Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ދާހިލީ މަސްރަހު

އަފްޣާނިސްތާނުގެ ކުނާރު ޕްރޮވިންސްގެ މަދަރުސާއެއްގެ ކައިރީގައި އެއްޗެއް ގޮވައި ހަ ދަރިވަރަކު މަރުވެ، 97 މީހުން ޒަހަމުވެއްޖެ

28 ނޮވެމްބަރު 2026 | ހޮނިހިރު 09:12

އަފްޣާނިސްތާނުގެ ކުނާރު ޕްރޮވިންސްގެ މަދަރުސާއެއް ކައިރީގައި ހުރި ގެއެއްގައި ރައްކާކޮށްފައި ހުރި ގޮވާތަކެތި ގޮވައި، ގިނަ އަދަދެއްގެ ކުދިން މަރުވެ ގިނަ ބަޔަކު ޒަހަމުވެއްޖެ. މައުދަން ނެގުމަށް ބޭނުންކުރާ 'ޑައިނަމައިޓް' ފަދަ ތަކެތި ގޮވަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގީ ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން. މި ހާދިސާއާ ގުޅިގެން މަރުވި މީހުންނާއި ޒަހަމުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 28 ނޮވެމްބަރު 2026 | ހޮނިހިރު 09:12
އަފްޣާނިސްތާނުގެ ކުނާރު ޕުރޮވިންސުގައި ހުންނަ ގެއަކަށް ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ ސަރަހައްދުގައި، އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަނީ [ފައިލް]

އަފްޣާނިސްތާނުގެ ކުނާރު ޕުރޮވިންސުގައި ހުންނަ ގެއަކަށް ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ ސަރަހައްދުގައި، އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަނީ [ފައިލް] | އޭޕީ

އަފްޣާނިސްތާނުގެ އިރުއުތުރުގައި އޮންނަ ކުނާރު ޕްރޮވިންސްގެ މަދަރުސާއެއްގެ ކައިރީގައި ހޮނިހިރު ދުވަހު ހިނގި ބާރުގަދަ ގޮވުމެއްގައި ގާތްގަނޑަކަށް ހަ ދަރިވަރަކު މަރުވެ، އިތުރު 97 މީހަކު ޒަހަމުވެފައިވާ ކަމަށް ސިއްހީ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މިހާތަނަށް ލިބިފައިވާ އަދަދުތަކަކީ ވަގުތީ ތަފާސްހިސާބުތަކެއް ކަމަށާއި، އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް މަރުވި މީހުންނާއި ޒަހަމުވި މީހުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުނާރު ޕްރޮވިންޝަލް ހޮސްޕިޓަލުގެ ވެރިޔާ މައުލާ ދާދު ހޮނިހިރު ދުވަހު ވިދާޅުވި އެވެ.

Advertisement - worldAdvertisement

މި ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހު އަފްޣާނިސްތާން ގަޑިން ހެނދުނު 10:00 ހާއިރު ކުނާރު ޕްރޮވިންސްގެ އަންދާރު ސޭރު ސަރަހައްދުގައި ހުންނަ މަދަރުސާއެއްގެ ކައިރީގައި ހުރި ގެއެއްގައި ކަމަށް، އެ ޕްރޮވިންސްގެ އިންފޮމޭޝަން އެންޑް ކަލްޗަރ ޑިރެކްޓަރު މައުލަވީ ސަމީއުލްޙައްޤު ޙައްޤު ބަޔާން ވިދާޅުވި އެވެ.

މި ހާދިސާ ހިނގި ގެއަކީ ބިމުގެ އަޑިން މައުދަން ނެގުމުގެ މަސައްކަތުގައި އުޅޭ ބައެއްގެ ގެއެއް ކަމަށާއި، އެ ގޭގައި 'ޑައިނަމައިޓް' ފަދަ ގޮވާތަކެތި ރައްކާކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ރަސްމީ އޮފިޝަލުން ރިޕޯޓުކޮށްފައި ވަނީ ކުނާރުގެ އަސަދުއާބާދުގައި ހުންނަ މަދަރުސާއެއްގައި ގޮވުމެއް ގޮވާފައިވާ ކަމަށެވެ. އެ ވަގުތު ވާހަކަފުޅު ދައްކަވަމުން ސަމީއުލްޙައްޤު ޙައްޤު ބަޔާން ވިދާޅުވީ، އަސަދުއާބާދުގައި ހިނގި އެ ގޮވުމުގެ ބާވަތާއި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

ހާދިސާގައި މަރުވި މީހުންނާއި ޒަހަމުވި މީހުންގެ އަދަދުގެ އިތުރުން، ލިބުނު ގެއްލުމުގެ މިންވަރާ ގުޅޭ އިތުރު ތަފްސީލެއް ސަމީއުލްޙައްޤު ހިއްސާއެއް ނުކުރައްވަ އެވެ. އަދި، އެ ވަގުތާ ހަމައަށް އިތުރު މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަމިއާއެކު، ޕާކިސްތާނާ ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކުނާރު ޕްރޮވިންސްގެ ތަހުގީގީ ޓީމުތަކުން ވަނީ ހާދިސާ ހިނގި ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފަ އެވެ.

މި ހާދިސާ ހިނގާފައި މި ވަނީ، މިދިޔަ އޮގަސްޓު މަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މަދަރުސާތަކެއް ހުންނަ ކޮމްޕްލެކްސްއަކަށް ދިން އބޮމުގެ ހަމަލާއެއްގައި އުމުރުން ނުވަ އަހަރާއި 14 އަހަރާ ދެމެދުގެ 40 އަށްވުރެ ގިނަ ކުދިން ޒަހަމުވެފައި ވަނިކޮށެވެ.

މަސްދަރު: އަލް ޖަޒީރާ | ރޮއިޓަރސް

އަފްޣާނިސްތާންކުނާރުކާބުލްޕާކިސްތާން

އެންމެ ހިނގާ

1

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

2

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

4

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

5

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2026

"ޙޫޘީންގެ ހަމަލާތައް ބަލައެއް ނުގަނެވޭނެ": ސަޢުދީގެ ދިފާއުގައި މައްކާ އިއްތިހާދުގެ ބާރުތައް އެއްގަލަކަށް

28 ނޮވެމްބަރު 2026
"ޙޫޘީންގެ ހަމަލާތައް ބަލައެއް ނުގަނެވޭނެ": ސަޢުދީގެ ދިފާއުގައި މައްކާ އިއްތިހާދުގެ ބާރުތައް އެއްގަލަކަށް
25 ނޮވެމްބަރު 2026

ޕާކިސްތާނުގެ ހުވަފެންތަކާއެކު ޒީޝާން ޢަލީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް

25 ނޮވެމްބަރު 2026
ޕާކިސްތާނުގެ ހުވަފެންތަކާއެކު ޒީޝާން ޢަލީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް
23 ނޮވެމްބަރު 2026

އަފްޣާނިސްތާނުގައި މައިންތައް ގޮވައިގެން މި އަހަރު 189 ކުޑަކުދިން މަރުވެއްޖެ

23 ނޮވެމްބަރު 2026
އަފްޣާނިސްތާނުގައި މައިންތައް ގޮވައިގެން މި އަހަރު 189 ކުޑަކުދިން މަރުވެއްޖެ
23 ނޮވެމްބަރު 2026

ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

23 ނޮވެމްބަރު 2026
ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
14 ނޮވެމްބަރު 2026

އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި

14 ނޮވެމްބަރު 2026
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި
13 ނޮވެމްބަރު 2026

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެ އުޚުތަކު ޖަލުން މިނިވަންކޮށްފި

13 ނޮވެމްބަރު 2026
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެ އުޚުތަކު ޖަލުން މިނިވަންކޮށްފި
05 ނޮވެމްބަރު 2026

ތެހެރާންގެ މަޝްވަރާތަކަށްފަހު ތެލާއި ގޭހުގެ އަގުތައް ދަށަށް: ގަލްފުގެ ނުތަނަވަސްކަމަށް ހައްލެއް ފެނިދާނެތަ؟

05 ނޮވެމްބަރު 2026
ތެހެރާންގެ މަޝްވަރާތަކަށްފަހު ތެލާއި ގޭހުގެ އަގުތައް ދަށަށް: ގަލްފުގެ ނުތަނަވަސްކަމަށް ހައްލެއް ފެނިދާނެތަ؟
28 އޮކްޓޯބަރު 2026

ސައުދީގެ ދިފާޢުގައި މިޞްރުން ތެދުވެ، ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ފަށައިފި

28 އޮކްޓޯބަރު 2026
ސައުދީގެ ދިފާޢުގައި މިޞްރުން ތެދުވެ، ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ފަށައިފި
26 އޮކްޓޯބަރު 2026

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ

26 އޮކްޓޯބަރު 2026
ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ
24 އޮކްޓޯބަރު 2026

ދިވެހީން އިސްކުރާ ކަމަށް ސަރުކާރުން ބުނޭ، ނަމަވެސް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހީން ކުރީ ބާކީ!

24 އޮކްޓޯބަރު 2026
ދިވެހީން އިސްކުރާ ކަމަށް ސަރުކާރުން ބުނޭ، ނަމަވެސް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހީން ކުރީ ބާކީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް