Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

މުސްލިމުން އިސްލާމް ދީނާ ދުރުހެލިވެއްޖެނަމަ ނިކަމެތިވެ، ދުޝްމަނުންގެ ބާރު ފޯރާ: ޚުތުބާ

23 އޮކްޓޯބަރު 2026 | ހުކުރު 08:21

ދެ ދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވަނީ އިސްލާމީ އުސޫލުތަކާ ކަމަށްވާއިރު، ދީނީ ވާޖިބުތަކަށް ފަރުވާކުޑަނުކޮށް ކޮންމެފަދަ ހާލަތެއްގައި ވެސް ދީނުގައި ސާބިތުވެ ތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައި. އަދި އިސްލާމީ ރީތި އަޚުލާގު ދައްކުވައިދީ، ޝިރުކާއި ބިދުއަތަކުން ދުރުހެލިވެ، މުސްލިމުން އެކަކު އަނެކަކަށް އެހީތެރިވެ އުޅުމަށް ޚުތުބާގައި ގޮވާލާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޮކްޓޯބަރު 2026 | ހުކުރު 08:21
ދެބަފައިން މިސްކިތަށް އެރުމަށްޓަކައި މަގު ހުރަސްކުރަނީ

ދެބަފައިން މިސްކިތަށް އެރުމަށްޓަކައި މަގު ހުރަސްކުރަނީ | ރާއްޖެއެމްވީ

އިސްލާމްދީނަކީ މާތްﷲ އިންސާނިއްޔަތަށް މިންވަރުކުރެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށާއި، ކޮންމެ ފަދަ ހާލަތެއްގައި ވެސް ދީނުގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

"އިސްލާމްދީނުގެ މަތިވެރި ނިއުމަތް" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ،  ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ކާމިޔާބީ ގުޅިފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާ ކަމަށާއި، މިއީ ހުރިހާ ހެޔޮ ކަމަކަށް މަގުދައްކައި، އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމަށް އަމުރުކުރާ ދީން ކަމަށެވެ. 

ނަމަވެސް ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، މާތްﷲ ކަނޑައަޅުއްވާފައިވާ އިންތަކުން ބޭރުވެ، ދީނީ ވާޖިބުތަކަށް އިހުމާލުވަމުންދާ ކަމީ ހިތާމަހުރި ކަމެއް ކަމަށާއި، އިސްލާމީ އުސޫލުތަކާ ބީރައްޓެހި ސަގާފަތްތަކާއި ނުރަނގަޅު އަޚުލާގީ މިންގަނޑުތަކަށް ތަބާނުވެ އެފަދަ ކަންކަމުން ދުރުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހަގީގީ މުސްލިމަކީ ކޮންމެ ފަދަ ގުރުބާނީއެއް ވާން ޖެހުނަސް ނުވަތަ އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އިސްލާމްދީނުގެ ކުރީކޮޅުގައި ޞަޙާބީން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީތައް ހަނދާން ކުރަންޖެހޭ ކަމަށެވެ.

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ މުއައްޛިނެއްކަމުގައިވާ بِلَال رَضِيَ الله عَنْهއަށް ކާފިރުން ދެމުންދިޔަ އަނިޔާ އޭގެ އިންތިހާއަށް ދިޔަ އެވެ. އެކަލޭގެފާނުގެ މޭފުޅު މައްޗަށް ބޮޑެތި ހިލަތައް އަރުވައި މައްކާގެ ހޫނު ހިލަބިމުގައި އެކަލޭގެފާނު ދަމަމުން، އިސްލާމްދީން ދޫކޮށްލުމަށް މަޖުބޫރުކުރި އެވެ. ނަމަވެސް އެކަލޭގެފާނު ސާބިތުކަމާ އެކު ވިދާޅުވަމުން ގެންދެވީ: "أَحَدٌ أَحَدٌ" މިފަދައިންނެވެ. މާނައީ: "މާތް الله އެއްކައުވަންތަ އެވެ. މާތް الله އެއްކައުވަންތަ އެވެ." ހަމަ އެފަދައިން މާތް ޞަޙާބީއެއްކަމުގައިވާ اَلْـخَبَّابُ بْنُ الْاَرَتِّ އިސްލާމްދީން ޤަބޫލުކުރެއްވުމުން އެކަލޭގެފާނަށް ނުހަނު ބޮޑަށް އަނިޔާކުރެވުނެވެ. ނަމަވެސް އެކަލޭގެފާނު އިސްލާމްދީނުގައި ސާބިތުވެ ހުންނެވި އެވެ. މުޝްރިކުން އެކަލޭގެފާނަށް ދިން އަނިޔާތަކުގެ ތެރޭގައި، އަލިފާންގަނޑެއް ރޯކޮށް، އެ އަލިފާންގަނޑުގެ މަތީގައި އެކަލޭގެފާނު ދެމުން ހިމެނެ އެވެ. އެ އަލިފާންގަނޑު ނިވުނީ އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މަސްތައް ފިހިގެން ފޭބި ދިޔައިންނެވެ. މި ހުރިހައިކަމެއް ހިނގައިދިޔަ އިރު ވެސް، އެކަލޭގެފާނު ހުންނެވީ ސާބިތުކަމާ އެކުގަ އެވެ. 
ހުކުރު ޚުތުބާ 

މީގެ އިތުރުން ޚުތުބާގައި ބުނީ، މުސްލިމުން ދީނުގައި ހިފަހައްޓައިގެން ތިބި ކޮންމެ ހިނދެއްގައި މަތިވެރިކަން ލިބުނު ކަމަށާއި، ނަމަވެސް ދީނާ ދުރުހެލިވި ހިނދު ނިކަމެތިވެ ދުޝްމަނުންގެ ބާރު ފޯރާފައިވާ ކަމަށެވެ. 

ޚުތުބާގައި ވަނީ ގޭތެރޭގައްޔާއި، ބާޒާރުތަކުގައްޔާއި، މަޖިލިސްތަކުގައި ވެސް ބަހާއި އަމަލުން އިސްލާމީ ރީތި އުސޫލުތައް ދައްކުވައިދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ހަމައެކަނި މާތްﷲ އަށް އަޅުކަން ޚާލިސްކޮށް، ޝިރުކާއި ބިދުއަތަކުން ސާފުތާހިރުވެ، ފަރުޟު ނަމާދުތަކާއި ޒަކާތް އަދާކުރުމާއެކު މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ވާގިވެރިވުމަށް ގޮވާލާފަ އެވެ.

އިސްލާމް ދީން ހުކުރު ޚުތުބާ

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2026

މުދަލުން އެންމެ ފުރަތަމަ އަދި އިސްކަންދޭން ޖެހޭ ވާޖިބަކީ އަމިއްލަ އަހުލުންނަށް ކުރާ ހޭދަ: ޚުތުބާ

09 އޮކްޓޯބަރު 2026
މުދަލުން އެންމެ ފުރަތަމަ އަދި އިސްކަންދޭން ޖެހޭ ވާޖިބަކީ އަމިއްލަ އަހުލުންނަށް ކުރާ ހޭދަ: ޚުތުބާ
02 އޮކްޓޯބަރު 2026

ނަފުސާނީ ގޮންޖެހުންތަކާއި ދިރިއުޅުމުގެ ދަތިތަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތްﷲ އަށް ޒިކުރުކުރުން: ޚުތުބާ

02 އޮކްޓޯބަރު 2026
ނަފުސާނީ ގޮންޖެހުންތަކާއި ދިރިއުޅުމުގެ ދަތިތަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތްﷲ އަށް ޒިކުރުކުރުން: ޚުތުބާ
25 ސެޕްޓެމްބަރު 2026

ފާގަތިކަން ހޯދުމުގެ ނަމުގައި އުޚުރަވީ ހަޔާތް ވިއްކައިލި ނަމަވެސް، ހަގީގީ ކާމިޔާބީގެ ދަތުރު ފެށޭނީ އިންސާނާގެ އެތެރެފުށް އިސްލާހުވުމުން: ޚުތުބާ

25 ސެޕްޓެމްބަރު 2026
ފާގަތިކަން ހޯދުމުގެ ނަމުގައި އުޚުރަވީ ހަޔާތް ވިއްކައިލި ނަމަވެސް، ހަގީގީ ކާމިޔާބީގެ ދަތުރު ފެށޭނީ އިންސާނާގެ އެތެރެފުށް އިސްލާހުވުމުން: ޚުތުބާ
18 ސެޕްޓެމްބަރު 2026

މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމަށާއި އިސްރާފާއި ދަރަނިން ރައްކާތެރިވުމަށް ޚުތުބާގައި ގޮވާލައިފި

18 ސެޕްޓެމްބަރު 2026
މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމަށާއި އިސްރާފާއި ދަރަނިން ރައްކާތެރިވުމަށް ޚުތުބާގައި ގޮވާލައިފި
13 ސެޕްޓެމްބަރު 2026

އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ: ރައީސް

13 ސެޕްޓެމްބަރު 2026
އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ: ރައީސް
11 ސެޕްޓެމްބަރު 2026

އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަޚުލާގުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި، އެކަކު އަނެކަކަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރަން ޖެހޭ: ޚުތުބާ

04 ސެޕްޓެމްބަރު 2026

ކުޑަކުދިންނަށް ލިބިދޭންވާ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ އާއިލާއެއްގެ ތެރެއިން އަދި އެފަދަ އާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމައަކުން: ޚުތުބާ

28 އޯގަސްޓު 2026

މުޖުތަމައު އިސްލާހު ކުރަން ގޮވާލައި ޚުތުބާގައި ހަނދާންކޮށްދިނީ ހިޔާގައި ތިބި ކުދިންނާއި ލޭއަޅާ ކުދިންނަށް އެހީތެރިވެދިނުމުގެ މުހިއްމުކަން!

28 އޯގަސްޓު 2026
މުޖުތަމައު އިސްލާހު ކުރަން ގޮވާލައި ޚުތުބާގައި ހަނދާންކޮށްދިނީ ހިޔާގައި ތިބި ކުދިންނާއި ލޭއަޅާ ކުދިންނަށް އެހީތެރިވެދިނުމުގެ މުހިއްމުކަން!
21 އޯގަސްޓު 2026

އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް މާތް ނަބިއްޔާ ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ޚުތުބާ

21 އޯގަސްޓު 2026
އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް މާތް ނަބިއްޔާ ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ޚުތުބާ
15 އޯގަސްޓު 2026

ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!

15 އޯގަސްޓު 2026
ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް