Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

އޮފީހަކުން ވަގަށް ނެގި 1 މިލިއަން ރުފިޔާ ހޯދައި، 3 މީހުން ހައްޔަރުކޮށްފި

24 ނޮވެމްބަރު 2026 | އަންގާރަ 14:22

މާލޭގެ އޮފީހަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާގެ ތެރެއިން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު އަނެއް ދެ މީހުންނަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ނޮވެމްބަރު 2026 | އަންގާރަ 14:22
މާލޭގެ އޮފީހަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ތުހުމަތުގައި ހައްޔަރު ކުރިން ތިން މީހުން

މާލޭގެ އޮފީހަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ތުހުމަތުގައި ހައްޔަރު ކުރިން ތިން މީހުން | މޯލްޑިވްސް ޕޮލިސް ސާރވިސް

މާލޭގައި ހިންގާ އޮފީހަކުން ވަގަށް ނެގި ފައިސާގެ ތެރެއިން ބައެއް ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި 3 މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ފުއްޓަރު، އަހްމަދު ނާޡިމް (31އ) އާއި، ރ. މަޑުއްވަރި / މުޝްތަރީގެ، ހުސައިން ޞަބާހް (42އ) އަދި ރ. މަޑުއްވަރި / ސްޓާރލައިން، އާއިޝަތު ނަޝާޔާ (32އ) ކަމަށެވެ. މި މީހުންގެ ތެރެއިން އަހްމަދު ނާޡިމް ހައްޔަރުކޮށްފައިވަނީ މި މަހު 22 ވަނަ ދުވަހު ކަމަށާ އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 23 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2026 ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށާއި މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް އެ ބަލައިފާސްކުރުުމުގެ ތެރެއިން 1,093,122.25 (އެއްމިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އާއި 8845 ޔޫއެސް ޑޮލަރު ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ އޮފީހުން 1,252,505 (އެއްމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސް ރުފިޔާ) އާއި 11470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހްމަދު ނާޡިމް (31އ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ހުސައިން ޞަބާހް (42އ) 30 ދުވަހަށް އަދި އާއިޝަތު ނަޝާޔާ (32އ) ފަސް ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.  

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްވައްކަން ކުރުންކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

3

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

4

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

5

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2026

ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރަށް ހައިކޯޓުން ވެސް ތާއީދުކޮށްފި

22 ނޮވެމްބަރު 2026
ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރަށް ހައިކޯޓުން ވެސް ތާއީދުކޮށްފި
22 ނޮވެމްބަރު 2026

ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލަ: އެކަކު ފިޔަވައި ދެންތިބި މީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައި، އެކަކަށް ދައުވާކުރަން ފޮނުވައިފި

22 ނޮވެމްބަރު 2026
ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލަ: އެކަކު ފިޔަވައި ދެންތިބި މީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައި، އެކަކަށް ދައުވާކުރަން ފޮނުވައިފި
21 ނޮވެމްބަރު 2026

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

21 ނޮވެމްބަރު 2026
ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
21 ނޮވެމްބަރު 2026

ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދިނުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖުމާންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް ޖަހައިފި

21 ނޮވެމްބަރު 2026
ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދިނުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖުމާންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް ޖަހައިފި
17 ނޮވެމްބަރު 2026

އަބްދުއްރަހްމާނުގެ މަރު: މައްސަލައިގެ ހާދިސާއާ ގުޅޭ ސީސީޓީވީ ފުޓޭޖުތަކާ ގުޅޭގޮތުން ހެކިބަސް ނަގައިފި

17 ނޮވެމްބަރު 2026
އަބްދުއްރަހްމާނުގެ މަރު: މައްސަލައިގެ ހާދިސާއާ ގުޅޭ ސީސީޓީވީ ފުޓޭޖުތަކާ ގުޅޭގޮތުން ހެކިބަސް ނަގައިފި
15 ނޮވެމްބަރު 2026

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

15 ނޮވެމްބަރު 2026
11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!
15 ނޮވެމްބަރު 2026

ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު އަޑުއެހުން އިދާރީ ސަބަބުތަކާހުރެ ކެންސަލްކޮށްފި

15 ނޮވެމްބަރު 2026
ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު އަޑުއެހުން އިދާރީ ސަބަބުތަކާހުރެ ކެންސަލްކޮށްފި
14 ނޮވެމްބަރު 2026

ސްކޭމްގެ ބޮޑެތި މައްސަލަތަކެއް، ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

14 ނޮވެމްބަރު 2026
ސްކޭމްގެ ބޮޑެތި މައްސަލަތަކެއް، ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ
12 ނޮވެމްބަރު 2026

ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައިގައި ނައުޝާދު އަނެއްކާވެސް ހައްޔަރުކޮށްފި

12 ނޮވެމްބަރު 2026
ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައިގައި ނައުޝާދު އަނެއްކާވެސް ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް