Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސޯޝަލް މީޑިއާ މަނާކުރުން

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

26 ނޮވެމްބަރު 2026 | ބުރާސްފަތި 10:04

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް 'އީފާސް' މެދުވެރިކޮށް އުމުރު ކަށަވަރުކުރަން އުޅޭތީ، ރައްޔިތުންގެ ޒާތީ މައުލޫމާތާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. މި ނިޒާމުގެ ސަބަބުން ސަރުކާރަށް އާންމުންގެ އޮންލައިން ހަރަކާތްތައް މޮނިޓަރުކުރުމުގެ ފުރުސަތު ލިބި، ޑިޖިޓަލް ފާރައެޅުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ

އިބްރާހިމް ރިޒްވާން
އިބްރާހިމް ރިޒްވާން | 26 ނޮވެމްބަރު 2026 | ބުރާސްފަތި 10:04
ދިވެހިން ސޯޝަލްމީޑިއާ ބޭނުންކުރުން މަނާކުރުން - ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނަމުގައި ގާއިމުކުރެވޭ ނިޒާމުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ދެނެގަތުމަށާއި، ސިޔާސީ ވިސްނުންތައް މޮނިޓަރުކުރުމަށާއި، ރައްޔިތުންގެ ޒާތީ ޑިޖިޓަލް ހަރަކާތްތައް ބަލައި ޕްރޮފައިލް އެކުލަވާލުމަށް ބޭނުންކުރުމުގެ ފުރުސަތު އޮވޭ

ދިވެހިން ސޯޝަލްމީޑިއާ ބޭނުންކުރުން މަނާކުރުން - ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނަމުގައި ގާއިމުކުރެވޭ ނިޒާމުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ދެނެގަތުމަށާއި، ސިޔާސީ ވިސްނުންތައް މޮނިޓަރުކުރުމަށާއި، ރައްޔިތުންގެ ޒާތީ ޑިޖިޓަލް ހަރަކާތްތައް ބަލައި ޕްރޮފައިލް އެކުލަވާލުމަށް ބޭނުންކުރުމުގެ ފުރުސަތު އޮވޭ | ރާއްޖެއެމްވީ ގްރެފިކްސް

16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން އެކުލަވާލަމުންދާ ސިޔާސަތާ ގުޅިގެން، ރައްޔިތުންގެ ޑިޖިޓަލް ޒާތީ މިނިވަންކަމާއި އޮންލައިން މިނިވަންކަމާމެދު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެފައިވަނީ، މި ފިޔަވަޅުގެ މައިގަނޑު މަޤްސަދަކީ އިންޓަނެޓާއި ސޯޝަލް މީޑިއާގެ ޒަރީއާއިން ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ނޭދެވޭ އަސަރުތަކާއި ގެއްލުންތަކުން އެކުދިން ރައްކާތެރިކުރުން ކަމަށެވެ.

އެހެންނަމަވެސް، މި ގަވާއިދު ތަންފީޒުކުރުމަށްޓަކައި ބޭނުންކުރާ ފަރާތުގެ އުމުރު ކަށަވަރުކުރުމަށް ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު، 'އީފާސް' ބޭނުންކުރުމާމެދު ވިސްނަމުންދާކަން ހާމަކުރެއްވުމާ ގުޅިގެން، މިއީ ރާއްޖޭގައި ސޯޝަލް މީޑިއާ ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ޒާތީ މައުލޫމާތާއި އޮންލައިން ހަރަކާތްތަކަށް އަސަރުކޮށްފާނެ ކަމެއް ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ފަންނީ ނަޒަރަކުން ބަލާއިރު، އުމުރަށް ބިނާކޮށް ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށްޓަކައި، އެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އުމުރު ކަށަވަރުކުރުމުގެ ނިޒާމެއް ގާއިމުކުރަން ޖެހެ އެވެ. އެހެންކަމުން، އުމުރު ކަށަވަރުކުރުމަށް އިތުރު އިހްތިޔާރެއް ނެތި، "އީފާސް" މެދުވެރިކޮށް ވެރިފައިކުރުން މަޖުބޫރުވެއްޖެ ހާލަތެއްގައި، 16 އަހަރުން މަތީގެ ފަރާތްތަކުން ވެސް ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ބޭނުންކުރަން ޖެހޭނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކޮންމެ މީހެއްގެ ވެސް ޤައުމީ އަދި ޒާތީ މައުލޫމާތު، އެމީހެއްގެ ސޯޝަލް މީޑިއާ އެކައުންޓްތަކާ ސީދާ ގުޅިގެންދާނެ އެވެ.

މިހާރުވެސް 'އީފާސް' ނިޒާމުގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތާއި، މޫނުގެ ސިފަތަކާއި ބަޔޯމެޓްރިކްސްގެ އިތުރުން، އައިޕީ އެޑްރެހާއި ބޭނުންކުރާ ވަސީލަތްތަކުގެ މައުލޫމާތާއި ލޮގިން ރެކޯޑުތައް އަންނަނީ އެއްކުރެވެމުންނެވެ. އެހެން ޑިޖިޓަލް ޚިދުމަތްތަކާ ފަސޭހައިން ގުޅުވައިލެވޭ މި މަރުކަޒީ އައިޑެންޓިޓީ ނިޒާމު، މީސްމީޑިއާގެ މަންސަތަކާ ގުޅުވައިފިނަމަ، ވަކިވަކި ފަރުދުން ބޭނުންކުރާ ސޯޝަލް މީޑިއާ އެކައުންޓްތައް ދެނެގަތުމުގެ ގާބިލުކަން ސަރުކާރަށް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ސިއްރު ނަންނަމުގައި ހިންގާ އެކައުންޓްތަކުގެ ހަގީގީ ވެރިފަރާތް ހޯދުމާއި، އެކަކު ބޭނުންކުރާ އެކިއެކި އެކައުންޓްތައް އެމީހެއްގެ ރަސްމީ އީފާސް އައިޑެންޓިޓީއާ ގުޅުވައިލުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

މިފަދަ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ، މީސްމީޑިއާގައި ފާޅުކުރެވޭ ސިޔާސީ ހިޔާލުތަކާއި، ކޮމެންޓުތަކާއި، އަދި އެހެނިހެން އާންމު އޮންލައިން ހަރަކާތްތައް، އެ ފަރާތްތަކުގެ ހަގީގީ ވަނަވަރާ ގުޅުވައިގެން މޮނިޓަރކުރުމުގެ ފުރުސަތު ސަރުކާރަށް ފަހިވެގެންދާނެ އެވެ. ހަމައެކަނި 'އީ-ފާސް' ވެރިފިކޭޝަން ބޭނުންކޮށްގެން، އަމިއްލަ ޒާތީ މެސެޖުތަކާއި، އިންޓަނެޓް ބްރައުޒިންގ ހިސްޓްރީގެ އިތުރުން މީސްމީޑިއާގައި ހިންގާ ހުރިހާ ހަރަކާތްތަކެއް ސީދާ ބެލުމުގެ ގާބިލުކަން ނުލިބުނު ކަމުގައިވިޔަސް، ސޯޝަލް މީޑިއާ ކުންފުނިތަކާއެކު މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުންތަކާއި، ޖާސޫސީ ނިޒާމުތައް ގުޅުވާލުމުން، އޭގެ ޒާތުގައި ގައުމީ ފެންވަރުގެ ޑިޖިޓަލް ފާރައެޅުމުގެ ވިއުގައެއް އުފެދިގެންދާނެ އެވެ.

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނަމުގައި ގާއިމުކުރެވޭ ނިޒާމުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ދެނެގަތުމަށާއި، ސިޔާސީ ވިސްނުންތައް މޮނިޓަރުކުރުމަށާއި، ރައްޔިތުންގެ ޒާތީ ޑިޖިޓަލް ހަރަކާތްތައް ބަލައި ޕްރޮފައިލް އެކުލަވާލުމަށް ބޭނުންކުރުމުގެ ފުރުސަތު އޮވެ އެވެ. މިފަދަ އިންތިޒާމުތަކުގެ ސަބަބުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ޒާތީ މިނިވަންކަމުގެ އަސާސީ ހައްގުތަކަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދެ އެވެ. އަދި މިއީ ޑިމޮކްރެޓިކް ހަމަތަކާއި، ޒަމާނީ ތަހުޒީބު މުޖުތަމައެއްގެ އަސާސްތައް ނެގެހެއްޓުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކާއި ގެއްލުންތަކުން ކުޑަކުދިން ރައްކާތެރިކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ނަމަވެސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، މީހެއްގެ ޒާތީ މައުލޫމާތާއި އަސްލު ވަނަވަރު ހާމަނުކޮށް، އަދި އެކައުންޓާ ގުޅޭ ދާއިމީ ރެކޯޑެއް ނުބަހައްޓައިވެސް އުމުރު ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ. މިއީ ޒާތީ މިނިވަންކަމަށް އުނިކަމެއް ނާންނާނެހެން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އެހެންކަމުން، މިކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާއިން ދުރުހެލިކުރުމުގެ ބަހަނާގައި 'އީފާސް' މެދުވެރިކޮށް އައިޑެންޓިޓީ ޔަގީންކުރުން މަޖުބޫރުކުރުމެވެ. މިކަމުގެ ސަބަބުން، ދިވެހި ހުރިހާ ރައްޔިތުންގެ ޒާތީ މައުލޫމާތާއި، މީސްމީޑިއާގެ ހަރަކާތްތައް މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމުވެ، ފަރުދީ މިނިވަންކަމާއި ޒާތީ ރައްކާތެރިކަމަށް އުނިކަން އައުމުގެ ފުރުސަތު އޮތުމެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީސޯޝަލް މީޑިއާ

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

4

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2026

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލްކުރަން ދިރާސާކުރަނީ

25 ނޮވެމްބަރު 2026
16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލްކުރަން ދިރާސާކުރަނީ
24 އޯގަސްޓު 2026

ނިއުޒީލެންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ބިލު ޤާނޫނު ހަދާ މަޖިލީހަށް

24 އޯގަސްޓު 2026
ނިއުޒީލެންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ބިލު ޤާނޫނު ހަދާ މަޖިލީހަށް
21 އޯގަސްޓު 2026

މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ

21 އޯގަސްޓު 2026
މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ
18 އޯގަސްޓު 2026

މެޓާގެ މައްސަލަތައް ކޯޓަށް: ސޯޝަލް މީޑިއާ ކުންފުނިތަކަށް ދުނިޔޭގެ ފެންވަރުގައި ބޮޑެތި ގާނޫނީ ހުރަސްތަކެއް ކުރިމަތިވަނީތަ؟

18 އޯގަސްޓު 2026
މެޓާގެ މައްސަލަތައް ކޯޓަށް: ސޯޝަލް މީޑިއާ ކުންފުނިތަކަށް ދުނިޔޭގެ ފެންވަރުގައި ބޮޑެތި ގާނޫނީ ހުރަސްތަކެއް ކުރިމަތިވަނީތަ؟
10 އޯގަސްޓު 2026

ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން

10 އޯގަސްޓު 2026
ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން
04 އޯގަސްޓު 2026

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟

04 އޯގަސްޓު 2026
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟
21 ޖުލައި 2026

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ

21 ޖުލައި 2026
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ
19 ޖުލައި 2026

ކުދިން މެދުކެނޑުމެއްނެތި ފޯނާ ކުޅެން ތިބޭ ތިބުން ހުއްޓުވުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ފަސް ކަމެއް

19 ޖުލައި 2026
ކުދިން މެދުކެނޑުމެއްނެތި ފޯނާ ކުޅެން ތިބޭ ތިބުން ހުއްޓުވުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ފަސް ކަމެއް
02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
27 ޖޫން 2026

އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި

27 ޖޫން 2026
އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް