Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖައްވީ ދިރާސާ

ޕާކިސްތާނުގެ ހުވަފެންތަކާއެކު ޒީޝާން ޢަލީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް

25 ނޮވެމްބަރު 2026 | ބުދަ 09:12

ޗައިނާގެ އެހީތެރިކަމާއެކު ޕާކިސްތާނުގެ ފުރަތަމަ އެސްޓްރޮނޯޓު ޒީޝާން ޢަލީ ޓިއަންގޮންގ ޖައްވީ ސްޓޭޝަނަށް ކުރާ މި ދަތުރަކީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ތާރީޚީ ކާމިޔާބީއެއް. މި މިޝަނަކީ ޗައިނާގެ ޖައްވީ ސްޓޭޝަނަކީ ބައިނަލްއަގުވާމީ ދިރާސާތަކަށް ހުޅުވާލެވިފައިވާ ތަނެއްކަން ދުނިޔެއަށް ދެއްކުމަށް ލިބުނު ފުރުސަތެއް. މީގެ އިތުރުން، 2030 ވަނަ އަހަރާ ހަމައަށް ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށް ޗައިނާއިން އަންނަނީ ބޮޑެތި ތައްޔާރީތަކެއް ވަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 25 ނޮވެމްބަރު 2026 | ބުދަ 09:12
ޖައްވަށް ދަތުރުކުރި ޕާކިސްތާނުގެ ފުރަތަމަ އެސްޓްރޮނޯޓް މުޙައްމަދު ޒީޝާން ޢަލީ

ޖައްވަށް ދަތުރުކުރި ޕާކިސްތާނުގެ ފުރަތަމަ އެސްޓްރޮނޯޓް މުޙައްމަދު ޒީޝާން ޢަލީ | އޭއެފްޕީ

ޖައްވުގެ އޯބިޓަށް ދަތުރުކުރި ޕާކިސްތާނުގެ ފުރަތަމަ އެސްޓްރޮނޯޓު، މުޙައްމަދު ޒީޝާން ޢަލީ، ޗައިނާގެ ޓިއަންގޮންގ ޖައްވީ ސްޓޭޝަނަށް އަރައި އެ ސްޓޭޝަނަށް ދިޔަ ފުރަތަމަ ބިދޭސީ އެސްޓްރޮނޯޓުގެ ތާރީޚީ ޝަރަފު ހޯދުމާއެކު މުޅި ޕާކިސްތާނުގައި އުފާފާޅުކުރަން ފަށައިފި އެވެ.

އުމުރުން 40 އަހަރުގެ ޒީޝާން ޢަލީ ޖައްވީ ސްޓޭޝަނާ ގުޅާލާފައި ވަނީ ޗައިނާގެ ހުޅަނގު އުތުރުގައި ހުންނަ ޖިއުޗުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން، ޗައިނާގައި އުފައްދާފައިވާ ރޮކެޓެއްގައި ދަތުރުކުރުމަށްފަހު ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.

Advertisement - worldAdvertisement

ޗައިނާގެ އެސްޓްރޮނޯޓުން އާންމުކޮށް ޖައްވުގައި ހޭދަކުރާ ހަ މަސްދުވަހުގެ މުއްދަތާ ޚިލާފަށް، ޒީޝާން ޢަލީ ޖައްވުގައި މަޑުކުރާނީ ފަސް ދުވަހާއި 10 ދުވަހާ ދެމެދުގެ ކުރު މުއްދަތަކަށެވެ. މި ދަތުރުގެ ބޮޑު ބައެއްގައި ބޭނުންކޮށްފައި ވަނީ ޗައިނާގެ ވަސީލަތްތަކެވެ. ނަމަވެސް، މި ތާރީޚީ ދަތުރު ކާމިޔާބުކުރުމަށް ޓަކައި ޒީޝާން ޢަލީ ވަނީ ޗައިނާ ބަސް ދަސްކުރުމާއެކު އެ ގައުމުގައި އެތައް މަހެއް ވަންދެން ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްފަ އެވެ.

"އަޅުގަނޑު މި ދަތުރުކުރަނީ އަޅުގަނޑުގެ އަމިއްލަ ނަފްސަކަށް ނޫން. އަޅުގަނޑުގެ ކޮނޑުގައި މި އުފުލަނީ ޕާކިސްތާނުގެ ނަން،" ދަތުރަށް ފެށުމުގެ ކުރިން އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޒީޝާން ޢަލީ ބުންޏެވެ.

ދެ ގައުމުގެ ގުޅުމުގެ ތާރީޚީ ރަމްޒެއް

"މިއީ، ހަމައެކަނި އެންމެ އެސްޓްރޮނޯޓެއްގެ ދަތުރެއް ނޫން. މިއީ، 240 މިލިޔަން ޕާކިސްތާނު ރައްޔިތުންގެ ދަތުރެއް. އަދި، މިއީ އަޅުގަނޑުމެންގެ ޒުވާން ޖީލާއި، އަޅުގަނޑުމެންގެ ސައިންސްވެރިންނާއި، އަޅުގަނޑުމެންގެ ހުވަފެންތަކުގެ ދަތުރު،" މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވި އެވެ.

ޖައްވަށް ދަތުރުކުރި ޕާކިސްތާނުގެ ފުރަތަމަ އެސްޓްރޮނޯޓް މުޙައްމަދު ޒީޝާން ޢަލީގެ ދަތުރު ލައިވް ސްޓްރީމްކޮށް ވަގުތުން ބެލުމަށް ބޭއްވި ހަފުލާއެއްގައި ޕާކިސްތާނުގެ ޔުނިވަރސިޓީތަކުގެ ދަރިވަރުން ބައިވެރިވަނީ

ޖައްވަށް ދަތުރުކުރި ޕާކިސްތާނުގެ ފުރަތަމަ އެސްޓްރޮނޯޓް މުޙައްމަދު ޒީޝާން ޢަލީގެ ދަތުރު ލައިވް ސްޓްރީމްކޮށް ވަގުތުން ބެލުމަށް ބޭއްވި ހަފުލާއެއްގައި ޕާކިސްތާނުގެ ޔުނިވަރސިޓީތަކުގެ ދަރިވަރުން ބައިވެރިވަނީ | އޭއެފްޕީ

"މިއީ، ޕާކިސްތާނާއި ޗައިނާއާ ދެމެދު އޮތް ދަގަނޑު ފަދަ ވަރުގަދަ އެކުވެރިކަމުގެ ދިރިހުރި ހެއްކެއް. މި ތާރީޚީ މިޝަންގައި ޕާކިސްތާން ބައިވެރިކޮށްދިނީތީ އަޅުގަނޑުމެންގެ އަހުވަންތަ ގައުމު، ޗައިނާއަށް ޝުކުރު އަދާކުރަން،" ޝަހްބާޒް ލިޔުއްވާފައިވެ އެވެ.

ހަމަމިއާއެކު، ޗައިނާއާއި ޕާކިސްތާނުގެ އެސްޓްރޮނޯޓުން ގުޅިގެން ކުރިއަށްގެންދާ މި މިޝަނަކީ "ދެ ގައުމުގެ ދެމެދުގައި އޮތް ފުން އެކުވެރިކަން ވަރަށް ސާފުކޮށް ރަމްޒުކޮށްދޭ ކަމެއް" ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވި އެވެ.

ޗައިނާގެ ހާރިޖީ ކާމިޔާބީއާއި ހަނދަށް ކުރާ ދަތުރުގެ ވާދަވެރިކަން

މި މިޝަނަކީ ޗައިނާއަށް ލިބުނު ބޮޑު ހާރިޖީ ކާމިޔާބީއެކެވެ. ޓިއަންގޮންގް ޖައްވީ ސްޓޭޝަނަކީ ހަމައެކަނި ޗައިނާއަށް ޚާއްސަ ތަނެއްގެ ބަދަލުގައި، ބައިނަލްއަގުވާމީ ދިރާސާތައް ކުރާ މަރުކަޒަކަށް ވުމުގެ ގާބިލުކަން ހުރި ތަނެއްކަން ދުނިޔެއަށް ދެއްކުމަށް ބެއިޖިންގއިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ޖައްވީ ސިނާއަތް ހަލުވިކަމާއެކު ކުރިއަރުވަމުން އަންނައިރު، އެ ގައުމުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ޗައިނާގެ އެސްޓްރޮނޯޓަކު ހަނދަށް ފޮނުވުމެވެ. އެމެރިކާއިން ވެސް އަމާޒު ހިފާފައިވަނީ 1972 ވަނަ އަހަރުގެ އެޕޯލޯ 17 ދަތުރަށްފަހު ފުރަތަމަ ފަހަރަށް، 2028 ވަނަ އަހަރު އެ ގައުމުގެ އެސްޓްރޮނޯޓުން ހަނދަށް ފޮނުވުމަށެވެ. މީގެ އިތުރުން، ޗައިނާއާއި ރަޝިއާ ގުޅިގެން 2035 ވަނަ އަހަރުގެ ނިޔަލަށް ހަނދުގައި ދިރާސާކުރާ މަރުކަޒެއް ގާއިމުކުރުމަށް ވެސް ވަނީ ރާވާފަ އެވެ.

ބެއިޖިންގއާއި ވޮޝިންގޓަނުން ވެސް ބުނަނީ ޖައްވުގައި އެ ދެ ގައުމުން ހިންގާ ހަރަކާތްތަކަކީ މުޅިން ސުލްހަވެރި ހަރަކާތްތަކެއް ކަމަށެވެ. ނަމަވެސް، ހަނދުގައި ގުދުރަތީ ވަސީލަތްތައް މުއްސަނދި ސަރަހައްދުތަކުގެ މައްޗަށް ޗައިނާއިން ބާރު ފޯރުވަން މަސައްކަތް ކޮށްފާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފަ އެވެ.

ޕާކިސްތާންޗައިނާޓިއަންގޮންގްޝަހްބާޒް ޝަރީފްޗައިނާ-ޕާކިސްތާން

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ދެ އަބްދުﷲގެ ގަޑުބަޑު...

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

23 ނޮވެމްބަރު 2026
ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
13 ނޮވެމްބަރު 2026

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެ އުޚުތަކު ޖަލުން މިނިވަންކޮށްފި

13 ނޮވެމްބަރު 2026
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެ އުޚުތަކު ޖަލުން މިނިވަންކޮށްފި
05 ނޮވެމްބަރު 2026

ތެހެރާންގެ މަޝްވަރާތަކަށްފަހު ތެލާއި ގޭހުގެ އަގުތައް ދަށަށް: ގަލްފުގެ ނުތަނަވަސްކަމަށް ހައްލެއް ފެނިދާނެތަ؟

05 ނޮވެމްބަރު 2026
ތެހެރާންގެ މަޝްވަރާތަކަށްފަހު ތެލާއި ގޭހުގެ އަގުތައް ދަށަށް: ގަލްފުގެ ނުތަނަވަސްކަމަށް ހައްލެއް ފެނިދާނެތަ؟
28 އޮކްޓޯބަރު 2026

ސައުދީގެ ދިފާޢުގައި މިޞްރުން ތެދުވެ، ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ފަށައިފި

28 އޮކްޓޯބަރު 2026
ސައުދީގެ ދިފާޢުގައި މިޞްރުން ތެދުވެ، ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ފަށައިފި
26 އޮކްޓޯބަރު 2026

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ

26 އޮކްޓޯބަރު 2026
ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ
24 އޮކްޓޯބަރު 2026

ދިވެހީން އިސްކުރާ ކަމަށް ސަރުކާރުން ބުނޭ، ނަމަވެސް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހީން ކުރީ ބާކީ!

24 އޮކްޓޯބަރު 2026
ދިވެހީން އިސްކުރާ ކަމަށް ސަރުކާރުން ބުނޭ، ނަމަވެސް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހީން ކުރީ ބާކީ!
22 އޮކްޓޯބަރު 2026

ތުރުކީވިލާތުން އިސްވެ އުފެއްދި އާ ދިފާޢީ އިއްތިހާދު: ދުނިޔޭގެ އަސްކަރީ ބާރުތައް ސިއްސުވާލެވޭނެތަ؟

22 އޮކްޓޯބަރު 2026
ތުރުކީވިލާތުން އިސްވެ އުފެއްދި އާ ދިފާޢީ އިއްތިހާދު: ދުނިޔޭގެ އަސްކަރީ ބާރުތައް ސިއްސުވާލެވޭނެތަ؟
15 އޮކްޓޯބަރު 2026

ޕާކިސްތާނުގައި މަދަރުސާއެއްގެ ފުރާޅު ވެއްޓި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެއްޖެ

15 އޮކްޓޯބަރު 2026
ޕާކިސްތާނުގައި މަދަރުސާއެއްގެ ފުރާޅު ވެއްޓި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެއްޖެ
14 އޮކްޓޯބަރު 2026

އިސްލާމްއާބާދު އެއްބަސްވުމަށް އިހުތިރާމުކޮށް އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލަން ޖެހޭ: ޒަރްދާރީ

14 އޮކްޓޯބަރު 2026
އިސްލާމްއާބާދު އެއްބަސްވުމަށް އިހުތިރާމުކޮށް އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލަން ޖެހޭ: ޒަރްދާރީ
13 އޮކްޓޯބަރު 2026

ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުތަކުން ނެއްޓި ފަސް މީހުން މަރުވެއްޖެ

13 އޮކްޓޯބަރު 2026
ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއް ދަގަނޑުތަކުން ނެއްޓި ފަސް މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް