Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ނިއުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް، ޝުކުރުވެރިވާ މީހުންނަށް ނިއުމަތްތައް އިތުރުކޮށްދެއްވާނެ: ޚުތުބާ

13 ނޮވެމްބަރު 2026 | ހުކުރު 08:32

ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި އެ ނިއުމަތްތައް ބޭނުންކުރުން ކަމަށާއި، މީސްތަކުން ކޮށްދޭ ހެޔޮކަންކަމަށް ޝުކުރު އަދާކުރުމަކީ އިސްލާމީ ތަރުބިޔަތުގެ މުހިންމު ބައެއްކަން ޚުތުބާގައި ފާހަގަކޮށްފައިވޭ. މީގެ އިތުރުން އިސްރާފުކުރުމާއި ބޮޑާވުމުން ދުރުހެލިވެ، ހިތާއި ދުލާއި ގުނަވަންތަކުން ޝުކުރުވެރިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 13 ނޮވެމްބަރު 2026 | ހުކުރު 08:32
ހުކުރު ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން. ފައިލް ފޮޓޯ

ހުކުރު ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން. ފައިލް ފޮޓޯ | އިސްލާމިކް މިނިސްޓްރީ

ނިއުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށާއި، ޝުކުރުވެރިވާ މީހުންނަށް ނިއުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

"ނިއުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ، ދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓޭނީ، ދުންޔަވީ ކަންކަމުގައި ތިބާއަށް ވުރެ ދަށުގައި ތިބި މީހުންނަށް ބަލައި، ތިބާއަށް މާތް ﷲ ދެއްވި ނިއުމަތްތަކުގެ މަތިވެރިކަން ވަޒަންކޮށްގެން ކަމަށާއި، މީސްތަކުން ކޮށްދޭ ހެޔޮކަންކަމަށް ޝުކުރުވެރިވެވިގެން ކަމަށެވެ.

ހަމައެހެންމެ، އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވެ، ނިއުމަތްތަކަށް ރައްކާތެރިވާން ޖެހޭ ކަމަށާއި، ޚާލިގުވަންތަ ރަސްކަލާނގެ ރުހިވޮޑިގަންނަވާ ކަންކަމުގައި އެ ނިއުމަތްތައް ހޭދަ ކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އަދި ނިއުމަތްތަކަށް ޝުކުރުވެރިވުން ފުރިހަމަވަނީ، އިންސާނާގެ ހިތާއި ދުލާއި ގުނަވަންތައް އެ ކަމުގައި ޝާމިލުކުރުމުން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، މާތް ﷲގެ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިއުތިރާފުވެ، އެ ނިއުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުން ކަމަށާއި، މުޖުތަމައުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ނިއުމަތްތަކަށް ޝުކުރުވެރިވުން ކަމަށެވެ. 

މިއީ އަޅާގެ ދީނާއި ދުނިޔެއަށް ހެޔޮކަން ގެނެސްދޭ އަދި ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއް ކަމަށާއި، ޝުކުރުވެރިވުމަކީ ނަބީބޭކަލުންގެ ވެސް މަތިވެރި ސިފަފުޅެއްކަން އިބްރާހީމްގެފާނާއި، ސުލައިމާންގެފާނު އަދި މޫސާގެފާނުގެ ހަޔާތްޕުޅުން ދަލީލުދައްކައި ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

ނިއުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ޝުކުރުވެރިވާ މީހުންނަށް ނިއުމަތްތައް އިތުރުކޮށް ދެއްވާނެ ކަމަށެވެ.

ޝުކުރުވެރިވާ މީހުންނަށް ނިއުމަތްތައްއިތުރުކޮށްދެއްވާނޭކަމާއި ނިއުމަތްތަކަށް ފުރަގަސްދިން ބަޔަކަށް ގަދަފަދަ އަދާބުދެއްވާނޭކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެ އެވެ. ﴿ وَإِذْ نَاذَكَ ﴾رَبُّكُمْ لَمِن شَكَرَتْهُ لَا رَيْدَنَكُمْ ۖ وَلَمَنِ كَفَرَتُمْ إِنَّ عَذَابِ لَشَيْدِيدٌ ﴾ 14 މާނައީ: "އަދިތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން،ތިޔަބައިމީހުން شكرކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكرނުކޮށް)كافر ވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ عذابގަދަފަދަވެގެންވާކަން ކަށަވަރެވެ.
ހުކުރު ޚުތުބާ 

ޚުތުބާގައި ބުނީ، މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރުން، އިންސާނުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރު އަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހުމިއްޔަތުކަމެއް ދީފައިވާ ކަމެއް ކަމަށެވެ. ޚާއްސަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމަށް އަމުރުކުރައްވާފައިވާ ކަމާއި، މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ މާތް ﷲއަށް ޝުކުރުވެރިނުވާކަން ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްފުޅުން ހާމަވާ ކަމަށެވެ. އަދި މީހަކު ކޮށްދޭ ހެޔޮކަމަކަށް "ޖަޒާކަﷲ ޚައިރަން" ބުނުމަކީ ޝުކުރުވެރިވުމުގެ އެންމެ މަތީ ދަރަޖައަށް ވާޞިލުވުން ކަމުގައި ވެސް ފާހަގަކޮށްފައިވެ އެވެ. 

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

2

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

3

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

4

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

5

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2026

ސިއްހަތާއި ހުސްވަގުތާމެދު ޣާފިލުނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

06 ނޮވެމްބަރު 2026
ސިއްހަތާއި ހުސްވަގުތާމެދު ޣާފިލުނުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި
30 އޮކްޓޯބަރު 2026

ހަރުދަނާ މުޖުތަމައެއް ބިނާކުރެވޭނީ އާއިލީ ގުޅުންތައް ބަދަހިކޮށްގެން: ޚުތުބާ

30 އޮކްޓޯބަރު 2026
ހަރުދަނާ މުޖުތަމައެއް ބިނާކުރެވޭނީ އާއިލީ ގުޅުންތައް ބަދަހިކޮށްގެން: ޚުތުބާ
23 އޮކްޓޯބަރު 2026

މުސްލިމުން އިސްލާމް ދީނާ ދުރުހެލިވެއްޖެނަމަ ނިކަމެތިވެ، ދުޝްމަނުންގެ ބާރު ފޯރާ: ޚުތުބާ

23 އޮކްޓޯބަރު 2026
މުސްލިމުން އިސްލާމް ދީނާ ދުރުހެލިވެއްޖެނަމަ ނިކަމެތިވެ، ދުޝްމަނުންގެ ބާރު ފޯރާ: ޚުތުބާ
09 އޮކްޓޯބަރު 2026

މުދަލުން އެންމެ ފުރަތަމަ އަދި އިސްކަންދޭން ޖެހޭ ވާޖިބަކީ އަމިއްލަ އަހުލުންނަށް ކުރާ ހޭދަ: ޚުތުބާ

09 އޮކްޓޯބަރު 2026
މުދަލުން އެންމެ ފުރަތަމަ އަދި އިސްކަންދޭން ޖެހޭ ވާޖިބަކީ އަމިއްލަ އަހުލުންނަށް ކުރާ ހޭދަ: ޚުތުބާ
02 އޮކްޓޯބަރު 2026

ނަފުސާނީ ގޮންޖެހުންތަކާއި ދިރިއުޅުމުގެ ދަތިތަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތްﷲ އަށް ޒިކުރުކުރުން: ޚުތުބާ

02 އޮކްޓޯބަރު 2026
ނަފުސާނީ ގޮންޖެހުންތަކާއި ދިރިއުޅުމުގެ ދަތިތަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތްﷲ އަށް ޒިކުރުކުރުން: ޚުތުބާ
25 ސެޕްޓެމްބަރު 2026

ފާގަތިކަން ހޯދުމުގެ ނަމުގައި އުޚުރަވީ ހަޔާތް ވިއްކައިލި ނަމަވެސް، ހަގީގީ ކާމިޔާބީގެ ދަތުރު ފެށޭނީ އިންސާނާގެ އެތެރެފުށް އިސްލާހުވުމުން: ޚުތުބާ

25 ސެޕްޓެމްބަރު 2026
ފާގަތިކަން ހޯދުމުގެ ނަމުގައި އުޚުރަވީ ހަޔާތް ވިއްކައިލި ނަމަވެސް، ހަގީގީ ކާމިޔާބީގެ ދަތުރު ފެށޭނީ އިންސާނާގެ އެތެރެފުށް އިސްލާހުވުމުން: ޚުތުބާ
18 ސެޕްޓެމްބަރު 2026

މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމަށާއި އިސްރާފާއި ދަރަނިން ރައްކާތެރިވުމަށް ޚުތުބާގައި ގޮވާލައިފި

18 ސެޕްޓެމްބަރު 2026
މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމަށާއި އިސްރާފާއި ދަރަނިން ރައްކާތެރިވުމަށް ޚުތުބާގައި ގޮވާލައިފި
11 ސެޕްޓެމްބަރު 2026

އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަޚުލާގުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި، އެކަކު އަނެކަކަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރަން ޖެހޭ: ޚުތުބާ

04 ސެޕްޓެމްބަރު 2026

ކުޑަކުދިންނަށް ލިބިދޭންވާ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ އާއިލާއެއްގެ ތެރެއިން އަދި އެފަދަ އާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމައަކުން: ޚުތުބާ

28 އޯގަސްޓު 2026

މުޖުތަމައު އިސްލާހު ކުރަން ގޮވާލައި ޚުތުބާގައި ހަނދާންކޮށްދިނީ ހިޔާގައި ތިބި ކުދިންނާއި ލޭއަޅާ ކުދިންނަށް އެހީތެރިވެދިނުމުގެ މުހިއްމުކަން!

28 އޯގަސްޓު 2026
މުޖުތަމައު އިސްލާހު ކުރަން ގޮވާލައި ޚުތުބާގައި ހަނދާންކޮށްދިނީ ހިޔާގައި ތިބި ކުދިންނާއި ލޭއަޅާ ކުދިންނަށް އެހީތެރިވެދިނުމުގެ މުހިއްމުކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް