Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އެންމެން އެންމެނަށް އެ ގެންގުޅުނީ ކޮން "ބިހެއް"؟

15 ނޮވެމްބަރު 2026 | އާދީއްތަ 13:59

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ބޭނުންކުރި "ދިއްލޭ ބިހެއް" ފަދަ އާލާތަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ. މި ހަރަކާތުގެ މަގްސަދާއި އެ ބިހާ ހުރި ގުޅުމާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ބައެއް ގައުމުތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް ބޭނުންކުރާ ރަމްޒެއްގެ އިތުރުން ސިހުރުވެރިކަމާ ގުޅުވައި ވެސް ވާހަކަދެކެވޭ އެއްޗެއް. އެހެންކަމުން، ދިވެހި ސަގާފަތާއި އިހުތިރާމްގެ މާނަ މިފަދަ ރަމްޒަކުން ދައްކުވައިދިނުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 ނޮވެމްބަރު 2026 | އާދީއްތަ 13:59
އިހުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއު އިފްތިތާހު ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އިހުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއު އިފްތިތާހު ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

މީހުން އެއްކުރަން އުޅުނީކީ ތިޔަހެނެއް ނޫނެވެ. ކުންފުނިތަކުގެ ހާޒިރީ ބަލައިގެން އަންނަ މީހުންނާއި ނާންނަ މީހުން ދެނެގަންނާނެކަން އެންގި އެވެ. ކަމުވޮށިގެންވާ މީހުންނަށް ވެސް ވަރުވަރުން ދައުވަތު ދިނެވެ. ދަރިވަރުންނާއި ޓީޗަރުން ވެސް އެއްކުރި އެވެ. ސިޔާސީ މީހުންތަކަށް ވެސް ވަކި އަދަދަކުން މީހުން ގެނައުން ނޫން ގޮތެއް ނެތެވެ.

އިސާހިތަކު އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެށުމަށް އެ ވަނީ ފިސާރި ބޮޑު ހަފްލާއެއް ބާއްވާ ފައެވެ. މީހުން ނުގޮސްދާނެތީ ބަޑިބޭހުން ހަވާ އަރުވައިގެންނެވެ. އެކަމަކު އެ ހަރަކާތަށްވުރެ ބޮޑަށް ރެއާއި މިއަދު އެ ދައުރުވާން ފެށީ މުޅިން އެހެން އެއްޗެކެވެ. ޒާތެއްގެ ދިއްލާފައި އޮތް ބިހެކެވެ. އެ ބިހުގެ ފޮޓޯ އާއި ވީޑިއޯ އެވެ. ބިހުގައި ފުރަތަމަ ހިއްޕެވީ ރައީސް މުއިއްޒު އެވެ. ގާތުގައި ކުޑަ ކުއްޖަކާއި ފަންނާބެހޭ ވަޒީރު ހީނާ ވަލީދު ހުންނެވި އެވެ. ދެން އެ ފެށުނީ އެ ބިހުގެ ކުޅިވަރެވެ. އެންމެން އެންމެންނަށް ގެންގުޅެ އުފުލާ ދައްކައި ހެދި ވަރުގަދަ ބިހެކެވެ. އެއާއެކު ފޮޓޯތައް ނެގީ ވެސް ތިޔަހެނެއް ނޫނެވެ. އެކަކަށްވުރެ އަނެކަކު ވާދައަށް އުޅޭ ހެންނެވެ.

ބިހަކީ އޭގެ ޒާތުގައި ތިން ފަށަލައެއް ހިމެނޭ އެއްޗެކެވެ. އެއް ފަށަލައަކީ ބިހުގެ އެތެރޭގެ މައި ބަ އެވެ. ދެން އޮންނަނީ އެބައި ރައްކާތެރިކުރާން ނަވަތަ އެއަށް އިތުރު ތާޒާކަމެއްދޭ ލޮނދިގަނޑެވެ. އެ ދެބައިގެ ބޭރުން އޮންނަ ތޮށި ގަނޑަކީ އޭގެ ރައްކާތެރި ކަމަށް އޮންނަ އެންމެ ބޮޑު ފަށަލަ އެވެ.

ބިހުގެ ތަފާތު ކުޅިވަރުތައް ހުރެ އެވެ. ތަފާތު ރޭސްތައް ޖަހަ އެވެ. ކެއުމުގައި ވެސް ބިހަކީ މުހިއްމު އެއްޗެކެވެ. ފަހަކަށް އައިސް ބައެއް މުނާސަބަތާ ދިމާކޮށް ވެސް ޒުވާނުން ބިސް ބޭނުންކޮށް އުޅެ އެވެ. އެކަމަކު މި ހުރިހާ ކަމަކަށް ވެސް ބިސް ގެންގުޅުމުގައި ފަރުވާތެރިވާން ޖެހެ އެވެ. އެކަކު އަނެކަކު އަތައް ދީއުޅުމުގަ އެވެ. އުފުލާ އުޅުމުގަ އެވެ. އަތްކާތައި، އަތްލާ އުޅުމުގަ އެވެ. އެހެން އުޅުމުގައި ނިކަން ފަރުވާތެރި ނުވިއްޔާ ބިސް ތެޅިދާނެތީ އެވެ. އަސްލު ބޭނުން ކުރުމުގެ ކުރިން ބިހުގެ ބޭނުން ކެނޑިދާނެތީ އެވެ. ކެއްކިއަސް ހަނާކުރިއަސް ބިސްގަނޑު އެޅިއަސް އަދި ފުށްލައިގެން ކުޅިވަރެއްގެ ގޮތުގައި ބިހާ ކުޅެއުޅުނަސް އެ ކޮންމެ ކަމެއްގައި ވެސް ފަރުވާތެރި ނުވިއްޔާ ލައްކަ ލަނޑުއަޅަ އެވެ.

އެކަމަކު ވިސްނައި ވިސްނާ ވެސް ނޭނގިގެން މިއުޅެނީ ރޭގެ ހަފްލާއާ ބިހާ ހުރި ގުޅުމެވެ. އިހުތިރާމް އަދާކުރުމާއި، ގުޅިގެން އުޅުމާއި އަދަބު އަޚްލާގާއި ބިހާ ގުޅެނީ ކިހިނެއް ކަމެވެ. ޖަމީލް ދީދީގެ ދުރޫސުލް އަޚަލާގުގައި ވެސް ބިހެއްގެ ވާހަކައެއް ނުގެންނަވަ އެވެ. ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ރާއްޖޭގެ ތާރީޚު ލިޔުއްވުންތެރިން ކަމުގައިވާ އިބްނު ބަތޫތާއާއި ޕިރާޑްމެންފަދަ ބޭބޭފުޅުންގެ ވާހަކަ ގެންނެވި އެވެ. އެކަމަކު ހޯދައި ހޯދާ ވެސް އެއިން ބޭފުޅެއްގެ ލިޔުމަކުން ބިހާއި އިހުތިރާމަކާ ގުޅުވި ލަފްޒެއް ހިސާބު ވެސް ނުފެނުނެވެ. ހަމައެކަނި ބައެއް މީހުން ބިހަށް އޭތި ކިޔާ އުޅުނެވެ. އެކަމަކު އިހުތިރާމް އަދާކުރުމުގެ މާނައިގައި ބިހެއް ދެއްކި ލިޔުމެއް ނުފެނުނެވެ.

ދެން އޮތީ އެފަދަ ބިހެއްގައި މީގެ ކުރިން އަތްބީއްސި ބައެއް އެހެން ބައެކެވެ. މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީއާއި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާއި ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ އަނބިކަނބަލުން، އެކީ އެއްފަހަރާ އެފަދަ ބިހެއްގައި އަތްޕުޅު ޖެއްސެވި އެވެ. އެކަމަކު އެ ވެރިން އެ ބިހުގައި އަތްޕުޅު ލެއްވީ އެ ވެރިންގެ ބަހުންނަމަ ހަރުކަށި ފިކުރާ ދެކޮޅަށެވެ. އެކަމުގައި ގުޅިގެން މަސައްކަތް ކުރުން ރަމްޒު ކުރުވާށެވެ. ފަހަރެއްގައި ވެސް ބަޔަކަށް އިހުތިރާމް އަދާކުރުމާއި އިހުތިރާމް ދިނުމުގެ މާނައަކު ނޫނެވެ.

ދެން އޮތީ އެފަދަ ބިހާ ގުޅުވައި ދެކެވޭ ތަފާތު ވާހަކައެކެވެ. ދައްކާން ހެޔޮނުވާވަރުގެ ވާހަކަ އެވެ. ދީނުގައި ކަނޑައެޅިގެން މަނާކަމެއްގެ ވާހަކަ އެވެ. ޝިރުކާއި ސިހުރު ހާހޫރައިގެ ގޮތުގައި ގެންގުޅޭ އެފަދަ ދިއްލި ބިސްތަކާ އޮންނަ ގުޅުމެވެ. އެފަދަ ކަންކަމުގައި ގެންގުޅޭ ބިހުގައި އެންމެން ލައްވައި އަތްކާތުވާ ހަދަ އެވެ. ބިހަށް ހަދާ އެ ޒާތުގެ އެއްޗެއް ހަދާފައި އެއަކުން ހަލާކުކުރާން ހިތުއެޅި އެންމެންނަށް ކާންދީ ވެސް އުޅެ އެވެ. ފާޑުކީ މީހުން އެ ވާހަކަ ވެސް އެ ދެއްކީ އެހެންވެގެންނެވެ.

ކޮންމެއަކަސް ނޭނގިގެން މިއުޅެނީ ރޭ ދެއްކި ބިހާއި ރޭ އިފްތިތާހު ކުރި އިހުތިރާމް އަދާކުރުމާ ގުޅެނީ ކޮންބީދައަކުން ކަމެވެ. ދިވެހިންގެ އެއްބައިވަންތަކަށް ދައްކާން މީގެ ކުރީގައި ގެންގުޅުނު ކަންކަމުގައި މިފަދަ ބިސް ނުގެންގުޅުނީ ކީއްވެ ހެއްޔެ އެވެ. ބިހުން އެ ދެއްކީ ކޮން ވާހަކައެއް ނޫނީ ކޮން މާނައެއް ހެއްޔެވެ. އެންމެން އެންމެންނަށް އެ ގެންގުޅުނީ ކޮން ބިހެއް ހެއްޔެވެ.

ޑރ. މުހައްމަދު މުއިއްޒުއިޙްތިރާމް މަޝްރޫޢު

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

5

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2026

ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟

15 ނޮވެމްބަރު 2026
ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟
15 ނޮވެމްބަރު 2026

މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ

15 ނޮވެމްބަރު 2026
މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ
14 ނޮވެމްބަރު 2026

ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“

14 ނޮވެމްބަރު 2026
ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް
09 ނޮވެމްބަރު 2026

އަނެއްކާވެސް އަނގަތަށް ބަންދުކުރުމަށް ބޮޑު މަޅިއެއް

09 ނޮވެމްބަރު 2026
އަނެއްކާވެސް އަނގަތަށް ބަންދުކުރުމަށް ބޮޑު މަޅިއެއް
08 ނޮވެމްބަރު 2026

ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު

08 ނޮވެމްބަރު 2026
ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު
05 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހު މުއިއްޒު ދެއްކެވި މޮޅު ވާހަކަ އާއި ކަން އޮތްގޮތް

05 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހު މުއިއްޒު ދެއްކެވި މޮޅު ވާހަކަ އާއި ކަން އޮތްގޮތް
05 ނޮވެމްބަރު 2026

ދިވެހިންނަށް "ވާރުތަވި" ސައީދު!

05 ނޮވެމްބަރު 2026
ދިވެހިންނަށް "ވާރުތަވި" ސައީދު!
02 ނޮވެމްބަރު 2026

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

02 ނޮވެމްބަރު 2026
ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
30 އޮކްޓޯބަރު 2026

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

30 އޮކްޓޯބަރު 2026
ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް