Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމް

ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދިނުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖުމާންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް ޖަހައިފި

21 ނޮވެމްބަރު 2026 | ހޮނިހިރު 06:39

ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދިނުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖުމާންގެ ބަންދަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް 15 ދުވަސް ވަނީ އިތުރުކޮށްފައި. ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މި މައްސަލައިގައި އޭނާގެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. އޭނާ ބަންދުގައި ބަހައްޓަން ނިންމީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ނޮވެމްބަރު 2026 | ހޮނިހިރު 06:39
ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި، ހއ. ބާރަށް، ކުއްޅަވައްގެ، 26 އަހަރުގެ އަލީ ޖުމާން

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި، ހއ. ބާރަށް، ކުއްޅަވައްގެ، 26 އަހަރުގެ އަލީ ޖުމާން | މޯލްޑިވްސް ޕޮލިސް ސާރވިސް

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް މެދުވެރިކޮށް ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދިނުމަށް ހިތްވަރުދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް ޖަހައިފި އެވެ. 

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ ހއ. ބާރަށް، ކުއްޅަވައްގެ، 26 އަހަރުގެ އަލީ ޖުމާން އެވެ. އޭނާ ފުރަތަމަ ހައްޔަރުކުރީ 22 އޮކްޓޫބަރު 2026 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާގެ ބަންދަށް ފުރަތަމަ 12 ދުވަސް ޖެހުމަށްފަހު އޭގެ ފަހުން 15 ދުވަހަށް ބަންދު ކުރި އެވެ. އަދި ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިމަހުގެ 19 ވަނަ ދުވަހު އަނެއްކާ ވެސް އިތުރަށް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

Advertisement - newsAdvertisement

ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، ޖުމާންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދަށުންނެވެ. އޭނާ ބަންދުކުރުމަށް ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ތ) ގެ ދަށުން، މިފަދަ މައްސަލަތަކުގައި 15 ދުވަހަށްވުރެ އިތުރުނުވާނޭ ގޮތަށް ބަންދު ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދެ އެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހެޅި އިންޓެލިޖެންސް ދެ ރިޕޯޓަކާއި ފުލުހުންގެ ބަޔާނުން، ޖުމާންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން އެކްސްގައި އޭނާ ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ އެކައުންޓުން ކޮށްފައިވާ ޕޯސްޓްތަކާ ގުޅޭ ރިޕޯޓް ވެސް ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަމުރުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި، އެކްސް އެކައުންޓުގައި ހިމެނޭ އެހެން ޕޯސްޓްތަކުން ވެސް އެ އައިޑީއާއި ޖުމާންއާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ހިމެނެނީ ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދިނުމުގެ އަމަލުތައް ހިންގުމަށް ހިތްވަރުދޭ ޒާތުގެ ވާހަކަތަކެއް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

ފުލުހުންގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރަމުން އައިއޯ ކޯޓުގައި ބުނީ، ޖުމާން ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ އައިޑީގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ފޯނުގެ ޕާސްވޯޑް ދީފައިނުވާތީ އާއި ފޯނުގެ ލޮކްކޯޑް ކްރެކްކުރެވިފައި ނުވާތީ، ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އައިއޯ ބުނެފައިވެ އެވެ. 

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަލީ ޖުމާންޓެރަރިޒަމްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2026

އަބްދުއްރަހްމާނުގެ މަރު: މައްސަލައިގެ ހާދިސާއާ ގުޅޭ ސީސީޓީވީ ފުޓޭޖުތަކާ ގުޅޭގޮތުން ހެކިބަސް ނަގައިފި

17 ނޮވެމްބަރު 2026
އަބްދުއްރަހްމާނުގެ މަރު: މައްސަލައިގެ ހާދިސާއާ ގުޅޭ ސީސީޓީވީ ފުޓޭޖުތަކާ ގުޅޭގޮތުން ހެކިބަސް ނަގައިފި
15 ނޮވެމްބަރު 2026

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

15 ނޮވެމްބަރު 2026
11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!
15 ނޮވެމްބަރު 2026

ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު އަޑުއެހުން އިދާރީ ސަބަބުތަކާހުރެ ކެންސަލްކޮށްފި

15 ނޮވެމްބަރު 2026
ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު އަޑުއެހުން އިދާރީ ސަބަބުތަކާހުރެ ކެންސަލްކޮށްފި
14 ނޮވެމްބަރު 2026

ސްކޭމްގެ ބޮޑެތި މައްސަލަތަކެއް، ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

14 ނޮވެމްބަރު 2026
ސްކޭމްގެ ބޮޑެތި މައްސަލަތަކެއް، ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
12 ނޮވެމްބަރު 2026

ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައިގައި ނައުޝާދު އަނެއްކާވެސް ހައްޔަރުކޮށްފި

12 ނޮވެމްބަރު 2026
ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައިގައި ނައުޝާދު އަނެއްކާވެސް ހައްޔަރުކޮށްފި
10 ނޮވެމްބަރު 2026

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލަ: މޭޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި

10 ނޮވެމްބަރު 2026
 ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލަ: މޭޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި
08 ނޮވެމްބަރު 2026

ޑީޕޯޓްކުރަން ގެންދިޔުމުން އަމިއްލަ ޕާސްޕޯޓު ވީދާލި ބިދޭސީއަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި

08 ނޮވެމްބަރު 2026
ޑީޕޯޓްކުރަން ގެންދިޔުމުން އަމިއްލަ ޕާސްޕޯޓު ވީދާލި ބިދޭސީއަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި
08 ނޮވެމްބަރު 2026

ޝުހާދުގެ މަރު: މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން، ޤާތިލަށް ކުރި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

08 ނޮވެމްބަރު 2026
ޝުހާދުގެ މަރު: މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން، ޤާތިލަށް ކުރި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
05 ނޮވެމްބަރު 2026

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

05 ނޮވެމްބަރު 2026
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް