Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ބަލައިގަނެފި

18 ނޮވެމްބަރު 2026 | ބުދަ 13:48

އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާކުރުން ހިމެނޭހެން، އިމިގްރޭޝަންގެ އުސޫލުތައް ހަރުދަނާކުރުމަށް ހުށަހެޅި ބިލު 52 މެންބަރުންގެ އަޣުލަބިއްޔަތުން މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ. މި ބިލުގެ މަގުސަދަކީ ރާއްޖޭގެ ސިޔާދަތާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކާއި ކުށްވެރިން ރާއްޖެ އެތެރެވުން ހުއްޓުވައި، އިމިގްރޭޝަންގެ ޚިދުމަތްތައް ގާނޫނީ ވަރުގަދަ އޮނިގަނޑެއްގެ ދަށުން ތަރުތީބުކުރުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ނޮވެމްބަރު 2026 | ބުދަ 13:48
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ހިދުމަތް ދެނީ

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ހިދުމަތް ދެނީ | ޕީއެސްއެމް

އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް ރާއްޖެ އަށް އެތެރެވުން މުތުލަގަށް މަނާކުރުން ހިމަނައި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަނެފައި ވަނީ 52 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް 1 މެންބަރަކު ވޯޓު ދެއްވި އެވެ. އެއާއެކު ބިލު ދިރާސާ ކުރުމަށް ވަނީ ސަލާމަތީ ޚިދުމަތްތަކާ ބެޙޭ ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ. 

Advertisement - newsAdvertisement

ބިލު ހުށައެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ގާއިމުކޮށް އެ ޚިދުމަތް ހިންގުމާއިގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ރާއްޖެއަށް މީހުން އައުމާއި، މީހުން ފުރުމާއި ގުޅޭ ޚާއްސަ އަދި އާންމު އުސޫލުތަކާއި ދިވެހި ރައްޔިތުންނަށް ރާއްޖެ އިން ފުރުމާއި އެނބުރި އައުމަށް ބޭނުންވާ ޕާސްޕޯޓު ދޫކުރުމާއި ބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

މީގެ އިތުރުން ބިދޭސީން ހިރާއްޖެއަށް އައުމާއި، ހުރުމުގެ ހުއްދަ ދިނުމާއިގުޅޭ އުސޫލުތަކާއި، ރާއްޖެއަށް އައުމުގެ ނުވަތަ ހުރުމުގެ ހުއްދަނެތް ފަރާތްތަކާ މެދު އަމަލުކުރެވޭނެ އުސޫލުތައް ހިމެނޭގޮތުން އިމިގްރޭޝަނާބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައަޅައި ބަޔާން ކުރުމަކީ ވެސް ބިލުގެ ބޭނުމެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. 

މި ބިލުގައި ވަނީ ރާއްޖެ އަށް އައުމުގެ ހުއްދަ ނުދެވޭ މީހުންގެ ތަފްސީލުތައް ހިމަނާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސިޔާދަތަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހުންނާއި ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި އެފަދަ ޖަމާއަތްތަކާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންނާއި، އެއީ ޓެރަރިސްޓުން ކަމަށް މައުލޫމާތު ލިބިފައިވާ މީހުންގެ އިތުރުން، ބައިނަލްއަގްވާމީ ގާނޫނުގައި ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ ނުވަތަ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މީހުން ހިމެނެ އެވެ. 

މީގެ އިތުރުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ ނުވަތަ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ނުވަތަ އިންޓަރނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަނުން ލިސްޓުކޮށްފައިވާ މީހުންނާއި އެހެން ގައުމެއްގެ އަދުލު އިންސާފަށް ނުވަތަ ތަހުގީގަށް ފިލައިގެން އުޅޭ މީހުންނާއި ރާއްޖެ އަށް ނާދެވޭ ގޮތަށް ޑީޕޯޓްކޮށްފައިވާ މީހުން ވެސް ހިމެނެ އެވެ. 

އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ރާއްޖެ އަށް އައުމުގެ ހުއްދަ، މުތުލަގަށް ނުދެވޭ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވާއިރު މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް، ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ދެން ރާއްޖެ އައުން މަނާވާނެ އެވެ. 

މި ބިލުގައި ވަނީ އިމިގްރޭޝަން އޮފީސް ތަރައްގީ ކުރުމާއި، މުވައްޒަފުން ތަމްރީން ކުރުމުގެ ކަންކަމުގެ އިތުރުން ޚިދުމަތުގެ އުސޫލުތައް ކަނޑައެޅުމާއި އިމިގްރޭޝަންގެ އުސޫލުތަކާއި އިޖުރާއަތުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުން ވެސް ހިމަނާފަ އެވެ.

އިމިގްރޭޝަންއިސްރާއީލް-ފަލަސްޠީންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

3

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

4

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

5

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2026

މި ގައުމުގައި ފައްޅި އަޅަން ރައްޔިތުން މި ސަރުކާރަކަށް ފުރުސަތެއް ނުދޭނެ، މުޅި ދައުލަތް ނޮޅައި ކައި ވީދާ ހުސްކުރާއިރު ރައްޔިތުން އަނގައިން ނުބުނެ ނުތިބޭނެ: ޣަފޫރު

17 ނޮވެމްބަރު 2026
މި ގައުމުގައި ފައްޅި އަޅަން ރައްޔިތުން މި ސަރުކާރަކަށް ފުރުސަތެއް ނުދޭނެ، މުޅި ދައުލަތް ނޮޅައި ކައި ވީދާ ހުސްކުރާއިރު ރައްޔިތުން އަނގައިން ނުބުނެ ނުތިބޭނެ: ޣަފޫރު
16 ނޮވެމްބަރު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކުށްވެރިން ގޭބަންދަށް ދޫކޮށްފައިވާ މައްސަލައިގައި ކަމާގުޅޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

16 ނޮވެމްބަރު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކުށްވެރިން ގޭބަންދަށް ދޫކޮށްފައިވާ މައްސަލައިގައި ކަމާގުޅޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
16 ނޮވެމްބަރު 2026

2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

16 ނޮވެމްބަރު 2026
2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
16 ނޮވެމްބަރު 2026

ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް

16 ނޮވެމްބަރު 2026
ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް
16 ނޮވެމްބަރު 2026

"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް

16 ނޮވެމްބަރު 2026
"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް
16 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

16 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
16 ނޮވެމްބަރު 2026

މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ

16 ނޮވެމްބަރު 2026
މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ
15 ނޮވެމްބަރު 2026

ޣައްޒާގައި ގެދޮރު ގެއްލިފައިވާ 950،000 މީހުން ނުރައްކަލުގެ ތެރޭގައި، އދ.ގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި

15 ނޮވެމްބަރު 2026
ޣައްޒާގައި ގެދޮރު ގެއްލިފައިވާ 950،000 މީހުން ނުރައްކަލުގެ ތެރޭގައި، އދ.ގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި
09 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
09 ނޮވެމްބަރު 2026

މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް މަރުގެ އަދަބާގުޅޭ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް މަރުގެ އަދަބާގުޅޭ ބިލު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް