Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހުތިރާމް ކެމްޕޭން

މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ

15 ނޮވެމްބަރު 2026 | އާދީއްތަ 04:39

މީހަކު މާބޮޑަށް ދޮގުހަދާނަމަ އެމީހަކަށް 'ކައްޒާބު' ކިޔުމަކީ އިހުތިރާމު ކުޑަކުރުން ނޫންކަމަށާއި، އިހުތިރާމަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫންކަމަށް ޤާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ. ސަރުކާރުގެ ޖަލްސާތަކަށް މުވައްޒަފުން މަޖުބޫރުން ގެންދިއުމަކީ ރައީސް މުއިއްޒަށް އޮތް ތާއީދު ހާމަވާ ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ނޮވެމްބަރު 2026 | އާދީއްތަ 04:39
ޤާނޫނީ ވަކީލު މުސްތަފާ ހަމީދު

ޤާނޫނީ ވަކީލު މުސްތަފާ ހަމީދު | ރާއްޖެ އެމްވީ

މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫންކަމަށް ޤާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުސްތަފާ ހަމީދު ވިދާޅުވީ، ދިވެހިންނަކީ ޒަމާނުއްސުރެ ވެސް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް އަދާކުރަމުން އައި ބައެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ދިވެހިންގެ ތެރެއިން ބަޔަކު ނުކުމެ މި އިހުތިރާމް ގެއްލުވާލަން ކުރި މަސައްކަތް ވެސް 2018 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ފެނިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ބޭރު ގައުމެއްގެ ވެރިންނަށް ޖޯކު ޖަހައި ހެދި މަންޒަރު އެ ދުވަހު ފެނިގެން ދިޔަކަމަށް މުސްތަފާ ހަމީދު ފާހަގަކުރެއްވި އެވެ.

މުސްތަފާ ހަމީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އަންނަ މީހުންނަށް އެކިއެކި ވަނަންތައް ކިޔުމަކީ އެކި ސަބަބުތަކާހުރެ ޒަމާނުއްސުރެ އޮންނަ ކަމެއް ކަމަށެވެ. މިސާލަކަށް ކަޅު މުހައްމަދު ރަސްގެފާނު، ބޮޑު ތަކުރުފާނު، ދޮން ބަންޑާރައިން ފަދަ ނަންނަން ކިޔާ އުޅޭކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ބަލާއިރު، މީހަކު މާ ބޮޑަށް ދޮގު ހަދާނަމަ، އެމީހަކަށް ކައްޒާބު ވެސް ކިޔާ އުޅެދާނެކަމަށް މުސްތަފާ ހަމީދު ވިދާޅުވި އެވެ. އެކަން ހުއްޓުވަން ބޮޑު ކެމްޕޭނެއް ބާއްވައިގެން ރައްޔިތުންނަށް މަޖުބޫރު ކުރުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އިހުތިރާމަކީ އެއްވެސް މީހަކަށް ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންކަމަށާއި، ގަދަބާރުން މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ސަރުކާރުގެ ޖަލްސާތަކަށް ގެންދިއުމަކީ ރައީސް މުއިއްޒު އަށް އޮންނަ ތާއީދުގެ ހަގީގީ މަންޒަރު ފެންނަ ކަމެއް ނޫންކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ހަމީދު ވަނީ މިނިވަންކަމާއެކު ރައީސް މުއިއްޒުގެ ޖަލްސާއަކަށް ގޮވާލައިފިނަމަ 300 މީހުން ވެސް ދާނެކަމަކަށް ނުބެލެވޭކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒަށް އޮންނަ ތާއީދުގެ ހަގީގީ މަންޒަރު ފެންނާނީ މިނިވަންކަމާއެކު ރައްޔިތުން ޖަލްސާތަކަށް ދާން ފަށާއިރުކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ހަމީދުއިހުތިރާމް ކެމްޕޭންޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

5

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2026

ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“

13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް
09 ނޮވެމްބަރު 2026

އަނެއްކާވެސް އަނގަތަށް ބަންދުކުރުމަށް ބޮޑު މަޅިއެއް

09 ނޮވެމްބަރު 2026
އަނެއްކާވެސް އަނގަތަށް ބަންދުކުރުމަށް ބޮޑު މަޅިއެއް
08 ނޮވެމްބަރު 2026

ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު

08 ނޮވެމްބަރު 2026
ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު
05 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހު މުއިއްޒު ދެއްކެވި މޮޅު ވާހަކަ އާއި ކަން އޮތްގޮތް

05 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހު މުއިއްޒު ދެއްކެވި މޮޅު ވާހަކަ އާއި ކަން އޮތްގޮތް
05 ނޮވެމްބަރު 2026

ދިވެހިންނަށް "ވާރުތަވި" ސައީދު!

05 ނޮވެމްބަރު 2026
ދިވެހިންނަށް "ވާރުތަވި" ސައީދު!
02 ނޮވެމްބަރު 2026

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

02 ނޮވެމްބަރު 2026
ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
01 ނޮވެމްބަރު 2026

ރަސްމާލޭ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ރައްޔިތުންގެ އަޑުކަނޑުވާލުމަށް މި ސަރުކާރުން ދަނީ ޕްލޭންތައް ރާވަމުން: މުސްތަފާ

01 ނޮވެމްބަރު 2026
ރަސްމާލޭ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ރައްޔިތުންގެ އަޑުކަނޑުވާލުމަށް މި ސަރުކާރުން ދަނީ ޕްލޭންތައް ރާވަމުން: މުސްތަފާ
30 އޮކްޓޯބަރު 2026

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

30 އޮކްޓޯބަރު 2026
ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު
25 އޮކްޓޯބަރު 2026

އަލައްބާރަށް ރަސްމާލެ ކަށަވަރު. ރައްޔިތުންގެ ފޯމަށް ވާނީ ކިހިނެތް؟

25 އޮކްޓޯބަރު 2026
އަލައްބާރަށް ރަސްމާލެ ކަށަވަރު. ރައްޔިތުންގެ ފޯމަށް ވާނީ ކިހިނެތް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް