އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް
27 ނޮވެމްބަރު 2026 | ހުކުރު 14:49އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބުކަން ފާހަގަކުރައްވައި، މީގެ ސަބަބުން ޕާޓީގެ ރޫހު ވަރުގަދަވާނެ ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ. އަދި ގައުމީ މަޖިލީހަށް ގެނައި ބަދަލުތަކާއެކު މެންބަރުންގެ އަޑު އިއްވުމަށް ފުރުސަތު ބޮޑުވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމަށް ކުރިއެރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި


ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް | ރާއްޖެއެމްވީ
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއްރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ފައްޔާޒް ވަނީ މިއީ އެމްޑީޕީގެ ގައުމީ މަޖިލިސް އެތުރިގެންވާ ގޮތް ބަދަލުވި ފަހުން ބޭއްވޭ ފުރަތަމަ އިންތިހާބުކަން ފާހަގަކުރައްވާ، މި އިންތިޚާބުގައި 1100 އަށް ވުރެ ގިނަ މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން، މި އިންތިހާބަކީ ލޯކަލް ކައުންސިލް އިންތިހާބު ނަގާފައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިހާބު ކަމަށާއި އަލަށް މިފަދަ ބޮޑު އިންތިހާބެއް ބާއްވާއިރުގައި ޕާޓީ ލެވަލްގައި ދަތިތަކެއް ދިމާވި ނަމަވެސް މިހާރު ސްމޫތް ކޮށްދާ ކަމަށާއި ވޯޓުގެ ޓާންއައުޓް ވެސް ވަރަށް ރަނގަޅު ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ހަމައެއާއެކު ފައްޔާޒް ވަނީ ބޮޑު ބަދަލުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.
އެންމެ ބޮޑު ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުގެ ބާރު ކުޑަކުރުމާއި ރައްޔިތުން ފުރިހަމައަަށް ތަމްސީލު ވާނެ ގޮތެއް. އެހެންވީމާ ހުރިހާ ކަމެއްގެ އަސްލަކީ ރައްޔިތުންގެ މަޖިލިސް ތަޅު އެޅުވިފައި އޮންނަ އޮތުން އެހެންވުމަށް ދިމާވާ ވަރަށް ބޮޑު ސަބަބެއް ވޯޓު ގަނެގެން މަޖިލިސް އަށް އަންނަން ޖެހުން. އަޅުގަނޑުމެން ގައުމީ މަޖިލިސްއަށް މިގެނައި ބަދަލާ އެގޮތަށް އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލިސް ބަދަލު ކުރެވިއްޖެ ކަމުގައި ވަންޏާ ރައްޔިތުންގެ އަޑު މަޖިލިސް ތެރޭ އިވި ސަރުކާރުތައް ޖަވާބުދާރާ ކުރާ ނިޒާމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީފައްޔާޒް އިސްމާއީލް
މީގެ އިތުރުން، ބޮޑު ބަދަލުގެ ސިޔާސަތުގެ ދަށުން ގައުމީ މަޖިލާހަށް ގެނައި ބަދަލުގައި ވަނީ ޕާޓީ މެންބަރުންގެ އަޑު ވީހާވެސް ބޮޑަކަށް އިއްވޭނެ ގޮތެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.











