Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ފާހިޝު އަމަލުތައް ހިންގުން ހުއްޓުވަން އަވަސް ފިޔަވަޅު ނާޅައިފިނަމަ، ރާއްޖެ ސިއްހީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ޚުތުބާގައި ދީފި

27 ނޮވެމްބަރު 2026 | ހުކުރު 08:32

ފާހިޝު އަމަލުތަކަކީ ދީނީ ގޮތުން ހަރާމް ކަންތައްތަކެއް ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން އެޗްއައިވީ އާއި އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް މުޖުތަމައުގައި ފެތުރި ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޚުތުބާގައި ވަނީ ދީފައި. އެހެންކަމުން، މިފަދަ ވަބާތަކުން ގައުމު ސަލާމަތްކުރުމަށް މައިންބަފައިންނާއި މުއައްސަސާތަކުން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޚުތުބާގައި ގޮވާލާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ނޮވެމްބަރު 2026 | ހުކުރު 08:32
ހުކުރު ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން | އިސްލާމިކް މިނިސްޓްރީ

ވިޔަފާރީގެ އުސޫލުން އެކިއެކި މަންސަތަކުގައި އަގުތަކާއެކު އިޝްތިހާރުކޮށްގެން ފާޅުގައި ފާހިޝު އަމަލުތައް ހިންގުން އިތުރުވަމުންދާތީ، އެފަދަ ނުރައްކާތެރި ވަބާތަކުން ގައުމު ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ދިވެހިރާއްޖެ ބޮޑު ސިއްހީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. 

"ފާހިޝު އަމަލުތަކާ ދުރުހެލިވާށެވެ" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް އެފަދަ އަމަލުތައް ކުރުމަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަމެއް ކަމަށާއި، މުއުމިނުންގެ މެދުގައި ފާހިޝު ކަންކަން ފަތުރަން މަސައްކަތްކުރާ މީހުންނަށް ދެ ދުނިޔޭގައި ވެސް ވޭންދެނިވި އަޒާބު ލިބޭ ކަމަށެވެ. 

ފާހިޝު އަމަލުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑެތި ފާފަތަކަކީ ޒިނޭ އާއި، އެއްޖިންސުން ގުޅުން ހިންގުންކަން ފާހަގަކޮށް މިފަދަ ނުބައި އަމަލުތަކުގެ ސަބަބުން ލޫތުގެފާނުގެ ގައުމުގެ މީހުންނަށް މާތް ﷲ ފޮނުއްވެވި ގަދަފަދަ އަޒާބުން އިބުރަތް ލިބިގަތުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ. 

ފާހިޝު އަމަލުތަކުގެ ތެރޭގައި ހިމެނޭ ފާފަވެރިވުން ބޮޑު، އަމަލުތަކުގެ ތެރޭގައި ޒިނޭއާއި ލިވާޠާއި ސިހާގު ހިމެނެ އެވެ. ޒިނޭކުރުމުގެ ނުބައިކަމާ ބެހޭ ގޮތުން މާތް الله ވަހީކުރައްވައިފައިވެ އެވެ. [1] މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައިވި އެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހައި ނުބައިވެގެންވެ އެވެ." އަދި ލިވާތުކުރުމުގެ ނުބައިކަމާ ބެހޭ ގޮތުން މާތް الله ވަހީކުރައްވައިފައިވެ އެވެ. މާނައީ: "لوطގެފާނު، އެކަލޭގެފާނުގެ قومގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ދެކެ ދެނެ ތިބި حال، فاحش عملތައް ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى އެދުން ފުއްދުމަށް ޓަކައި އަންހެނުން ފިޔަވައި ފިރިހެނުންނާ ގާތްވަނީހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނަކީ، ތަންދޮރުނޭނގޭ جاهل ބަޔަކީމުއެވެ.  
ހުކުރު ޚުތުބާ 

ފާހިޝު އަމަލުތަކުގެ ސަބަބުން ޖެހޭ ސިއްހީ ނުރައްކާތަކަށް އަލިއަޅުވާލައި، ޚުތުބާގައި ބުނީ، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޗްއައިވީ ވައިރަހާއި އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް އެންމެ ގިނައިން ފެތުރެމުންދަނީ އެއްޖިންސުން ގުޅުން ހިންގާ ޒުވާނުންގެ މެދުގައި ކަމަށެވެ. އަދި ލެޔާއި ހަށިގަނޑުގެ ދިޔައިގެ ޒަރީއާއިން ފުރަމެއަށް ޖެހޭ ނުރައްކާތެރި ބަލިތައް ވެސް މިފަދަ އަމަލުތަކުގެ ސަބަބުން ފަސޭހައިން ފެތުރިގެންދާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން، ޚުތުބާގައި ބުނީ، ފާހިޝު އަމަލުތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި މައިންބަފައިންނާއި، މުދައްރިސުންނާއި އަދި ކަމާބެހޭ އެކިއެކި މުއައްސަސާތަކުގެ މަސްއޫލުވެރިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ. ނޫންނަމަ ގިނަ ބަޔަކު ފާފަވެރިވުމުގެ އިތުރުން ޖިންސީ ގޮތުން ފެތުރޭ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށް މުޖުތަމައު ވެގެންދާނެ ކަމުގެ އިންޒާރު ޚުތުބާގައި ވަނީ ދީފަ އެވެ. 

އިންސާނާގެ ތަބީއަތުގައިވާ އެދުންތައް ފުއްދުމުގައި އިސްލާމްދީން ހުއްދަކުރައްވާފައިވާ ގޮތް އިޚުތިޔާރުކުރުމަށް ބާރުއަޅަމުން، ކައިވެނިކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން ކައިވެނިކުރުމަށާއި އަދި އެކަމަށް ކުޅަދާނަކަން ނެތް ފަރާތްތަކުން ރޯދަހިފުމަށް ރަސޫލާގެ ހަދީޘްފުޅުން ދަލީލު ދައްކަވައި ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި ކައިވެނިކުރުމުގެ ތަނަވަސްކަން ނެތް ޒުވާނުންނަށް ކައިވެނިކޮށްދިނުމުގައި އެހީތެރިވެދިނުމަށް ވެސް ޚުތުބާގައި އިލްތިމާސްކޮށްފައިވެ އެވެ. 

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2026

އަހުލާގީ ރިވެތި ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ކަމަކަށް ވާއިރު، ބައެއް މީހުންގެ ކިބައިން އެ ސިފަތައް ނުފެންނަކަމީ ހިތާމަހުރި ކަމެއް: ޚުތުބާ

20 ނޮވެމްބަރު 2026
އަހުލާގީ ރިވެތި ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ކަމަކަށް ވާއިރު، ބައެއް މީހުންގެ ކިބައިން އެ ސިފަތައް ނުފެންނަކަމީ ހިތާމަހުރި ކަމެއް: ޚުތުބާ
13 ނޮވެމްބަރު 2026

ނިއުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް، ޝުކުރުވެރިވާ މީހުންނަށް ނިއުމަތްތައް އިތުރުކޮށްދެއްވާނެ: ޚުތުބާ

13 ނޮވެމްބަރު 2026
ނިއުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް، ޝުކުރުވެރިވާ މީހުންނަށް ނިއުމަތްތައް އިތުރުކޮށްދެއްވާނެ: ޚުތުބާ
06 ނޮވެމްބަރު 2026

ސިއްހަތާއި ހުސްވަގުތާމެދު ޣާފިލުނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

06 ނޮވެމްބަރު 2026
ސިއްހަތާއި ހުސްވަގުތާމެދު ޣާފިލުނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި
30 އޮކްޓޯބަރު 2026

ހަރުދަނާ މުޖުތަމައެއް ބިނާކުރެވޭނީ އާއިލީ ގުޅުންތައް ބަދަހިކޮށްގެން: ޚުތުބާ

30 އޮކްޓޯބަރު 2026
ހަރުދަނާ މުޖުތަމައެއް ބިނާކުރެވޭނީ އާއިލީ ގުޅުންތައް ބަދަހިކޮށްގެން: ޚުތުބާ
23 އޮކްޓޯބަރު 2026

މުސްލިމުން އިސްލާމް ދީނާ ދުރުހެލިވެއްޖެނަމަ ނިކަމެތިވެ، ދުޝްމަނުންގެ ބާރު ފޯރާ: ޚުތުބާ

23 އޮކްޓޯބަރު 2026
މުސްލިމުން އިސްލާމް ދީނާ ދުރުހެލިވެއްޖެނަމަ ނިކަމެތިވެ، ދުޝްމަނުންގެ ބާރު ފޯރާ: ޚުތުބާ
09 އޮކްޓޯބަރު 2026

މުދަލުން އެންމެ ފުރަތަމަ އަދި އިސްކަންދޭން ޖެހޭ ވާޖިބަކީ އަމިއްލަ އަހުލުންނަށް ކުރާ ހޭދަ: ޚުތުބާ

09 އޮކްޓޯބަރު 2026
މުދަލުން އެންމެ ފުރަތަމަ އަދި އިސްކަންދޭން ޖެހޭ ވާޖިބަކީ އަމިއްލަ އަހުލުންނަށް ކުރާ ހޭދަ: ޚުތުބާ
02 އޮކްޓޯބަރު 2026

ނަފުސާނީ ގޮންޖެހުންތަކާއި ދިރިއުޅުމުގެ ދަތިތަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތްﷲ އަށް ޒިކުރުކުރުން: ޚުތުބާ

02 އޮކްޓޯބަރު 2026
ނަފުސާނީ ގޮންޖެހުންތަކާއި ދިރިއުޅުމުގެ ދަތިތަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތްﷲ އަށް ޒިކުރުކުރުން: ޚުތުބާ
25 ސެޕްޓެމްބަރު 2026

ފާގަތިކަން ހޯދުމުގެ ނަމުގައި އުޚުރަވީ ހަޔާތް ވިއްކައިލި ނަމަވެސް، ހަގީގީ ކާމިޔާބީގެ ދަތުރު ފެށޭނީ އިންސާނާގެ އެތެރެފުށް އިސްލާހުވުމުން: ޚުތުބާ

25 ސެޕްޓެމްބަރު 2026
ފާގަތިކަން ހޯދުމުގެ ނަމުގައި އުޚުރަވީ ހަޔާތް ވިއްކައިލި ނަމަވެސް، ހަގީގީ ކާމިޔާބީގެ ދަތުރު ފެށޭނީ އިންސާނާގެ އެތެރެފުށް އިސްލާހުވުމުން: ޚުތުބާ
18 ސެޕްޓެމްބަރު 2026

މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމަށާއި އިސްރާފާއި ދަރަނިން ރައްކާތެރިވުމަށް ޚުތުބާގައި ގޮވާލައިފި

18 ސެޕްޓެމްބަރު 2026
މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމަށާއި އިސްރާފާއި ދަރަނިން ރައްކާތެރިވުމަށް ޚުތުބާގައި ގޮވާލައިފި
11 ސެޕްޓެމްބަރު 2026

އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަޚުލާގުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި، އެކަކު އަނެކަކަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރަން ޖެހޭ: ޚުތުބާ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް