Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަސްކޮއި ޓްރެވަލް ސަރވިސަސް

އަސްކޮއެ ގްރޫޕުން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި ހިޔާނާތްތެރިވި މައްސަލަ ޕީޖީއަށް ފޮނުވައިފި

23 ނޮވެމްބަރު 2026 | ހޯމަ 03:11

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު ނިންމައި އަސްކޮއެ ގްރޫޕަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އެ ކުންފުނީގެ ހުއްދަ ބާތިލުކޮށްފައިވާއިރު، މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ފައިސާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ކޯޓުން ހުކުމްކޮށްފައިވޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 23 ނޮވެމްބަރު 2026 | ހޯމަ 03:11
ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި އުމްރާވެރިން ފުރަނީ

ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި އުމްރާވެރިން ފުރަނީ | އިސްލާމިކް މިނިސްޓްރީ

އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ  ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. 

އާދިއްތަ ދުވަހު ފުލުހުން ބުނި ގޮތުގައި އަސްކޮއެ ގްރޫޕް އިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި އެފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ 2025 ޖުލައި 16 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފަ އެވެ. 

Advertisement - newsAdvertisement

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ތަހުގީގު ނިންމައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2026 ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ. 

އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާއަށް އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހިޔާނާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެގޮތުން، އެ ފައިސާގެ އަދަދު 2،660،300 ރުފިޔާ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. 

 މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ގްރޫޕްގެ ހުއްދަ ބާތިލުކޮށް، އަސްކޮއި ގްރޫޕާ މެދު ފިޔަވަޅު އަޅާފަ އެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި އެ ކުންފުނީގެ މައްޗަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ. އެގޮތުން  އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250 ރުފިޔާ ދޭން މިއަހަރުގެ ފެބްރުއަރީ މަހު ވެސް ސިވިލް ކޯޓުން ހުކުމް ކުރި އެވެ. 

އަސްކޮއި ޓްރެވަލް ސާވިސަސްޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްހިޔާނާތުގެ ތުހުމަތު

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

5

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2026

ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލަ: އެކަކު ފިޔަވައި ދެންތިބި މީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައި، އެކަކަށް ދައުވާކުރަން ފޮނުވައިފި

22 ނޮވެމްބަރު 2026
ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލަ: އެކަކު ފިޔަވައި ދެންތިބި މީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައި، އެކަކަށް ދައުވާކުރަން ފޮނުވައިފި
06 އޮކްޓޯބަރު 2026

ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރި ކުރަމުންދިޔަ މީހަކު އުމުރަށް ޖަލަށް!

06 އޮކްޓޯބަރު 2026
ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރި ކުރަމުންދިޔަ މީހަކު އުމުރަށް ޖަލަށް!
30 ސެޕްޓެމްބަރު 2026

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ

30 ސެޕްޓެމްބަރު 2026
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ
27 ސެޕްޓެމްބަރު 2026

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރަން ހުށަހަޅައިފި

27 ސެޕްޓެމްބަރު 2026
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރަން ހުށަހަޅައިފި
24 ސެޕްޓެމްބަރު 2026

ފުއްގިރި މައްސަލައިގައި ސަން ކުންފުނިތަކުގެ މައްޗަށް ކުށް ސާބިތުނުވި ނިންމުން އިސްތިއުނާފު ނުކުރަން ނިންމީ ނުކުންނާނެ އިތުރު ނަތީޖާއެއް ނެތީމަ: ޕީޖީ

24 ސެޕްޓެމްބަރު 2026
ފުއްގިރި މައްސަލައިގައި ސަން ކުންފުނިތަކުގެ މައްޗަށް ކުށް ސާބިތުނުވި ނިންމުން އިސްތިއުނާފު ނުކުރަން ނިންމީ ނުކުންނާނެ އިތުރު ނަތީޖާއެއް ނެތީމަ: ޕީޖީ
21 ސެޕްޓެމްބަރު 2026

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

21 ސެޕްޓެމްބަރު 2026
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
21 ސެޕްޓެމްބަރު 2026

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026
އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ
20 ސެޕްޓެމްބަރު 2026

އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި

20 ސެޕްޓެމްބަރު 2026
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި
20 ސެޕްޓެމްބަރު 2026

އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް

20 ސެޕްޓެމްބަރު 2026
އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް
17 ސެޕްޓެމްބަރު 2026

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި

17 ސެޕްޓެމްބަރު 2026
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް