Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީރާ

ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 15 އޯގަސްޓު 2017 | އަންގާރަ 09:05
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭން ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖުލައި މަހު ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެއެވެ.

މީރާ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ފާއިތުވި ޖުލައި މަހު މީރާއަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށެވެ.

މިއީ، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 54.8 ޕަސެންޓް އިތުރު އަދަދެކެވެ. މި އަހަރުގެ ޖެނުއަރީ މަހު ވެސް މީރާއަށް ލިބުނު އާމްދަނީ ވަނީ ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުރު ވެފައެވެ.

މި އަހަރުގެ ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީއެވެ. އެއީ ޖުލައި މަހު ލިބުނު ޖުމުލަ އާމްދަނީގެ %42.9 ނުވަތަ 892.8 މިލިއަން ރުފިޔާ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ (%30.9 ނުވަތަ 642.4 މިލިއަން ރުފިޔާ) އިންނެވެ. މީގެ އިތުރުން، ބޭންކް ޕްރޮފިޓް ޓެކްސް (8.3% ނުވަތަ 171.8 މިލިއަން ރުފިޔާ)، ޓޫރިޒަމް ލޭންޑް ރެންޓް (%6.7 ނުވަތަ 158.2 މިލިއަން ރުފިޔާ) އަދި ގްރީން ޓެކްސްގެ ގޮތުގައި (%2.5 ނުވަތަ 51.1 މިލިއަން ރުފިޔާ) ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.

މިއަހަރުގެ ޖުލަިއ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 53.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި ވެސް އެ އޮތޯރިޓީީން މަޢުލޫމާތު ދެއްވައެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
13 އެޕްރީލު 2017

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު