Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ބޭހެއް ނެތް. ބޭސްގެންނަން ހެދި ކުންފުނިން ބޭސް ބަހައްޓާނެ ގުދަން ހެދުމުގެ ޕްލޭންތަކުގައި

26 ނޮވެމްބަރު 2026 | ބުރާސްފަތި 14:17

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން "ސްޓޭޓް ފާމާ" އުފައްދާފައިވީ ނަމަވެސް، ބޭސް ލިބުމުގެ ދަތިކަމަށް އަދިވެސް ހައްލެއް ނުލިބޭތީ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. ޔޫރަޕުން ފެންވަރު ރަނގަޅު ބޭސް ގެނައުމަށް ވީ ވައުދާ އެއްގޮތަށް އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާއިރު، ބޭސް ރައްކާކުރާނެ ގުދަންތައް ބިނާކުރުމުގެ މަޝްރޫއުތަކަށްވުރެ ބޮޑަށް މިވަގުތަށް ބޭނުންވަނީ ޒަރޫރީ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 26 ނޮވެމްބަރު 2026 | ބުރާސްފަތި 14:17
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޒަރޫރީ ބޭސް ހޯދުމަކީ ވަރަށް ދަތި ހާލަތަކަށް ވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޒަރޫރީ ބޭސް ހޯދުމަކީ ވަރަށް ދަތި ހާލަތަކަށް ވެއްޖެ | ރާއްޖެއެމްވީ ގްރެފިކްސް

ރައީސް މުއިއްޒުގެ އެންމެ ބޮޑު ފެއިލިއަރއަކީ ބޭސް ނުލިބުމެވެ. މިއަދު ކޮންމެ ދިވެހި ރައްޔިތަކު ވެސް ޤަބޫލުކުރާނެ ހަގީގަތަކީ ބޭސް ހޯދުމަކީ އުނދަގޫ ކަމެއް ކަމެވެ. ބޭސް ސިޓީއެއް ހިފައިގެން އެތައް ބޭސް ފިހާރައަކަށް ހިނގާއިރު ވެސް އެންމެ އާދައިގެ ބޭސް ވެސް ނުލިބޭ ކަމެވެ. އަމުދުން ގިނަ ބޭސްތަކެއް އެއް ގޮތަކަށް ވެސް ނުލިބި ރާއްޖެއިން ބޭރަށްދާ ރައްޓެހިން އަތަށް ދީގެން އެ ބޭސް ގެނުވާކަމީ މިއަދުގެ ހަގީގަތެވެ.

ބޭހުގެ މައްސަލަ މުއިއްޒު އެޅުވީ ބޭސް ވިއްކާ ވިޔަފާރިވެރިންގެ ބޮލުގަ އެވެ. އެވެރިން ހިންގަނީ ބޮޑު މެޑިކަލް މާފިއާއެއް ކަމަށް ވިދާޅުވި އެވެ. އެކަން ހުއްޓުވާނެ ކަމަށް އެތައް ހަފްލާއެއްގައި މުއިއްޒު ވިދާޅުވި އެވެ.

ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައިވާއިރު، އިންޑިއާއިން ބޭސް ގެނައުން ހުއްޓާލައި، ޔޫރަޕުން ބޭސް ގެނައުމަށް ރައީސް މުއިއްޒު ވަނީ ޖެނުއަރީ، 2024، ގައި ވައުދުވެވަޑައިގެންފަ އެވެ. އެއީ އިންޑިއާއަށް ބަރޯސާވެފައިވާ މިންވަރު ކުޑަ ކުރަން އެމަނިކުފާނު އެކުލަވާލި މަގު ޗާޓުގެ މުހިން ނުކުތާއެކެވެ.

އެކަމަށްޓަކައި މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވީ ރާއްޖެއަށް އެންމެ ގިނައިން ސަރުކާރުން ބޭސް ގެންނަ ކުންފުނިއަތުން އެކަން އަތުލައި އެހެން ކުންފުންޏެއް ސީދާ އެކަމަށް ހަދައިގެން ބޭސް އެތެރެ ކުރުމެވެ.

ވިދާޅުވަމުން ގެންދެވީ ދެން ބޭހަށް ނުޖެހޭނެ ކަމެވެ. އަދި ގެންނާނީ އިންޑިޔާއިން ގެންނަ އާދައިގެ ބޭސްތަކަށްވުރެ ދުނިޔޭގެ ފެންވަރުގެ މޮޅު ބޭސް ކަމަށެވެ.

މުއިއްޒު އުފެއްދެވި ސްޓޭޓް ފާމާއިން ހިދުމަތްދޭން ފެށީ މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު އެވެ.

ސަރުކާރުން އުފެއްދި ބޭސް ކުންފުނި، ސްޓޭޓް ފާމާގެ ދަށަށް އެސްޓީއޯއިން ހިންގި ބޭސް ފިހާރަތައް ބަދަލުކޮށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ. ސްޓޭޓް ފާމާގެ ދަށަށް ބަދަލު ކުރަން އެސްޓީއޯގެ ފާމަސީތައް ބަންދު ކުރީ ޖޫން 24، ގަ އެވެ. އެއިރު ބުނީ ޖޫން 24، ގައި ފިހާރަތައް ހުޅުވާނެ ކަމަށެވެ. ނަމަވެސް އެ ދުވަހަކަށް ނުހުޅުވުނެވެ.

ޖުލައި 1 ވަނަ ދުވަހު ހުޅުވާފައި ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ކުންފުނީގެ އަމާޒަކީ ބޭހުގެ ހިދުމަތް ފަސޭހަކަމާއެކު މުޅި ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ މި ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމުގައި ސާބިތުކަމާއެކު ދެމިތިބުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގެންނާނީ ޔޫރަޕް ބޭސްކަމަށް މުއިއްޒު ވިދާޅުވިނަމަވެސް އޭގެ ފަހުން ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏަކާއެކު ސޮއިކޮށްފަ އެވެ.

އެ ބުނާ ކުންފުންޏަކުން ބޭސް އެތެރެކުރަން ފެށިތާ ވެސް މިހާރު ބައި އަހަރާ ގާތްކުރަނީ އެވެ. ވީކަމެއް ހަތްހަރާމުން ހަރާމެވެ. ރައްޔިތުންގެ އެ ތުރާލަކަށް އަދި ހައްލެއް ނުލިބެ އެވެ. އެއަށްވުރެ ބޮޑަށް މިހާރު މިވަނީ އެހެން ކަމެއް ކުރިމަތިވެފަ އެވެ. ބޭސް ގެނެސްދޭ ކުންފުނީގެ މަސައްކަތާ މެދު އެވެ. ރޭވުންތެރިކަމާމެދު އެވެ.

ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ ބޭސް ގުދަން ކުރާނެ ގުދަންތައް ހެދުމެވެ. މާލޭގައާއި ރަށްރަށުގަ އެވެ. އަދި ހޮސްޕިޓަލުތަކުގަ އެވެ.

މުއިއްޒުގެ އާއިލީ ހިއްސާ އޮންނަ އެމްއެމްޓީވީގައި ޝާހު ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ފާމަސީތަކަށް 196 ފާމަސީއަށް އެ ތަންތަނަށް ބަރާބަރަށް ބޭސް ފޮނުވުމަކީ ޑެއިލީ އޮޕަރޭޝަނެއް ކަމަށާއި ޕެކްކޮށްގެން އެ ތަންތަނަށް ބޭނުންވާ ބޭސް އޮޑިދޯނިފަހަރުގައި ބަހައްޓަން ޖެހޭ ޓެމްޕަރޭޗަރގައި ފޯރުކޮށްދިނުމަކީ ބޮޑު އޮޕަރޭޝަނެއް ކަމަށެވެ. އެކަމަށް ހައްލެއް ހޯދަން ސެންޓަރަލް ވެއަރހައުސް އެފިޝަންޓް ކުރުމާއި ޒަމާނީ ސިސްޓަމްތައް ގެނައުމުގައި މިހާރު އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެއާއެއްކޮށް ވިސްނާފައި ވަނީ އުތުރާއި ދެކުނަށް ބޭނުންވާ ދެ ވެއަރހައުސް ގާއިމުކުރަން ކަމަށާއި މިއަންނަ އަހަރަށް އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އޭރަށް ރީޖަންތަކަށް ހަލުވިކަމާއެކު ބޭސް ޑިސްޓްރިބިއުޓް ކުރުމުގެ އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އަލަށް މިހަދާ ފާމަސީ ނޫނިއްޔާ އަޕްގްރޭޑް ކުރާ ފާމަސީތަކުގައި އިންނަ ސްޓޯރޭޖް ކެޕޭސިޓީ އެބަ ބޮޑުކުރަން ކަމަށާއި އޭރުން އެއަތޮޅަކަށް ބޭނުންވާ ބޭސްތައް އެތާ ބެހެއްޓޭނެ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ އެއްޗެހި ވެސް ދުރާލާ ގެންގޮސް އެ ހޮސްޕިޓަލްތަކުގައި ސްޓޯރ ކުރެވޭނެ ގޮތެއް ހެދުމަށް ބައެއް ހޮސްޕިޓަލްތަކާއެކު ވެސް މަސައްކަތް ކުރައްވާ ކަމަށް ޝާހު ވިދާޅުވި އެވެ.

ޝާހު އެވެ. ހެޔޮ ނުވާނެ އެވެ. ތިޔަކަމާ އުޅޭނެ ކަމެއް ނެތެވެ. މީހުން އެ ރޮއެ ނަގަނީ ބޭސްކޮޅު ނުލިބިގެންނެވެ. އެވެސް އެންމެ އާދައިގެ ޒަރޫރީ ބޭސްކޮޅެވެ. އޮޑިދޯނިފަހަރުގެ ޓެމްޕަރޭޗަރާ ބޭސް ރައްކާކުރާ ބޮޑެތި ގުދަންތައް އަޅާނިމޭއިރު ބޭހަށް ބޭނުންވި މީހާ އަށް ސަހަރާއަށް ގޮސް މަހާނަ މައްޗަށް ބޭސް އަޅަން ޖެހުނީމާ ކަމަކު ނުދާނެ އެވެ. ބޭސް ގުދަން ކުރާވަރުވާނީ ވެސް އެވަރުގެ ބޭހެއް ގެނެވިގެންތާ އެވެ. ދުވާލަކު ކޮންމެ އަތޮޅަކަށް އައިސް ގޮސްއުޅޭ ފްލައިޓްތައް ވެސް އެބަހުއްޓެވެ. ދޯނިފަހަރުގައި އެކަން ހަމަޖެހި ނިމޭއިރު ބޭސްކާނެ ބަޔަކު ނެތުނީމާ ކަމަކު ނުދާނެ އެވެ. ރަށްރަށަށް ނުގެންދެވިގެން އުޅެއިރު މާލޭގެ ހާލަތުން ވެސް ތިޔަކަން ނުވިކަމަށް މިހާރު ރައްޔިތުން ނިންމައިފި އެވެ. މޮޅު ބަސްތަކަކާއި މޮޅު ޕްލޭންތަކަކާއި އަދި ތިޔަ ހެއްދެވި ބޮޑު ކުންފުނިން ކުރެވުނު ކަމެއް ނެތެވެ.

ސްޓޭޓް ފާމާޝާހު މާހިރުޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

"ކޫލް ސްކޫލް" މަޝްރޫއު: ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކުގައި 2025 ގައި އޭސީ ހަރުކޮށް ނިންމާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް 103 ސްކޫލެއްގެ މަސައްކަތް ނުނިމޭ!

23 ނޮވެމްބަރު 2026
"ކޫލް ސްކޫލް" މަޝްރޫއު: ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކުގައި 2025 ގައި އޭސީ ހަރުކޮށް ނިންމާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް 103 ސްކޫލެއްގެ މަސައްކަތް ނުނިމޭ!
17 ނޮވެމްބަރު 2026

އިހަވަންދިއްޕޮޅުގެ މަޝްރޫއު ޔޫއޭއީގެ ސަރހް ގްރޫޕާ ހަވާލުކޮށްފި

17 ނޮވެމްބަރު 2026
އިހަވަންދިއްޕޮޅުގެ މަޝްރޫއު ޔޫއޭއީގެ ސަރހް ގްރޫޕާ ހަވާލުކޮށްފި
16 ނޮވެމްބަރު 2026

މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު

16 ނޮވެމްބަރު 2026
މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު
15 ނޮވެމްބަރު 2026

އެންމެން އެންމެނަށް އެ ގެންގުޅުނީ ކޮން "ބިހެއް"؟

15 ނޮވެމްބަރު 2026
އެންމެން އެންމެނަށް އެ ގެންގުޅުނީ ކޮން "ބިހެއް"؟
15 ނޮވެމްބަރު 2026

ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟

15 ނޮވެމްބަރު 2026
ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟
15 ނޮވެމްބަރު 2026

މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ

15 ނޮވެމްބަރު 2026
މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ
14 ނޮވެމްބަރު 2026

ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“

14 ނޮވެމްބަރު 2026
ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް
09 ނޮވެމްބަރު 2026

އަނެއްކާވެސް އަނގަތަށް ބަންދުކުރުމަށް ބޮޑު މަޅިއެއް

09 ނޮވެމްބަރު 2026
އަނެއްކާވެސް އަނގަތަށް ބަންދުކުރުމަށް ބޮޑު މަޅިއެއް
08 ނޮވެމްބަރު 2026

ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު

08 ނޮވެމްބަރު 2026
ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް