، 2005 ވަނަ ދުވަހު، ރާއްޖޭގައި އުރީދޫ ފެށިގެންދިޔައީ، ވަރަށް މުހިންމު ތަސައްވުރަކާ އެކުގައި ކަމަށާއި 12 އަހަރު ފަސްވެ، ހީވެސް ނުކުރާހާ ކުރިއެރުން ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

އަދި ކުންފުނީގެ އަބަދުގެ ވެސް އަމާޒަކީ ފަހުގެ އުފެއްދުންތެރި ޚިދުމަތްތަކާއި، ބައިނަލްއަޤްވާމީ މުވާސަލާތީ ޓެކްނޮލޮޖީތައް މެދުވެރިކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން ކަމަށް ނަޖީބު ވިދާޅުވިއެވެ.

"ދުނިޔެ އިތުރަށް ތަރައްޤީވެ، ޑިޖިޓަލް ޓެކްނޮލޮޖީތަކާއި އުފެއްދުންތައް ތައާރަފްވަމުންދާ އިރު، އުރީދޫ އިން މަސައްކަތް ކުރަމުންދާނީ މި ޓެކްނޮލޮޖީތައް މެދުވެރިކޮށް ލިބޭ ކުރިއެރުމާއި ފުރުސަތުތައް، އަޅުގަނޑުމެންގެ ދިވެހިރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް، ދިވެހި ޤައުމަށް ކޮށްދެވުނު ޚިދުމަތްތަކަށް ބެލިކަމުގައިވިއަސް، ނުވަތަ ކުންފުނީގެ ކުރިއެރުމަށް ބެލިއަސް، ފާއިތުވެގެން މި ދިޔައީ އުރީދޫ އަށް ތާރީޚީ އަހަރެއް،" ނަޖީބު ވިދާޅުވިއެވެ.

މިގޮތުން، 2016 އާ އަޅާކިޔާއިރު، ވަރަށް ފާހަގަކުރެވޭ ފަދަ ކުރިއެރުމަކާ އެކު، 2017 ގެ ދެވަނަ ކުއާޓަރގައި ކުންފުނި ވަނީ އިތުރު ކާމިޔާބީތަކެއް ހޯދާފައި ކަމަށް ވިދާޅުވިއެވެ.

އެކުންފުނީގެ އާމްދަނީ 15 ޕަސަންޓު އިތުރުވެފައިވާ އިރު މިއަހަރު ދެބައިވި އިރު އެކުންފުނީގެ ފައިދާ ވަނީ 921.4 މިލިޔަން ރުފިޔާއަށް އަރައިފައެވެ. އަދި ސާފު ފައިދާ 303.4 މިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު މިއީ 21 ޕަސަންޓުގެ ކުރިއެރުމެކެވެ.

ޕަބްލިކް ކުންފުންޏަކަށް ބަދަލުވެ، އުރީދޫގެ ހިއްސާ މިއަހަރު އާންމުންނަށް ވިއްކާފައިވާ އިރު، މި މަހުގެ 9 ވަނަ ދުވަހު ހިއްސާގެ ބާޒާރުގައި އުރީދޫގެ ހިއްސާ ދައުރުވާން ފަށާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސް ރާއްޖޭގައި އުފެދުނީ 2004 ވަނަ އަހަރުގެ އޯގަސްޓް 1 ވަނަ ދުވަހު، ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ނަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގު ޓިވީ އެޕް މެދުވެރިކޮށް މިފަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ބަލާލެވޭނެ!

ދިރާގު ޓިވީ އެޕް މެދުވެރިކޮށް މިފަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ބަލާލެވޭނެ!

25 މެއި 2018
އޫބަރ މެދުވެރިކޮށް ބައިސްކަލު ވެސް ވަރަށް އަވަހަށް ކުއްޔަށް ނެގޭނެ

އޫބަރ މެދުވެރިކޮށް ބައިސްކަލު ވެސް ވަރަށް އަވަހަށް ކުއްޔަށް ނެގޭނެ

09 އެޕްރީލު 2018
އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ބީއެމްއެލްގެ އިތުރު ހިދުމަތްތަކަށް އެދުމުގެ ފުރުސަތު

އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ބީއެމްއެލްގެ އިތުރު ހިދުމަތްތަކަށް އެދުމުގެ ފުރުސަތު

08 ފެބުރުއަރީ 2018
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް 10 މިލިއަން ފައިސާގެ މުއާމަލާތް !

ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް 10 މިލިއަން ފައިސާގެ މުއާމަލާތް !

25 ޖެނުއަރީ 2018
އޯޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ޓީވީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

އޯޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ޓީވީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

13 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު