Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ޤަތުލުއާންމު

ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި 70،000 ފޭލިގެ ފެނުއަޑީގައި، އެތައް ހާސް ޢާއިލާއެއް މަގުމަތިވެއްޖެ

8 ނޮވެމްބަރު 2026 | އާދީއްތަ 07:08

ޣައްޒާއަށް ކުރިމަތިވި ބީ ވިއްސާރައިގެ ތޫފާނުގެ ސަބަބުން ފޭލިގެތަކުގައި ފެންބޮޑުވެ، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އިސްރާއީލުން އުމްރާނީ ވަސީލަތްތައް ސުންނާފަތިކޮށްލާފައިވުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހުރަސްތަކެއް އެޅިފައި. މި ކާރިސާގައި 3 މިލިޔަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ލަފާކުރެވޭއިރު، ހިސާރުގެ ސަބަބުން ބޭނުންވާ ސާމާނު އެތެރެނުކުރެވި، އާބާދީގެ ބޮޑު ބަޔަކަށް ވަނީ އިންތިހާއަށް ބޯހިޔާވަހިކަމުގެ އެހީތެރިކަން ބޭނުންވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 8 ނޮވެމްބަރު 2026 | އާދީއްތަ 07:08
ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާ ފޭލިގެތަކެއް ހުރި ސަރަހަައްދަކުން ފެން ހިންދަން ކުޑަކުދިންތަކެއް މަސައްކަތް ކުރަނީ

ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާ ފޭލިގެތަކެއް ހުރި ސަރަހަައްދަކުން ފެން ހިންދަން ކުޑަކުދިންތަކެއް މަސައްކަތް ކުރަނީ | އޭއެފްޕީ

ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ބާރު ވަޔާއެކު އައި ތޫފާނުގެ ސަބަބުން، ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ދިޔަ 70،000 ފޭލިގޭގައި ފެންބޮޑުވެ، އެތައް ޢާއިލާއެއް ހިޔާވަހިކަމެއް ނެތި މަގުމަތިވެއްޖެ އެވެ. ޣައްޒާގެ ކަމާބެހޭ އިދާރާތަކުން އިންޒާރު ދީފައިވާ ގޮތުގައި، ޔަހޫދީ އިސްރާއީލުގެ ހަމަލާތަކުގައި ވީރާނާވެފައިވާ އުމްރާނީ ވަސީލަތްތަކާއި، ކާރިސާތަކަށް އިޖާބަދޭނެ ސާމާނުގެ ދަތިކަމުގެ ސަބަބުން ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފަ އެވެ.

ހުކުރު ދުވަހުގެ ފަހުކޮޅު ފެށުނު މި ތޫފާނުގައި ގިނަ އަދަދެއްގެ ފާރު ވެއްޓިފައިވާ ކަމަށް ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ބުނެފަ އެވެ. މިއާއެކު، ލިބުނު ފުރަތަމަ ގެއްލުންތަކުގެ އަގު ގާތްގަނޑަކަށް 3 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އެ އޮފީހުން ލަފާކުރެ އެވެ. ސިއްހީ ފަރާތްތަކުން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނީ، މީގެ ކުރިން އިސްރާއީލުން ދިން ހަމަލާތަކުގައި ބަލިކަށިވެފައިވާ އިމާރާތްތަކުގެ ދެ ފާރެއް ވެއްޓުމާއި، ތޫފާނުގެ ތެރޭގައި ސިމެންތި ޓިނުގަނޑެއް ވިއްސައިގެން ދިއުމުގެ ހާދިސާގައި ފަލަސްޠީނުގެ ފަސް މީހަކު ޒަޚަމުވެފައިވާ ކަމަށެވެ.

Advertisement - worldAdvertisement

ހިޔާވަހިކަމެއް ނެތުން އަދި އުމްރާނީ ވަސީލަތްތަކުގެ ދަތިކަން

ޣައްޒާ މުނިސިޕަލިޓީގެ ތަރުޖަމާނު ޙުސްނީ މުހައްނާ ވިދާޅުވީ، ފޭލިގެތައް ހަލާކުވެފައިވާ ޢާއިލާތަކަށް ދާނެ އެއްވެސް ތަނެއް މިހާރު ނެތް ކަމަށެވެ. ޔަހޫދީ އިސްރާއީލުން ހިންގަމުންޑާ ޤަތުލުއާންމުގެ ހަނގުރާމައިގައި ސުންނާފަތިކޮށްލާފައިވާ އުމްރާނީ ވަސީލަތްތަކަށް އިތުރު ބުރައެއް ކުރިމަތިވެފައި ވަނީ، ޣައްޒާ ސިޓީގެ އެންމެ %30 ސަރަހައްދަށް ގާތްގަނޑަކަށް 1 މިލިޔަން ރައްޔިތުންނާއި ގެދޮރު ގެއްލިފައިވާ މީހުން ތޮއްޖެހިފައި ވުމުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މުހައްނާ ވިދާޅުވީ، އެންމެ 12 ގަޑިއިރުގެ ތެރޭގައި ޣައްޒާ ސިޓީއަށް 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި، މިއީ އެ ސިޓީއަށް އަހަރެއްގެ މައްޗަށް ވެހޭ ވާރޭގެ ގާތްގަނޑަކަށް %15 ކަމަށެވެ. ބާރު ވަޔާއެކު ބައެއް ފޭލިގެތައް ވިއްސައިގެން ދިއުމާއި ވީދިގެން ދިއުން ފަދަ ހާދިސާތައް ހިނގިއިރު، ވާރޭފެން ވަދެ ވަގުތީ ހިޔާތައް ވަނީ ފެނުއަޑިއަށް ގޮސްފަ އެވެ. މަގުތަކުގައި ފެންބޮޑުވުމާއި، ބިންގަނޑު ކެނޑުމާއި، އަދި ކާނުތައް ބެދިގެން 250 ރިޕޯޓެއް މުނިސިޕަލް ޓީމުތަކަށް ލިބުނު ކަމަށާއި، ލިބިފައިވާ މަދު ވަސީލަތްތަކާއެކު ގިނަ މައްސަލަތަކަށް އިޖާބަދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ގޮތުން، ޣައްޒާ ސިޓީގައި ގާއިމުކޮށްފައިވާ 270 ކޭމްޕާއި ވަގުތީ ހިޔާވަހިކަން ދޭ ތަންތަނަށް ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު މުހައްނާ ދެއްވި އެވެ. ޤަތުލުއާންމުގެ ތެރޭގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ފެން ހިންދާ ނިޒާމުގެ ސުންފާތިވެފައިވުމުން، އަޑިގުޑަން އަދި ބިން ތިރި ސަރަހައްދުތަކަށް އޮތް ނުރައްކާ ވަކިން ބޮޑުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. މުހައްނާ ވަނީ ޣައްޒާއަށް ބޭނުންވާ ފިނި މޫސުމުގެ ސާމާނާއި، އެހީގެ ތަކެއްޗާއި، އަދި ބަރު މެޝިނަރީތައް އެތެރެކުރުމުގެ ފުރުސަތު ދިނުމަށް ޓަކައި ބޯޑަރު ހުރަސްތައް ފުރިހަމައަށް ހުޅުވާލުމަށް ގޮވާލައްވާފަ އެވެ.

ސިވިލް ޑިފެންސަށް އެތައް ސަތޭކަ ކޯލެއް އަދި ހިތާމަވެރި ހަގީގަތް

ޣައްޒާގެ ސިވިލް ޑިފެންސްގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު ޢަބްދުﷲ އަލް-މަޖްދަލާވީ ވިދާޅުވީ، ތޫފާން ފެށުނު ފަހުން އެ އިދާރާއަށް އެހީއަށް އެދި އެތައް ސަތޭކަ ކޯލެއް ލިބެމުންދާ ކަމަށެވެ. މީގެ ތެރެއިން ގިނަ ކޯލުތަކަކީ ފޭލިގެތަކާއި ކޭމްޕުތަކުގައި ފެންބޮޑުވުމާ ގުޅިގެންނާއި، ނުވަތަ ރައްޔިތުން ދިރިއުޅޭ ހިޔާތަކުގެ މައްޗަށް ވެއްޓުމުގެ ނުރައްކާ އޮތް އިމާރާތްތަކާއި ފާރުތަކާ ގުޅިގެން ކޮށްފައިވާ ކޯލުތަކެވެ. މީހުން ސަލާމަތްކުރާ ޓީމުތަކުގެ މެމްބަރުންގެ ފުރާނައަށް އޮތް ކުއްލި ނުރައްކާތަކަށް އިޖާބަދެވުނު ނަމަވެސް، ގެއްލުން ލިބުނު ފަރާތްތަކަށް ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަސީލަތްތައް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ މީހުންގެ ގާތަށް ދާއިރު މުޅި ކޭމްޕު އޮންނަނީ ފެނުއަޑީގައި. ފޭލިގެތަކާއި، މީހުންނާއި، ހިފާގެންގުޅޭ ސާމާނާއި ގޮދަޑިތައް ވެސް އޮންނަނީ ފެނުއަޑީގައި،" މަޖްދަލާވީ ވިދާޅުވި އެވެ. "ޣައްޒާގައި ކުރިމަތިވެފައިވާ މި ހިތާމަވެރި އަދި ދަތި ހަގީގަތުގެ ކުރިމަތީގައި އަޅުގަނޑުމެން މި ތިބީ އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދެވި، ނުކުޅެދިފައި."

ހަމަމިއާއެކު، އެތައް ހާސް ފޭލިގެއެއްގައި ފެންބޮޑުވެ ނުވަތަ ހަލާކުވެފައިވުމުން، ގިނަ ޢާއިލާތަކަކަށް ހާމަކަން ބޮޑު މައިދާނުގައި ތިބެން މަޖުބޫރުވެފައިވާ ކަމަށް މަޖްދަލާވީ ވިދާޅުވި އެވެ. ރައްކާތެރި ހިޔާތަކެއް ލިބެން ނެތް މައިގަނޑު ސަބަބަކީ، މޮބައިލް ހޯމްތަކާއި އަލުން އާރާސްތުކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުމަށް ޔަހޫދީ އިސްރާއީލުން އަޅާފައިވާ ހިސާރާއި ދަތިކުރުމުގެ ފިޔަވަޅުތައް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

އދ. ގެ އިންޒާރުތަކާއި އަލުން އާރާސްތުކުރުމުގެ ހުރަސްތައް

ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އޭޖެންސީއިން (އުންރުވާ) ބުރާސްފަތި ދުވަހު ބުނީ، ޖޫން މަހު ހެދި ސާވޭތަކުން ދައްކާ ގޮތުގައި ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް %94 މީހުން ކަމަށްވާ 1.98 މިލިޔަން މީހުން ހިޔާވަހިކަމާއި އެހެނިހެން އަސާސީ ސާމާނަށް ބޭނުންޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، އާބާދީގެ %58 މީހުންނަށް އިންތިހާއަށް ނުވަތަ ކާރިސީ ދަރަޖައަކަށް ހިޔާވަހިކަމުގެ ބޭނުން ޖެހިފައިވާ ކަމަށް ވެސް އެ އޭޖެންސީން ބުންޏެވެ.

އޮކްޓޫބަރު މަހު، އދ. ގެ އޮފީސް ފޯ ދި ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒުން (އޯސީއެޗްއޭ) ވަނީ ފެންބޮޑުވުމުގެ މެދުމިން ނުވަތަ މަތީ ދަރަޖައިގެ ނުރައްކަލެއް އޮތް ވަގުތީ ހިޔާތަކުގައި 950،000 ފަލަސްޠީނު ރައްޔިތުން ދިރިއުޅެމުންދާ ކަމުގެ އިންޒާރު ދީފަ އެވެ. އޭގެ ތެރެއިން 400،000 އަށްވުރެ ގިނަ މީހުން ދިރިއުޅެނީ ނުރައްކާ އެންމެ ބޮޑު ސަރަހައްދުތަކުގަ އެވެ.

2023 އޮކްޓޫބަރު މަހު ޔަހޫދީ އިސްރާއީލުން ފެށި ޤަތުލުއާންމުގެ ހަނގުރާމައިގައި ޣައްޒާގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށްލާފަ އެވެ. 2025 އޮކްޓޫބަރު މަހު ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް، ވަގުތީ ބޯހިޔާވަހިކަމާއި ގެދޮރު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތަކާ ހުރެ، ހިޔާވަހިކަމާއި އަލުން އާރާސްތުކުރުމުގެ ބޭނުންތައް ވަނީ ލިބެން ހުރި އެހީތަކަށްވުރެ އެތައް ގުނައެއް އިތުރުވެފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޣައްޒާފަލަސްތީނުއިސްރާއީލްއަންރުވާނަސްލު ނައްތާލުން

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

5

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2026

ސޫރިޔާގެ ދެކުނުގެ މަދަރުސާއަކާއި އާންމުންގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ގެއްލުންދީފި

08 ނޮވެމްބަރު 2026
ސޫރިޔާގެ ދެކުނުގެ މަދަރުސާއަކާއި އާންމުންގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ގެއްލުންދީފި
07 ނޮވެމްބަރު 2026

ފްލޮރިޑާގެ އައު 'ޓެރަރިޒަމް' ޤާނޫނާ ގުޅިގެން މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ މައި ޖަމުޢިއްޔާގެ ހަރަކާތްތައް މެދުކަނޑާލައިފި

07 ނޮވެމްބަރު 2026
ފްލޮރިޑާގެ އައު 'ޓެރަރިޒަމް' ޤާނޫނާ ގުޅިގެން މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ މައި ޖަމުޢިއްޔާގެ ހަރަކާތްތައް މެދުކަނޑާލައިފި
07 ނޮވެމްބަރު 2026

އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ

07 ނޮވެމްބަރު 2026
އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ
07 ނޮވެމްބަރު 2026

ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

07 ނޮވެމްބަރު 2026
ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި
06 ނޮވެމްބަރު 2026

ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ

06 ނޮވެމްބަރު 2026
ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
04 ނޮވެމްބަރު 2026

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

04 ނޮވެމްބަރު 2026
"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި
03 ނޮވެމްބަރު 2026

ޔަހޫދީ އިސްރާއީލަށް އަހަރަކު 4 ބިލިޔަން ޑޮލަރު ދިނުން ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވުން، ވޯޓު ހޯދުމުގެ އުކުޅެއްތަ؟

03 ނޮވެމްބަރު 2026
ޔަހޫދީ އިސްރާއީލަށް އަހަރަކު 4 ބިލިޔަން ޑޮލަރު ދިނުން ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވުން، ވޯޓު ހޯދުމުގެ އުކުޅެއްތަ؟
02 ނޮވެމްބަރު 2026

އިސްރާއީލުގެ ޖަލުތަކުގައި ޣައްޒާގެ އަސީރުންނަށް ކުރާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް އަރަބި ލީގު ތެދުވެއްޖެ

02 ނޮވެމްބަރު 2026
އިސްރާއީލުގެ ޖަލުތަކުގައި ޣައްޒާގެ އަސީރުންނަށް ކުރާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް އަރަބި ލީގު ތެދުވެއްޖެ
01 ނޮވެމްބަރު 2026

ހަނގުރާމައިގެ އިންޒާރުތަކާއެކު ވެސް ނިއުކްލިއަރ ސިޔާސަތު ބަދަލެއް ނުކުރާނަން: އީރާން

01 ނޮވެމްބަރު 2026
ހަނގުރާމައިގެ އިންޒާރުތަކާއެކު ވެސް ނިއުކްލިއަރ ސިޔާސަތު ބަދަލެއް ނުކުރާނަން: އީރާން
31 އޮކްޓޯބަރު 2026

އިސްރާއީލު ޕާސްޕޯޓު މަނާކުރުން: ރައީސް މުއިއްޒު ވިދާޅުވާ ވާހަކަފުޅާއި ލޮލަށް ފެންނަން އޮތް ތާރީޚީ ހަގީގަތް!

31 އޮކްޓޯބަރު 2026
އިސްރާއީލު ޕާސްޕޯޓު މަނާކުރުން: ރައީސް މުއިއްޒު ވިދާޅުވާ ވާހަކަފުޅާއި ލޮލަށް ފެންނަން އޮތް ތާރީޚީ ހަގީގަތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް