Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

އަހުލާގީ ރިވެތި ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ކަމަކަށް ވާއިރު، ބައެއް މީހުންގެ ކިބައިން އެ ސިފަތައް ނުފެންނަކަމީ ހިތާމަހުރި ކަމެއް: ޚުތުބާ

20 ނޮވެމްބަރު 2026 | ހުކުރު 08:38

ރިވެތި އަހުލާގަކީ ތަހުޒީބީ މުޖުތަމައެއްގެ އެންމެ މުހިންމު ބަހާ ކަމަށާއި، ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައި ވެސް ކެތްތެރިކަމާއި މަޑުމައިތިރި ބަސްމަގު އިސްކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައި. އިލްމާއި ފަންނިއްޔާތުން ކުރިއެރުން ހޯދި ނަމަވެސް، އަހުލާގީ ސިފަތައް ނެތް ނަމަ އެއީ ހަގީގީ ކުރިއެރުމެއް ނޫންކަން ފާހަގަކޮށް، ދެ ދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ރިވެތި ސުލޫކުގައި ސާބިތުވެ ތިބުމަށް ޚުތުބާގައި ގޮވާލާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ނޮވެމްބަރު 2026 | ހުކުރު 08:38
މާލޭގައި އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށްފަހު ޚުތުބާ އަޑު އަހަނީ- ފައިލް ފޮޓޯ

މާލޭގައި އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށްފަހު ޚުތުބާ އަޑު އަހަނީ- ފައިލް ފޮޓޯ

އިސްލާމްދީނަކީ އިންސާނާއަށް ރިވެތި އަހުލާގާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް މާތް ﷲ ބާވައިލެއްވި ދީން ކަމަށާއި، ތަހުޒީބީ ގޮތުން ގައުމެއް ކުރިއަރައިފައިވާކަމުގެ އެންމެ ފުރިހަމަ ނިޝާނަކީ ރިވެތި އަހުލާގު މުޖުތަމައު ޒީނަތްތެރިވެފައި އޮތުން ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

"އިސްލާމް ދީނަކީ ރިވެތި އަހުލާގުގެ ދީން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބަޔާންކުރި ގޮތުގައި، ކީރިތި ރަސޫލާ ﷺ ފޮނުއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މީސްތަކުންނަށް ރިވެތި އަހުލާގު އުނގަންނައިދެއްވައި، އެކަން ފުރިހަމަކުރެއްވުމެވެ. އަދި ހެޔޮކަމުގެ މީޒާނުގައި ރިވެތި އަހުލާގަށް ވުރެ ބަރު އެއްވެސް އެއްޗެއް ނުވާކަމާއި، ރިވެތި ޚުލްގުގެ ސަބަބުން ރޭއަޅުކަންކޮށް ސުންނަތް ރޯދަހިފުމުގައި ދެމިހުންނަ މީހެއްގެ ދަރަޖަ ލިބޭކަން ހަދީޘްފުޅުތަކުން އެނގޭ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި އަހުލާގީ ރިވެތި ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ސިފަތަކަކަށް ވާއިރު، މިއަދު ބައެއް މީހުންގެ ކިބައިން އެ މާތް ސިފަތައް ނުފެންނަކަމީ ހިތާމަހުރި ކަމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ. 

ދިރިއުޅުމުގައި ކުރިމަތިވާ އެކި ދަތިތަކާއި އިމްތިހާނުތަކުގައި ކެތްތެރިވުމަކީ މުހިންމު ސިފައެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ދުންޔަވީ ހަޔާތުގައި ސިއްހަތާއި ބަލިމަޑުކަން، ތަނަވަސްކަމާއި ދަތިކަން، އަދި އަމާންކަމާއި ނާމާންކަން ކުރިމަތިވަނީ މާތް ﷲ ގެ އިމްތިހުނުތަކެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން ދަތި ހާލަތްތަކުގައި ވެސް ކެތްތެރިކަން އިސްކޮށް، އެހެން މީހުން ބުރަ މަސައްކަތުން ހޯދާފައި ހުންނަ މުދާ ފޭރުމާއި ވައްކަން ކުރުން ފަދަ ނުރަނގަޅު އަމަލުތަކުން ދުރުހެލިވާން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. މީގެ އިތުރުން މުއާމަލާތުކުރުމާއި ވާހަކަދެއްކުމުގައި މަޑުމައިތިރިކަމާއި ރިވެތި ބަސްމަގު އިޚްތިޔާރުކުރުމަށް ވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. 

މާތް ﷲ، ސަލާމް ލެއްވި މޫސާގެފާނާއި ހާރޫނުގެފާނު ފިރުއައުނުގެ ގާތަށް ފޮނުއްވި ހިނދު އެ ބޭކަލުން ފިރުޢައުނާ މުޚާތަބުކުރައްވާން އަމުރުކުރެއްވި ގޮތް ބަޔާންކުރައްވައި، އެކަލާނގެ ވަޙީކުރައްވައިފައި ވާ ބަސްފުޅުގެ މާނައީ: "ފިރުއައުނުގެ ގާތަށް ތިޔަ ދެ ބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެ ބޭކަލުން އޭނާއަށް ބަސްވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެ ކަމުގެ އުންމީދުގައެވެ"
ހުކުރު ޚުތުބާ 

މީގެ އިތުރުން ޚުތުބާގައި ބުނީ، މުސްލިމުން މިއަދު ސިއްހަތާއި، ޓެކްނޮލޮޖީއާއި، ތައުލީމާއި، އިގްތިސާދީ ގޮތުން ކުރިއަރައިދިޔަ ނަމަވެސް، އަހުލާގީ ރިވެތި ސިފަތަކެއް ނެތް ނަމަ އެއީ ހަގީގީ ކުރިއެރުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

އެހެންކަމުން މާޒީގައި މުސްލިމުން އިލްމާއި ފަންނުގެ އިތުރުން އަހުލާގީ ގޮތުން ވެސް ކުރިހޯދި ފަދައިން، މިއަދު ވެސް ރިވެތި އަހުލާގުގެ މަތީގައި ސާބިތުވެ ތިބުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

4

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

5

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2026

ނިއުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް، ޝުކުރުވެރިވާ މީހުންނަށް ނިއުމަތްތައް އިތުރުކޮށްދެއްވާނެ: ޚުތުބާ

13 ނޮވެމްބަރު 2026
ނިއުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް، ޝުކުރުވެރިވާ މީހުންނަށް ނިއުމަތްތައް އިތުރުކޮށްދެއްވާނެ: ޚުތުބާ
06 ނޮވެމްބަރު 2026

ސިއްހަތާއި ހުސްވަގުތާމެދު ޣާފިލުނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

06 ނޮވެމްބަރު 2026
ސިއްހަތާއި ހުސްވަގުތާމެދު ޣާފިލުނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި
30 އޮކްޓޯބަރު 2026

ހަރުދަނާ މުޖުތަމައެއް ބިނާކުރެވޭނީ އާއިލީ ގުޅުންތައް ބަދަހިކޮށްގެން: ޚުތުބާ

30 އޮކްޓޯބަރު 2026
ހަރުދަނާ މުޖުތަމައެއް ބިނާކުރެވޭނީ އާއިލީ ގުޅުންތައް ބަދަހިކޮށްގެން: ޚުތުބާ
23 އޮކްޓޯބަރު 2026

މުސްލިމުން އިސްލާމް ދީނާ ދުރުހެލިވެއްޖެނަމަ ނިކަމެތިވެ، ދުޝްމަނުންގެ ބާރު ފޯރާ: ޚުތުބާ

23 އޮކްޓޯބަރު 2026
މުސްލިމުން އިސްލާމް ދީނާ ދުރުހެލިވެއްޖެނަމަ ނިކަމެތިވެ، ދުޝްމަނުންގެ ބާރު ފޯރާ: ޚުތުބާ
09 އޮކްޓޯބަރު 2026

މުދަލުން އެންމެ ފުރަތަމަ އަދި އިސްކަންދޭން ޖެހޭ ވާޖިބަކީ އަމިއްލަ އަހުލުންނަށް ކުރާ ހޭދަ: ޚުތުބާ

09 އޮކްޓޯބަރު 2026
މުދަލުން އެންމެ ފުރަތަމަ އަދި އިސްކަންދޭން ޖެހޭ ވާޖިބަކީ އަމިއްލަ އަހުލުންނަށް ކުރާ ހޭދަ: ޚުތުބާ
02 އޮކްޓޯބަރު 2026

ނަފުސާނީ ގޮންޖެހުންތަކާއި ދިރިއުޅުމުގެ ދަތިތަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތްﷲ އަށް ޒިކުރުކުރުން: ޚުތުބާ

02 އޮކްޓޯބަރު 2026
ނަފުސާނީ ގޮންޖެހުންތަކާއި ދިރިއުޅުމުގެ ދަތިތަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތްﷲ އަށް ޒިކުރުކުރުން: ޚުތުބާ
25 ސެޕްޓެމްބަރު 2026

ފާގަތިކަން ހޯދުމުގެ ނަމުގައި އުޚުރަވީ ހަޔާތް ވިއްކައިލި ނަމަވެސް، ހަގީގީ ކާމިޔާބީގެ ދަތުރު ފެށޭނީ އިންސާނާގެ އެތެރެފުށް އިސްލާހުވުމުން: ޚުތުބާ

25 ސެޕްޓެމްބަރު 2026
ފާގަތިކަން ހޯދުމުގެ ނަމުގައި އުޚުރަވީ ހަޔާތް ވިއްކައިލި ނަމަވެސް، ހަގީގީ ކާމިޔާބީގެ ދަތުރު ފެށޭނީ އިންސާނާގެ އެތެރެފުށް އިސްލާހުވުމުން: ޚުތުބާ
18 ސެޕްޓެމްބަރު 2026

މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމަށާއި އިސްރާފާއި ދަރަނިން ރައްކާތެރިވުމަށް ޚުތުބާގައި ގޮވާލައިފި

18 ސެޕްޓެމްބަރު 2026
މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމަށާއި އިސްރާފާއި ދަރަނިން ރައްކާތެރިވުމަށް ޚުތުބާގައި ގޮވާލައިފި
11 ސެޕްޓެމްބަރު 2026

އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަޚުލާގުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި، އެކަކު އަނެކަކަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރަން ޖެހޭ: ޚުތުބާ

04 ސެޕްޓެމްބަރު 2026

ކުޑަކުދިންނަށް ލިބިދޭންވާ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ އާއިލާއެއްގެ ތެރެއިން އަދި އެފަދަ އާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމައަކުން: ޚުތުބާ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް