Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްޠީން ޤަތުލުއާންމު

ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީވާން އދ. އިން ގޮވާލައިފި

6 ނޮވެމްބަރު 2026 | ހުކުރު 04:30

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް ޔަހޫދީން ދެމުންދާ ހަމަލާތައް ރެކޯޑު މިންވަރަކަށް އިތުރުވެފައިވާތީ އެ ކަން އދ. އިން ކުށްވެރިކޮށްފި. މި އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 377 އަށްވުރެ ގިނަ ހަމަލާދީ ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމުކޮށްލާފައިވާއިރު، މި އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އދ. އިން ވަނީ ގޮވާލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 6 ނޮވެމްބަރު 2026 | ހުކުރު 04:30
އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އިސްރާއީުގެ ސިފައިން ޓެރެރިސްޓު ވަޒަންވެރިންނަށް ހިމާޔަތްދެނީ

އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އިސްރާއީުގެ ސިފައިން ޓެރެރިސްޓު ވަޒަންވެރިންނަށް ހިމާޔަތްދެނީ | އަނަދޮލު އޭޖެންސީ

ޔަހޫދީ އިސްރާއީލުން ޣައިރުޤާނޫނީ ގޮތުގައި އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އަރީޙާގެ ކައިރީގައި ހުރި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރުތަކަށް ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިން ގަދަކަމުން ވެރިވެގަނެ، ގިނަ އަަދަދެއްގެ ފަލަސްތީނު ރައްޔިތުންނެއް މަގުމަތިކޮށްލި މައްސަލަ އދ. އިން ބުރާސްފަތި ދުވަހު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓިފާން ދުޜާރީކް ވިދާޅުވީ، ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިން ވަނީ އަސްލު ވަޒަން ބޭނުންކޮށްގެން ހަމަލާދީ، ފަލަސްތީނުގެ ރައްޔިތުންގެ ގައިގައި ތަޅައި އަނިޔާކޮށް، ބައެއް މީހުން ޒަޚަމުކޮށްލާފައި ކަމަށެވެ. މިއާއެކު، އިސްރާއީލުގެ އަސްކަރިއްޔާއިން އެ ސަރަހައްދަކީ ބަންދުކުރެވިފައިވާ އަސްކަރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، "ގެއްލުން ލިބުނު ފަރާތްތަކުގެ ގާތަށް އަޅުގަނޑުމެންގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިވެރިން ޒިޔާރަތްކުރުމަށް ވަނީ ހުރަސްއަޅާފައި" ކަމަށް ދުޜާރީކް ބަޔާންކުރެއްވި އެވެ.

Advertisement - worldAdvertisement

"ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިން ހިންގާ އަނިޔާވެރި މި ފަދަ ހުރިހާ އަމަލުތަކެއް އަޅުގަނޑުމެން އަނެއްކާ ވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ދުޜާރީކް ވިދާޅުވި އެވެ.

ޒައިތޫނި މޫސުމުގައި ހިންގާ އުދުވާން ރެކޯޑު މިންވަރަކަށް

ފަލަސްޠީނުގެ ރައްޔިތުން ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، ސެޕްޓެންބަރު މަހުން ފެށިގެން އިސްތިއުމާރީ ބާރުތަކުންނާއި ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިންގެ ފަރާތުން ފަލަސްޠީނު ރައްޔިތުންނަށް އަނިޔާކުރުމާއި މުދަލަށް ގެއްލުންދިނުމުގެ 377 ހަމަލާއެއް ރެކޯޑުކުރެވިފައިވާ ކަމަށް އޭނާ ބަޔާންކުރެއްވި އެވެ. މިއީ، އދ. ގެ އިންސާނީ އެހީތައް ވިލަރެސްކުރާ އިދާރާއިން (އޯސީއެޗްއޭ) 2006 ވަނަ އަހަރު މި ފަދަ ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ހަމަލާތައް ރެކޯޑުކުރެވުނު މުއްދަތެވެ.

މި ހަމަލާތަކުގައި ފަލަސްޠީނުގެ އެކަކު އިސްތިއުމާރީ ހަމަލާއެއްގައި ޝަހީދުވެފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލާފަ އެވެ. އަދި، 3،850 އަށްވުރެ ގިނަ ޒައިތޫނި ގަހާއި ގަސް އިންދާ ގޮފިތަކަށް ވަނީ ގެއްލުންދީ ސުންނާފަތިކޮށްފަ އެވެ.

ހުޅަނގު އައްސޭރީގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ 80،000 އާއި 100،000 އާ ދެމެދުގެ އަދަދެއްގެ ޢާއިލާތަކުން ދިރިއުޅުމުގެ އާމްދަނީ ހޯދުމަށް ބަރޯސާވަނީ ޒައިތޫނި ބިނުމުގެ މައްޗަށް ކަން ދުޜާރީކް ފާހަގަކުރެއްވި އެވެ. "ދިރިއުޅުމުގެ އާމްދަނީ ހޯދުމުގެ މަސައްކަތަށް ރައްކާތެރިކަމާއެކު ވާސިލުވެވޭނެ މަގު ފަހިކޮށްދޭންޖެހޭ. އަދި، މި ހަމަލާތަކަށް ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީ ކުރުވަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އިސްރާއީލް-ފަލަސްޠީންވެސްޓް ބޭންކްއދސްޓެފާން ޑުޖާރިކްއޯސީއެޗްއޭއަރީޙާ

އެންމެ ހިނގާ

1

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

2

އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި

3

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

4

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

5

އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް: ސެނެޓާއި ހައުސް ޑިމޮކްރެޓުންގެ ބާރުގެ ދަށަށް

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2026

ހުޅަނގު އައްސޭރީގެ އަލް-ޚަލީލުން 3،000 މީހުން މަގުމަތިކޮށްލައި، 14 މިސްކިތަކަށް ގެއްލުންދީފި

30 އޮކްޓޯބަރު 2026
ހުޅަނގު އައްސޭރީގެ އަލް-ޚަލީލުން 3،000 މީހުން މަގުމަތިކޮށްލައި، 14 މިސްކިތަކަށް ގެއްލުންދީފި
27 އޮކްޓޯބަރު 2026

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުންދާ ކަމަށް އދ. ގެ ކޮމިޝަނަކުން އަނެއްކާ ވެސް ކަނޑައަޅައިފި

27 އޮކްޓޯބަރު 2026
ޔަހޫދީ އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ހިންގަމުންދާ ކަމަށް އދ. ގެ ކޮމިޝަނަކުން އަނެއްކާ ވެސް ކަނޑައަޅައިފި
25 އޮކްޓޯބަރު 2026

އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް

25 އޮކްޓޯބަރު 2026
އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް
24 އޮކްޓޯބަރު 2026

ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2026
ހުޅަނގު އައްސޭރި ފުރަބަންދުކޮށްފި: 15 ރަށަކަށް އިސްރާއީލު ފައުޖުތައް ވަދެގަނެ، އެތައް ބަޔަކު ހައްޔަރުކޮށްފި
23 އޮކްޓޯބަރު 2026

ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ނޭޕާލަށް އދ. އިން 20 މިލިޔަން ޑޮލަރު ދެނީ

23 އޮކްޓޯބަރު 2026
ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ނޭޕާލަށް އދ. އިން 20 މިލިޔަން ޑޮލަރު ދެނީ
21 އޮކްޓޯބަރު 2026

އިންޑިޔާގެ މުޒާހަރާތަކާ ދެކޮޅަށް "ހާލަތާ ނުބައްދަލު ބާރު" ގެ ބޭނުންކުރުން ހުއްޓާލަން އދ. އިން ގޮވާލައިފި

21 އޮކްޓޯބަރު 2026
އިންޑިޔާގެ މުޒާހަރާތަކާ ދެކޮޅަށް "ހާލަތާ ނުބައްދަލު ބާރު" ގެ ބޭނުންކުރުން ހުއްޓާލަން އދ. އިން ގޮވާލައިފި
19 އޮކްޓޯބަރު 2026

ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި

19 އޮކްޓޯބަރު 2026
ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި
18 އޮކްޓޯބަރު 2026

ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް

18 އޮކްޓޯބަރު 2026
ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް
17 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ

17 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ
11 އޮކްޓޯބަރު 2026

ކުށެއް ނެތް އާންމުން ކަތިލައި ޤަތުލުއާންމު ހިންގަމުންދާ ޔަހޫދީން ޑިމޮކްރެސީގެ ދަރުސް ދޭން ކުފޫހަމަނުވޭ: ފަލަސްތީނުގެ ނައިބު ރައީސް

11 އޮކްޓޯބަރު 2026
ކުށެއް ނެތް އާންމުން ކަތިލައި ޤަތުލުއާންމު ހިންގަމުންދާ ޔަހޫދީން ޑިމޮކްރެސީގެ ދަރުސް ދޭން ކުފޫހަމަނުވޭ: ފަލަސްތީނުގެ ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް