Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ގަތުލުއާންމު

ޔަހޫދީ ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި ޣައްޒާގެ ފަސް އިމާރާތް ބިމާ ހަމަކޮށް، އެތައް އާއިލާއެއް މަގުމަތިކޮށްލައިފި

27 ނޮވެމްބަރު 2026 | ހުކުރު 07:19

ޣައްޒާގެ އައްތުއްފާޙް އަދި އައްޝުޖާޢިއްޔާ އަވަށަށް ޔަހޫދީ ސިފައިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި މީހުން ދިރިއުޅޭ ފަސް އިމާރާތެއް ގޮއްވައިލައި، ގިނަ ބަޔަކު މަގުމަތިކޮށްލައިފި. ގަތުލުއާންމު ހުއައިޓާލުމުގެ އެއްބަސްވުމާ ހިލާފަށް ދިން މި ހަމަލާތަކުގެ ސަބަބުން، ފިނި މޫސުމުގެ ރޭގަނޑެއްގައި އެތައް އާއިލާއެއްގެ ބޯހިޔާވަހިކަން ގެއްލި، އިންސާނީ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 27 ނޮވެމްބަރު 2026 | ހުކުރު 07:19
ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ކޭމްޕުގައި ހުރި، އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ކުނިތަކާއި ވަގުތީ ހިޔާވަހިތަކުގެ ކައިރިން ފަލަސްތީނުގެ ކުޑަކުދިންތަކެއް ހިނގާފައި ދަނީ

ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ކޭމްޕުގައި ހުރި، އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ކުނިތަކާއި ވަގުތީ ހިޔާވަހިތަކުގެ ކައިރިން ފަލަސްތީނުގެ ކުޑަކުދިންތަކެއް ހިނގާފައި ދަނީ | ޒޫމާޕްރެސް

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުތަކަށް ޔަހޫދީ އިސްރާއީލުގެ ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި، އެތައް އާއިލާއެއް ދިރިއުޅެމުންދިޔަ ފަސް އިމާރާތް ބިމާ ހަމަކޮށްލުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މަގުމަތިވެއްޖެ އެވެ.

އައްތުއްފާޙް އަދި އައްޝުޖާޢިއްޔާ އަވަށަށް އަމާޒުކޮށް ޔަހޫދީ އަސްކަރިއްޔާއިން ޖުމުލަ ހަތް ވައިގެ ހަމަލާ ދީފައިވާއިރު، މި ހަމަލާތަކުގައި އެތައް އެޕާޓްމަންޓެއް ހިމެނޭ ފަސް އިމާރާތް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފަ އެވެ. މިއީ، 2025 އޮކްޓޫބަރު 10 ވަނަ ދުވަހު އަމަލުކުރަން ފެށި ގަތުލުއާންމު ހުއްޓައިލުމުގެ އެއްބަސްވުމާ ހިލާފަށް ޔަހޫދީ ސިފައިން ސިލްސިލާކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ދިން ނިރުބަވެރި ހަމަލާތަކެކެވެ.

Advertisement - worldAdvertisement

ޔަހޫދީ ސިފައިންގެ އަސްކަރީ ކޮންޓުރޯލު އޮންނަ ސަރަހައްދާ ކައިރީގައި އޮންނަ އިރުމަތީ އައްތުއްފާޙްގެ އައްސަނާފޫރު ޖަންކްޝަން ކައިރީގައި ހުރި ތިން އިމާރާތަކަށް އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ހަތަރު ހަމަލާއެއް ދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރި އެވެ. މި ހަމަލާތަކުގައި އެ ތިން އިމާރާތް ބިމާ ހަމަވުމުގެ އިތުރުން، ވަށައިގެންވާ އެހެނިހެން މުދަލާއި ތަންތަނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މިއާއެކު، އައްޝުޖާޢިއްޔާ އަވަށުގައި ހުރި ދެ އިމާރާތަކަށް ތިން ވައިގެ ހަމަލާ ދީ އެ ދެ އިމާރާތް ވެސް ވަނީ ގޮއްވައިލާފަ އެވެ. މި ހަމަލާތައް ދީފައި ވަނީ އެ ތަންތަނުން މީހުން ނުކުތުމަށް އިންޒާރު ދިނުމަށްފަހު އެވެ. އައްޝުޖާޢިއްޔާ ޖަންކްޝަން ކައިރީގައި ހުރި މި ދެ އިމާރާތަކީ އިސްރާއީލުގެ އަސްކަރިއްޔާގެ ކޮންޓުރޯލު އޮންނަ ސަރަހައްދުން ބޭރުގައި ހުރި ތަންތަނެވެ. މި ހަމަލާތަކުގެ ސަބަބުން ކައިރީގައި ހުރި ގެދޮރާއި، މުދަލާއި، އަދި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުންދިޔަ ފޭލިގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ފިނި މޫސުމުގެ ރޭގަނޑެއްގައި އެތައް އާއިލާއެއް ހާލުގައި

މި ހަމަލާތަކާ ގުޅިގެން ދެ އަވަށުގެ ރައްޔިތުންނާއި ގެދޮރު ގެއްލިފައިވާ މީހުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނު ކަމަށް މަންޒަރު ފެނުނު މީހުން ބުންޏެވެ. ރޭގަނޑުގެ ފިނި ވަގުތުގައި ހަމަލާތައް އަމާޒުވުމުން، އަންނައުނާއި ރަޖާފަދަ ޒަރޫރީ ތަކެތި ވެސް ނެގުމުގެ ފުރުސަތެއް ނުލިބި އެތައް އާއިލާއެއް އެ ސަރަހައްދު ދޫކޮށް ފިލަން މަޖުބޫރުވި އެވެ.

ޣައްޒާ ސިޓީގެ ގިނަ އަދަދެއްގެ އިމާރާތްތައް ސުންނާފަތިކޮށްލާފައިވުމުގެ ސަބަބުން ބަދަލުގައި ދިރިއުޅޭނެ އެހެން ތަނެއް ނެތުމާއި، ހިޔާވަހިކަން ފޯރުކޮށްދޭނެ ސާމާނުގެ ދަތިކަން ބޮޑުވުމާއެކު، މަގުމަތިވި އާއިލާތަކަށް ކުރިމަތިވެފައި ވަނީ އިންތިހާއަށް ދަތި އިންސާނީ ހާލަތެއް ކަމަށް މަންޒަރު ފެނުނު މީހުން ކިޔައިދިނެވެ.

ގަތުލުއާންމުގެ ސަބަބުން ކުރިން ވެސް ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅެމުންދިޔަ ފޭލިގެތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އެ މީހުންގެ ތަކުލީފުތައް ވަނީ އިތުރަށް ބޮޑުވެފަ އެވެ. ފިނިހޫނުމިން ދަށްވަމުންދާ މި ދަނޑިވަޅުގައި، ހާމައަށް މަގުމަތީގައި ތިބެން ޖެހުމުގެ ބޮޑު ނުރައްކަލަކާ މި އާއިލާތައް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ގެންދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އެޅުމާއި، ބަޑިޖެހުމާއި، އަދި މީހުން ދިރިއުޅޭ އިމާރާތްތައް ގޮއްވައިލައިގެން ގަތުލުއާންމު ހުއްޓައިލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވަމުންނެވެ. މި އެއްބަސްވުމަކީ 2023 އޮކްޓޫބަރު 8 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގައި ފެށި ނަސްލުހޭދުކުރުމުގެ ގަތުލުއާންމު މުޅި ސަރަހައްދު ސުންނާފަތިކޮށް، ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިކުރުމަށްފަހު ވެވުނު އެއްބަސްވުމެކެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޣައްޒާ ސިޓީއިސްރާއީލް-ފަލަސްޠީންނަސްލު ނައްތާލުން

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2026

ޔަހޫދީ ސިފައިން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ތައުލީމާ ބެހޭ ވަޒީރުގެ ނައިބާއެކު ފަލަސްޠީނުގެ ފަސް މީހުން ޝަހީދުކޮށްލައިފި

26 ނޮވެމްބަރު 2026
ޔަހޫދީ ސިފައިން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ތައުލީމާ ބެހޭ ވަޒީރުގެ ނައިބާއެކު ފަލަސްޠީނުގެ ފަސް މީހުން ޝަހީދުކޮށްލައިފި
22 ނޮވެމްބަރު 2026

އެއްބަސްވުމަށް ބެލުމެއް ނެތި ޔަހޫދީ ސިފައިން ޣައްޒާއަށް އަނެއްކާ ވެސް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

22 ނޮވެމްބަރު 2026
އެއްބަސްވުމަށް ބެލުމެއް ނެތި ޔަހޫދީ ސިފައިން ޣައްޒާއަށް އަނެއްކާ ވެސް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
18 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ބަލައިގަނެފި

18 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ބަލައިގަނެފި
15 ނޮވެމްބަރު 2026

ޣައްޒާގައި ގެދޮރު ގެއްލިފައިވާ 950،000 މީހުން ނުރައްކަލުގެ ތެރޭގައި، އދ.ގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި

15 ނޮވެމްބަރު 2026
ޣައްޒާގައި ގެދޮރު ގެއްލިފައިވާ 950،000 މީހުން ނުރައްކަލުގެ ތެރޭގައި، އދ.ގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި
08 ނޮވެމްބަރު 2026

ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި 70،000 ފޭލިގެ ފެނުއަޑީގައި، އެތައް ހާސް ޢާއިލާއެއް މަގުމަތިވެއްޖެ

08 ނޮވެމްބަރު 2026
ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި 70،000 ފޭލިގެ ފެނުއަޑީގައި، އެތައް ހާސް ޢާއިލާއެއް މަގުމަތިވެއްޖެ
06 ނޮވެމްބަރު 2026

ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީވާން އދ. އިން ގޮވާލައިފި

06 ނޮވެމްބަރު 2026
ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީވާން އދ. އިން ގޮވާލައިފި
25 އޮކްޓޯބަރު 2026

އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް

25 އޮކްޓޯބަރު 2026
އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް
20 އޮކްޓޯބަރު 2026

ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި

20 އޮކްޓޯބަރު 2026
ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި
07 އޮކްޓޯބަރު 2026

ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި

07 އޮކްޓޯބަރު 2026
ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: 20،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ މުދައްރިސުން ޝަހީދުކޮށްލި
16 ސެޕްޓެމްބަރު 2026

ޣައްޒާގައި އިމާރާތެއް ވެއްޓި 21 މީހުން މަރުވެއްޖެ

16 ސެޕްޓެމްބަރު 2026
ޣައްޒާގައި އިމާރާތެއް ވެއްޓި 21 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް