Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ

ކިންގްސްޓަންގެ ސައިކަލު ސްކޭމް މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި

27 ނޮވެމްބަރު 2026 | ހުކުރު 08:38

އަގުހެޔޮކޮށް ސައިކަލު ވިއްކާނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ޓެކި މައްސަލާގައި، ކިންގްސްޓަން ހޯލްޑިންގްސްގެ އެމްޑީ އަހްމަދު އާތިފް ހަސަންގެ މައްޗަށް 139 ދައުވާއެއް ކުރުމަށް ޕީޖީން ކޯޓަށް ހުށަހަޅައިފި. މި ދައުވާތައް ސާބިތުވެއްޖެނަމަ 133 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވޭއިރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި 6.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ވެސް ވަނީ އެދިފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 27 ނޮވެމްބަރު 2026 | ހުކުރު 08:38
ކިންގްސްޓަންގެ ސައިކަލު ސްކޭމް މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި

ކިންގްސްޓަންގެ ސައިކަލު ސްކޭމް މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި | ސޯޝަލް މީޑިއާ

2023 ވަނަ އަހަރުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއް އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސާ ޓަކައިގަނެފައިވާ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި އެވެ. 

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަހްމަދު އާތިފް ހަސަންގެ މައްޗަށް ދިވެހިރާއްޖޭގެ ްގާނޫނުލްއުްގޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓެކުމުގެ ކުށުގެ 139 ދައުވާ ކުރުމަށް ވަނީ 26 ނޮވެންބަރު 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. 

Advertisement - newsAdvertisement

ޕީޖީ އޮފީހުން މައުލުމާތު ދިން ގޮތުގައި ދައުވާ ކުރާ ސަބަބަކީ އަހްމަދު އާތިފް ހަސަން، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަްގާމުގައި ހުރެ، އެ ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށް ދައްކުވައިގެން އެކި މީހުން އަތުން ފައިސާ ނަގައި، ސައިކަލު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްނުކޮށް އެ ފައިސާއިން އިތުރު ތަސައްރުފުކޮށް، ސައިކަލު ދީފައިނުވާތީ އާއި ފައިސާ ވެސް އަނބުރާ ރައްދުކޮށްފައި ނުވުމެވެ. 

މި ދައުވާތަށް ސާބިތުވާ ހާލަތުގައި އަހްމަދު އާތިފް ހަސަންގެ މައްޗަށް މަދުވެގެން 133 އަހަރާއި، 4 މަހާއި، 24 ދުވަހުގެ ޖަލު އަދަބު ކަނޑައެޅޭނެ ކަމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި މި ދައުވާތަކާ ގުޅިގެން ބަދަލުލިބޭ ވަކިވަކި މީހުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12ރ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި) އަހްމަދު އާތިފް ހަސަން އަތުން ނަގައިދިނުމަށް އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. 

މީގެ އިތުރުން، މި ދައުވާތައް ހުށަހަޅާފައިވާނީ، ސައިކަލު ވިއްކުމަށް ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިގައި ވަކިންނެވެ. އެހެންކަމުން މި ދައުވާތަށް ސާބިތުވާ ހާލަތުގައި 139 ދައުވާއަށް، ކޮންމެ ދައުވާއަކަށް ވަކިން އަދަބު ކަނޑައެޅޭނެ އެވެ.

ހަމައެއާއެކު، މި މައްސަލާގައި ބަދަލުލިބޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަހުްގީްގުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ ކަމަށް ޕީޖީން މައުލޫމާތުދެ އެވެ. އެ ބައިތަކުގެ ތަހުްގީްގު ނިމުމުން އެ ބައިތަކުގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ޕީޖީން ވަނީ މައުލޫމާތު ދީފަ އެވެ. 

ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2026

އޮފީހަކުން ވަގަށް ނެގި 1 މިލިއަން ރުފިޔާ ހޯދައި، 3 މީހުން ހައްޔަރުކޮށްފި

24 ނޮވެމްބަރު 2026
އޮފީހަކުން ވަގަށް ނެގި 1 މިލިއަން ރުފިޔާ ހޯދައި، 3 މީހުން ހައްޔަރުކޮށްފި
23 ނޮވެމްބަރު 2026

އަސްކޮއެ ގްރޫޕުން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި ހިޔާނާތްތެރިވި މައްސަލަ ޕީޖީއަށް ފޮނުވައިފި

23 ނޮވެމްބަރު 2026
އަސްކޮއެ ގްރޫޕުން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި ހިޔާނާތްތެރިވި މައްސަލަ ޕީޖީއަށް ފޮނުވައިފި
22 ނޮވެމްބަރު 2026

ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރަށް ހައިކޯޓުން ވެސް ތާއީދުކޮށްފި

22 ނޮވެމްބަރު 2026
ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރަށް ހައިކޯޓުން ވެސް ތާއީދުކޮށްފި
22 ނޮވެމްބަރު 2026

ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލަ: އެކަކު ފިޔަވައި ދެންތިބި މީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައި، އެކަކަށް ދައުވާކުރަން ފޮނުވައިފި

22 ނޮވެމްބަރު 2026
ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލަ: އެކަކު ފިޔަވައި ދެންތިބި މީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައި، އެކަކަށް ދައުވާކުރަން ފޮނުވައިފި
21 ނޮވެމްބަރު 2026

ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދިނުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖުމާންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް ޖަހައިފި

21 ނޮވެމްބަރު 2026
ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދިނުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖުމާންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް ޖަހައިފި
17 ނޮވެމްބަރު 2026

އަބްދުއްރަހްމާނުގެ މަރު: މައްސަލައިގެ ހާދިސާއާ ގުޅޭ ސީސީޓީވީ ފުޓޭޖުތަކާ ގުޅޭގޮތުން ހެކިބަސް ނަގައިފި

17 ނޮވެމްބަރު 2026
އަބްދުއްރަހްމާނުގެ މަރު: މައްސަލައިގެ ހާދިސާއާ ގުޅޭ ސީސީޓީވީ ފުޓޭޖުތަކާ ގުޅޭގޮތުން ހެކިބަސް ނަގައިފި
15 ނޮވެމްބަރު 2026

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

15 ނޮވެމްބަރު 2026
11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!
15 ނޮވެމްބަރު 2026

ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު އަޑުއެހުން އިދާރީ ސަބަބުތަކާހުރެ ކެންސަލްކޮށްފި

15 ނޮވެމްބަރު 2026
ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު އަޑުއެހުން އިދާރީ ސަބަބުތަކާހުރެ ކެންސަލްކޮށްފި
14 ނޮވެމްބަރު 2026

ސްކޭމްގެ ބޮޑެތި މައްސަލަތަކެއް، ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

14 ނޮވެމްބަރު 2026
ސްކޭމްގެ ބޮޑެތި މައްސަލަތަކެއް، ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
12 ނޮވެމްބަރު 2026

ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައިގައި ނައުޝާދު އަނެއްކާވެސް ހައްޔަރުކޮށްފި

12 ނޮވެމްބަރު 2026
ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައިގައި ނައުޝާދު އަނެއްކާވެސް ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް