Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ގަތުލުއާންމު

ޔަހޫދީ ސިފައިން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ތައުލީމާ ބެހޭ ވަޒީރުގެ ނައިބާއެކު ފަލަސްޠީނުގެ ފަސް މީހުން ޝަހީދުކޮށްލައިފި

26 ނޮވެމްބަރު 2026 | ބުރާސްފަތި 08:35

ޣައްޒާގެ އެކި ސަރަހައްދުތަކަށް ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ ފަސް މީހަކު ޝަހީދުކޮށްލައި، ގިނަ އަދަދެއްގެ ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައި. މީގެ އިތުރުން، 2023 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 74,000 އަށް އަރާފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ %90 ވަނީ ސުންނާފަތިކޮށްލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 26 ނޮވެމްބަރު 2026 | ބުރާސްފަތި 08:35
ޔަހޫދީ ސިފައިން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނު މީހެއްގެ ހަށިގަނޑު، އެމްބިއުލާންސެއްގެ ތެރޭގައި ސިއްހީ އެހީތެރިއަކު އުފުލަނީ.

ޔަހޫދީ ސިފައިން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނު މީހެއްގެ ހަށިގަނޑު، އެމްބިއުލާންސެއްގެ ތެރޭގައި ސިއްހީ އެހީތެރިއަކު އުފުލަނީ. | އަނަދޮލު އޭޖެންސީ

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ހިންގަމުންދާ ގަތުލުއާންމު ހުއްޓައިލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ޔަހޫދީ އިސްރާއީލުގެ ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ފަތިހު ދިން ދެ ހަމަލާއެއްގައި، ތައުލީމާ ބެހޭ ވަޒީރުގެ ނައިބާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން ފަލަސްޠީނުގެ ފަސް މީހުން ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރު އަލް-ބަލާޙްގައި އާންމުން ދިރިއުޅޭ އިމާރާތެއްގެ އެޕާޓްމަންޓަކަށް އަމާޒުކޮށް ޔަހޫދީ ސިފައިން ދިން ވައިގެ ހަމަލާއެއްގައި، ފަލަސްޠީނުގެ ފިރިހެނަކާއި އޭނާގެ އަނބިމީހާ ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަޚަމުކޮށްލާފައިވާ ކަމަށް އަލް-އަޤްސާ ހަސްފަތާލުގެ ސިއްހީ މަސްދަރަކުން ބުންޏެވެ.

Advertisement - worldAdvertisement

މި ހަމަލާގައި ޝަހީދުކޮށްލާފައި ވަނީ އުމުރުން 56 އަހަރުގެ ޚާލިދު މަޙްމޫދު އަބޫ ނަދާއާއި އޭނާގެ އަނބިކަނބަލުން، އުމުރުން 49 އަހަރުގެ ޢަބީރު މުޙައްމަދު އަބޫ ނަދާ ކަމަށް ޣައްޒާގެ މަސްދަރުތަކާއި މަންޒަރު ފެނުނު މީހުން ބުންޏެވެ. ޚާލިދު އަބޫ ނަދާއަކީ ޣައްޒާގެ ތައުލީމާ ބެހޭ ވަޒީރުގެ ނައިބެވެ.

ޣައްޒާގެ އުތުރުގައި އޮންނަ އައްޝާޠީ ރެފިއުޖީ ކޭމްޕަށް ޔަހޫދީ ސިފައިން ދިން ހަމަލާއެއްގައި ޝަހީދުކޮށްލި ފަލަސްޠީނުގެ ތިން މީހުންގެ ހަށިގަނޑާއި، ސީރިއަސް ޒަހަމުތަކެއް ލިބިފައިވާ މީހަކު އެ ހަސްފަތާލަށް ގެނެސްފައިވާ ކަމަށް އައްޝިފާ ހަސްފަތާލުގެ ސިއްހީ މަސްދަރަކުން ބުންޏެވެ. މީގެ އިތުރުން، އައްޝާޠީ ކޭމްޕުގައި އާންމުންގެ ބަޔަކު އެއްވެ ތިބި ސަރަހައްދަކަށް ޔަހޫދީ ސިފައިން ޑްރޯނަކުން ދިން މި ހަމަލާގައި ތިން މީހުން ޝަހީދުކޮށްލައި، އިތުރު މީހަކު ޒަހަމު ކޮށްލާފައިވާ ކަމަށް ވެސް މަސްދަރުތަކުން ބުންޏެވެ.

ހަމަމިއާއެކު، ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްމަޣާޒީ ރެފިއުޖީ ކޭމްޕުގެ އިރުމަތީގައި ޔަހޫދީ ސިފައިން އަތްގަދަކޮށްފައިވާ ސަރަހައްދުތަކާ ކައިރީގައި ހުރި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި އެހެނިހެން އިމާރާތްތައް ޔަހޫދީ ސިފައިން ވަނީ ގޮވާތަކެތި ބޭނުންކޮށްގެން ސުންނާފަތި ކޮށްލާފަ އެވެ. އަސްކަރީ އުޅަނދުތަކުން ބަރު ހަތިޔާރުން ބަޑިޖަހަމުން ހިންގި މި އޮޕަރޭޝަންގައި، ޣައްޒާގެ ބޮޑު ބަޔަކަށް އޭގެ އަޑު އިވޭހާ ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް މަންޒަރު ފެނުނު މީހުން ބުންޏެވެ.

2025 އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ގަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމަށް ބެލުމެއްނެތި ޔަހޫދީ ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި، ފަލަސްޠީނުގެ 1،679 މީހުން ޝަހީދުކޮށްލައި، އިތުރު 6،100 މީހުން ޒަހަމުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހޯމަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

2023 އޮކްޓޫބަރު މަހު ޔަހޫދީ ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ނަސްލުހޭދުކުރުމުގެ ގަތުލުއާންމުގައި މިހާތަނަށް ފަލަސްޠީނުގެ 74،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 176،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމުކޮށްލައިފަ އެވެ. ޝަހީދުކޮށްލާފައިވާ އަދި ޒަޚަމުކޮށްލާފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް %90 ވަނީ ސުންނާފަތިކޮށްލާފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޣައްޒާފަލަސްތީނުއިސްރާއީލްނަސްލު ނައްތާލުންފަލަސްތީނު-އިސްރާއީލު

އެންމެ ހިނގާ

1

އަނެއްކާ ވެސް ހުޅުމާލެ ހޮސްޕިޓަލުގެ އިހުމާލެއް: މިއީ އެންމެ މަންމައެއްގެ ކަރުނައެއް ނޫން، މުޅި ގައުމުގެ ވޭން!

2

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

3

ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!

4

އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

5

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2026

ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެންނަން ކުރާ މަސައްކަތުގައި، އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުގެ މެދުގައި ނުތަނަވަސް ކަން ބޮޑުވެއްޖެ

25 ނޮވެމްބަރު 2026
ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެންނަން ކުރާ މަސައްކަތުގައި، އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުގެ މެދުގައި ނުތަނަވަސް ކަން ބޮޑުވެއްޖެ
25 ނޮވެމްބަރު 2026

އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"

25 ނޮވެމްބަރު 2026
އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"
24 ނޮވެމްބަރު 2026

"ފަލަސްޠީނުގައި ވެރިކަން ކުރާނީ ފަލަސްޠީނުގެ ރައްޔިތުން": މެދުއިރުމަތީގެ ހަމަޖެހުމަށް ދެ ދައުލަތުގެ ހައްލު ކޮންމެހެން ބޭނުންވާ ކަމަށް ރައީސް ޝީ ވިދާޅުވެއްޖެ

24 ނޮވެމްބަރު 2026
"ފަލަސްޠީނުގައި ވެރިކަން ކުރާނީ ފަލަސްޠީނުގެ ރައްޔިތުން": މެދުއިރުމަތީގެ ހަމަޖެހުމަށް ދެ ދައުލަތުގެ ހައްލު ކޮންމެހެން ބޭނުންވާ ކަމަށް ރައީސް ޝީ ވިދާޅުވެއްޖެ
23 ނޮވެމްބަރު 2026

އެމެރިކާގެ ކަނޑުގެ ހިސާރާ ދެކޮޅަށް "ހުރިހާ ވަސީލަތެއް" ބޭނުންކުރާނެ ކަމަށް އީރާނުން ބުނެފި

23 ނޮވެމްބަރު 2026
އެމެރިކާގެ ކަނޑުގެ ހިސާރާ ދެކޮޅަށް "ހުރިހާ ވަސީލަތެއް" ބޭނުންކުރާނެ ކަމަށް އީރާނުން ބުނެފި
22 ނޮވެމްބަރު 2026

ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް ގޮވައިލައްވައި، ރައީސް ޢައުން އީރާނުގެ ނުފޫޒު ކުށްވެރިކުރައްވައިފި

22 ނޮވެމްބަރު 2026
ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް ގޮވައިލައްވައި، ރައީސް ޢައުން އީރާނުގެ ނުފޫޒު ކުށްވެރިކުރައްވައިފި
22 ނޮވެމްބަރު 2026

އެއްބަސްވުމަށް ބެލުމެއް ނެތި ޔަހޫދީ ސިފައިން ޣައްޒާއަށް އަނެއްކާ ވެސް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

22 ނޮވެމްބަރު 2026
އެއްބަސްވުމަށް ބެލުމެއް ނެތި ޔަހޫދީ ސިފައިން ޣައްޒާއަށް އަނެއްކާ ވެސް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
22 ނޮވެމްބަރު 2026

އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު

22 ނޮވެމްބަރު 2026
އަޅުގަނޑަކީ ޒަޔަނިޒަމަށް ތާއީދުކުރާ މީހެއް ނޫން: ނަޝީދު
18 ނޮވެމްބަރު 2026

މި ބިން ވިއްކާ ސަރުކާރު 2028 ގައި އަޅުގަނޑުމެން ބަލިކުރާނަން: މީކާއީލް

18 ނޮވެމްބަރު 2026
މި ބިން ވިއްކާ ސަރުކާރު 2028 ގައި އަޅުގަނޑުމެން ބަލިކުރާނަން: މީކާއީލް
17 ނޮވެމްބަރު 2026

އިނގިރޭސިވިލާތުން ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ ގޮތުން އާބާދުވުންތައް ފުޅާކުރުމުގައި ބައިވެރިވާ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

17 ނޮވެމްބަރު 2026
އިނގިރޭސިވިލާތުން ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ ގޮތުން އާބާދުވުންތައް ފުޅާކުރުމުގައި ބައިވެރިވާ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
16 ނޮވެމްބަރު 2026

އިންތިޚާބު ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ނަތަންޔާހޫގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ގޮވާލައިފި

16 ނޮވެމްބަރު 2026
އިންތިޚާބު ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ނަތަންޔާހޫގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް