Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވީއޭއެމްކޯ

ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

18 ޖުލައި 2017 | އަންގާރަ 13:04

ކުންފުނިން ދޭ ޚިދުމަތްތަކާމެދު ވަރަށް ގިނަ ފަރާތްތަކަށް ދަނީ އޮޅުން އަރަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 18 ޖުލައި 2017 | އަންގާރަ 13:04
ވީއޭއެމްކޯ

ވީއޭއެމްކޯ

ވީ.އޭ.އެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (V.A.M & Company Pvt. Ltd) ނުވަތަ ވީއެމްކޯ (VAMCO) އަދި ކުނި މެނޭޖްކުރާ ކުންފުނި ވެމްކޯ (WAMCO) ގެ ނަމުގައި ދެ ކުންފުންޏަކުން ވިޔަފާރިކުރަމުން ދިޔުމުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކަށް ދަނީ އޮޅުންއަރަމުންކަން ކަމަށް ވީއޭއެމްކޯއިން ބުނެފިއެވެ.

ވެމްކޯ (WAMCO) އާއި ނަމުގެ ގޮތުން ހުރި ގާތްކަމެއްގެ ސަބަބުން ވީއޭއެމްކޯ (VAMCO) އިން ދޭ ޚިދުމަތްތަކާއި ވިއްކާ މުދަލާ ބެހޭ ގޮތުން ވަރަށް ގިނަ ފަރާތްތަކަށް ދަނީ އޮޅުން އަރަމުން ކަމަށް ވީއޭއެމްކޯއިން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ވީއޭއެމްކޯއަކީ މީގެ 18 އަހަރު ކުރީއްސުރެ މެރިން އިންޖީނާއި އެހެނިހެން މެރިން އާލާތްތައް ވިއްކަމުން އަންނަ ކުންފުންޏެކެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ނަމުގައި ކުނި އުކާލުމާއި ކުނި މެނޭޖްކުރުމުގެ ޚިދުމަތްދޭ ކުންފުންޏެއް އުފަންވެ އެ ކުންފުނީގެ ކުރުނަމެއްގެ ގޮތުގައި WAMCO ވަނީ ބޭނުންކުރަން ފަށާފައެވެ.

މި ދެކުންފުނީގެ ނަމުގައި ހުރި އެއްގޮތްކަމުގެ ސަބަބުން ދެ ކުންފުނިން ދޭ ޚިދުމަތްތަކާމެދު ވަރަށް ގިނަ ފަރާތްތަކަށް ދަނީ އޮޅުން އަރަމުން ކަމަށް ވީއޭއެމްކޯއިން ވަނީ ބުނެފައެވެ.

މިގޮތުން ވީއޭއެމްކޯއަކީ ކުނި އުކާލުމުގެ ޚިދުމަތްދޭ ކުންފުންޏަކަށް ނުވިކަމުގައި ވިޔަސް ވަރަށް ގިނަ ރައްޔިތުންނާއި، ބައެއް މީޑިޔާތަކުން އަދި ދައުލަތުގެ ބައެއް އިދާރާތަކުންވެސް ކުނި އުކާލުމާއި ކުންޏާބެހޭ އެކި ކަންކަމުގައި އަންނަނީ ވީއޭއެމްކޯއަށް ގުޅައި އަދި ލިޔެކިޔުން ފޮނުވަމުން ކަމަށް މިބަޔާނުގައި ބުނެ އެވެ.

މިފަދަ އޮޅުންތަކެއް އަރަމުންދާތީ މިކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް ވީއޭއެމްކޯ (VAMCO) ގެ ފަރާތުން ވާނީ (WAMCO ) ގެ އިސްފަރާތްތަކަށާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓަށް އެކި ފަހަރުމަތިން ދަންނަވާފައި ކަމަށާއި މިކަން ޙައްލު ކުރެއްވުމަށް މަސައްކަތްކުރެއްވުމަށް މި ދެފަރާތަށް އެކުންފުނިން ވަނީ ގޮވާލާފައެވެ.

VAMCO އަކީ ކުނި އުކާލުމުގެ ޚިދުމަތްދޭ ކުންފުންޏެއް ނޫންކަން ބަޔާން ކުރަމުން އެއީ މެރިން އިންޖީނާއި އެހެނިހެން މެރިން އާލާތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތުގައި VAMCO އިން ކުރިއެކޭވެސް އެއްގޮތަށް ކުރިޔަށްދާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް